އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެތިވާ އަދި ކައުންސިލް އިންތިހާބްގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ، މަޝްހޫރި ލެކިއުޓްގެ އެއް ހިއްސާދާރު މާޖިދު އާއި އެމްޑީޕީ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުން ހައްޔަރުކޮށްފިއެވެ.

ލެކިއުޓް މާޖިދް ހައްޔަރުކޮށްފައިވަނީ އޭނާ އޮލިވް ގާޑަން ރެސްޓޯރެންޓްގައި އިންދައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.

މާޖިދުގެ އިތުރުން އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެޕާޓީގެ އަންހެނުންގެ ރޫޙްގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ނައިމާ މުޙައްމަދު (ނައީމާތަ) އާއި އެޕާޓީގެ ޔޫތު ވިންގްގެ މެމްބަރު ހުސެއިން ފިރުޝާނު އާއި ގާލިބް ސަލީމްވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން މާލެތެރެ ހަމަނުޖެހުން ހިންގައި މާލެ ތެރޭގައި ރޯކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި އިއްޔެގެ ވަގުތެއްގައި އިވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި އެޕާޓީގެ ގައުމީ މަޖުލީހުގެ މެމްބަރ ހަސަން އަހުމަދު (ހަސަންޓޭ) އާއި ކުރީގެ ހުޅުމީދޫ ދާއިރާގެ މެންބަރ އިލްޔާސް ލަބީބް އާއި އެޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ހުސެއިން އިލްހާމް ވަނީ އެމްޑީޕީ އޮފީސް ތެރޭގައި ތިއްބާ ފުލުހުން ވަދެ ހައްޔަރުކޮށްފައެވެ.

1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރުމަށް ގޮވާލުމަށް ކަމަށްބުނެ އިދިކޮޅު ފަރާތަކުން ދަނީ މާލޭގެ އެކި ސަރަހައްދުތަކަށް ނިކުމެ އާންމުންނަށް އުދަގޫވާނެހެންނާއި ދުއްވާ ތަކެއްޗަށް އުދަގޫވާހެން މަގުތަށް ބަންދުކޮށް މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޫން އުފާކުރޭ ތިޔަ ފެނުނީ ކަލެއަށްވެސް ވެރިކަމުގެ ތަޚްތު ވާސަރީ މޮޅު ކަލޯ އިނގޭ
    ހަމައެކަނި ބޮޑުވާ އިނގިއްޔެއްނޫން ހަތަރެސްފައިވެސް ކަލޯމެން ހިއްލާންޖެހޭނެ އާން އެހެންނުންވާނީ އެމްޑީޕީގެ ހަރުގެ ކައިރިން ހިނގަާލެވުނަސް މިކަލޯމެންނަށް ހީވަނީ މިދެން ތިމާއަށް ޝަހީދެއްގެ ލަޤަބް ލިބުނީއެވެ. ވާވާ މޮޅު މޮޅު ....... ހީވަނީ ...ހެ..ހޭ!

  2. މާލޭގައި ހުޅުޖަހަން ވެގެން އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން އުޅޭ އިރު އެކަން ކީއްވެގެންތޭ ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ނުހުއްޓުވިގެން އުޅެނީ. މިހާރުވެސް ސްޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރަން އޭ ކިޔާ 7212596 އިން ޕީޕީއެމް މެމްބަރުންނަށާއި އެމްޑީޕީ މެމްބަރުންނަށް ކޮންމެ ދުވަހަކު އެސްއެމްއެސް ތައް ފޮނުވާ މީހުން ގެ މެދުގައި ސަރުކާރާއި ދެމެދު ނަފްރަތު އުފައްދަން އިދިކޮޅު ޕާރޓީ ތަކުން މަސައްކަތް ކުރަމުން ދާތީވެ އެކަން ކަން ޖެހޭނެއޭ ހުއްޓުވެން. މިކަން ކަން ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ނުހުއްޓުވިގެން އުޅެނީ އެއީ އެމެން އުފުލަން ޖެހޭ ޒިންމާ އެމެން ނުއުފުލާތީއެވެ، ކަން މިހެން ހުރުމުން މިކަން ވެސް އެބަޖެހޭ ދެން ފުލުހުން މެދުވެރިކޮށް ކޮމިއުނިކޭޝަން އޮތޯރިޓީ އަށް އަންގާ އެފަދަ އެސްއެމްއެސް ޚިދްމަތް ތައް އެޕާރޓީ ތަކުން ކަނޑާލަން. އެއީ ވެސް ކުރަން ޖެހިފައިވާ ކަމެކޭ.

  3. މިހާރު މި ދުނިޔޭގައި އެނބުރެމުން މިދާ ޑިމޮކްރަސީ ކިޔާ އެއްޗެކީ އެއީ އަސްލެއް ނޫން. މިހާރު މިކިޔާ ޑިމޮކްރަސީ އަބަދުވެސް ދާނީ އެ ގައުމެއްގެ އޮންނަ އަމަން އަމަންކަމާއި ވެރިކަން ނަގާލާށެވެ. މިއަށް ތަބާވާނީ އެގައުމުގެ މޮޔަވެގޮސް ތިބޭމީހުންނެވެ.މީގެ މާނާކީ މަގުފުރެދިފަ ތިބޭ އަދި ހެޔޮގޮތް ވިސްނައިގަންނަން ނޭގޭ މީހުންނެވެ.މީހުން ގިނަވެގެން އަޣުލަބިއްޔަތު އޮވެގެން މާއްދީ ބާރު އޮވެގެން މޮޅުވާނަމަ ބަދުރު ހަނގުރާމައިގައި މޮޅުވާނީ ކަފަރުންނެވެ.އެހެންވީމަ އިންސާނުންﷲ ސުބުހާނަހޫ ވަތަޢާލާ ފޮނުްއްވީ ކުޅިވަރަކަށް ނޫން.ވިސްނަން ޖެހޭނެ ސިނކުޑި ހެޔޮގޮތުގައިި ބޭނުން ކުރަން ޖެހޭނެ.ކިތަންމެ މަޝްހޫރު މުއްސަނދި ވިޔަފާރި ވެރިޔަކަށް ވެސް ހެޔޮގޮތް ނުވިސްނި ހިނގައިދާނެ. ހެޔޮވިސްނުމަކީ ﷲ އިންސާނާއަށް ދެއްވާ ވަރަށް ބޮޑުނިޢުމަތެއް.

  4. ލެކިއުޓް މާޖިދު ހައްޔަރުކޮށްފި ނަމަ އޭގެއިން ވެސް އެގިގެން ދަނީ މާޖިދަށް ވެސް ފުލުހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ހައްޔަރު ކުރީ ކަމަށް ނޫންތޭ. މަމެން މިއުޅެނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން އެމެން ހިންގަން އުޅުނު ޖުޑިޝަރީ ކޫ އެމެންނަށް ނާކާމިޔާބު ވުމުން އެކަން އެމެންނަށް ނުވީ ކީއްވެތޯ ބަލާ ދެން މިޒާތުގެ ކަންކަން ރާއްޖޭގައި ތަކުރާރު ވެގެން ނުދާނެ އުސޫލުން ކަންކަން ކުރަން އޭ. މިހާރު ނައިބް ރައީސްގެ ބޮޑީ ގާރޑް ވެސް ވާނީ ހައްޔަރުކޮށްފައޭ މަމެން ބުނަން ނެތީމު ދޯ. ހޭއް ހޭއް ހޭއް ހޭއް މީ މަމެންގެ ވެރިކަމޭ މަމެންނޭ މީ ހާކިމާ އިން ނަކީ ހާކިމާ އިން ބުނާ ގޮތަށޭ ނޮން ހާކިމާ އިން ހަދަން ޖެހޭނީ އެނިމުނީ އޭ. ހޭއް ހޭއް ހޯއް ހޯއް ހޯއް. ވީއާރ މޯރ ލައިކް ގޮނާ ވިން އޭ މަމެން ބުނަން ނެތީމު ދޯ.

  5. މީދެންކާކު މާފުއްޕާފަ މިއޫޅެނީ

  6. ލެކިއުޓް މާޖިދު ނޫން ހައްޔަރު ކުރީ ވިޔަފާރި ބްރޭންޑްސް ތަކުގެ ނަން ނުޖެހޭނެއޭ ބޭނުން ކުރަން ކޮންމެ މީހަކު ހައްޔަރު ކުރި ނަމަވެސް. އެއީ ވިޔަފާރި އަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމެކޭ. މިހާރު މިގައުމުގައި މިއޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި. އެއީ ފެބް އެކެއްގައި އެމެން ގެންނަން އުޅުނު ޖުޑިޝަލް ކޫ ގެ ސަބަބުން އެޕްލައި ކުރަން ޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތު. ދެން މާލޭގެ އަމަން އަމާން ކަން ނަގާލަން ކެނޑިނޭޅި ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރާނަމަ އެ ފަދަ ބަޔަކު ޖެހޭނެ ހައްޔަރު ކޮށްގެން އެކަން ކަން ތަހްގީގް ކުރަން. ދިރާގު މެދުވެރިކޮށް އަދި ވެސް އެމްޑީޕީ ގެ ބޮޑުންނަށް ދީފައިވާ ފޯން ގެ އެކްސެސް ހޯދައިގެން ބަލަންވީ އެމެން ފޯނުން ކޮށްފައިވާ މުއާމަލާތް ވަރަށް ރަނގަޅަށް. އެއިރުން ރާއްޖޭގެ ސިޔާސީ މައިދާން ހަމައަކަށް އެޅޭނީ. މަމެން މިކުރަނީ އެއީ ރައްޔިތުންގެ %85 ވޯޓަކުން ހޮވިގެން އައި ވެރިކަމެއް މިވެރިކަން ވޯޓަކުން ނޫން ގޮތަށް ވައްޓާލަން އުޅޭ މީހުން ސައިޒުން ކަނޑާނަން މަމެން