މިހާރު ހުޅުމާލެ-2 ގައި ހިޔާ މަޝްރޫގެ ދަށުން އިމާރާތް ކުރަމުން ގެންދާ ފްލެޓްތަކަށް ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވީ "ހިޔާ އެކޮމްޕްލިޝް" މަޝްރޫޢުގެ މާސްޓާ ޕްލޭން އިއުލާން ކުރުމަށް މިހާރު ބާއްވަމުންދާ ޖަލްސާގައެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، މިހާރު ހުޅުމާލޭގެ ފޭސް2ގައި އަޅާ ޓަވަރުތަކުގެ އިތުރުން، އިތުރު ޓަވަރުތަކެއް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިމަހުގެ 30 އާއި ހަމައަށް ހިޔާ މަޝްރޫޢު އަށް ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

"މިހާރު ފޯމް ހުށަހަޅާފައި ވަނީ ގާތްގަނޑަކަށް 18000 އެއްހާ ރައްޔިތުން. އަދި ބާކީ އެބަ އޮތް ކުޑަ ދުވަސްކޮޅެއް މި މަހުގެ 30 އާއި ހަމައަށް. އަޅުގަނޑުގެ ގާތުގައި ރައީސް ޔާމީން ވިދާޅުވި، މިތަނަށް އަޅުގަނޑު އައިސް ވާހަކަދައްކާއިރުގާ ރައްޔިތުންނަށް ވާހަކައެއް ދަންނަވާލުމަށް. އެމަނިކުފާނު ވިދާޅުވީ، މިހާރު މި ފޯމް ހުށަހަޅާފައިވާ ރައްޔިތުންނަށް އަދި މި މަހުގެ މުހުލަަތަށް ހިޔާ މަޝްރޫއަށް ފޯމް ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ދޭން". މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ދެއްވީ އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެކަމުގެ ޔަގީންކަން ކަމަށެވެ.

"އެއްވެސް ރައްޔިތަކު މިކަމާއި ޝައްކު ނުކުރާނެކަން އަޅުގަނޑު ޔަގީންކުރަން، ބުރިޖު ޔަގީން ކުރި ފަދައިން". މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށެވެ. އަދި އެތަނުގައި މިހާރު އެތައް ހާސް ފްލެޓްތަކެއްގެ މަސައްކަތް މިހާރުވެސް ކުރެވެކުންދާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީނަކީ ރައްޔިތުންގެ ވިންދު ބައްލަވައި އެކަން ދެނެހުރެ ވެރިކަންކުރާ ވެރިއެއް ކަމަށާއި، ބޯހިޔާވަހިކަމުގެ ދަތިކަމަކީ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުދެން ފަސް ފަހަތަށް ބަލަންޖެހޭނެ ހަމައެއް، ކަމެއް އޮންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، ހިޔާ އެކޮމްޕްލިޝް މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިގެން ދިވެހި ރައްޔިތުންނަށްކޮށްދެއްވާނެ އެންމެ ބޮޑު މަސައްކަތް ކަަމަށެވެ. އަދި މި މަސަައްކަތް ދިވެހި ރައްޔިތުންގެ ތާއިދާއެކު ހަގީގަތަކަށް ހައްދަވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން މިހާރު ދިވެހި އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރައްވާނެ، އެއީ ކީއްވެތޯ؟. އެއީ މީގެ ކުރިން އެކި ސަރުކާރުތައް އެކިވެރިން އައިސް އެކި ކަންތައްތަކުގެ ވާހަކަދެއްކިއިރުގާ ނުކޮށްދެެވި ހުރި އަދި ކޮށްދެއްވާނެކަމަށް ވިދާޅުވެ، ނުކޮށްދެވެހި ހުރި، އަދި މީހުންގެ ހިޔާލަށް ނުގެނެވި ހުރި ކަންތައްތައްވެސް ވިސްނަވާ އެކަންކަންކޮށްދެއްވުމުގެ ވިސްނުންފުޅާއެކުގާ އިއުލާނުކުރެއްވި ހުރިހާކަމެއްހެން އެމަނިކުފާނުގެ މި ފަސް އަހަރު ތެރޭގައި ކޮށްދެއްވާފައި ވާތީވެ. އެކަމުގެ އެންމެ އަލިގަދަ އެއް މިސާލަކީ ސިނަމާލެ ބުރިޖް". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ބުރިޖުގެ ޔަގީންކަން ލިބިފައިވާ ފަދައިން މިއަދު އިފްތިތާހް ވިގެންދިޔަ މަޝްރޫއަކީ ޔަގީންކަމާއެކު ރައީސް ޔާމީންކޮށްދެއްވާނެކަމެއްކަން އެއްވެސް މީހަކު ޝައްކެއް ނުކުރައްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ލައިފް

    ހިޔާ މަޝްރޫޢު އަށް ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ނިންމައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ހޭއް ނައްނާނާނަނާ ނައްނާނާނަނާނަނާ އޯލް ޓުގެދަރ ނައު ޓްރޫ ހެހޭ ލައިފް ލައިފް ލައިފް އިޒް ލައިފް ލެބް ޑެބް ޑެބް ޑެބް ލައިފް އިޒް ލައިފް ނެވަރ ގިވް އިޓް އަޕް އަޕް އަޕް ވެން ވީ ޕިންކީން ގެޓް ދަ ޕަވަރ ވީ ވިލް ގެޓް ދަ ބެސްޓް ކަމޯން ސްޓޭންޑް އަޕް އެންޑް ޑާންސް އެވްރީ ބޮޑީ ސިންގް ދެޓް އިޒް ލައިފް ލައިފް އިޒް ލައިފް ލައިފް އިޒް ލައިފް ނެވަރ ގިވް އިޓް އަޕް އަޕް އަޕް ލައިފް އިޒް ލައިފް ކަމޯން ސްޓޭންޑް އަޕް އެން ޑާންސް އިޓްސް ދަ ފީލިންގް އޮފް ދަ ޕީޕަލް ޔޭއް...

    • ލައިފްއަށް

      ހާދަ މަޖަލޭދޯ

  2. ސާފިރު

    ފުލެޓު މިސަރުކާރަކަށް ނުހެދޭނެ އަދި ހައްްްޤުވެރި ފަރާތްތަކަށް ނުވެސް ދެވޭނެ. މިހާރު ނޭވާހޮޅިއަށް އެޅުނީމަ ކުރާ އެއްވެސް ކަމެއް ރައްޔިތުން ބަލައރއް ނުގަންނާނެ. 23 ގަ ނިންމާނަން އިންޝާﷲ

  3. ހިޔަނި

    ފޯމު ހުށައަޅަން ޖެހެނީ ކޮންތާކަށް؟

  4. ފާތިމާ

    ޙުރިޙާ ބޭފުޅުން ރައީސް ޔާމީން އަށް ވޯޓު ދެއްވާ ކެންޑިޑޭޓް ނަންބަރު 1 ގައި ރަނގަޅު ފާހަގަ ޖައްސަވާ

  5. ޢަލީ

    ނޭވާހޮޚިޔަށް އެޅުނީދެއްތޮ.

  6. ދަންޑަހެލު

    ކިތައްމެ ދޮގުތަކެއް ހެދިޔަސް ވޯޓެއްނުދޭނަން

  7. އަލިތަކުރު

    100% ގަބޫލު ކުރަން ޔާމީން އައް ތިކަން ކުރެވޭނީ...ސަބަބު އެހެރީ ލޮލަށްފެންނަން. ބޮޑުސިންގާ ފަޅެއް (ހުޅުމާލެ ފޭސް 2 ) ހިއްކާ މަގުހަދާ ނަރުދަމާ އަޅާފަ 6 މަސްދުވަސް ތެރޭ 7000 ފްލެޓް %70 ނިންމާފަ އެހެރީ.. . އެއީ ވޭތުވިދިޔަ 3ސަރުކާރުގެ 35އަހަރުވެސް ނުވިކަމެއް. 35އަހަރުންވެސް ޖުމްލަ 5000ފްލެޓް އެޅިފަނެތް.. މީލޮލަށް ފެންނަން ހުރި ހަޤީޤަތެއް..

    • މަ

      މަގޭ ސުވާލަކީ ހުޅުމާލޭގަތިހުރިހާ ކަމެއް ކުރެވޭ އެކަމް ރާއްޖެތެރޭ ރަށެއް ތިގޮތަށް ތަރައްގީ ނުކުރެވެންވީ ކީއްވެބާއޭ...

  8. ޖަލީލު

    ފުލެޓް ލިބޭނެ ކަމުގެ ޔަޤީކަންދީ! އޭރުން 2018 ވަނަ އަހަރު ރައީސް ޔާމީން ހޮވޭނެ ކަމުގެ ޔަޤީކަންދޭން...... ! އުއްމީދަކީ ފުލެޓް ލިބޭނެކަމުގެ ލިޔުމެއް ދޭނެކަމަށް.

  9. ވަގު ތުނޫސް

    އަޅުގަނޑުގެ ވޯޓު ރައީސް ޔާމީނައް ޔަގީން އަޅުގަނޑައްވެސް ލިޔުމުން ތި ޔަގީންކަން ދީފިއްޔާ.. ޝުކުރިއްޔާ ރައީސް ޔާމިން

  10. ޙުވަދޫ މަސްވެރިން

    .. މަސްވެރިން ޜ.ޔާމީން އަށް ވޯޓު ދޭންބޭނުންނުވާ ސަބަބަކީ މަސްކިލޯގެ އަގު ކުޑަކުރުން.. ހުރިހާ މަސްވެރިންގެ ޝަކުވާޔަކީ މީ... ކިލޯގެ އަގު ބޮޑުވެއްޖެ ނަމަ މަސްވެރިންގެ %90 ވޯޓު މަނިކްފާނަށް

    • ބަލަގަ

      އޭރުން ދެން ތިބި ރައްޔިތުންއް ވޯޓެއް ނުދޭނަން. ކަލޭމެންނެކޭ މިއުޅޭ ޓެކްސީ ޑްރައިވަރުންނެކޭ އެއްގޮތްވަނީ ދޯ. މިހާރުވެސް މަސްމާރުކޭޓުގަ 3ވަނަ ފަރާތްތަކުން މަސްވިއްކަމުން އެދަނީ. ރަނގަޅުތާ ކޮންމެވެސް ނިޒާމެއްގެ ދަށުން އޮޑިވެރިޔާ މަސްވިއްކާނަމަ. އޭރުން ތިބޭފުޅުންނަށްވެސް ފައިދާ އާންމު ރައްޔިތުންނަށްވެސް ފައިދާ. އެހެންނޫނީ ލައިންކާނެ އެއްޗެއް ނުލިބިފަ އޮންނަނީ ނިކަމެތި ރައްޔިތުންނަށް. މިކިޔަނީ މަހަކު 7000 އާއި 8000 ދެމެދު ނުވަތަ އެއަށްވުރެން ދަށް މުސާރައެއް ގެއަށް ގެންދާމީހުންނޭ ގިނައީ.

  11. މަރުޙަބާ

    ސާބަހޭ! ރައީސް ޔާމީން.

  12. ޤައުމު

    ޝުކުރިއްޔާ ރައީސް ޔާމީން. ތިކަހަލަ ވެރިއެއް މި ޤައުމަށް ބޭނުންވަނީ. މަގޭވޯޓް ރައީސް ޔާމިން އަށް.

  13. ބޯހަލާކު

    ތި ގޮތް ކުރިންވެސް އޮއި ދެއްތޯ

  14. ޕީޕީއެމް

    ނެތްތަ މަށަށް އަނެއްކާ ފޯމް ލެވޭނެ ކަހަލަ ގޮތެއް ވާކަށް

  15. ތަގަރި ފާތުމަ

    އަޅޭ ބަލަގަ މަގެޔާމީނ ކިހެނެތިއެމެނަ ފުލެޓުދެނީ ބަލަގަ ވޯތުހޯދަން ވާވަރުގެ ކަންތަކުގެ ވާހަކަބުނެބަލަ ތިކަން ނުވާނެ އަދިމިގައުމުގެ މީހުންއަހަރެމެންނަކަ ވޯޓެވެސް ނުދޭނެ ދެން މިފަހަރު ބާކީވާނެ ހާދަބޮޑު ލަދެކޭ ދޯޔާމީނު މިކުރިހުރިހާހަރަދު ބޭކާރު ކީކުރާނީދޯ ދެންއިބޫއަދެމާދޯ

  16. Ziyaad

    މާ ލަސްވެއްޖެ.

  17. މަރިޔަބު

    ތިކަހަލަ ދޮގު ހަދައިގެން ރައްޔިތުން ގުބޯ ހައްދަން ނޫޅޭ. ތިޔަހެނބުނި ކުރީގަވެސް. މުއީޒު.

  18. ޥަގު

    ލޮލް. މަވާ ސަލާން

  19. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    މިނިސްޓަރ މުއިއްޒު ވިދާޅުވީ، މިހާރު ހުޅުމާލޭގެ ފޭސް2ގައި އަޅާ ޓަވަރުތަކުގެ އިތުރުން، އިތުރު ޓަވަރުތަކެއް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިމަހުގެ 30 އާއި ހަމައަށް ހިޔާ މަޝްރޫޢު އަށް ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. މީގެކުރިން ބުނެފައިވަނީ ކީކޭތޯއެވެ. އާދެ! ފްލެޓަށް އެދޭ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭމީހުންނަށް ފްލެޓް ކަށަވަރު ކޮށްދީ އެކަމުގެ ލިޔުން ދެއްވާނެކަމުގައެވެ. މިހާރު އެބުނަނީ، މިހާރު އަޅަމުންދާ ޓަވަރތަކުގެ އިތުރުން ޓަވަރތައް އަޅައި ނިމުމުން ފްލެޓް ލިބޭނެ ވާހަކައެވެ. އެހެންކަމަށްވާނަމަ، މިހާރު އަޅަމުންދާ ޓަވަރތަކުގެ އިތުރުން ޓަވަރތައް އަޅައި ނިމުމުން ފްލެޓް ދެއްވާނަމަ، އެކަމަކީ، ކުރިއަށް އޮތް 5 އަހަރު ނިމޭއިރުވެސް ކުރެވޭނެ ކަންކަމެއްތޯ ސުވާލުއުފެދެއެވެ.

  20. ައަލީ

    ޜޯ ބުހުތާންދޮގު ހަދައިގެން ރައްޔިތުންގެ ވޯޓް ކައްވަން ނޫޅޭ.

  21. ޓާޓާ

    ގުޑް ބައި މުއީޒު.✌

  22. ޔެސް ޔެސް

    الحَمْد لله‎‎

  23. މަންޖެ

    ޔާމީނަށް 23 ވީހުގައި ނަގާވޯޓުން ފޭޅްވިޔަސް މިބޯހިޔާވެހިކަން ކަށަވަރުތޯ

  24. ގަދަގަދަ

    ޝުކުރިއްޔާ ރައީސް ޔާމީން ☝

  25. ނެތީމޭ

    ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ދޭން ނިންމައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މީ މިރާއްޖޭގެ ތާރީޚް ދުށް އެންމެ އުފާވެރި ދުވަހޭ ސަބަބަކީ ރާއްޖޭގެ ކެޕިޓަލް އޭރިޔާ މާލެ ސަރަހައްދުން ފްލެޓްސް ތައް ހޯދަން ރައީސް މައުމޫނުގެ ވެރިކަމާއި އަދި ކެނެރީގެ ނަޝީދު ވެރިކަމާއި އަދި ވަހީދު ވެރިކަމުގައި ވެސް ޖެހުނީ ޕަޒްލް ގޭމެއް ކުޅެގެން މަކަރާއި ހީލަތުން ރޯ ބުހުތާނު ދޮގު ހަދައިގެން ޕޮއިންޓް ހޯދަންއޭ އެކަން ބާތިލް ކޮށް އެހެން ހަމަހަމަވީ ޕިންކީންގެ ވެރިކަމުގައޭ ރަންރީނދޫ ޓްވިޓަރޭ ތަމެން ދެން މަހަށް ދޭބަލަ މަަމެން ބުނީމެއް ނޫންތޭ މަމެން އެންމެ ފަހު ވަގުތު ހަދާނީ މެޖިކް އޭ ދެން މަމެން މާދަމާ ލުއި ކޮށްދޭނީ ރާއްޖޭން ބޭރުން ބަންގާޅުން އަދި ނޭޕާލުން އަދި މިޔަންމާރ އިން މީހުން ގެންނައިރު ބަހައްޓަން ޖެހޭ ޑިޕޮޒިޓްގެ އަދަދު. އެއިރަށް ދެން ތަމެންނަށް ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ.

  26. ރާފަޅާ

    ފްލެޓް ދިނަސް ވޯޓު ނުލިބޭނެ އޯކޭ

  27. ޢައިމިނާ

    ފްލެޓަކީ ދޭއެއްޗެއްތަ؟ ޢެއީ ކަލޭމެން ބޮޑުއަގުގަ ވިއްކާ އެއްޗެއްނޫންތަ؟ ޑަވްންޕޭމަންޓާެއި ކުލިދައްކަން ނުޖެހޭތަ؟ 5 އަހަރުން ނުދެވުނު ފްލެޓް މިހާރު ދެވޭތަ؟ މިމީހުން ހީކުރަނީ މިމީހުން ކަހަލަ މޮޔައިންނޭ ޢެންމެންނަކީ. ލޮލް!!!

  28. މޯޑު

    ވަރައް ކަޑައެއްނޫން ތިފުޅެޓު ކަށަވަރުވާނެކަމުގެޅިއުން ޅިބޭނެކަމުގެ ހުވަފެން ބަޅަބަޅާތިއްބާ މިވީނާއުމްމީދުނޫންތޯ 23 ވީހުގައި މިކަން މިނިމެނީނޫންތޯ ދެން އަތްޖަހާ

  29. ޙަލީފާ

    ÷ވޯޓުލާ ދުވަސް ޖެހުނީމަ އެއްވެސް ހަމައެއްނެތި ފުލެޓް ދޭން ވައުދުވުމަކީ ސަރުކާރު ބަލިކަށި ކަމުގެ ހެއްކެއް. މިވީގިތުން ބޯހިޔާވަހިކަން ލިބިފަ ތިބި މީހުނަށްވެސް ފުލެޓް ލިބުނީ. މިފަދަ ކަންކަމަކީ ރަގަޅު ޕުލޭނެއްގެ ދަށުން ކުރަން ޖެހޭ ކަންކަން، ފަހުން ދިމާވެދާނެ މައްސަލަތަކަށް ވިސްނުން މުހިންމު. މިފަދަ ކަންކަމަކީ ރައްޔިތުންގެ ވަރަށްބޮޑުއުންމީދުތަކަކާގުޅިފަވާކަންކަން.

  30. ވ2

    ސިނަމާލެ ބްރިޖް އެއީ ޗައިނާއިން އެމީހުންގެ މަސްލަހަތަށް ކުރި ކަމެއް (ސިލްކް ރޫޓް އެއްބަސްވުމަށް) ... ވަކި ޔާމީނު ވެގެންނެއް ނޫން...
    ޢަނެއްކާ ތިދޭ ލޯން ތަކަކީވެސް ހަމަ ޗައިނާގެ މަސްލަހަތު ...

    ނިކަން ގައުމުން ނަގާ ޓެކްސް ތަކުން ފްލެޓް ގަނޑެއް އަޅާފަ ތިއެތިވަރު ގޮވާބަލަ !!!

  31. ފްރޮމްދިސް

    މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދުނު އެންމެންނަށް ފްލެޓްސް ތައް ލިބުނީއޭ ހަޒްބެންޑް އެން ވައިފް އަށް ވެސް ލިބުނީއޭ ފްލެޓްސް އެއިރުން އެންމެ ވަލްނަރަބްލް އޭރިޔާ ކަމަށްވާ މަމެންގެ ލޮލުގެ ނޫރު ކަމަށް ވާ ބިއުޓީ ކްއީނޭ މެންނަށް ދަރިން ލިބުމުން ފިރިމީހާ ޖެހޭ ކޫސުނި މައްސަލަ އެއްގައި ވަރިކޮށް ނަގާ އެއްލާލި ނަމަވެސް ވަންނާނެ ގެދޮރު ނުލިބިގެން އުޅެން ނުޖެހޭނެއޭ ފްރޮމް ދިސް މޯމެންޓް އޮން އަ ނިއު ލައިފް ހޭޒް ބިގަން އޯއް ފްރޮމް ދިސް މޯމެންޓް އޮން...

  32. ގދ ތިނަދޫ

    11111111111111111¹11111111111111111¹111¹11¹11111¹11111111111¹111111111 ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    އެކެއް

  33. ދީދެން

    މިހާތަނަށް މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމް ހުށައެޅި 18 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކުރުން އެއީ މިފަހަރު ރިޔާސީ އިންތިޚާބުގެ މުޅި ލޭންޑް ސްކޭޕް ބަދަލުވެގެން ދާނެ ކަމެކޭ މިކަމަށް ބޭނުންވާ އޮގްޒިލަރީ ސަޕޯރޓް ފެސިލިޓީސް ކަމަށްވާ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ވިޔަފާރި ތަކަށް މާލެ ތިލަފުށި ހިއްކައިގެން އަދި ގިރާވަރު ފަޅު ހިއްކަައިގެން ކޮންމެ ކުންފުންނަކަށް 4 ހާސް އަކަފޫޓް 4 ހާސް ރުފިޔާ އަށް މަހަކު ކުއްޔަށް

  34. Anonymous

    ޢުމުރުން 18 އަހަރުވެ ކައިވެނިކޮށްގެން ތިއްބަކަސް ހުރިހާ އެންމެނަށް ފޯމު ލެވޭ ގޮތަކަށް ކެޓަގަރީ ބަހާފަ ނެތޭ. ފްލެޓް ބޭނުމިއްޔާ ޖެހެނީ ދަފްތަރުގަ ޖެހެން. މިފަހަރުވެސް 92 ޕޮއިންޓް ލިބުނު. ފްލެޓް ނުލިބުނު. ދެންވެސް ވާނީ މިހެން.

  35. ދުރުމި

    އެމްޑީޕީ މީހުން ކޮންމެ އެއްޗެއް ދިނަސް ގަު ނުކުރާނެ އެއީ ވަކި މަޒުހަބެއް ޝިއީ ނުވަތަ ސުއްނީ މަޒުހަބު ކަހަލަ މަޒުހަބެއް އެއީ ވަކި އަގީދާއެއް މިއީ ވެރިކަން ކުރާ މީހާގެ ސުލޫކާއި ގާބިލް ކަމާއި ބެހޭމައްސަލައެއް ނޫން.

  36. ޑްރީމް

    މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު ހުރިހާ އެންމެންނަށް އެކަކު ވެސް ބާކީ ނުކޮށް އެންމެންނަށް ފްލެޓްްސް ތައް ލިބޭނެ ކަން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން އިއުލާން ކުރުން އެއީ މަމެންގެ ހުވަފެން ހަގީގަތަކަށް ވެގެން ދަނީއޭ އިފް ޔޫ ސީ ދަ ވޮންޑަރ އޮފް ދިސް ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ޔޫ ކޭން ޓޭކް ޔުއަރ ފިއުޗަރ ފްރޮމް އިޓް އަައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޯއް ޔޭއް އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ...

  37. ޑްރީމް

    ހުރިހާ ކުދިންގެ ވެސް މުސްތަގްބަލް ގުޅިފައި މިވަނީ މަމެން ޕިންކީން ވެރިކަމުގައި ތިކުދިންނަށް މިދޭ 50 ހާސް ފްލެޓްސް ތަކުންނޭ އޯއް ޔޭއް މީއޭ މަމެން ދެކޭ ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް އަކީ އިފް ޔޫ ސީ ދަ ވޮންޑަރ އޮފް ދިސް ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ސަމްތިންގް އިޒް ރިއަލީ ވެރީ ގުޑް އިން އިޓް އައި ހޭވް އަ ޑްރީމް އޯއް ޔޭއް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ...

  38. ލީ

    ނޭވާ ހޮޅިއަށް އެޅުނީމަ ތިކުރާ ކަންތަށް އަހަރުމެން ގަބޫލެއް ނުކުރާނަން.

  39. އަހުމަދު

    7000 ފުލެޓް 18000 މީހުންނަށް ދޭނެގޮތެއް ނުވިސްނުނު......

  40. ޭނވ

    1????

  41. Anonymous

    ???? 1

  42. Anonymous

    އޭ ރާއްޖޭން ބޭރުގަ އުޅެންޏާ ނެޓު މެދުވެރިކޮށް ނުފޮނުވޭނެތަ؟