އދ ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އިޒްރޭއީލްގެ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވައި ދެއްވި ތަގުރީރަށްފަހު، ރާއްޖެ ވަޑައިތުމުން މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހައުސިން މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ޑރ. އަލީ ހައިދަރު އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވައި ފަލަސްތީނުގެ ހައްގުގައި އިއްވެވި ބަޔާނަށް ތަރުހީބު ދެއްވަވައި މިނިސްޓްރީގެ މުވައްޒަފުން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގައި މިނިސްޓަރު ހައިދަރު ވަނީ ފަލަސްތީނަށް ހައްގު ހޯދައިދިނުމަށް ދުނިޔޭގެ އެތައް ގައުމެއްގައި އެތައް ބަޔަކު އިއްވަމުންދާ އަޑު އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނަށް ހައްގު ހޯދައިދިނުމަށް އދ. ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަން ފާހަގަކޮށް ވީޓޯ ބާރު އުވާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފަލަސްތީނަށް ހައްގު ހޯދުމަށާއި އދ. ގެ ފުރިހަމަ މެންބަރަކަށް ވުމަށް ހުށަހަޅާ މައްސަލަތައް އެމެރިކާއިން ވީޓޯގެ ބާރު ބޭނުންކޮށްގެން ބޭރުކުރަމުންދާތީއެވެ.

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެމެދު ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ދެމުން އަންނަ ހަމަލާތަކަށް މިއަދަށް 213 ދުވަސް ވެގެން ގޮސްފައިވާއިރު، ނިރުބަވެރިން އަންނަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް އަނިޔާވެރި ހަމަލާތައް ދެމުންނެވެ.

ޣައްޒާގެ އެންމެ މީހުން ގިނަ ސަރަހައްދުތަކަށް އަމާޒުކޮށް، އެފަދަ ހަމަލާތަކުގައި އެތަކެއް ބަޔަކު ޝަހީދު ކުރަމުން އަންނައިރު، ނިރުބަވެރިން ބުނެފައިވަނީ އެ ހަމަލާތަކަކީ ހަމާސް ޖަމާއަތާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ކަމަށެވެ. ނަމަވެސް، އެފަދަ ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ އާންމުންކަން ތަފާސް ހިސާބުތަކުން އެނގެއެވެ.

ހަނގުރާމަ ހުއްޓާލުމަށް މިސްރު މެދުވެރިއަކަށް ވެގެން އިސްރާއީލާއި ހަމާސްއިން މަޝްވަރާކުރަމުން އަންނައިރު، އެންމެ ބޮޑު ބިރެއް އުފެދިފައި އޮތީ ޣައްޒާގެ ރަފާހްއަށް ނިރުބަވެރިންގެ ސިފައިން އަރާފާނެތީއެވެ. އެބިރު އޮތްވާ ނިރުބަވެރިން ވަނީ ޖެހިޖެހިގެން އެތަކެއް ފަހަރަކު ރަފާހަށް ހަމަލާދީފައެވެ. އަދި މިހާރު އެ ސަރަހައްދު އެއްކޮށް ހުސްކުރުމަށް އާންމުންނަށް އަންގާފައެވެ.

ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުން ހުއްޓުވުން ކުށްވެރިކޮށް، ވީޓޯ ބާރު އުވާލަން ރާއްޖެއިން ގޮވާލައިފި

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އއސހނ

    މިނިސްޓަރައް މަރުހަބާ

  2. ރައްޔިތުން

    ސަޅި. ދެން ރާއްޖޭގައިވެސް ފަލަސްތީނާ އެއްކޮޅަށް ކޮންމެ ހުކުރުދުވަހަކު ނަމަވެސް ހިނގާލުމެއް ބާއްވަން ފެނޭ. އާންމުން އިތުރަށް ހޭލުންތެރިކުރުވަން އެބަ ޖެހޭ.