މި އަހަރުގެ ބައިނަލްއަގްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމަށް ގައުމީ ދާރުލްއާސާރުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި އަހަރުގެ ބައިނަލްއަގްވާމީ ދާރުލްއާސާރު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ "ތައުލީމާއި ދިރާސާއަށްޓަކައި ދާރުލްއާސާރު" ކަމަށެވެ. އެ ޝިއާރުގެ މަގުސަދަކީ ދާރުލްއާސާރުތަކުގެ ތެރެއިން އިލްމު އުނގެނެވޭނެ ގޮތްތައް ހޯދުމާއި އެކަމަށް ހިތްވަރު ދިނުން ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ދާރުލްއާސާރުން އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ "ޒަމާންތަކުގެ ތެރެއިން ގޮނޑި" އެ މައުލޫއުގެ ދަށުން ދަރުހެއް ވެސް ބާއްވާފައިވެއެވެ. އެ ދަރުހަކީ ގައުމީ ދާރުލްއާސާރާއި އާކިޓެކްޓް އެސޯސިއޭޝަން މޯލްޑިވަސްއާއި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާއި، އޮޑިމޯ، އެޓޯލްސްކޭޕް އަދި ޑޮސައިން ގުޅިގެން އިންތިޒާމުކުރި ދަރެހެއް ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

އެ ދަރުހުގައި ވަނީ އިހުގައި ބޭނުން ކުރި ގޮނޑިތަކުގެ ތާރީހާއި ވައްޓަފާޅިއަށް އިލްމީ ނަޒަރަކުން އަލިއަޅުވާލައިފައެވެ. އަދި ރާއްޖޭގައި އިހުގައި ބޭނުންކޮށް އުޅުނު އާކިޓެކްޗަރއާއި ވަޑާމުގެ އުކުޅުތަކަށް ފަންނީ ގޮތުން އަލިއަޅުވާލާފައިވެއެވެ.

ވުޒާރާއިން ވިދާޅުވީ، އެދަރެެހުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި ކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި މި ސަރުކާރުގެ ސިޔާސަތުގެ ދަށުން, ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ކުރެވޭ މަސައްކަތްތަކާއި, ގެނެވޭ ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ, ތަރިކަ އަކީ ދިވެހީން އެއާއެކީ ދިރިއުޅޭ އެއްޗަކަށްވެ, ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް ތަރިކަ ވުން ކަމުގައި ވިދާޅުވި ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގައުމީ ދާރުލްއާސާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން، ދާރުލްއާސާރު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ. އެގޮތުން، މި މަހުގެ 19 އިން 23 އާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން އިރުއޮއްސި 06:00 އަށް ދާރުލްއާސާރު ހުޅުވިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ގައުމީ ދާރުލްއާސާރުގައި އިތުރު އިންޓަރެކްޓިވް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާޔާ

    ހަމަ އެކަނި ތަން ފަނުން ހަދާފައި ޖޯލިފަތީގައި ވަޒީރު އިންނެވުމަކުން ނުފުދޭނެ. ވަޒީރި އިންނަވަން ޖެހޭނީ މުނަޑެއް ތުރުކުރައްވައި ފައިވާން ޖޯޑު ކޮޅަކަށް އަރުއްވައިގެން

  2. ދުސޫމާ

    ހަމަ އެކަނި ތަން ފަނުން ހަދާފައި ޖޯލިފަތީގައި ވަޒީރު އިންނެވުމަކުން ނުފުދޭނެ. ވަޒީރި އިންނަވަން ޖެހޭނީ މުނަޑެއް ތުރުކުރައްވައި ފައިވާން ޖޯޑު ކޮޅަކަށް އަރުއްވައިގެން

  3. ކޮބާ

    ކޮބާ މުންޑު ވަޒީރޫ. ފަނުން ހަދާފައި ހުރި ތަނެއްގައި ރަސްމީ ބޫޓަށް އަރާ ބެގީ ކޮށްގެން، ތަން ތިގޮތަށް ހެދުމަކުން ނުފުދޭ ވަޒީރޫ.

  4. ހޯހޯ

    ތަން ދިވެހި މީހުން އިނގިރޭސި ގޮތްގަނޑު. ވަޒީރު ނިކަން ދިވެހިވަންތަކަން ދައްކަބަލަ

  5. ސީނާ

    އަދި އެ މުއްދަތުގައި ގައުމީ ދާރުލްއާސާރުގައި އިތުރު އިންޓަރެކްޓިވް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ. އިންޓަރެކްޓިވް ދިވެހިބަހާބެހޭ ވަޒީރޫ ހާދަ ދިވެހިވެފަ ހުރި ބަސްތަކެކޭ

  6. ކޮބާ

    އިންޓަރެކްޓިވް ހަރަކާތްތައް މިއީ ދިވެހިބަހެއްތޯ؟ ވަޒީރު އާދަން.