ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ގޭ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މަހުލޫފް ދޫކޮށްލުމަށް ކޯޓުން އަމުކުރީ އެއްވެސް ޝަރުތަކާ ނުލާއެވެ. ކޯޓުން މިގޮތަށް ނިންމީ މަހުލޫފްގެ ބަންދުގެ އަމުރު ރިވިއު ކޮށްދިނުމަށް އޭނާގެ ވަކީލް އެދިވަޑައިގަތުމުން މިއަދު ބޭއްވި އަޑުއެހުމެއްގައެވެ.

މަހުލޫފް އާއި އޭނާގެ އަނބިކަނބަލުން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މަހުލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަ ގުޅިގެން، އެ ޝަރީއަތް ނިމެންދެން އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މާފުށީ ޖަލު ކައިރީ މުޒާހަރާ ކުރި މައްސަލައިގައެވެ.

ކޯޓުން މަހުލޫފް ގޭ ބަންދުގައި ބެހެއްޓުމަށް ނިންމީ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ފުލުހުން ޕީޖީ އަށް ސިޓީއަކުން ދަންނަވާފައިވާތީ އެގޮތަށް ބަންދުގައި ބަހައްޓައިދިނުމަށް ކޯޓުގައި ޕީޖީގެ ފަރާތުން އެދުމުންނެވެ.

މަހުލޫފް ބަންދުން ދޫކޮށްލުމުން އުފާފާޅުކުރަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދުގެ އަޑުއެހުމުގައި ޕީޖީގެ ވަކީލުން ވިދާޅުވީ މިހާރު އެފަދަ ހާލަތެއް ނެތްކަން ހާމަކޮށް ފުލުހުން އިއްޔެ ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން މަހުލޫފް ދޫކޮށްލުމާ މެދު ކޯޓުން ގޮތެއް ނިންމައިދެއްވުމަށް ޕީޖީގެ ވަކީލުން ކޯޓުގައި ވިދާޅުވިއެވެ.

އަހުމަދު މަހުލޫފް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދުގެ އަޑުއެހުމުގައި މަހުލޫފްގެ ވަކީލު މުހައްމަދު އަޝްރަފް ވަނީ މި ދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށާއި މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަދި މައްސަލަ ބާތިލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއް ކަމަށާއި އެކަމާ މެދު އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައިޝް

    ސާބަހޭ

  2. ރީލޯޑް

    ދެން ނިމުނީ ނިދާނެ ކަމެއްނެތް މުޒާހަރާ ކުރަން ދުވާނީ. މުޒާހަރާ ޕާޓީ.

  3. ޢަލީ

    ތި ހައިލަމް ތިތަނަށްލީ އިރުވެސް އެނގޭ އޭނާއަކީ ރަތްލާޖެހި އެމްޑީޕީ ގޮލައެއްކަން ފެނޭއެއްނު ކުޅި ދައްކާލާނެ، އިރުކޮޅަކުން ރައީސް ހައްޔަރުކުރަންވެސް އަމުރު ނެރޭނެ. ބަލަން ތިބޭތި.

    • ހހަހަހަހަހ

      ދެންތިބީ ހުސް ޕޕމ ގާޒީންނޭތަ ތިބުނީ.....މަހީހީ

    • ލޮލް

      ހަޖަމް ކުރަން ދަސްކޮށްބަލަ....

  4. ޙައްވަ
  5. ޤައުމު

    އަހަރެމެން ތިބޭނަން ބަލަން ތިޔަ އިބޫވެރިކަމުގަ ރައްޔިތަކު ހައްޔަރު ކުރޭތޯ. ޔާމީންގެ ވެރިކަން އަނިޔާ ވެރި ވެރިކަމަކަށްވީ. އިބޫގެ ވެރިކަމުގަ ޔާމިން ކީއްކުރަން އެހެން މީހަކުވެސް ހައްޔަރު ކޮއްފިއްޔާ އަހަރެމެންވެސް ނުތިބޭނަން މަޑުންނެއް.

  6. ައަބުދުއްލޯ

    ދުވަހަކު ދޫނުކުރިޔަސް ހެޔޮ މުސީބާތެއް

  7. ޖޭ

    މަހޭ ބުނީ ދުވާ ބިޔަރު ވަހުން ނޯއްދަމާލަން ނުކެރެޔޯ.

  8. ޯުބާސި

    އިބޫ ވެރިކަން ވައްޓާލަން މި ކަލޭ ގެ ދެން އެންމެ އަވަހައް ނިކުނާނެ..

  9. ޗެރީ

    ތީ ފެއިލްވެފަ ހުރި ގޮލައެއް، ބޭނުމެއްނޫން.