ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވީހާވެސް އޮމާންކަމާ ފުރިހަމަކަމާއެކު ގެންދިއުމުގައި ސިވިލް ސަރވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ޕަރމަނަންޓް ސެކްރެޓްރީންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ އިސް މުވައްޒަފުން ހިމެނޭގޮތުން ބޭއްވި މި ބައްދަލުވުމުގައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނާއި (ޤާނޫނު ނަމްބަރު 5/2010) ބެހޭ ޕްރެޒެންޓޭޝަނަކާއެކު މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ.

އަދި މި މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދިއުމުގައި ޕަރމަނަންޓް ސެކްރެޓަރީންގެ އެއްބާރުލުން ބޭނުންވާ ކަންކަމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. މި ގޮތުން ޑިރެކްޓަރ އޮފް ޓްރާންޒިޝަން އައްޔަންކުރުމާ ގުޅޭ މަޢުލޫމާތާއި އަދި މި މަރުހަލާގައި ކުރަންހުރި މަސައްކަތްތަކުގެ ތަފްޞީލުތައް ކޮމިޝަނުން ޕީއެސްއިންނާ ޙިއްސާކުރެއްވިއެވެ.

މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުން ފައްޓަވައިދެއްވާ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙާއި އިންތިޚާބީ ނައިބުރައީސް ފައިސަލް ނަސީމަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ނަމުގައާއި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ހޫނު މަރުޙާބާއެއް ދެންނެވިއެވެ.

އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާވެސް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމަށް ދިވެހި ސިވިލް ސަރވިސްއާ އަދި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، ނިމިދިޔަ ސަރުކާރުން ސިވިލް ސަރވިސްއަށާއި ކޮމިޝަނަށް ދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމާއި ކެބިނެޓްގެ ވަޒީރުންނަށް ސިވިލް ސަރވިސްއާ އަދި ކޮމިޝަނުގެ ފަރާތުން ޝުކުރު ދެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    މީގެ ކުރިންވެސް ވެރިކަމަށް ބަޔަކު ހޮވިގެން ވެރިކަމާ ޙަވާލުވެ 5 އަހަރު ހަމަކޮށްފި. ތެޅިފޮޅިގަނެގެން ހޭކުޑަވެގެން ނުތެޅޭ. ކަމަކަށް ދަހިވެތި ވިޔަސް ފުކެއް ބޮޑެއްނު.

  2. މުހުތާރު

    ސިވިލް ސާރވިސްގެ ވެރިއެއްގެ ގޮތުގައި ހުރެ ސިޔާސީ ފަރާތްތަކުގެ ނުފޫޒުގައި ޖެހި އަބުދުއްﷲ ސައީދު / ގއ. ވިލިނގިލި ހިންގި ޖަރީމާތައް ކުއްވެރިކުރަން.މީނަވަނީ ނުހައްގުން ކޮއްކޮ (ގއ.އަތޮޅު ތައުލީމީ މަރުކަޒު ޓީޗަރެއް) ކަނޑާލީމަވެސް ހައްގުބަސް ބުނަން ނުކެރިފަ. މީނަޔަކީ ވިލިނގިއްޔަށް ގައްދާރުންގެ ލިސްޓްގަ ހިމެނޭ ބޭފުޅެއް.