ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ،

މިހާރު މާފަންނު ސްޓޭޑިއަމްގައި ވެރިކަންކުރާ ޕީޕީއެމްއިން ބާއްވަމުން އަންނަ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް އުސްމާން ވިދާޅުވީ އިބޫއަށް ވޯޓުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި އިބޫ އަށް ޒުވާނުން ބުނާނީ ނޫނެކޭ ކަމަށެވެ.

"މިއަދު ސަހަރައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރަތުގެ ތަށި ހިފައިގެން ގައުމީ ޓީމު ރާއްޖެ އެއައީ. އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އާދޭސް ކޮށްފައި އަޅުގަނޑުމެން އެދުނީ ޒުވާނުންގެ ބިލަށް ވޯޓުދޭށެ. ކީކޭތޯ އިބޫ ވިދާޅުވީ ނޯ އޭ. އެހެންވީމާ ޒުވާނުން ކީކޭތޯ ބުނާނީ އިބޫއަށް؟ ނޯއޭ ބުނާނީ. އަދި އިބޫ ކައިރީ އަޅުގަނޑުމެން އެދުނިން ގައުމީ ޓީމަށް މުސާރަ ދިނުމުގެ ބިލަށް ވޯޓުދޭށޭ ކީކޭތޯ އިބޫ ވިދާޅުވީ؟ ނޯއޭ. އެހެންކަމުން ޒުވާނުން ބުނާނީ ކީކޭތޯ އިބޫއަށް. ނޯއޭ ބުނާނީ" ޖަމީލް އުސްމާން ވިދާޅުވިއެވެ.

މިގައުމުގައި ކްރިސްޓިއަނުންނަށާއި މިގައުމުގެ އިސްލާމްވަންތަކަން ނަގާލުމަށް ގައުމު ދޫކުރެވެން ނެތްކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ. އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ބޮޑު އަގުލަބިއްޔަތަކުން ކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

މިހާރު ޕީޕީއެމްއިން ބާއްވަމުން އަންނަ ޕީޕީއެމްގެ އަސްލު ސައިޒް ދައްކުވައިދޭ ޖަލްސާގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން އެތަށް ހާސް ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙައްވަ

    ޖަމީލް އުސްމާން ކާރީ ކާކުބުނީ ވޯޓު ދޭށޭ. ތިމީހުން ޔާމިނަށް ވޯޓުލާނެ ކަމާމެދުވެސް ސައްކު؟

    • ޙަޖަރާ

      ޙަޖަމް ޕުލީސް!!

    • ޒަވިޔަނި

      ޣައްދާރުންނަށް ހިވާނެ އެހެން އެންމެންނކީވެސް ޣައްދާރުންނޭ.

  2. އަލްޖިބްރާ

    ޔާމީނަށް ވޯޓުދޭން ޖެހޭ ސަބަބެއްވެސް ނެތް!

  3. މާނީ

    ޖަމީލު އުސްމާނު ސިއްސައިގެންދާވަރުގެ ތަފާތެއް23 ވަނަ ދުވަހު ދިވެހިން ވޯޓުން ދައްކާލާނެ، ޖަމީލު އަށް ނޭނގެނީތަ މިއިންތިޚާބަކީ އެންމެ މީހަކާ ދެކޮޅަށް މުޅި ޤައުމުގެ ހުރިހާ ސިޔާސީ ޕާޓީ ތަކަކާއި ހުރިހާ ލީޑަރުންނާއި ރައްޔިތުންގެ
    90% އަށްވުރެ ގިނަމީހުން ތިބި އިންތިޚާބެއްކަން

  4. ނަފީސް

    ޅ. ހިންނަވަރގެ ބޭފުޅަކު އިބޫގެ ބަތާނަ ފުށުންޖަހާލީމާ މަވާ ހަމަ ކޮސްވެއްޖައީމެވެ. 25 އަހަރުވަންދެން ދާއިރާ ތަމްސީލްކުރަން ރައްޔިތުންގެމަޖިލިހަށް ލާފަހުރި ބޭފުޅަކު ދާއިރާއަށް ކަމެއްކޮށްދެން އެދުނީމާ އިބޫދޭ ޖަވާބު އަދި މާ ޙައިރާންކަން ބޮޑެވެ،. "ތިކަން ކިހިނެއްކުރާނީ! އަހުރެން މި ގޮނޑިގަ މިއިނީ ވޯޓް ގަނެގެން" ކީކޭދެން ބުނާނީ!!!!!

  5. ޖަލީލް

    ބަލަ އެންމެ މީހަކަސް އެމީހާއަކީ ރައްޔިތުންގެ ޚިދުމަތުގައި ލާމަސީލް ނަމޫނާއެކޭ! އެކން ރައްޔިތުން ޤަބޫލުކުރެޔޭ! ކޮބައި އެންމެން އެކުވެގެން 2008 ގައި ގެނައި މީހާ؟ ކިރިޔަކިރިޔާ ހެލެލިޔަސް ވެއްޓޭހިސާބުން އިންތިޚާބުވީ! ދެން ރައްޔިތުންގެ ލޭ ބޯލީ! ބަދުރުހަގުރާމާގަ މުސްލިމުންނަށް ނަޞްރު ލިބުނީ ކިހިނެއް؟ މުޢުޠާގެ ހަގުރާމާގައި ތިބީ މުސްލިމުންގެ 3 ހާސް! ކާފަރުންގެ ދޮޅުލައްކަ! ވިސްނާލަބަލާ!

  6. އަލީ

    ސަބަބު ނެތީމަ އިބޫއަށް ވޯޓްދޭންޖެހޭނީ. ޖަމީލުބެވެސް ވޯޓްލާނީ 2 ނަންބަރަށް ދޯ

  7. ފާތުން1

    އިބޫއަށް ވޯޓުދޭންޖެހޭ ސަބަބަކީ ވަށްކަމުގެ ހިސްޓްރީއެއް ނެތީމަ