ސަރުކާރުގެ އިދާރާތަކުގައި %35 އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މާދަމާ އިން ފެށިގެން އެ އެލެވަންސް ލިބެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އިއުލާން ކުރައްވަން އެ މަނިކުފާނު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު ސަރުކާރުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ." ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެލަވަންސް ލިބޭނެ މުވައްޒަފުންނާއި ގުޅޭ އިތުރު ތަފްސީލެއް ރައީސް މިއަދު ހާމައެއް ނުކުރައްވައެވެ. ރައީސް ވިދާޅުވީ މުސާރައަށް ގެންނަ ބަދަލުތަކުގެ ތަފްސީލް މިރޭގެ ވަގުތެއްގައި ވަޒީރުން ރައްޔިތުންނާއި ހިއްސާކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މިބަދަލުގެ ހެޔޮ އަސަރުކުރާނެ ކަމަށެވެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އިތުރަށް ހޭދަކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް ކަމަށެވެ. މި މަސައްކަތް ނިމޭއިރު، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ޕޭ ހާމަނައިޒް ކުރުމުގެ މި މަސައްކަތުގެ ތެރޭގައި، ޝަރުޢީ ދާއިރާއާއި ސަލާމަތީ ޚިދުމަތްތަކާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މިއަދުމިއަދު

    ސްކޫލުތަކާއި ސިއްޙީމަރުކަޒަށްތިބޮޑުކުރީ 35% އެއްނޫން މިފަހަރު ތިގޮތަކަށް ތިކަމެއް ޤަބޫލެއްނުކުރެވެނެ މަސައްކަތުމީހެއްގެ މުސަރަޔަކީ 3100ރުފިޔާ މިނިމަންވޭޖު އެލަވަންސް އަކީ 3900ރުފިޔާ
    މުސަރައިގެ 35 % އަކީ 1085ރުފިޔާ އެއްކުރުމުން މިވަނީ 4185ރ ދެންމިނިމަންވޭޖުއެލަވަންސްއަށް 2815ރުފިޔާ ދިނީމަ އަދިވެސް 7000 ރ އިން ގިރަކުރިތަނެއްނުފެނެ މިއީތޯ މުސަރައިގެ ބޮޑުކުރުމަކީ

    29
    1
    • މުހައްމަދު އަހްމަދު

      އެންމެ ދަށް ނަރުހަކަށް ވެސް 10 ހާސް ރުފިޔާ ބޮޑުކޮށްފައި އިދާރީ މުވައްޒަފުންގެތެރެއިން އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ނުލިބޭ މީހުންނަށް %35 ހަމަކރުމަށް ފައިސާ ދިނީމާ އެލަވަންސް ގޮގައި 1 އެއްހާސް ރުފިޔާ ވެސް އިތުރު ނުވޭ.

  2. ޝިފާގު

    ސޯލިބޭ އެހެރީ ކަނޑުވިއްކާފަ އެކަން ފަސްއަޅައި ފޮރުވަން ހޭކަނޑާލާފަ. ގިއްކިޔާފަ މުސާރައާއި އެލަވަންސާއި މަގާމުގެކުރިއެރުމާއި މިދޭން އުޅެނީ ނެތް ބަޖެޓަކުން. ދަރަނި އޮތީ އާސްމާނުގައި. އޭނާ ގަބޫލުކުރޭ އަންނަ އިންތިޚާބުގައިވާނީ ބަލިކަން. އެހެންވީމާ މުސާރަ ކިޔަންމެ ބޮޑުކުރިޔަސަ މައްސަލައެއް ނޫންތާ. އޭނާ ހުންނާނީ އަންނައަހަރު ހާސް ކަނޑާލައިގެން ލާރިގަނޑު ހިފައިގެންގޮސް ކޮންމެވެސް އެހެން ގައުމެއްގަނޫންތޯ.

    37
    2
  3. ޢާޖިސް

    ގައުމު ވިއްކާލާފަ މތިއަޅަން ދޭ އެލަވަނސެއް ދުވަހަކު ބޭނުމެއްނޫ ް

    20
  4. ޑައެލޯގް

    ސަރުކާރުން ފަށާފައިވާ މަސައްކަތަކީ ޕޭހާމަނައިޒްގެ މަސައްކަތޭ އިބޫބުންޏެވެ. އެއީ ކަނޑައެޅިގެން ދޮގެކެވެ. އެއީ އިބޫވޯޓުހޯދުމަށް ރައްޔިތުންގެ ފައިސާއިން ނަހަމަގޮތުގައި ކުރިކަމެކެވެ. މިހެން ހެދުމުން އަމިއްލަ ވިޔަފާރިތަކުގައި އުޅޭމީހުންނަށް މުސާރަ ބޮޑެއްނުވާނެއެވެ. އާހިރުގައި ތަކެތީގެ އަގުބޮޑުވާނީއެވެ.

    20
    1
  5. ޔާމީން2023

    ކިތަމެވަރަކަށް ލޮލުގައި އަދުންއަޅުވަން އުޅުވިއަސް މިފަހަރު ސޯލިހު ނުހޮވޭނެއް އިންސާﷲ މިތިބީ މިފަހަރު ގުއިޅޯނުގައި ޖެހޭގޮތަކަށްނޫ ހޮވާނީ ޔާމީން އިންސާﷲ

    15
    3
  6. ހިކި ކިރު

    ތިޔަ ގޮތައް މުސާރަ ބޮޑު ކޮއްލިއަކަސް ސަލާމަތެއް ނެތެވެ. އަފިރިން ކުއްޔަށް ދޫކޮއްފައި ހުރި އެޕާރޓްމަންޓް ތަކުގެ ކުލިވެސް އަފިރިން ބޮޑު ކުރަންޖެހެއެވެ. މެއިންޓަނަސް ޙަރަދު މިހާރު ކުލީގެ ތެރެއަށް އަފިރިން ލާން ގަސްތުކޮއް އެވާހަކަ މިހާރު ވާނީ ހިއްސާ ކޮއްފައެވެ. މުސާރަ ތައް ބޮޑު ކުރިއަސް ކުއްޔަށް އުލޭ ރައްޔިތު މީހާ އަކަށް އުފަލެއް ނެތެވެ. ތަންތަނުގެ ކުލިތައް ކޮންޓްރޯލް ނުކޮށެއް ފަރަކު ނުޖެއްސޭނެއެވެ. ވ ވެދުން.

    5
    2
  7. 🙁🙁🙁

    ހެޔޮ ނުދިނަސް . ޚިޔާނާތްތެރިނުވާކަމަކަށްނުވާނެ

  8. އަނިޔާ

    ތިއިންތަނަކަ ހިދުމަތް ހޯދަންދާމީހަކު ޖެހެނީ ކުއްޖާ ސޮކޫލުންބަލާ ގެއަލާފައަންނަންދެން މަޑުކުރަން ގިނަފަހަރަކު އޮފީހަކުނުއުޅޭނެ

  9. ސޯޅަނާޅި

    ތިޔަވިދާޅުވާ ހާމަނައިޒުވަނީ ބޮޑުތަރުތީބަކަށްނޫނަތޯ؟ މިގައުމަށް ދިގުމުއްދަތުގަ ޚިދުމަތްކުރި މީހުންގެ އަގެއް މިގައުމަކުނެތް ތިހެންތިކަން ކުރުމަކީ މިރާއްޖެ ހަލާކުކުރުން. ތަނެއްދެމި އޮންނަނީ އެތަނަކަށް ވަފާތެރި އުހުލާސްތެރި ދިގުމުއްދަތުގަ ދެމިތިބޭނެ ބަޔަކާއެކު އަދި އިލްމީގޮތުން ކުރިއަރާފަވާ ޖީލެއްްގެތެެރެއިން. މިހާރަކު ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންގެ އަގެއްނެތް. އަސްލުބުރައީ އެއިދާރާއެއްގެ އިދާރީ މީހުނަށް.
    ޓެކްނިކަލް ޓެކްނިކަލް. ސާބަހޭ. ސާބަހޭ.