ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާ އަށް އެތައް ހާސް ބަޔަކު ޖަމާވުމުން އެކަމާއި އުފާފާޅުކުރުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ޝުކުރުގެ ސަޖިދައަށް ޖެއްސެވުމުން ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އެކަމަށް ވެސް އިޝާރާތް ކުރައްވާ ފާޑުވިދާޅުވާ ބީދައަކުން ޓްވީޓް ކުރައްވައިފިއެވެ.

ޕީޕީއެމް އިން އެތައް ހާސް ބަޔަކާއި އެކު ބޭއްވި ބޮޑު ޖަލްސާ ގައި ނިހާން ޝުކުރުގެ ސަޖިދައެއް ޖެއްސެވިތާ އިރުކޮޅެއް ފަހުން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދެއްކުންތެރިކަމާއި އެކު ކުރާ އެއްވެސް ކަމެއް ﷲ ގަބޫލު ނުކުރައްވާނެ." ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތުތަކަށް މިހާރު ތާއިދު ކުރައްވާ މީގެ ކުރިން ވެސް ތަފާތު ޓްވީޓްތައް ކުރައްވާފައިވާ އިޔާޒް ރޭ ކުރެއްވި ޓްވީޓަށް ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.

އިޔާޒަށް ރައްދު ދެމުން އެކަކު ބުނެފައި ވަނީ "އިޔާޒް މާބޮޑަށް ޑްރާމާ ކުޅުއްވަނީ." ކަމަށެވެ. އެހެން މީހަކު ބުނީ މިއީ ދެއްކުންތެރިކަން ނޫން ކަމަށާއި ނަމަވެސް މިއީ ރައީސް ޔާމީނަށް ތާއިދުކޮށް ރައްޔިތުން އެމަނިކުފާނާއި އެކު ތިބިކަން ދެއްކުމުގެ ގޮތުން ބޭއްވި ޖަލްސާއެއް ކަމަށެވެ.

ނިހާން ޝުކުރުގެ ސަޖިދައެއް ޖެއްސެވުމުން އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވެސް ވަނީ ފާޑުވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ ނިހާން އުފަލުން ސަޖިދަ ކުރީ ނޫން ކަމަށެވެ. ނިހާންއަށް ވީގޮތް ކަމަށް ބުނެ މާރިޔާ ވިދާޅުވީ ގަދަކަމުން ބަޔަކު ނެރެ ސައިޒު ދައްކާލެވުމުން ނިހާންގެ ފައިކޮޅުން ވާގިގޮަސް ވެއްޓުނީ ކަމަށެވެ.

ޖަލްސާ ފެށުމުގެ ގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ ނިހާނެވެ. އޭނާ ވާހަކަ ދެއްކެވުމުގެ ކުރިން ސްޓޭޖަށް އަރާވަޑައިގެން ސަޖިދައެއް ޖެއްސެވި އެވެ. އެއަށް ފަހު ވާހަކަ ދައްކަވަމުން "ﷲ އަކްބަރު" ތަކުރާރުކޮށް ވިދާޅުވި އެވެ.

ނިހާންގެ ވާހަކަފުޅު ރޭ ދިގެއް ނުކުރައްވައެވެ. އޭނާ ވިދާޅުވީ "ހައްގުގެ މަގުގައި ލެހެއްޓެވުން އެދި އަޅުގަނޑުމެން ދުއާ ކުރަން،" ކަމަށެވެ. ވާހަކަފުޅު ކުރިއަށް ގެންދެވީ ވަރަށް ޖޯޝާއި ފޯރި އާއި އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

88 ކޮމެންޓް

  1. ވިސްނާ

    ލާދީނީ މީހުންގެ ފިކުރަށް ތާއީދު ކުރަން ފެށީމަ ތިފަދަ ހުރިހާ ކަމެއްވެސް ވާނެ. މީހާގެ ނިޔަތް ދެނެވޮޑިގެންވަނީ ﷲ. ޝުކުރުގެ ސަޖިދަ ކުރީމަ އެކަމަށް ފާޑު ކިޔުމަކީ ވެސް ރަގަޅު ކަމެއްނޫން. ހިތާމަހުރި

  2. ނުބުނާނަން

    ކިތައްމެ މޮޅަކަށް ކިޔަވާގެން ހުައްޓަކަސް. މީހެއްގެ ހިތުގަ އޮއިގޮތެއް މިކަލޭގައަށް އިގުނު ގޮތެށް ހޯދަން ވެއްޖެ.

  3. އިބޫ

    މީސްތަކުންގެ ހިތްތަކުގައި ދައުރު ވަމުންދާ އެއްޗެއްސާ އެމީހުންގެ ނިޔަތް ދެކެދެނެވޮޑިގެން ވަނީ އެންމެ ފަރާތެއް އެފަރާތަކީ އިޔާސް އެއްނޫން އޮޅިވަޑަގެން ނޫޅުއްވާ ލާދީނީ ބައެއްގެ ސިހުރުގަ މަނިކުފާނު ޖެހިވަޑައިގެން މުޅި ހަޔާތް ބަރުބާދު ނުކުރއްވާ ނޫނީ މާރިޔާ މާމަގެ އަވައިގަ ޖެހިގެން ތިޔަހެން ނަހައްދަވާ

  4. ނިޔާ

    އިޔާޒުކުރާކަންތައް އެކަނި އެއީ ހެޔޮކަންތައް.

  5. ޙަޖަމް

    ޢެހެންވިއްޔާ ގައުމީ ޓީމް މޮޅުވެގެން އެތައް ހާސްބައެއްގެ ކުރިމަތީގައި ސަޖިދަކުރިއިރު ކީއްވެބާ ތިގޮތަށް ޓްވީޓް ނުކުރީ.

  6. އަހުމަދު

    އިޔާޒުއަށް ނިހާނުގެ ނިޔަތް އިނގެންޏާ މަގޭ މަރުވާދުވަސް ވެސް އެނގޭނެ. އަޅެ ބުނެބަލަ؟؟

    • އަހަރެބް

      ވަގުތަށް އިޔާޒުގެ ނިޔަތް އެނގުނީމަވެސް މަ ހަމަ ކޮސްބުޅާ ވެއްޖެ.

  7. ފުތާބެއްޔާ

    އިޔާޒް ކަލެޔަށް މިހާރު މީހުން ހިތްތަކުގަވާ ކަންތައްތައްވެސް އިނގެންފެށީތަ؟ ނޫނީީ އުގޭލު ލައްވާ އަނެއްކާ ސޮފްޓްވެއަރ އެއްހެދީތަ އެކަމަށްވެސް. މީހެއްގެ ނިޔެއް އިނގޭނީީ ހެއްދެވިފަތާތާ އެމީހަކަށް. މިވަރުނޭގި ތިމާ ތާއީދު ކުރާ ފިކުރުގަ ޖެހިގެން އެ ފިކުރު ޕްރޮމޯޓްކޮށް ވާހަކަދެއްކީމަ ތި ލިބިފަ ހުރި އިލްމަކާދޭތެރޭގަވެސް ސުވާލު އުފެދޭ.

  8. ރެޓޭ

    އިޔާޒު ކިތަންމެ ފުއްޕާފަ އުޅުނަސް މީސްތަކުންގެ ހިތްތަކުގައިވާ އެއްޗެއް ނޭނގޭނެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވާ އެހެންފަރާތަކަށް އެނގޭނެ އެއްޗެއް ނޫން! އިޔާޒު ތިޔަބުނި ބަހަކީ ތެދު ބަހެއް ނަމަވެސް އެބަސް ތިޔަ ބުނީ ނިހާންގެ ސަޖިދައާ ބެހޭގޮތުން ކަމަށްވާތީ އިޔާޒުގެ ފެންވަރު މިހާރު އެނގިއްޖެ!

    • އެލް

      ހަމަ ނިހާންގެ ސަޖިދަޔާ ބެހޭގޮތުންކަމެއް އެހެން އިޔާޒު ބުނުއްވީ ޔަގީންވާން އޮތީ ކިހިނެއް؟

  9. ޕަރުވޭޒު

    މީނަޔާ ކޮންބެހޭކަމެއް.... ކަލެއަކަށް އިބޫ ދާނިން ވުލޫކުރީމަ

  10. މާރިޔާ

    އޭ މާރިޔާ! ކަލޭ ނޭންގެ ދުވަހަކުވެސް މޫ ގަނޑެއްގަ އަޅައިގެންފަވެސް ސަޖިދައަށް ތިރިވި ކަމެއް. ހަޖަމް ކޮށްބަލަ. އަހަރަމެންވެސް މީ ޔާމީނަށް ތާޢީދުކުރާ މީހުން. އެކަމަކު މަޖުބޫރެއް ނުކުރޭ. ދެން ލަލަލަަލަ

  11. ރިސާޗް

    ޑޮކްޓަރޫ އިޔާޒޫ.. ޣައިބު އެނގެނީތޯ ނޫނީމީހުންގެ ހިތް އެނގެނީތޯ..

  12. ފަތަހަ

    ދެއްކުންތެރިކަންއެގެނީއިޔާޒުއަށްދޯ

  13. ރޭސް

    އިޔާޒުގެދެއްކުންތެރިކަންހުންނަނީހައްދުފަހަނައަޅާފަ

  14. ޑަކުޓޫރު

    މީހުންގެ ހިތުގެ ނިޔަތްވެސް ޑަކުޓަރު އިޔާޒަށް އެނގޭތޯ؟ ވަހީ ބާވާލައްވަނީތޯ؟

  15. ސޯދިގު

    އަމިއްލަ އިލްމުވެރިންނަށް ހެދިގެން އުޅޭ މީހުން ފާސިގުންނާ ފިތުނަވެރިންގެ ދަރަޖަ އަށް ވެއްޓިގެން އުޅޭ ފަރާތްތަކަށް އެގޭބާ ސަޖިދަ ޖަހާ މީހާ ސަޖިަދަ ޖެހި ސަބަބު އޭނާގެ ނިޔަތް. ދީނުގެ ހުންނަ އާންމު ހުކުމްތައް ތިމާއާ ތިމާގެ މޮޅުކަމަށް ނިސްބަތް ކުރުމަކީ ބޮޑުވެގެންވާ ފާފައެއްކަން ހަމަ ގައިމުވެސް އަޅުގަޑަށް އެގޭ. " ދައްކަން ކުރާ ކަންތަކަށް ﷲ ނުރުއްސަވާނެ! " މި ހުންނަނީ ދީނުގެ އާންމު ހުކުމްތަކާ ފަތުވާތައް. ވަކި މީހަކު ކުރިކަމކަަށް ނިސްބަތްކޮށް ނަފުރަތާ ރުޅިވެރިކަމާ އަދި އަމްދުން އޭގެން "ސިޔާސީ މަގްސަދުތަކެއް" ތިމާގެ މާއްދީ މަސްލަހަތު އޮތް ބަޔަކަށް ތާއިދުހޯދައި ދިުނުމުގެގޮތުން ބޭނުންކުރުމަކީ ފާފައެއް. އެއީ ކުަޑަ ނުވަތަ ބޮޑު ވަﷲ އައުލަމް. ހަމަ ޔަގީނުންވެސް އެކަން ފާފައަކަށްވާނެ. އެވަރު އެގޭ ކިޔެވި ތައުލީމުއްދިޔާނާއިން.
    ނިހާން ސަޖިދަ ޖެހި ސަބަބާ ނިޔަތް އެގޭނީ ނިޔަތް. އެނިޔަތް ރަގަޅުކަމަށްވަންޏާ އޭނާގެ ސިޖިދައިގަ އެއްވެސް ނުބައެއް ނެތް! އެއަކަށް އެހެން މީހަކަށް ތަޢުލީގެއް ނުކުރެވޭނެ!

    • ހުސޭން

      ވަރަށް ސަޅި! މީ އިލްމުވެރިންގެ ފަރާތުން މުޖްތމައުއަށް ލިބެން ޖެހޭ ބަސްތަަކަކީ. ޑރ. އިޔާޒު ދަސްކުރައްވާ! ނަމުގެ ކުރިއަށް ޑރ. ލުމަކުން އަދި އިލުިމުވެރިއަކަށް ނުވޭ..

  16. ؟؟؟؟

    މިކަމުގަ ދެއްކުން ތެރިކަން ހުރިކަން ނުވަތަ ނެތްކަން އެނގެނީ ކިހިނެތް؟ އެހެން ކަމަށް ވާނަ ނަމާދަށް މިސްކިތަށް ދިއުމުގައި ވެސް ދެއްކުން ތެރިކަން ވާނެތާ؟؟؟؟؟؟

  17. އައްޔު

    އިޔާޒު ވިދާޅުވެ ބައްލަވާ ނިހާންގެ ޝުކުރުގެ ސަޖިދައަކީ ދެއްކުންތެރިކަމަށް ވެފައި އެމްޑީޕީ އިން ކޮންމެ ހުކުރު ދުވަހަކު ކުރާ ދުއާއަކީ ދެއްކުންތެރިކަމަށް ނުވާނެ ގޮތެއް

    އަދިކިރިޔާ މި އެނގުނީ އެވަރަށް ހުކުރުދުވަހު ހުކުރު ނަމާދުންފައިބައިގެން ކުރި ދުއާތަށް ބައްލަވައި ނުގަތީ ކީއްވެގެންކަން
    ތިޖަވާބު އެމްޑީޕީއަށްވެސް ދީބަލަ އެކަން ހުއްޓާލަން އެއީ ފޮޓޯ ދުއާއެކޭ ބްރޯ

  18. އިބްރާހީމް

    ހާދަ މައްޗަކަށް ތިދަނީ. މިހާރު ހިތުތެރޭގަ ވާ ނިޔަޠްވެސް އެގޭކަމަށްތޯ ތިބުނުއްވަނީ. ޝިރުކުނުކުރަށްވާ. ތީބޮޑުވަރު ކަމަކަށް ބޫތުކެޔަސް.

  19. އަސްލެއްބާ

    ޑރ ދޯ ،،ކަލޯވެސް ދެއްކުން ތެރިކަން ހުންނާތީ ތިހުންނަނީ މިސްކިތުން ނުކުމެ ފެންނަހާ އަންހެނަކާދިމާލަށް ބަލަން .. ބުނެބަލަ ދޮގެކޭ ،،،

  20. ޙަމީދު

    ސުކުރުގެ ސަޖިދައަކީ ސާފްތާހިރު ކޮންމެ ތަނެއްގައިވެސް ކުރެވޭނެ ސަޖިދައެއް

  21. މިވެސް ދިވެއްސެއް

    މިގޮތަށް ހަބަރު ލިޔާނަމަ މީހުންގެ ހިތުގަ ޝޭޙުންނަށް އޮންނަ ރެސްޕެކްޓް ގެއްލޭނެ! ދސް އިޒް ރިއަލީ ސޭޑް!

  22. އއއއއއ

    ކަލެޔަށް ދޯއެގެނި ދެއްކުން ތެރިކަން ވަކިހުރަން އިޔާޒޫ........ ތިކުރާ ޓުވީޓުތަކަކީ ދެއްކުންތެރިކަން ....

  23. ހެއްހެއް

    ޢިޔާޒޫ ކަލޭ މޮޔަވެބަލަ.

  24. ހަބޭސް

    އިއާޒުއަށް އެގިލައްވާތޯ ނިހާނު އެސަޖިދަ ޖެއްސެވީ ދެއްކުމަށްކަން މީހާއަށް ލިބޭ އުފަވެރިކަމުގައި ޝުކުރު ކުރުމަކީ އޮތްކަމެއްނޫންތޯ؟ އެމަންޒަރު ނިހަނުއަށް އެއްމެފުރަތަމަ ފެންނާނީ އެސްޓޭޖަށް އެރީމަކަމަށްވެފައި މަންޒަރު ފެނުނު ފުރަތަމަ ވަގުތު ނިހާނު އެސަޖިދަ ކުރުމުން އެކަމަށް އިއާޒުފަދަ އިލްމުވެރިޔަކު ފާޑު ކިއުމަކީ ހިޔާމަހުރިކަމެއް މީގެ ކުރިން އާޓިފަސް ބީޗުގައި ނަމާދު ކުރީމުޅިމާލޭގައި މިސްކިތް ނެތިގެންތޯ؟އަދި އެދުވަހު އިޢާޒުއަށް އެކން ގޯސްވިތޯ؟ ނުވި އެއަކީ ގޯސްކަމެއްނޫން އެހެންވީމަ އެއަކަށް ފާޑެއްނުކިޔޭނެ

  25. ފިރުޓޭ

    ބްރޯ ހުރި އިރު ހުރިހާ މަންފާ އެެއް ހޯދާފަ، ދެން ކޮން ކަންދެެއްކުމެއް!

  26. ތިދެން ބޮޑުވަރު

    އެއީ ދެއްކުން ތެރިކަންކަން ކިހިނެތް އިނގެނީ؟؟ ބަޔަކު ނުނިދާ ހޭލާ ތިބެގެން ކުރާ މަސައްކަތް ކާމިޔާބު ވަންޔާ އުފާވާނެ ދޯ؟އެހެން ނޫނަސް މީނަ ކިޔަވާފަ ހުރިވަރަށް ދީން ނުކިޔެވިޔަސް މަށަށް އިގޭ ކާމިޔާބީ ގައި ﷲ ހަނދުމަ ކޮށް ޝުކުރު ކުރުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއްކަން

  27. ހަބޭސް

    މާރިޔާއަކީ ދީނީ ކަންތަކަށް ފާޑުކިޔަން ނުވަތަ މިގައުމުގައި ދީނީ ގޮތުންމީހުންކުރާ ކަންތަކަށްވެސް ފާޑުކިޔޭވަރުގެ މީހެއްނޫން މާރިޔާތިއީ މުޅިރަޢިއްޔަތުންތެރޭގައި ރޯ އޮރިޔާމުން އުޅޭ މީހެއް ބުރުގާނާޅާ ހާލު ލައިގެން ހުންނަ ކުރު ހެދުމުގެ މޭމަތިން ގޮށްތައްނައްޓާ މާރީތިކަމަށްހަދާ މޭމަތިން ހާމަކޮށް ދައްކަނީ އެއީ އަންހެނާގެ އައުރަން ނުއެގެނީބާ މިއަދު ކޯލިޝަން ހަދައިގެންކަމަށް ބުނެއުޅޭ ބައިގަނޑުގަތިބި އިލްމުވެރިން ނުކުމެ މާރިޔާ އޮރިޔާންފިލުވަދިނުމަށް ގޮވާލަން

  28. ޜަށުމީހާ

    ޢިޔާޒު ތިއުޅުއްވަނީ އެމްޑީޕީ ކުދިންނަށް ދެއްކެން ހަމަޔަގީނުންވެސް އިޔާޒް ވޯޓު ދެއްވާނީ ރައީސް ޔާނީން އަށް . ޢިންޝާ ﷲ އެއީއިޔާޒުއަށް އިނގިލައްވާ އެމްޑީޕީ އިސްކޮށް އުޅޭ ކުދިންކޮޅަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހިގައުމުން އިސްލާމް ދީން ފޮހެލަން އުޅޭ ބައެއްކަން ????

  29. Anonymous

    ޑރ.ޢިޔާސޭ ޝައިޚް އިލްޔާސޭ ދީންވެެރިންގެ ނަމުގާތިބެ މީހުންގެ ކުރިމައްޗށް ފާޅުވާ މިފަދަ މީހުނަނަށް ކިޔަނީ ފުޅަކާ ދަންނަބޭކަލުންނޭ، ފަހުޒަމާންއައިމަ ފުޅަކާ ދަންނަބޭކަލުން ފާޅުވާނެކަމަށް ބުނާބުނުމުގެ ހަގީގަތް މިފެންނަނީ، އެފަދަމީހުން ރުހޭފަރާތްތަކަށް ދީނީފަތަވާދޭ ގޮތާއި ތަފާތުކޮށް އެމީހުން ނުރުހޭ ފަރާތްތަކަށް ފަތަވާ ރައްދުކުރާނީ، ދައްކަމުންދަނީވެސް މިފަލްސަފާ، ދީނީ ނަމުގައި ދައްކަވާ މިފަދަ ޕްރޮފެކެންޑާ ވާހަކަތަކަށް އަހަރުމެން ރައްހިތުން ހައިރާންވެ ބިރުގަންނަންނުޖެހޭ.

  30. މިއާ

    މާރިޔާ ދައިތަ ނޫނީ ހުރިހާ މީހުންވެސް ފައިކޮޅުންވާގި ނެތިގެން ވެއްޓޭނީ މާރިޔާ ދައިތަ އެކަނިސަޖިދަޖަހާނީ މިއިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނީ ރައީސް ޔާމީން އިންޝާﷲ އިދިކޮޅު ކުދިންނައްވަރައްސަލާން އެއްވެސްކަމެއްޙަޖަމު ނުކުރެވޭ ބައިގަނޑު

  31. ޜައްޔިތުން

    ޝުކުރުގެ ސަޖިދަ ކުރުން އޮންނަ ގޮތް އިތުރަށް ދިރާސާކުރުމަށް ފެނޭ.

    ބައެއްފަހަރު އިންސާނީ ވިސްނުން ގޯސްކޮށް އެބަދޭ.

  32. ބަކުރުބޭ

    ވަރަށް މޭ ކަރާލައިފި ދޯ... ދީންވެރިޔެކޭ ކިޔައިގެން ކަލޭތި ދެއްކޭ ދެއްކުން މާ ހަޑި

  33. ޞ

    ކަލޭ އައް ކިހިނެއްތަ އިގެނީ ދެއަކުން ތެރިވެގެން ކަމެއް

  34. ޙަޖަމުކޮށްލާ

    ޙަޖަމުކޮށްލާ އެއޮތީ ސައިޒު ދައްކާލާފަ ކޮބާތަ ފައިނު ވަށްޑެ ދެންލަލަ

  35. މީރާ

    އޭ އެހެންވީމާ ޤައުމީ ޓީމް އެއެއްބޮޑު އިންޑިއާ އަތުން މޮޅުވީމަ ބަންގާޅު ސްޓޭޑިއަމްގަ މުޅި ޓީމް އެއްފަހަރާ ޖެހި ސަޖިދައަކީވެސް ދެއްކުން ތެރިކަމެއްދޮތަ...

  36. ހަޖަމް

    އެއީ ދެއްކުންތެރިކަމެއް ކަމަށް ނިންމަން އެނގުނީ ނިހާންގެ ހިތް ޑރ.އިޔާޒް އަށް ފެނިލެއްވީތޯ؟

  37. އަހުމަދު

    ﷲ ޤަބޫލުކުރައްވާނެ ކަންކަމާ ބެހޭގޮތުން ދީނީ އިލްމް ވެރިޔަކު ވާހަކަ ދެއްކުމަކީ ވަރަށް ލަދުވެތި ކަމެއް. އެހެނީ ޣައިބުގާ ވާ ކަން ކަން އިލްމް ވެރިންނަކަށްވެސް ނޭނގޭނެ. ހުދު ތިމާގެ ޢަމަލުތަކާ މެދު ކަންވާނެ ގޮތެއްވެސް ނޭނގޭ ނިކަމެތި އިންސާނާ ސިޔާސީ ގޮތުން ތިަކަހަލަ ވާހަކަ ދެއްކުމަކީ ތިމާއަށް ދީނީ އިލްމް ރަނގަޅަށް ނޭނގޭ ކަމުގެ ހެއްކެއް.

  38. ނަމްބަ 2

    މާރިޔާ ހަޖަމް ކުރޭ

  39. އާދަނު

    ނިހާނުގެ ނިޔަތް އޮތްގޮތް އިޔާޒަށް އެނގޭ ހެއްޔެވެ؟ ކުއްލިއަކަށް ނިހާނުގެ އެ ޢަމަލު ދެއްކުންތެރިކަމާ ގުޅުވާލަން އިޔާޒަށް ތިޔަ ޚިޔާލު އައީ އިޔާޒުގެ ފުކުރު މާބޮޑަށް ފަސާދަ ވެފައި ހުރުމުންނެވެ. ތިޔައީ ފަހުޒަމާނުގައި އުޅޭނެ ވައްތަރެކެވެ.

  40. މަލީ

    މާރިޔާ އަކީ ޝުކުރުގެ ސަޖިދަ ޖަހާތަން ބަލަން ބޭނުން މީހެއްނޫނެވެ. މާތް ﷲ ގެ އިސްމަ ފުޅު ލިޔެފައި އޮތް ޤާނޫނު އަސާސީއެއްގެ މައްޗަށް ކޮޅުފައިއެރިމީހަކަށް ސަޖިދައަކީ ކޯޗެއްކަމާ ސަޖިދަ ޖަހަނީ ކޮންކަން ޙާލަތުގައި ކަން ބަލަން ބޭނުން ނުވެ ހިނގައިދާނެއެވެ.ސަޖިދަ ސިޔާސީކުރަން މާރިޔާއުޅުނަސް ތިޔައީ ހަމަ ﷲ އަށް ޖެހި ޝުކުރުގެ ސަޖިދައެވެ.

  41. ކިބޫ

    ޑރ އިޔާޒަށް ކިހިނެއްތަ އެނގެނީ ދެންކުންތެރިކަންކަންއެއީ އިޔާޒުއަށް ޣައިބުގައިވާ ކަންތައްތައް އެނގެނީތަ އިޔާޒު ޝުކުރުގެ ސަޖިދަޖަހަނީ ދައްކަންދޯ؟

  42. ނިހާދު

    ހަޖަމް ހަޖަމް ހަޖަމް އެމް.ޑީ.ޕީ ވެސް ދައްކާފި ޕީ.ޕީ.އެމް ވެސް ދައްކާފި ނެތިން ބައިގިނައީ ކޮންބައެކޭ ބުނާކަށް އެކަމު ނިހާން ހިތުގެ އަގީދާ އިޔާޒް އަށް ފެނުނީތޯ އިންގުނު ބަޔަށް ވުރެން މީހާ މަތިވީމަ ވާނީ ތިހެން ﷲ އަށް ހަމްދު ކޮއް ސަޖިދަ ޖަހާ މީހާގެ ހުރިހާ ކަމެއްމޮޅަށް ދެކެވޮޑިގެންވާނީ އެކަލާންގެ އެއީ އިޔާޒް އަށް އިގިގެންވާ ކަންކަމެއްނޫން

  43. ޢަލީމް

    ފުޓްބޯޅަ ކުޅެން ހުންނަ ޒުވާނާ ވެސް ގޯލް ކާމިޔާބު ވުމުން “ދަނޑު ދޫކޮށް މިސްކިތަށްތާ ދާންވީ ޝެއިހުގެ ބަހުން

  44. ޤައުމުގެ ދުލުން

    މުޙައްމަދު އިޔާޒަށް. ވެދުންސަލާމަށްފަު ނަންގަންނަމެވެ. އަޚާއެވެ! ހަސަދަވެރިކަމަކީ ތިފަދަ ކަމެކެވެ. އެކަމުން ތިމާގެ އަގު އަނެކުންގެ ކުރިމަތީގައި ވެއްޓި ބޭޒާރުވުން ނޫން އެހެން ކަމެއް ނުވާނެއެވެ. މަނިކުފާނަށް ތިކުރެއްވެނީ ވަރަށް ބޮޑު އަނިޔާއެކެވެ. އެއީ މުސްލިމުންނާއި އިސްލާމްދީނަށެވެ. މަނިކުފާނުވަދަ އަދި އިތުރު ދެތިން ޝޭޚެއްގެ ސަބަބުން، ދީނީ ޢިލުމުވެރިންނަކީ "ނަފުސު ވިއްކާ" ބައެއްކަމަށް ބުނެ އެމް. ޑީ. ޕީން ކެނޑިނޭޅި ދައްކަމުންދާ ވާހަކަތަކަކީ ތެދެއްކަން ތި ދެތިން ބޭފުޅުން ސާބިތުކޮށްއެބަ ދެއްވަމުއެވެ. މާތްﷲ ތިފަދަ އަނިޔާވެރިންގެ ކިބައިން އިސްލާމްދީނާއި ދިވެހި ޤައުމު ސަލާމާތްކޮށްދެއްވާށި! އާމީން

  45. އަސްލު އަސުރުމާ

    ބަލަ ތިއީ ވަހީ އަންނަ ބަޔެއްތަ؟ އިޔާޒުގެ އެ ޓްވީޓެއްގަ ނެތޭ ސަޖިދަ ބަސް ވެސް. ނިހާންގެ ނަން ވެސް. ޗައީ ހަބަރެއް ނޫން. ޗަޔަށް ކިޔަނީ ކަނޑު ކޮސް. އެންމެން ކުރި މަތީ ޗަ ވަނީ ފަޟީހަތް.

  46. ގަބަރާނާ

    ފައިސާދީގެން މީހުންގެނެއްސަ ކޮންކަމާތަ ޝުކުރުވެރިވާންވީ

  47. ނަޖްވާ

    ހުރިއްޔާ ހުރި ވައްކަމެއްކޮށްފަ، ދެން ކޮން ބެންޑެއް ޖަހާކަށް ހޭ އެހި މީހަކު އަހަރެން ގާތު!

  48. އެންމެން އެކަކަށް

    الله اكبر 3 ފަހަރު ކިޔާފަ، ފެލިފަ ޖެއްސި ވައްތަރު މާތްالله ދެކެ ދެނެ ވޮޑިގެންވާނެ!

  49. 3ނިރު

    ދެއްކުންތެރި ކަމެއްކަން އިޔާޒަށް އެނގުނީީ ކިހިނެއްބާ! މީހުންގެ ހިތުގަ ހުންނަ އެއްޗެހި އެނގޭ ހިސާބަށްބއިޔާޒަށް ދެވުނީ ކޮން އިރަކުބާ !

  50. ދިވެއްސެއް

    މީހެއްގެ ނިޔަތް އިނގޭ ހަމައެކަނި ﷲ އަށް. އެއީ ދެއްކުންތެރިކަމެއްތޯ ނުވަތަ އިހުލާސްތެރިކަންތޯ. އަޅުގަޑީ ދީނީ އިލްމުވެރިޔެއް ނޫން އެކަމު ސިޔަރަތުގަ އަޑުއަހަން ހަނގުރާމައެއްގެ ތެރޭގައި ކާފަރަކު ފިލަން ދުވަނިކޮށް ވެއްޓި، އޭނާ އަދާނެގޮތެއް ނެތުމުން ޝަހާދެއް ކިޔީ. އެވަގުތު އޭނާ ފެހި މުސްލިމު މީހާ އޭނާ ގަތުލް ކުރީ. ކީރިތި ރަސޫލާ ޞަލަވާތާ ސަލާމް ލައްވާށިއެވެ، މިޚަބަރު ލިބުމުން އެ މުސްލިމު މީހާ އާއި ސުވާލު ކުރުމުން އެމީހާ ބުނީ، އެކާފަރު މީހާ ޝަހާދެއް ކިޔީ މަރަށް ބިރުން ކަމަށް. ކީރިތި ރަސޫލާ ޞަލަވާތާއި ސަލާމް ލައްވާށިއެވެ، އެމުސްލިމު މީހާ އާއި ސުވާލު ކުރެއްވި، އެމަރުވި މާހާގެ މޭފަޅާފަ ބެލިންތޯ އެމީހާ ޝަހާދެއް ކިޔީ ކޮންނިޔަތެއްގަތޯ. މިކަހަލަ ވާހަކައިން ފިލާވަޅު ނުލިބޭތީ ދެރަޔީ

  51. ދަސްވެނި

    އިޔާޒޫ މާރިޔާމެންގެ ދަރަޖައަށް ވެއްޓިގަތީމާ ދީނާމެދު އިޔާޒު އޮންނަ ލޯބި އެނގޭ؟ ތިއުޅެނީ ދީނީކަމަކާތަ؟ ވަޒީފާއެއް ހޯދަންތަ؟ ނަސޭހަތެއް ދޭންތަ؟ ފިތުނައެއް އުފައްދަންތަ؟ މިހިރަ ނުލަފާ އިޔާޒޫ މީހާއަށް ތިވަނީ ކިހިނެއް؟ މީހާ ކުފުރުވުމާ ގާތަށް ހިނގައްޖެކަން އިހުސާސްވޭތަ؟ ތީދެން މީހުނާ ހަސަދަލައިގެން އުޅެންޖެހޭ މީހެއްނޫނޭ؟ ތިޔަފަދަ ޖާހިލުންގެ ކިބައިން މިގައުމު ސަލާމަތްކުރަޢްވާނދޭވެ!

  52. ޖުހާ

    ފުޓްބޯޅަ ތީމުގެ ހުރިހާ ކުޅުންތެރިން ސަޖިދަޖެހިގޮތެއް އިޔާޒު ބުނެދީބަލަ. އެމަންޒަރެއް ނުފެނޭދޯ؟

  53. އިޔާޒް

    އިޔާޒް ކުރާކަންކަންކަމުގައިވ،ާ މިސްކިތަށް ނަމާދަށްގޮސް މިސްކިތުގައި ދީނީދަރުސްދީ ހަދަނީ ދެއްކުންތެރި ކަމުގައިކަމަށް ކަނޑައެޅުމުގެ ޙުކުމަކީ ކޮބައި؟ ހަމަ އެހެންމީހުންކުރާ ބޭރުފުށުގެ ޢަމަލުތަކަށް ދެއްކުންތެރިކަމުގެ ޙުކުމްކުރުންވަނީ ހަމައެފަދައިން. ވީމާ އިޔާޒު އަމިއްލައަށްކުރާ ޢަމަލށް އެންމެފުރަތަމަ ދެއްކުންތެރިކަމުގެ ޙުކުމް އަމިއްލައަށްނުކުރަނީ ކީއްވެ؟

  54. ވިސްނުން

    އިޔާޒް ކުރާކަންކަންކަމުގައިވ،ާ މިސްކިތަށް ނަމާދަށްގޮސް މިސްކިތުގައި ދީނީދަރުސްދީ ހަދަނީ ދެއްކުންތެރި ކަމުގައިކަމަށް ކަނޑައެޅުމުގެ ޙުކުމަކީ ކޮބައި؟ ހަމަ އެހެންމީހުންކުރާ ބޭރުފުށުގެ ޢަމަލުތަކަށް ދެއްކުންތެރިކަމުގެ ޙުކުމްކުރުންވަނީ ހަމައެފަދައިން. ވީމާ އިޔާޒު އަމިއްލައަށްކުރާ ޢަމަލަށް އެންމެފުރަތަމަ ދެއްކުންތެރިކަމުގެ ޙުކުމް އަމިއްލައަށްނުކުރަނީ ކީއްވެ؟ އިޔާޒާމެދު ފައިސަލާކުރުމަށް ތިއެންމެންގެ ވިސްނުމަށް ދޫކޮށްލަމެވެ.

  55. ހިނިއަންނަވަރުވޭ

    ކޮބާތަ އެއްކަލަ މުސައްލަ ޝޭޚު؟ މެލޭޝިޔާގައި ދޯ؟ ތިޔަކަހަލަ ފަސާދަކުރަނިވި މުނާފިޤު ޓުވިޓަތަކަށް އެކަލޭގެވެސް ވަރަށް ކުޅަދާނަވާަނެ. ތިޔަ ސަޖިދަ އާއި ބެހޭގޮތުން ސޭކުބޭ ޓުވިޓެއް ނުކުރޭތަ؟

  56. މެސީ

    ދެއްކުންތެރިކަން ތ؟ އެހެން އެއްޗެއްތޯ އިނގެނީ އިޔާޒަށްތަ. މިހާރު މީހުންގެ ހިތުގަ އޮންނަ އެއްޗެހި އިނގޭ ދަރަޖަ އަށް ވެސް ދިޔައީދޯ!!

  57. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޝައިޠަނާއަށް ބާރުލިބިގެންވަނީ، އިޚްލާޞްތެރިން ފިޔަވައި ދެންތިބި މީހުން މަގުފުރެއްދުމަށެވެ. ޝައިޠާނީ ވަސްވާހަކީ، އިޚްލާޞްތެރިންނާއި ހަމައަށް ފޯރާނޭ ވަސްވާހެއްނޫނެވެ. މިގޮތުން، އެމީހަކީ، އެއްވެސް އިޚްލާޞްތެރި ކަމެއް އޮވެގެން ވާހަކަދައްކާ މީހެއްނަމަ، އެމީހެއްގެ ވާހަކަތަކުން އެކަން ފާހަގަވާނެއެވެ. އަދި އެމީހަކީ، އެއްވެސް އިޚްލާޞްތެރި ކަމެއް އޮވެގެން ޢަމަލުކުރާ މީހެއްނަމަ އެމީހެއްގެ ޢަމަލުތަކުން އެކަން އެނގޭނެއެވެ. ޔަޢުނީ، ރުހޭމީހާއާއި މެދުގައިވެސް އަދި ނުރުހޭމީހާއާއި މެދުގައިވެސް އިންޞާފުވެރި ޢަދުލުވެރި ގޮތުގައި ކަންކަން ކުރެއްވުމާއި އެނޫންގޮތްގޮތަށް ކަންކަން ކުރެއްވުމާއި މިއީ މުޅިން ތަފާތުދެކަމެކެވެ.

  58. ނަން

    މި ސަޖިދަ މީ އަންނިގެ ވެރިކަމެއްގަ އަންނިއާ ދިމާއަށް ކުރި ސަޖިދައެް ނަމަ ކަލޭމެން މިހާރު ހަތްފަހަރު ޖިހާދު ވެދާނެ

  59. ޑަސްޓް

    ތިއިޔާޒަށް ވެސް މިހާރު މާބޮޑަށް އެނގެނީ. ﷲ އަށް ކުރާ ސަޖިދައަށް ޖޯކު ޖެހުމަކީ ދީނީ އިލްމު ވެރިއެއްގެ ނާޤާބިލްކަން.

  60. ޢަފްލާ

    ޑރ އިޔާޒް ަށް ދަންނަވާލަން އޮތީ މުންކަރާތްތަށް ނަހީކުރަންޖެހެނީ ތިމާ ނުރުހޭ މީހާ އެކަން ކުރީމައެއްނޫނޭ ތިމާގެ މަންމަ ބައްޕަ ދައްތަ ކޮހކޮ ބޭބެ ވިޔަސް ރުހޭ މީހާ ވިޔަސް ގޯސް ކަމެއް ކޮހފިއްޔާ އެކަން މަނާ ކުރަންޖެހެނެޔޭ ނުރުހޭތީ އަބަދު ނުރުހޭ މީހާގެ ކުށް ފެނނަ ގޮތަށް ރުހޭ މީހާގެ ކުއްވެސް ފެންނަން ޖެހޭނެޔޭ ތިގޮތް ރަނގަޅު ކޮއްލުން ވ ރަނގަލހު

  61. ކީޚޭ

    ކަލޭތީ ދެއްކުންތެރިއެއް

    • ޙައްވު

      ނިހާން ކުރިއަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް. ﷲ ނޫން އެހެން ފަރާތަކަށް ސަޖިދައެއް ނުޖެހޭނެ.

  62. ބިލާލް

    ޑޮކްޓަރ އިޔާޒާމެން ދިވެހިންގެ ތެރޭގައި ދީނީ ފަތުވާދޭކަމަށް ހަދާފައި ކޮންމެ މަހަކު އެކައިނަގާ 1250 ޑޮލަރު އަޅެ ހަލާލު ވާނެތަ މީ މުޅިންވެސް ބަތާ ހަރާމީން. ގައުމު ފަސާދަކުރަނ އުޅޭ މީހުން މިމީހުނގެ ކަންތަކާހުރ ހުރިހާ އިލްމުވެރިންނަށްވެސް ހުތުރު އަރާ !

  63. އަހްމަދް

    މުޑުދާރު ޙަވާރިޖީ ފިކުރުގެ ޝޭޚް މީހުން މަގުފުރައްދާ ޝޭޚުންތީ!

  64. sandhuvaa

    އެއީ ކިޔަވައިގެންހުރި ޖާހިލެއް. ދީނީ ޢަދާވާތްތެރިއެއް. ކުރާ ރަނގަޅުކަންތަކަށްވުރެ، ދީނީގޮތުން ގިނައީ ކުރާ ނުބައިކަންތައް.

  65. އަހްމަދު

    އަޅުގަނޑު ފާޅުކޮށްލާހިތްވާ ޚިޔާލަކީ. މިލިޔުމުގައިވާކޮމެންޓްތައް އިޔާޒް ކިޔާލައްވާފާ ރައްދެއް ދެއްވާބައްލަވާށޭ.

  66. ލޮލް

    ފޮތްބަރި ޖަވާބު.

  67. މި އަހަރެން

    ބަލަ އޭނަ ޓްވީޓް ކުރި މަގްސަދެެއް ކަލޭމެންނަށް އިނގުނީ ކިހިނެއްތަ

  68. ކުންނާރު ޝައިޙު

    ލައްކަދުވަސް ވެއްޖެ އެއްޗެއް ނުުބުނަންވެގެން ހިތްވަރުކުރާތާ އެކަމަކު ދެންކެތެއްނުވާނެ!
    އޭކުންނާރުގަހު ޝޭޙާއެވެ މީހަކު ސަޖިދަޖެހުމުން ތިޔަ ކުންނާރުގަހު ޝައިޙައް ކިހިނެއްތޯ އެނގުނީ އޭނާ. އެކަން ކުޅައީ ދެއްކުންތެރި ކަމައްކަން. ވަﷲ މުހަންމަދު ރަސޫލް ސއވ. ނުދެއްވާ އިޚްތިޔާރެއް އައިމީން މީހުންގެ ހިތްފަޅައި ބެލުން ތިޔަ ކުންނާރު ޝައިހައް ލިބުނީ ކިިހިނަކުންތޯ!
    ތިޔަކަހަލަ ދަންނަބޭކަލުންނަށް މަމެންގެ ކާބަފައިން ކިޔާއުޅުނީ ފުޅަކާ ދަންނަބޭކަލުން. ދުނިއޭގެ ކަންކޮޅު ތަކުގައި މުސްލިމުން އުފަލެއް ލިބުމުން އެސަޖިދަ ޖަހަނީ ދެއްކުންތެރިކަމުންތޭ!
    ކުންނާރު ޝައިހުގެ ކަންކަމައް ބޭނުން ކުރެވޭ ފޮޓޯ ގައި ވަނީ ފޮތެއްގެ ގަނޑު އުކެމުން ދާތަން ތީތޯ ފޮތުގެ އަހުލުވެރިންގެ ސިފަޔަކީ ތިމާ ތާއީދުކުރާ ފިކުރައް ތާއީދު ހޯދުމައް ތިޔަފަދަ ދަށުދަރަޖަޔަކައް ވެއްޓިދާނެކަކު މަ ޤަބޫލުވެސް ނުކުރަމު! އެހެނަސް މިކުންނާރު ޝައިޙު މިހިރީ ލަދު ހަޔާތްކެނޑފަ

  69. މުއްސަނދިބެ!

    އިޔާޒެއްކަމަކު ތެދެއް ބުނެފިއްޔާ ވާނީ ތެދަކަށެވެ. ދެއްކުންތެރިކަން އެކުލެވިގެންވާ އެއްވެސް ޢަމަލެއް ﷲ ޤަބޫލު ނުކުރައްވާނެ! ދަރުސް ދެއްވާއިރު ތިމާއަކީ އެންމެމޮޅަށް ދަންނަ މީހާކަމަށް ހެދިގެން، ތިމާވަރުގެ ދަންނަ މީހަކު ނެތްކަމަށް ހީކިށްގެން ދަރުދޭ މީހާގެ އެ ޢަމަލުވެސް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ. އޭގެ ބަދަލުގައި އެމީހަކަށް ގަދަފަދަ ޢަޒާބުވެސް ދެއްވާނެ! ނުދަންނަމީހާ ކުރާ ދެއްކުންތެރި ޢަމަލައްވުރެ، ދަންނަ މީހާ ކުރާ ދެއްކުންތެރި ޢަމަލުގެ ޖަޒާ ބޮޑުވާނެކަން ކަށަވަރެވެ.

  70. މުއްސަނދިބެ!

    އިޔާޒެއްކަމަކު ތެދެއް ބުނެފިއްޔާ ވާނީ ތެދަކަށެވެ. ދެއްކުންތެރިކަން އެކުލެވިގެންވާ އެއްވެސް ޢަމަލެއް ﷲ ޤަބޫލު ނުކުރައްވާނެ! ދަރުސް ދެއްވާއިރު ތިމާއަކީ އެންމެމޮޅަށް ދަންނަ މީހާކަމަށް ހެދިގެން، ތިމާވަރުގެ ދަންނަ މީހަކު ނެތްކަމަށް ހީކިށްގެން ދަރުދޭ މީހާގެ އެ ޢަމަލުވެސް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ. އޭގެ ބަދަލުގައި އެމީހަކަށް ގަދަފަދަ ޢަޒާބުވެސް ދެއްވާނެ! ނުދަންނަމީހާ ކުރާ ދެއްކުންތެރި ޢަމަލައްވުރެ، ދަންނަ މީހާ ކުރާ ދެއްކުންތެރި ޢަމަލުގެ ޖަޒާ ބޮޑުވާނެކަން ކަށަވަރެވެ. ވައްސަލާމް!

  71. ާއަޖައިބު

    ދުއްތޫރުމެން ތިބެބަލަ މުސްލިމުންނަށް ފުރައްސާރަކުރަންޏާ އިޒްރޭލުގަ! ނޫނީ ގުޅިގެން ތިޔައުޅޭ ކުދިންކޮޅު ގެއަށް ވައްދައިގެން ދީނީ ނަސޭޙަތްދީބަލަ. އިންސާނުންގެ މަސްކެއުން މުޅަޔަސް/ މުޅަނުވިޔަސް އިސްލާމްދީނުގައި ހުއްދައެއްނޫން. ލަދުންނިއްޔަޢިލްމު އެނގޭކަމަށް ދުއްތޫރު ދަޢުވާކުރަނީތޯ؟ ސިޓިޒަންޝިޕް ބަދަލުކޮށްބަލަ! ބޯހަލާކު. ކަމެއްކުރަންޏާ ތިމާއަށް ޢިލްމް އިތުރުކޮށްދެއްވުންއެދި ދުޢާ ދަންނަވާބަލަ.

  72. ބޭބެ

    ހުރި ނުލަފާކަން ނިކަން ބަލާލަބަލަ!! އިޔާޒް މާ ތާހިރުވާނެ މޫނުގައި ތިހުންނަ ތެޔޮގަނޑު ފިލުވާލައިގެން ތާހިރުކޮށް އުޅުނިއްޔާ!! ތިޔަ މުނާފިގުކަން އެހެން މީހުން މިނަކިރަނީ މުނާފިގުގެ ޢަލާމާތްތަކަށް ބެލުމަށްފަހު!! އެހެންވީމަ ރީނދޫ ޖޫސް ބޮޔެގެން ނޫނީ ރީނދޫ ބައިގަނޑުން ހަދާފައިވާ ސިހުރެއްގައިޖެހިގެން ތިމާގެ ދީނަށް މަލާމާތް ނުކުރޭ!!

  73. ހަމަ

    ޢިޔާސް މީކޮންތާކުން ޕީއެޗްޑީ ނަގައިގެން އައި މީހެއްބާ؟ މީނާގެ ޕީއެޗްޑީ އާއިމެދު ޝައްކުއުފެދޭ މިހާރު. އެމްޑީޕީ އިން އަބަދުވެސް ބުނަމުންދަނީ ދީނީ ޢިލްމުރިން ފައިސާއަށް ދީން ވިއްކަމުންދާކަމަށް. ޢިޔާސް މީ މިކަމުގެ ދިރިހުރި ހެއްކަކަށްފުދޭ. ޢިޔާސްއަށް ހެޔޮވިސްނުން ދެއްވައި އެމްޑީޕީގެ ބާޠިލު ފިކުރުން އެއްކިބާ ކުރައްވާންދޭވެ. އިސްލާމްދީނަށް ނަޞްރު ދެއްވާން ދޭވެ. އާމީން.

  74. އަބްދުއްލާ

    މާތްﷲ ބައްލަވާ ވޮޑިގެންވަނީ މީހާގެ ހިތަށް .އިޔާޒަށް ނިހާނުގެ ހިތް އެގޭ ޓެކްނޮލޮޖީ އެއް އުފެއްދުނީތަ ؟

  75. ރަށްދު

    االله ސަޖިދަ ޖެހީމަ އެމްޑީޕީއަށް ކަމަކުނުދާނެ މީހަކު ސަޖިދަ ޖަހާގޮތެއް ވޮޑިގެންވާނީ الله ފާޑެއް ނުކިޔޭނެ

  76. ސސސ

    ފިތުނަ ފަސާދަ އުފައްދަން ޑރ އިޔާޒް ކުރަ ކަންކަންވެސް ޤަބޫލު ނުކުރައްވާނެ

  77. ހަގީގަތް

    މާތް ﷲ ފަރުޟު ކުރެއްވި 5 ވަގުތު ސަޖިދަ ނުކޮށް މީހުން ފެނުނީމަ ހޭބަލި ވެގެން ސަޖިދަ. މާތްﷲ ކަލޭމެންގެ ހިތް މޮޅަށް ދެނެ ވޮޑިގަންނަވާ

  78. ކަނަމަނަ

    ތިއަށްވުރެބޮޑު ދެއްކުންތެރިއެއްނެތް. މީހަކު ﷲ އަށް ހަމްދުކޮށް ސަޖިދައެއްކުރީމަ އެއީ ދެއްކުމަށްކުރި ކަމެއްކަމަށް ބުނަންޖެހޭނެ މީހެއްނޫންތީކީ. އެއީ ﷲ އާ އަޅާއާދެމެދު އޮތްކަމެއް. އެއީ ދެއްކުމަށް ކުރިކަމެއްކަން ނުވަތަނޫންކަން ނިންމަވާފަރާތަކީ ﷲ. ހާދަވަރަކަށް ކިޔެވިފައޭދޯ ތިހުރީ. ތިމާއަށްވުރެ މޮޅުދެވަނަ މީހަކުނެތްކަމަށް ދެކިގެން ހުރިހާކަމަކާ ތިބެހެނީ.

  79. ޢިޔަ

    ޢިޔާޒަކީ ބޮޑު ފިތުނައެއް

  80. ޏޮކް

    ޢެއީ މިހާރު ކަލެއް ކަމަށް ދަޢުވާ ކުރާ ބީ..އެއް

  81. ސަލީމް

    އިޔާޒަށް އެގެނީ ކިހިނެތް އެއީ ދެއްކުންތެރިކަން ކަމެއް؟ ހިތްތަކުގައިވާ އެއްޗެއް ދެނެވޮޑިގެންވަނީﷲ. އިޔާޒުފަދަ އިލްމްވެރިއަކު ތިހެން ބުނީމަ ހިތާމަ ކުރަން. ހީވާގޮތުން ހާޑިމްހަމް އަށްވެސް މިހާރު އިޔާޒުގެ ތައުރީފް އޮހޭނެ.

  82. މޯޑު

    އެއީ ހަމަދެއްކުންތެރިކަން

  83. މޯޑު

    ނިހާނަކީ ހަމަ ދެއްކުންތެރިއެކޭ

  84. ވަގު

    ނިހާނަކީ ހަމަ ދެއްކުންތެރިއެކޭ