މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީގް (ކުޑީ) އެ މަގާމުން ވަކި ކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރިކަން "ވަގުުތު"އަށް ވަނީ ކަށަވަރު ވެފައެވެ.

ކުޑީ އެ މަގާމަށް އައްްޔަން ކުރީ ޑިސެމްބަރު 18 ވަނަ ދުވަހެވެ.

އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިފައެވެ.

ކުޑީ މަގާމުން ވަކި ކުރީ ކީއްވެގެން ކަން ސާފެއް ނުވެއެވެ.

މިކަމާއި ގުޅިގެން ޕްރައިވަޓައިޒޭޝަން ކޯޕަރޭޝަން ބޯޑު (ޕީބީސީ)ން ވިދާޅުވީ، މިކަމާއި ގުޅޭ މައުލޫމާތު އިރުކޮޅަކުން ހާމަ ކުރާނެ ކަމަށެވެ.

ކުޑީ މަގާމުން ވަކި ކުރިއިރު، އެމްއެމްޕީއާރުސީގެ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލްކުރައްވާ މެންބަރު ރާފިލް މުހައްމަދުވެެސް ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވާފާއެވެ.

އަދި އެ ކުންފުނީގެ ޗެއާ ކަމުން އައިޝަތު ނޫރައިން ޖަނާހު ވަނީ ރޭ އިސްތިއުފާދެއްވަވާފައެވެ. ނޫރައިން އިސްތިއުފާދެއްވެވި ސަބަބު ވެސް ސާފެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަގަރު

    ވެރީ ވެރީ އިންޕޯޓެންޓު. ވެރީ ވެރީ ވެރީ

    19
    2
  2. އަލީ

    ފައިސަލު ވެސްވަކިކުރަންވީ އަވަހައް ވަކިކޮށްފަ
    ނޫރައިންޖަނާހު އައްމިނިސްޓަރު ކަން ދޭންފެނޭ
    ޓުވަރިޒަން މިނިސްޓަރުކަންކުރެވޭނެ ގާބިލުކަން ހުރިކަނބަލެއް

    33
    7
  3. ޖަޒީރާމަނިކު

    ކުޑީ މަގާމުން ވަކި ކުރީ ކީއްވެގެން ކަން ސާފެއް ނުވެއެވެ.

    ކުޑީ މަގާމުން ވަކި ކުރިއިރު، އެމްއެމްޕީއާރުސީގެ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލްކުރައްވާ މެންބަރު ރާފިލް މުހައްމަދުވެެސް ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވާފާއެވެ.

    އަދި އެ ކުންފުނީގެ ޗެއާ ކަމުން އައިޝަތު ނޫރައިން ޖަނާހު ވަނީ ރޭ އިސްތިއުފާދެއްވަވާފައެވެ. ނޫރައިން އިސްތިއުފާދެއްވެވި ސަބަބު ވެސް ސާފެއް ނޫނެވެ.

    އަޅުގަނޑަށް ވަރަށްސާފު. ޓޫރިޒަމް މިނިސްޓަރާ އެދާއިރާގެ ހުރިހާ ފަރާތެއްގެ ގުޅުންބޮޑުކަމުން .

    16
    2
  4. ހުސެންބެ

    ބޮޑެތިގަސްގަސް ވައިގަދަވެމުލުންއުރޭކަމައްވާނަމަ އެއީދެރަކަމެއް

    13
    1
  5. އަހްމަދު

    އެބަ ރަނގަޅުވޭ! ސާބަހޭ މުއިއްޒު!!!

    20
    4
  6. ރަންރީނދޫ

    އޮންލައިން މާސްޓާސް ނެގީމަ ވާގޮތް.

    29
  7. މަޗާ

    މިތަން ނެތަސް ޓުރިޒަން ދާނީ ކުރިޔަށް،މިނިސްޓުރީ އެއް އެބަހުރި. ގައުމު އިސްތިހާރު ކުރަނީ ބޭރުގެ އޮޕަރޭޓަރުންނާ އަންމު ދިވެހިން.

    15
    2
  8. އަމަލު

    ވަކިކުރުމާއި ވިދިގެން އައްޔަން ކުރުން .މިހެންވާނީ ތިބޭ ބަލަން.

    10
  9. ވަޒީފާ ނުލިބޭ ކުއްޖާ

    މި ސަރުކާރަށް ނުކިޔަވާތިބޭ މީހުން އަށް ވަޒީފާ ދިނުމުގެ އެވޯޑް ދޭންވީ. ކިޔަވާފަތތިބޭ މީހުން އަށް ވަޒީފާ ދީގެންދޯ ރަގަޅުވާނީ. މަޖިލިސް އަށް ވަންނަން ވެސް ބައެއް މީހުން ނުކިޔަވާ ތަނެއް ދޮރެއް ނޭގޭ މީހުން އަށް ވަޒީފާ ދިން. ކިޔަވާފައި ތިބޭ މީހުނަށް ވަޒީފާ ދޭކަ ބޭނުނެއް ނުވޭ.

    10
    5
  10. ތަރި ދުން

    އަލްޙަމްދު ލިއްލާހި.، ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށެވެ. ކޮންމެ ގަހެއްވެސް އާރޯކަމާއެކު ހެދޭނީ ވަކިވަރަކަށް.، މޭވާވެސް އަޅާނީ ވަކިވަރަކަށް.، ބައެއް ގަސްތަކުގަ މޭވާވެސް ނާޅާ... އެއަށްފަހު ގަސްތައް މިލާ މޯޅިވެދާނެއެވެ. ހަމަ ބަލަބަލާ ތިއްބާ އިޝާހިތަކު ހިކި އަނަރޫފަވެ، މަރުވެދާނެއެވެ. ނޫނީ ވެރިމީހާއަށް ކެތްނުކުރެވިގެން ގަސް ކަނޑާ ބިމާ ހަމަކޮށްލާފާނެއެވެ. އެއްވެސް ގަހަކަށް އަމިއްލަ ބާރުގަ ތާޒާކަންމަތީގަ އަބަަދަށް ދެމި ނުހުރެވޭނެއެވެ. މީވެސް ޤުދުރަތުގެ ޤާނޫނެވެ.

    10
  11. ޙެހެހ

    ސިޔާސީ ބަލާވެރިކަމުން ނަޖާވެ މިޤައުމު ޚަރުދަނާ ތައުލީމީ ޒުވާނުންނާއި ހަވާލުވެގެން ކުރިއަރާނީ ކޮންދުވަހަކުންބާ ، ދައުލަތަކީ ބައެއްގެ ވާރުތަ މުދާގަނޑެއްބާ ، ދެން ހަމަ މިއަޑުތައް އަހައަހާ ތިބެންވީތަ ، އެންމެ މީހެއްގެ ހިމާޔަތުގައި މުޅިތަން މިހިރަ ފުނޑާލަނީ

    9
    3
  12. އަބްދޫ

    ހުރިހާ ފަންޏަކީ މިއީބާ؟

    10
    1
  13. ސަރަފަކައްދަ

    މީހުން ކަނޑާ ވަކި ކުރުމުގެ ފޯއްވަހި މިއޮތީ ބޯމަތިވެފާ! ކުދިންނޭ ކެތްކޮއްލާތި! ބޯމަތި ވަމުން އަންނަނީ ޖޫން ޖުޅައިގެ ކޮޅިގަނޑު ކަމަށް ވެދާނެ!

    10
    2
  14. ޙުސޭނު

    ތިޔަކު މައްސަލައެއ ނެތް. މާދަމާ ސްޓޭޓް މިނިސްޓަރުކަން ދޭނެ!!! ހެހެހެ. ބަތްކައްކާ!!!

    12
    1
  15. ނަސީބެކޭ

    ޓުވަރިޒަމް ޕޮރޮމޯޝަން މެގަޒިންއެއްގެ ފޭސް އަކަށް ވެސް ކަމުނުދޭ ތިމަންޖެ!!!
    އެއްވެސް ޝަހުސިއްޔަތެއް، ދާއިރާގެ އިލްމެއް، ތަޖުރިބާއެއް ނެތް މަންޖެއެއް. މިވެސް މުއިއްޒު ސިޔާސީ ކެމްޕޭނުގައި ގެންގުޅު މީހެއް އެއީ ހުރިހާވެސް ތަޖުރިބާ އަކީ ހެހެހެ

    3
    1
  16. އަހްމަދު

    ވެރީ ވެރީ އިމްޕޯރޓެންޓް ނިއުސް!