ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވަޒީފާ އިން ވަކިކުރި މީހަކަށް އަނބުރާ ވަޒީފާ ދިނުމަށާއި އޭނާ ވަޒީފާ އިން ވަކިކޮށްފައި ހުރި މުއްދަތުގައި މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ގޮތުގައި -/662640 ދޭން ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އިން ހުކުމް ކޮށްފިއެވެ.

ބީއެމްއެލްގެ މައްޗަށް މިހުކުމް އައީ ބީއެމްއެލްގެ ޔުނިޓެއްގެ މެނޭޖަރެއްގެ ވަޒީފާގައި ހުރި މީހަކު ވަޒީފާ އިން ވަކިކުރި މައްސަލަ އޭނާ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުމުންނެވެ.

މިމައްސަލައިގައި ބޭންކުން ބުނީ އޭނާ ވަޒީފާ އިން ވަކިކުރީ ފަންޑްތައް ޓްރާންސްފާ ކުރުމަށް ބޭނުންވާ ހުއްދަތައް ހުރިތޯ އާއި ސަޕޯޓިން ޑޮކިއުމެންޓްތައް ހުރިތޯ ބެލުމެއްނެތި އޭނާ އަމަލުކުރި ގޮތުން ބޭންކްތައް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބުމުން ކަމަށެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ ބީއެމްއެލްގެ މުވައްޒަފު ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދެވިފައި ނެތް ކަމަށެވެ. މުވައްޒަފު ވަޒީފާ އިން ވަކިކުރީ މައުލޫއީ އަދުލްވެރިކަން ގާއިމުކޮށްގެން ނޫން ކަމަށް ވާތީ މުވައްޒަފުގެ މުސާރަ އަލުން އިޔާދަ ކޮށްދިނުމަށާއި އަދި ވަޒީފާ އިން ވަކިކުރުމާއި ހަމައަށް އޭނާ އަށް މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ -/27610 ރުފިޔާ ނިސްބަތުން 24 މަސް ދުވަހަށް ޖެހޭ އަދަދު ކަމަށްވާ -/662640 ރުފިޔާ ތިން ދުވަސް ތެރޭގައި ދިނުމަށް ޓްރައިބިއުނަލްގެ ހުކުމުގައި ވަނީ އަމުރު ކޮށްފައެވެ.

މިމައްސަލަ ބީއެމްއެލް އިން އިސްތިއުނާފު ކުރާނެކަން ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބިލީސް

    މިފަދަ ޙަބަރުތަށް ބްރޭކިން ނިއުސް ގޮތުގައި ޖަހާފަ އިންނައިރު ކިޔާމީހުންނަށް ވ ސަޕްރައިޒިން ނިއުސް އަކަށް ވާނެ. އެކަމަކު ވިސްނާލަން ޖެހޭ ތަންކޮޅަކީ ޓްރިބިއުނަލުން މިހެން ނިއްމިޔަސް ވ ވ މަދު ކޭސް އެއް ފިޔަވާ މަތީ ކޯޓުތަކުން ބަދަލުލިބެން ޖެހޭ މީހާ ކޮޅަށް މަައްސަލަ ނުނިމޭ. އެގޮތަށް ނުނިމޭހާ ހިދަކު އެމީހާ އަށް އެއްވެސް ފައިދާއެއް ނުވޭ. ހަޔާތުން ބޭކާރުވެގެން ދާ ދުވަސްތަކެއް. ވަޒީފާއާއި ބެހޭ ޓްރިބިއުނަލްގަ ތިބޭ މީހުންނަށްވުރެ ކޯޓުތަކުގައި އުޅޭ މީހުން މާ މޮޅު. ކީއްވެ ކަމެއް ނޭނގެ. އެމީހުން ކިޔެވީ އެހެން ވަޒިފާއާި ބެހޭ ޤާނޫނެއް ކަންނޭގެ

    19
    1
    • އަހްމަދު

      އެންމެން ކިޔެވީ އެއްފޮތަކުންނޭ. ފެންނަ ގޮތުން ދިހަ ބާރަ ފޮތުންނޭ. ދެންވެސް ކިޔަނީ އިސްލާމުންނޭ.

      4
      1