އެކިއެކި ޙާލަތްތަކާއި ގުޅިގެން ސިވިލް ސަރވިސްގެ މުވައްޒަފަކު ޙިދުމަތުން ދުރުވާ ޙާލަތުގައި އާއި އެކިކަންކަމަށް ވީއްލާ ޙާލަތުގައި އެ މަޢުލޫމާތު ސީ.އެސް ވިއުގައިގާ ރެކޯރޑްކޮށް ބަލަހައްޓަމުން ގެންދިއުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ނިންމުމާ ގުޅިގެން މިއަދުން ފެށިގެން އިއުލާންގައި ބަޔާންކޮށްފައިވާ ޙާލަތެއްގައި މުވައްޒަފަކު ޙިދުމަތާ ދުރަށްދާނަމަ، ނުވަތަ ވަކިކަމަކަށް ވީއްލާނަމަ އެ ރެކޯރޑް ސީ.އެސް ވިއުގާގައި އަދާހަމަކުރަމުން ގެންދިއުމަށް އޮފީސްތަކަށް އަންގާ ކަމަށެވެ.

އަދި މިހާރު އެފަދަ ޙާލަތްތަކުގައި ތިބި މުވައްޒަފުންގެ މަޢުލޫމާތު 2023 ޖޫން 22 ވަނަ ދުވަހުގެ ކުރިން ސީ.އެސް ވިއުގައިން އަދާހަމަކޮށް ނިންމުމަށްވެސް ވެސް ވަނީ އަންގާފައެވެ.

ސީ.އެސް ވިއުގާގައި އަދާހަމަކުރަން ޖެހޭނީ ސިވިލް ސަރވިސްގެ ޤަވާޢިދުގެ 205 ވަނަ މާއްދާގެ (ހ) ދަށުން ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޑް ކުރާމުވައްޒަފުންގެ މަޢުލޫމާތާއި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 19، 22 އަދި 25 ވަނަ ޗެޕްޓަރ ގައި ވާ ގޮތުގެ މަތިން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ވީއްލާ މުވައްޒަފުންގެ މަޢުލޫމާތާއި އަދި މަޤާމަށް ބޭނުންވާ ލައިސަންސް/ހުއްދަ/ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވެގެން ސަސްޕެންޑް ކުރާ މުވައްޒަފުންގެ މަޢުލޫމާތެވެ.

މި ސަރކިއުލަރ އާއި އެކު މި މަސައްކަތް ކުރުމަށް ބޭނުންވާ ޔޫސަރ މެނުއަލް އެއް ވެސް ވަނީ އެއްކަރުދާސް ކޮށްފައެވެ.