ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ކެންޕެއިން ނިންމާލުމަށް ބާއްވާ ވެހިކަލް ބުުރު މިއަދު ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.

މިކަން އިޢުލާން ކުރައްވަމުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުއްގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވީ މިއަދުގެ ވެހިކަލު ބުރު ފެށޭނީ ހެންވެއިރުގައި ހުންނަ ކުރީގެ ޕީޕީއެމްގެ އޮފީސް އަދި މިހާރު ކެންޕެއިން ޖަގަހަ ކުރިމަތިން ކަމަށެވެ.

ޕީޕީއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ މި ބުރުގައި ބައިވެރިވާ 3:30 އިން ފެށިގެން ކުރިޔަށްދާނެއެވެ. އަދި މިބުރުގައި އަމިއްލަ ސައިކަލުގައިވެސް ބައިވެރިވެވޭނެ ކަމަށާއި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުންނަށް އެތަނުގައި ޚާއްސަ ކުރެވިފައިވާ ލޮރީގައިވެސް ދެވޭނެ ކަމަށް ޕީޕީއެމްއިން ހާމަ ކުރެއެވެ. މިބުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ބްރިޖް ސަރަހައްދުންނެވެ.

"މަޖީދީމަގުން ހުނޅަގަށްގޮސް ވަށާލާފައި ރިންގް ރޯޑްއަށް. މާނައަކީ ބޮޑުތަކުރުފާނު މަގުގެ މާލޭ ހުޅަނގުގެ ދެކުނު ސަރަހައްދުން އައިސް، އިރުމައްޗަށް ދަތުރުކޮށް ބްރިޖްއާ ހަމައަށް އަޅުގަނޑުމެން މި ބައްދަލުވުން ނިންމާލަނީ" ނިހާން ވިދާޅުވިއެވެ.

ޕީޕީއެމްއިން އިންތިޒާމްކޮށްގެން މާލޭގައި ވެހިކަލް ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕީޕީއެމްއަށް ތާޢީދު ކުރާ ސަޕޯޓަރުން އިސްނަގައިގެން ރާއްޖޭގެ ބިންބޮޑު އެކި ސަރަހައްދުތަކުގައި މިއަދު ލޮރީ ބުރުތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ގަން ފޮނަދޫ ސަރަހައްދުގައްޔާއި ފުވައްމުލަކުގައި ޕީޕީއެމްގެ ބޮޑު ވެހިކަލު ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖައްސާތި

    މިއަދު ހަވީރު ވެހިކަލް ބުރު ނިމުމުން ސަރުކާރުން މާލެ ސަރަހަައްދުގެ ވޯޓްސް ތައް ހޯދުމަށް ޓަކައި ސަރުކާރަށް އިއުލާން ކުރެވޭނެ ދޯ އިމިގްރޭޝަން އިން ވާރކް ވިސާ ފީގެ %50 ކުޑަ ކުރުމަށާއި އަދި ފަސޭހައިން ކޯޓާ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ވުމާއި އަދި ވެސް އެހެން ކަންކަން އިއުލާން ކުރެވޭނެ ދޯ ހިނގާ ސަރުކާރެއް ގެ ހައިސިއްޔަތުން. އެއިރަށް އެކެމްޕެއިން ކުރީ ކަމަށް ނުބެލެވޭނެއޭ ހަވީރު 4 ގެ ކުރިން ފެށިގެން އިއުލާން ކުރަމުން ދާންވީ މިފަދަ ކަންކަން އެއިރުން ރަނގަޅުވާނީ.

    • ނިއުމާގެ އަމާ

      ކީކޯ ނި ކިޔަނީ

    • ސައިފޮދު

      އަމިއްލަ އެދުން.

  2. ޔަގީނޭ

    ޕީޕީއެމް އިން އެބަޖެހޭ ދެން ހަމަޖެހިލައިގެން މާލެ ސަރަހައްދުގައި ހުރި ވިޔަފާރި ތަކަށް ދިމާވެފައިވާ މައްސަލަ ތައް ހައްލު ކޮށް ދޭން ސަރުކާރުން ވިސްނާ އެކަން މިއަދު ހަވީރު އާއި މިރޭ އިއުލާން ކުރަން ސަރުކާރަށް ހިނގަ ހިނގާ އޮތް ސަރުކާރަކަށް ކުރެވޭނެ މިކަން ކަން. އެގޮތުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ހުރިހާ ކުންފުނި ތަކަށް ތިލަފުށިން 2000 އަކަފޫޓް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދީ އަދި މިހާރު ތިލަފުށިން ކުއްޔަށް ދީފައިވާ ބިން ތަކުގެ އަގުވެސް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ތިރި ކުރަންވީއޭ އެއިރުން ވިޔަފާރި ވެރިންގެ ހިތް ތަކުން މޮޅުވާނެ ކަން ޔަގީންވެ ކަށަވަރޭ...

  3. ޢަލީ

    ރައީސް ޔާމީން ހޮވޭނެ