ރައްޔިތުން މަޖިލީހުގެ އައްޑޫ މެންބަރުކަން ކުރިން ކުރެއްވި ހިޔަލީ މުހައްމަދު ރަޝީދު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން އިދިކޮޅު ކެމްޕޭންގައި ހަރަކާތްތެރިވާ ފެށުމުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ސަޕޯޓަރުން އެކަމާއި ހިތްހަމަ ނުޖެހިއްޖެއެވެ.

އައްޑޫ ސިޓީ އިން "ވަގުތު" އަށް މައުލޫމާތު ދިން އެމްޑީޕީ އާއި ޖޭޕީގެ ބައެއް މެންބަރުން ވެސް ބުނީ ހިޔަލީ އެބޭފުޅުންގެ ކެމްޕޭނާއި ގުޅުމަކީ ކެމްޕޭނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

"ހިޔަލީ އަކީ ފެއިލިއާއެއް. މިދިޔަ މަޖިލިސް އިންތިޙާބުގައި ވެސް ވާދަކޮށް ފެއިލް ވެގެން ދިޔައީ. މެންބަރު ކަން އޭނާ އަށް ގެއްލުނީ ބޮޑާވެ، ކިބުރުވެރިވުމުން. އެއީ ރައްޔިތުންގެ އަޑު އެހި މީހެއް ނޫން. އަދި ރައްޔިތުންގެ އަޑު އަހާނެ މީހެއް ވެސް ނޫން. މިހާރު އިބޫ ކާމިޔާބު ހޯދަފާނެ ހެން ހީވުމުން ކޮންމެވެސް އަމިއްލަ މަންފާއަކަށް އިބޫ އަށް ތާއިދު ކުރީ ކަމަށް ބެލެވެނީ." އެމްޑީޕީ ސަޕޯޓަރަކު ބުންޏެވެ.

2009 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ކެމްޕޭންގައި ހިޔަލީ އާއި އެކު މަސައްކަތް ކުރި މީހަކު މިއަދު ބުނީ ހިޔަލީ އަކީ އެހެން މީހުންގެ ޚިޔާލަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.

"ހިޔަލީ ގަބޫލު ކުރާ ގޮތުގައި އެންމެ ރަނގަޅު ގޮތް އެނގޭނީ އޭނާ އަށް. ހިޔަލީ މިހާރު ކެމްޕޭނަށް ނިކުތުމުން މީގެ ކުރިން މިތާންގައި އިސްކޮށް އުޅުނު ބައެއް ބޭފުޅުން ފަހަތައް ޖެހިވަޑައިގެންފި. މިއީ ޙަޤީޤަތުގައި އިދިކޮޅަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް." އޭނާ ބުންޏެވެ.

ހިޔަލީ އިދިކޮޅު ކެމްޕޭނަށް ނިކުތުމުން އިދިކޮޅު ސަޕޯޓަރުން ހިތްހަމަނުޖެހިފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އައްޑު އަށް ވަޑައިގެން ރޭ ވަނީ ހިތަދޫގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައި ދެހާހެއްހާ މީހުން ބައިވެރިވިއެވެ.

ނަމަވެސް އިއްޔެ ރޭ އައްޑޫގެ ހުރިހާ އަވަށަކުންނާއި، ފުވައްމުލަކާއި ހުވަދޫ އަދި މާލެ އިން މީހުން ގެންގޮސްގެން އިދިކޮޅު ފަރާތްތަކުން ކެމްޕޭން ނިންމަން އައްޑޫގައި ބޭއްވި ޖަލްސާގައި ބައިވެރިވީ 1500 ވަރަކަށް މީހުންނެވެ.

އިދިކޮޅު ކެމްޕޭންގައި މިހާރު ބައިވެރިވަމުންދާ ހިޔަލީ އަކީ ކުރިން ޕީއޭގައި ވެސް ރައީސް ޔާމީނާއި އެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙާމަ

    ހަޤީގަތް އެގެނުވަކަށް ވަމުންދާނީ ތިޔަހެނެވެ.
    ޙައްޤުހޯދަން ނިކުންނަ މީހާ ރައްޔިތުންނަށް އޭރުދިނީ ބީރުކަންފަތެއް

  2. ސައިނީ

    ހިޔަލީމެން ރިޓަޔަރ ކޮށް ގޭގެއޮވޭ އަލްހާން ހެން

  3. މޫސް

    2 މޮޔައިން. ފަހުވަގުތު އޮޑިން ފުންމާލީދޯ. ދެ ކުދިން ތި ހީކުރެވިފައި އޮތްގޮތަށް މި ވޯޓްނުދާނެ. ﷲ ގެ އިރާދަފުޅުން މިފަހަރުވެސް ވޯޓް ބޮޑުތަނުން ކާމިޔާބު ކުރާނީ ރައީސް ޔާމީން. އެބުރި އަންނަން ޚިޔާލުވެސް ނުކުރާތި. ކުޅިދައްކާލާނަން.

  4. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޕީޕީއެމުގައި ބައިވެރިވުމަށް ކޮށްފައިވާ އެއްވެސް ކަމަކުން ޕީޕީއެމުގައި ބައިވެރި ނުވެވެއެވެ. އެބަހީ، ޕީޕީއެމަށް 4 ފަހަރުމަތިން ސޮއިކުރުމުންވެސް މެންބަރަކަށް ނުވެވެއެވެ. އެހެންނަމަވެސް ޕީޕީއެމުގެ ކެނޑިޑޭޓަށް ވޯޓްދެއްވަން ބޭނުންވާ މީހަކަށް އެކަން ކުރެވޭނެއެވެ. ވޯޓްދިނުމަކީ، އެމީހަކު އަމިއްލައަށް ކުރާ ކަމެކެވެ. ޕީޕީއެމަށް ސޮއިކުރުމުން އީސީގެ ފަރާތުން ފޯމުޤަބޫލު ނުކުރުމުން ވިދިވިދިގެން 5 ފަހަރު 6 ފަހަރު މަތިން ފޯމުލާންޖެހެއެވެ.

  5. އަލީ މޫސާ

    ހިޔަލީ އާއި ޗެކްމާކް ގޫބެރާ އިދިކޮޅާ ގުޅުނީ މި 2 މީހުން ރިސޯޓެއް ހަދަން ރަނގަޅު ރަށެއް ދަެން އެދުމުން ރައީސް ވިދާޅުވިކަމަށް ވަނީ އުސޫލް ތަކުގެ ބޭރުން ކިތަންމެ ގާތް ވިޔަސް ނުދެވޭނެ ކަމަށް. ދެން އިދިކޮޅަށް ގުޅުމުން ރަށެއް ލިބޭނެ ކަން ޔަގީން ވުމުން ގުޅުނީ

  6. ޙައްވަ

    ޙިސާބު ހަދާނީ މާދަމާ!

  7. ހިބަރުތަރި

    ހިޔަލީ އަކީ ބުލީއެކެވެ. އޭނާޔާ އެކީ މަޖީދިއްޔާގައި އުޅެ، އޭނާގެ ބުލީކުރުމުގެ ސަބަބުން އެކަމުގެ އަސަރު ވަރަށް ގިނަދުވަހަށް ކޮށް، ނަފްސާނީ އެހީ ހޯދަން ޖެހުނު އެތަކެއް ކުދިންނެެކެވެ. އޭނާ އޭރު ޓާގެޓް ކޮށްއުޅުނީ އޭނާޔާ އެއްގުރޭޑްގައި އުޅުނު އޭނާޔަށް ވުރެ ހަގު، ނިކަމެތިން ނުވަތަ ފަގީރުންގެ ދަރިންނެވެ. މިކަމަށް އެތަކެއް ބަޔަކު ހެކިވާނެއެވެ.

    • ޔެސް!

      މަވެސް މީ ހިޔަލީގެ އިސްކޯލު ދައުރުގާ އޭނާގެ ބުލީކުރުމުގެ ސިކާރަޔަކަށް ވީ މީހަކީމެވެ. ތީ ތެދެކެވެ. ހިޔަލީ އަކީ ބޮޑުބުލީއެކެވެ. ލަފާކުރެވޭގޮތުގައި މިހާރުވެސް އެކަން ކަށީގައި ހިފާފައި ހުންނާނެއެވެ.

  8. ބޭބެ

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️

  9. ބުއްަްޅަަބޭޭ

    ހިޔަލީ ގްރޫޕުން މީހުން ހައްޖަށްފޮނުވާށޭކިޔައިގެން މަކަރާއި ހީލަތުން ފައިސާނަގަމުންދަނިކޮށް އިސްލާމިކް މިނިސްޓޤރީން އެކަން ހުއްޓުވާލީމާ، އޮޑިން ފުއްމާލީ.

  10. ކާކިމް

    މައުމޫނު ޖަލުން ނެރެން 30 އަހަރު އަހަރެމެންގެ ބަފައިން ދަރިން.ބޭބެއިން ފިރިން ޖަލަށްލާ އަނިޔާކޮށް އެތައްބަޔެއް މަރުވެގޮސްފަފަވަނީ މިއަދު މައުމޫނަށް އެކަމުގެ ވޭން އިހުސާސް ކުރާނެ އިބޫއަށް މި އަންގަނީ މައުމޫނު ޖަލުންނެރޭ ކަމަށް ވަންޏާ ވޯޓް ވޯޓް ޔާމިނަށް މިގައިމުގާ ހުރި އެނމެ ބޯޑް އަނިޔާ ވެރި.އަކީ މައުމޫން މަގޭ އާއިލަ ގެ ވޯޓް ޔާމިނަށް ކަށަވަރު މަށަށް ކުރި އނިޔާ އަދޮވެސް އެރިހުން ނުފިލަ

  11. ޗޯޓީ ސަރުކާރު

    ގައުމުދެކެ ލޯބިވާ ކޮންމެ މުވާޠިނަކަށް ޔާމީނު ދޫކޮށްލަން މަޖުބޫރުވާނެ

  12. ބުލީސަވައިވަރ

    ހިބަރުތަރި އެބުނީ ތެދެކެވެ. ހިޔަލީއަކީ މަޖީދިއްޔާގައި އުޅުނުއިރު ނިކަމެތިންގެ ދަރިންނަށް ވަރަށް އިހާނެތިކޮށް ގަވައިދުން ބުލީކުރަމުން ދިޔަ ދަރިވަރެކެވެ.

  13. ނާއި

    ޖީބުގައި ޖަހާ މަލަކަށްވެސް އިންޑިޔާގެ ދިދަ.

  14. ޖޮއްބެ

    ބަލަގަ އެމްޑީޕީ އަކީ ފެއިލިއަރ އެއް ނޫންތަ؟ އެބައިގަނޑަށް މިގައުމުގައި ވެރިކަންކުރަން ލިބުމުން ޒިއްމާދާރު ވެރިކަމެއް ކުރެވުނުތަ؟ އެ ބައިގަނޑު ގެ ވެރިކަން ނިމުނުއިރު މިގައުމު އޮތީ ކޮންފަދަ ޙާލެއްގައިތަ؟ އެހެންވީ އިރު ކޮންމެހެން ހިޔަލީއާއި ދިމާލަށް ފެއިލިއަރެކޭ ގޮވާނެކަމެއްނެތް. އެހެން ގޮވުން އެއީ އަނގަ މައްޗަށް ޖަހައިގެންތިބެ ކުޅުޖެހުން ކަހަލަ ކަމެއް. އެ ކުޅު ފައިބާނީ ހަމަ ކަލޭމެންގެ ބޮލަށް. މިތިބަ ގަމާރުތަކާ.