ދަރިވަރުން ލައްވާ ނެށުވުމާއި މިއުކިޒް ކުޅުމަށް ދެކޮޅު ހެދުމުން ވަޒީފާއިން ވަކިކުރި އއ.އުކުޅަސް ޕްރީސް ސްކޫލް ޓީޗަރެއް ކަމަށްވާ އައިޝަތު ސުހައިލާ އިމާދު ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމައިފިއެވެ.

ޕްރީ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި މިއުޒިކާއި އެކު ދަރިވަރުން ނެށުވުމަށް ދެކޮޅު ހެދުމުން ތިން ޓީޗަރަކު ސަސްޕެންޑް ކުރިއެވެ. ނަމަވެސް ވަޒީފާއިން ވަކިކޮށްފައިވާ އެއް ޓީޗަރެކެވެ.

މި މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ އެ ޓީޗަރުންނަކީ ކިޔަވައިދޭ ޓީޗަރަކަށްވެފައި ޓީޗަރެއްގެ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތަކީ އަދި ޒިންމާއަކީ ގައުމީ މަންހަޖާއި އެއްގޮތަށް ހަވާލުކުރެވޭ ގްރޭޑްގެ ދަރިވަރުންނަށް މަންޖަހުން ބަޔާންކުރާ ލަނޑުދަނޑިތައް ހާސިލްވާނެހެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށެވެ.

އެކަންކަން ހާސިލްކުރުމަށް ދަރިވަރުންނަށް ރާވައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ބައެއްކަންކަމަށް ފާޅުގައި ދެކޮޅުހަދައި އެކަންކަން ކުރުމަށް އިންކާރުކޮށް އެކަމުގައި ސްކޫލްގައި އަންގާ އެންގުންތަކަށް އެ ޓީވަރުން ނުކިޔަމަންތެރިވެފައިވާ ކަމަށް ސީއެސްސީއިން ބުނެފައިވެއެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ ސުހެއިލާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ވަނީ ނިންމާފައެވެ.

އަދި އެ ނިންމުގައި ވަނީ ސުހެއިލާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުން ހަމަވި ތާރީހަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްފައެވެ. އެ ފައިސާ 21 ދުވަސްތެރޭގައި ސިވިލްސާވިސް ކޮމިޝަނުން ސުހެއިލާއަށް ދޭންޖެހޭނެ ކަމަށް ވެސް އަމުރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    މިފެންނަނީ ސޯލިބޭގެ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓަރަކަށް ސެލެބުރިޓީއެއް ލައިގެން މިނިސްޓްރީ ފަލީހަތްވަމުން ދާތަން.

    20
  2. އަލިފް

    ނެށުން އޯކޭ..މޫނު ބުރުގާ އޯކޭނޫން...2023 ޔާމީން

    7
    1
  3. ހުސޭނުބޭ

    މި ލިއުން ކިއުމުން ދޭހަވީ އެޑިއުޚޭޝަންގައި ތިބޭ މީހުންނަށް އެޑިއުކޭޝަނެއް މަންހަޖެއްވެސް ނޭގޭކަން. އެކަން އެގެނީ ވަޒީފާ އާ ބެހޭ ޓްރިބިއުލަމް މީހުންނަށްކަން. ވީމާ އެޑިއުކޭޝަން ހިންގަން ޓްރިބިއުނަލް މީހުން ލާންވީ!

    6
    1