ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައި ވެސް ޑިސްކައުންޓު ހިމެނުމަށްފަހު މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިރޭ "ފޭސްބުކް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ސްޓެލްކޯއިން ތަންފީޒުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައި ވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ހަމަޖެހިފައިވާ ކަމަށާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ނިމިދިޔަ ރަމަޟާން މަހު ބޭނުން ކުރި ކަރަންޓް ނުވަތަ އެމަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާއިރު، ނިމިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ވަނީ ރޯދަ މަހަށް ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ދިން ޑިސްކައުންޓުގެ ދަށުން ހުރިހާ ކަރަންޓު އަދި ފެން ބިލްތަކުން ޑިސްކައުންޓުގެ ގޮތުގައި ޖުމްލަ 20 މިލިޔަން ރުފިޔާ ކަނޑާފައިވާނެކަން ހާމަކޮށްފައެވެ.

މާރޗް، އޭޕްރީލް އަދި މެއި މަހަކީ އާންމުކޮށް ރާއްޖޭގައި ކަރަންޓު ބިލް ބޮޑުވާ ތިން މަހަށްވާއިރު ރޯދަމަހު އެކަނި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ބެލި ބެލުމުން އެހެން މަސްތަކުގައި ކަރަންޓުގެ ޕީކު ހުންނަ މިންވަރު ރޯދަމަހު އިތުރުވާ ކަމަށެވެ. ރޯދަމަހުގެ ބިލުން ޑިސްކައުންޓު ދޭން ނިންމި ނިންމުމަކީ ރަނަގަޅަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހައްމަދު ސައީދު

    ސްޓެލް ކޯއިން އެކަނި އުތަ ؟ ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓް ދެނީ !!!! ކޮބާ ފެނަކަ އިން ބުނާނެ އެއްޗެއް ނެތީބާ ؟ ފެނަކައިން ދޭ ކަރަންޓް ގެ ބިލް ބޮޑުވެގެން މީހަކު މައްސަލައެއް ނުޖައްސާ ބާ ؟؟؟؟؟

  2. ރާއްޖެތެރެ މީހާ

    ކޮބާ ފެނަކަބިލުތައް ޑިސްކައުންޓް ނުދެނީތޯ

  3. ޙަސަނުބެ

    އަޅުގަނޑު ހުސްވި މަހުގެ ބިލް ދައްކާ ނިމިއްޖެ ދެން އެ ބިލް އަލުން ފޮނުވަާނެބާ؟ގިނަ ބަޔަކަށް ބިލްތަށް ފޮނުވުމަށްފހު ބައެއް ފަރާތްތަކުން ބިލް ދައްކާ ނިމުމުން އަލުން ބިލްތަށް އިޞްލާހް ކޮށްފާ ފޮނުވާނަމޭ ވިދާޅުވާއިރު ބިލްތަށް ދައްކާފައިވާ ފަރާތްތަކުގެ ބިލްތަށް އަނބުރާ ނުފޮނުވޭނެކަން އެނގި ވަޑައިގެން ހުންނަވާ އެގޮތަށް ޕްރެސް ދެއްވީމާ ދިމަލެއް ނުވޭ ދޮއްތޯ
    ދެން މިފަހަރުގެ ބިލްތަށް ބޮޑުވެގެން ރައްޔިތުން މަނިކުފާނައް ޝަކުވާ ހުށަހެޅުމުން ފުރަތަމަ ވިދާޅުވީ މި ދުވަސްވަރު ދުނިޔޭގެ އެހެން ޤައުމުތަކުގެވެސް ކަރަންޓް ބިލް ބޮޑުވާހަކަ އެހެން ވިދާޅުވެފާ މިހާރު ތިވިދާޅުވަނީ ބިލްތަށް ރޯދަމަހުގެ ސަބުސިޑީ ހިމަނާފައި އަލުން ފޮނުވާނަމޭ!!! މިތާ ވާނުވާއެއް އެބަ އެނގިލައްވާތޯ!!!؟؟؟

  4. Anonymous

    ފެނަކަ ބިލްތަކޯ، ބިލުތައް ހެސްކިޔާފަ ބޮޑު.
    ކުޑަކޮއްފަ ފޮނުވާ

  5. ދިވެހިންގެ ރާއްޖެ

    ހާދަބޮޑު އޮޅުވާލުމެކޭތީ ބިލްތަކުން މުޅިން ފޭކް ތިޔަޖަސްސަނީ ރައްޔިތުން ވިސްނާ

  6. އަހަންމާކަލޯ

    ދިވެހިރާއްޖޭގެ ރައިސްސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއީޒު އަމުރު ކުރެއްވި ގޮތަށް ކުރިން ޔުޓިލިޓީ ކުންފުނިތަކުން ޑިސްކައުންޓް ދީފައި ނުވާތީ މިތަންތާގެ ވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން!
    (ޔުޓިލިޓީ ކުންފުނިތަކުން ކަނޑާއި ދޭ ޖުމުލަ އަދަދު ރައިސް އޮފީހުން އަނބުރާ އެ ކުންފުންޏަކަށް ދޭ)

  7. ހެޔޮއެދޭ

    ސަރުކާރު ތެރެއަށް އެމްޑީޕީ ގުންޑައިން ވަދެ ވަކިހިއްޕާލައިގެން ތިބެ ސަރުކާރުގައި ތިބި ޕީޕީއެމް .ޕީއެންސީ އައް ތާއީދުކުރާ މީހުން ބޭރުކުރަމުން ދާ އުސޫލުން މިހާރު ތިމީހާ ކަނޑާލާނަޭ ކިޔާއަޑު އެބަ އިވޭ

  8. ހުސްބަސްތީ

    ބިލު ގަވާއިދުން ދައްކާ މީހުންނަށް ތިޔަ ބުނާ ޑިސްކައުންޓު ލިބެނީ 200 ރުފިޔާ ބިލު ނުދައްކާ މޫހާއަށް މުޅިބުލު ޑިސްކަންޓަށް ބަދަލު މީތޯ ތިޔަ ބުނާ ހަމަހަމަކަމާއި އިންސާފަކީ، ސަދޫމުގެ އިންސާފު ސަލަފުބައިވެރިވާ ސަރުކާރުގައި ހިންގަނީ!