ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު ވެސް ރާއްޖޭގެ ދެކުނުން އައްޑޫއާއި މާލެ އަތޮޅާ ދެމެދަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިއަދު ކ އަތޮޅަށާއި ތ އަތޮޅާ ދެމެދަށް ޔެލޯ ޔެލޯ އެލާޓު ވެސް ނެރެފައި ވާނެ ކަމަށާއި އަދި ކ.އަތޮޅަށާއި ސ.އަތޮޅާއި ދެމެދުގެ ރަށަރަކަށް ފަތިހު 05:15 އިން 11:15 ގެ ނިޔަލަށް ވަނީ ވައިޓް އެލާޓް ނެރެފައި ވާނެ ކަމަށެވެ.

"މި އެލާޓްތަށް ނެރުނު ސަރަހައްދަށް ގަދަވަޔާއެކު ހުއްޓާ ނުލާ ބޯކޮށް ވާރޭވެހޭނެ އަދި ގުގުރުން ވެސް އެކަށީގެންވޭ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާ 18 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެ" އެ އިދާރާއިން މައުލޫމާތު ދެއެވެ.

އެ އިދާރާއިން ބުނިގޮތުގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ އިރު ދެކުނާއި މެދުތެރޭގެ ކަނޑުތަށް ގަދަވާނެ ކަމަށާއި އަދި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވާ ގޮތުގައި މިހާރު ރާއްޖެ އަށް ވިއްސާރަ ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ބާރުގަދަ ވުމުގެ ސަބަބުންނެވެ.