ހދ. ކުޅުދުއްފުށީގައި ގާއިމުކުރާ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ނިންމައި، މިއަދު ރަސްމީކޮށް އެތަން ހުޅުވައިފިއެވެ.

އެތަން ހުޅުވައިދެއްވީ މިހާރު ކުޅުދުއްފުށީގައި ކުރިއަށްގެންދާ ރަސްމިއްޔާތެއްގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.

އެރަށުގައި ބޮޓްލިންގ ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތްކޮށްފައި ވަނީ، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިވްއެސްސީ) އިންނެވެ.

އެ ކުންފުނިން ބުނިގޮތުގައި، މިއީ މިއީ އެމްޑަބްލިއުއެސްސީ އިން ވިއްކާ ފެން އަތޮޅުތެރެއިން ފަސޭހަކަމާއިއެކު، އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެކެވެ. އަދި ކުޅުދުއްފުށީގައި ޤާއިމުކުރާ ފެން ބަންދުކުރާ ޕްލާންޓްގެ ސަބަބުން ކައިރި އަތޮޅުތަކާއި ރަށްތަކަށް ގިނަ ފައިދާ ކުރާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރ.ދުވާފަރުގައިވެސް ފެންބަންދު ކުރާ ޕްލާންޓެއް ގާއިމް ކުރުމުގެ ޢަމަލީ މަސައްކަތްތައް ދަނީ ކުރަމުންނެވެ.