ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން އެ އިދާރާގެ އަންހެން މުވައްޒަފުން ވިހެއުމުންދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްދީފ އެވެ.

އެ އިދާރާއިން އެ ބަދަލު ގެނެސްފައި ވަނީ އިއްޔެ ގެޒެޓްކުރި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް އެއް ވަނަ އިސްލާހު ގެނެއުމުގެ އުސޫލުގައެވެ.

ޓްރައިބިއުނަލް އިން މީގެ ކުރިން އަންހެން މެމްބަރުންނަށް ވިހެއުމުން ލިބެނީ ދެ މަސް ދުވަހުގެ ޗުއްޓީއެކެވެ. އަދި އިދާރީ މުވައްޒަފުންނަށް ދެނީ ހަ މަސް ދުވަހުގެ ޗުއްޓީއެކެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އަންހެން މެންބަރުންނަށް ލިބެދެވޭނީ ހަ މަސް ދުވަހުގެ ޗުއްޓީއެއް ކަމަށެވެ.

ޗުއްޓީ އިތުރުކޮށް ނުދިނުމުން ތުއްތު ދަރިފުޅު ގޮވައިގެން އޮފީހަށް

2019 ވަނަ އަހަރުން ފެށިގެން މުސާރަ ހިނގާގޮތަށް ސަރުކާރު ވަޒީފާއި މަސައްކަތް ކުރާ އަންހެނުންނަށް ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ ދަނީ ދެމުންނެވެ. ނަމަވެސް ކުންފުނިތަކުގެ ބޯޑާއި މިނިވަން މުއައްސަސާތަކުގައި ވިހެއުމުންދޭ ޗުއްޓީ ދެނީ އެ ތަނަކުން ކަނޑައަޅާ ގޮތަކަށެވެ.

ޓްރައިބިއުނަލް އިން މި ބަދަލު ގެނެސްފައިވާއިރު ވިހެއުމަށް ފަހު ދިން ޗުއްޓީ އިތުރުނުކޮށްދީގެން މީސް މީޑިއާއަށް ޝަކުވާ ބަންޑުންކޮށްލައިދަރިފުޅު ގޮވައިގެން ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހިމް ވަނީ ނިކުމެވަޑައިގެންފައެވެ.