ނައިބު ރައީސް އަބްދުﷲ ޖިހާދު – ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް އަބްދުﷲ ޖިހާދު – ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ގޮތަކީ ރައީސް އަބުދުﷲ ޔާމީން މަގާމުން އިސްތިއުފާދެއްވާ ގައުމުގެ ހިންގުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބުދުﷲ ޖިހާދާއި ހަވާލުކުރެެއްވުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު ވިދާޅުވީ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ރައީސް އަބުދުﷲ ޔާމީން އެ މަގާމުން އިސްތިއުފާދެއްވާ ގައުމުގެ ހިންގުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބުދުﷲ ޖިހާދާއި ހަވާލުކުރެެއްވުންކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ގާނޫން އަސާސީގައި ޝަރުތުކުރާ ސިފަތައް މިއަދުގެ ރައީސްގެ ކިބައިން އުނިވެފައިވާކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ރާއްޖޭގައި ގާނޫނީ ސައްހަ ސަރުކާރެއް އޮތްކަމާއިމެދުވެސް ސުވާލު އުފައްދާފައެވެ.

އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލާއި އަލީ ވަހީދު ދާދި ފަހުން ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ހިމެނޭ ގޮތުން ސިޔާސީ ބައެއް ބޭފުޅުންނާ ލަންޑަންގައި ބައްދަލުކުރައްވައިފަ އެވެ. އެ ދަތުރަށް ފަހު އުމަރު ނަސީރު ގެ އިތުރުން ކުރީގެ ނައިބު ރައީސް ޖަމީހު ވަނީ ޖުމުހޫރީ ޕާޓީ އަށް ސޮއިކޮއްފައެވެ.

އިދިކޮޅު ކޯލިޝަނުން ނެރޭ އެއް ކެންޑިޑޭޓަކީ ގާސިމް ކަމަށް ހަމަޖައްސަން ޖުމްހޫރީ ޕާޓީން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އެމްޑީޕީީން ބޭނުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރޭށެވެ.

އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން މިހާރު ވަނީ 65 އަހަރު ވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ބަޢާވާތާދެކޮޅު

    އަލީވަހީދަކަށް ނޭގޭނެ ވެރިކަމުގަ ހުންނަންޖެހޭމީހެއް.. އަލީވަހީދު ދިންވޯޓުން ހޮވުނު ވެރިއެއްނެތް މިހާރަކު... މިރާއްޖޭގެ ރައްޔިތުން ނިންމީ ރޔާމީން ފަސްއަހަރު ނިމެންދެން ވެރިކަމުގަ ހުންނަން.. ވީމާ އަނގަމަޑުންލާއިގެންހުރޭ.... ރާނީގެ ތަވައިން އެތިކޮޅެއަޅާދޭތޯބަލަން ނާށިގަނޑު ހިފާއިގެން...

  2. ކަލޭ ދިން ވެރިކަމެއްތަ؟

  3. ތޮއްޑޫ ބޮޑުކަރާގެ ރައީސު އަންނީ ކަންތައް ކުރިގޮތަށް މިހާރުގެ ރައީސު ޔާމީނުވެސް ދައުރު ފުރިހަމަނުކޮށް
    އިސްތިއުފާދޭށޭ ތިޔަ އާދޭސް ކުރަނީތަ؟؟ ސަބަބަކީ މިމީހުންގެ ރައީސަށް ދައްކާނުދެވުނު ޙިކުމަތާއި ގާބިލުކަންތައް ރައީސު ޔާމީނުގެ ފަރާތުން ރައްޔިތުންނަށް ފެންނަމުންދާތީ ހަޖަމުނުކުރެވިގެން އުޅެނީ، އެކިގޮތްގޮތުން ހަމަލާތަކާއި މުސީބާތްތައް ކުރިމަތި ކުރުވާއިރުވެސް ރައީސު ޔާމީނު ފަހަތަށްނުޖެހި ކުރިޔަށް ވަޑާއިގަންނަވާތަން ފެންނަނީ، ވެރިކަން ވައްޓަން ހޭދަކުރި ރިޝްވަތުގެ ފައިސާފުނިތައްވެސް ފައިދާއެއްނުލިބި އޮޔާ ދިޔައީވިއްޔާ، ތިބައިގަނޑުގެ ހިތަށް ވޭންލިބޭނެވަރު އިގޭ،

  4. މިދުވަސް ކޮޅު ކަރަޔައް މާރަގަޅު އަގެއްނުލިބެ.

  5. އަބްދުއްލާ

    އަލީވަހީދު ވެސް މޮޔަގޮވަންފެށީދޯ . ގައުމަށް އެންމެ ފައިދާބޮޑީ ނަސީދާ ގާސިމް ޖަލުގަ އެހެން މީހުނާ އެކަހެރިކޮށް ކުޑަ ގޮޅިއެއްގަ ބޭއްވުމުން. އެހެން ހަދަންޖެހޭ ސަބަބަކީ އެމްޑީޕީގެ ވެރިކަމަށް ވުރެ ޕީޕީއެމްގެ ވެރިކަމުގާ ރައްޔިތުންނަށް ލިބޭ ތަނަވަސްކަން އިތުރުވެފައިވާތީ ، އަދި އިތުރު ތަރައްގީ ގައުމަށް އައިސްފައިވާތީ . ބޭނުންވަރަކަށް ޑޮލަރު ލިބޭތީ . ހޮސްޕިޓަލްތަކުން ބޭސްފަރުވާގެ އައު އެތައް ހިދުމަތެއް ތައާރަފް ވެފާވާތީ ،ސްކޫލްތަކުން ލިބޭފިލާވަޅުތައް ޒަމާނީ ވަމުންދާތީ ގައުމުގާ އެމްޑީޕީވެރިކަމުގާ ކުނިވެފައި އޮތުމުން ޕިޕީއެމްގެ ވެރިކަމުގާ މީރުވަހަށް ބަދަލުކޮށް ދެވިފައިވާތީ . ކުނި މެނޭޖްކުރަންނެޣުނު ވަޑަންގެ ހިންގަންނޭގުނު ކުންފުނި ހިންގަން ނޭގުނު މީހަކު ވެރިކަމަށް ގެނައުން ނޫންގޮތެއް އަލީ ވަހީދުމެނަށް ނުފެންނާތީ އަޖާއިބުވޭ

  6. އަލިވަހީދަކަށް ނޭގޭނެ ޔަމީނު ވެރިކަމުން ފައިބާކަށް، ޔާމީނުހޮވަން ވޯޓުޕދިންމީހެއްނޫން ކަލަޔަކީ

  7. ގައުމައް ގައްދާރުވެ ރާއްޖެ ދޫކޮށް ދިއުމުން ކަލޭ ދިވެއްށެއްކަމުގެ ސައްހަކަން ގެއްލިއްޖެ ދިވެހި އައި ޑީ ކާޑާ ދިވެހި ޕާސްޕޯޓު ދޫކޮށްލާ ފަރަންޖީ އައި ޑީ އަކާ ފަރަންޖީ ޕާސްޕޯޓެއް ހޯދުން ކަލެއައް އެއްމެ ރަނގަޅުވާނީ ރައީސް ޔާމީނާ ބެހެން ނޫޅޭ....

  8. ތޮއްޑޫ ކަރާގެ އަގު ވެއްޓިއްޖެ ހުރިހާ ރަށެއްގާވެސް ކަރާ ހައްދަ

  9. ހިމައަޑުގެވެރި ބިޔަމީހާވެސް ކަރާވިއްކައިގެން އޭގެ ފައިދާއިން ގަތްކަމަށް ބުނާ ގޯތިތަކާބެހޭ މަޢުލޫމާތުތައް ރައްޔިތުންނަށް އަންގަންޖެހޭ.

  10. ރައީސް ޔާމީނަކީ އަދި މިހާތަނަށް މިގައުމު ދުށް އެންމެ މޮޅު ރައީސް. ގައުމުގަ ފަނާކުރަނިވި 3 އަހަރުގެ ވެރިކަމެއްކުރި ލާދީނީ ނަޝީދު ވެރި ކަމުން އަމިއްލައަށް ފޭވި އިރު ގައުމު އޮތް ނިކަމެތި ހާލުން ﷲގެ ވާގި ފުޅާއެކު ސަލާމަތްކޮށް ހަލުވި ތަރައްގީ ގެނެސްދެއްވަމުން އެގެންދަވަނީ ރައީސް ޔާމީންގެ ސަރުކާރުން. އެހެންވީމާ އެފަދަ ވެރިއަކު އިސްތިޢުފާދީފަ އެހެން ފަރާތަކާ ވެރިކަން ޙަވާލު ކުރާކަށް ނުޖެހޭ.....!!!

  11. ރައްޔިތުން ޙަވާލުކުރި ކަމެއް ބާޣީ އަކު ބުނެގެން ދޫކޮށްލާކަށް ނުޖެހޭނެ.

  12. ޢަލީ ވާޙީދަށް އެން ގޭނެތަ ރަޢީސް ޔާމީން އިސްތިއުފާ ދޭން ތިކާކުތަ؟ ދުވެހި ގައުމު ދެކެ ލޯބިވާ ބައެއް ނަމަ ގައުމު ދޫކޮއްފަ ދާނެތަ؟ ތިކޮން ބައެއްތަ މަވަރެއް ނެތިގެން ތިއުޅެނި ރައީސް ޔާމީން އަކީ ދިވެހި ގައުމު ދުއް އެއްމެ ހިދުމަތްތެރި ރަޢީސް .... އައްޔާ ދެން ލަަލަލާ...... ޝުކުރިއްޔާ ރައީސް ޔާމީން .

  13. އަދި އޭގެ އިތުރުން އަލީ ވަހީދު މާލެއިންނާއި ހުޅުމާލެއިން ގަނެފައިވާ ގޯތިތައްވެސް ޖިހާދާ ޙަވާލުކުރަން ޖެހެއެވެ.......... މިހެންވެސް ވިދާޅުވާށެވެ.

  14. ޢަލީވަހީދަށްތަ އެނގޭނީ އިސްތިއުފާ ދޭންވީމައާ ވެރިކަން ހަވާލުކުރަންވީމަ. ާަތިޔައީ މިހާރު އިގިރޭސިންނެއްނު. ޟިޤައުމުގެ ކަންކަން ނިންމާނެގޮތެއް ކިޔާކަށް އިގިރޭސިންނަކަށް ނޭންގޭނެ

  15. ބަލަމިހިރި ލަދުކުޑަ އަލީ ވަހީދު ބަލަ ކޮންގޮތަކުންހޯދި ފައިސާއިން ގަނެފައިވާ ދެބިން އަދިދިހަބުރިއިމާރަތް ކޮބައި؟؟ މެންބަރުކަން ލިބުމުންހޯދި ނާޒާއިދު ތަކެތިކޮބައި؟؟

  16. ޔާމީން ރައީސްކަމަށް އިންތިޚާބުކުރެއްވީ ރައްޔިތުން ގޮތްނިންމަވާނީ 20018 ގައި ރައްޔިތުން އެއީ ޢަލީވަހީދު ނިންމަވަން ގޮތްކިޔުއްވަން
    ޖެހިލައްވާ ކަމެއްނޫން

  17. ރުޒާނާ ޗޮއްޕަޓު

    އެއީ ކީއްވެ!؟ ކަލޭގެ ނަންނާ މިސްޓަރ މައިބަދަ ކިހިނެއްވީ!؟

  18. ޙަފްޞާ / މާލެ

    މަށަށް ފެންނަނީ ކަރާ އައްޔަޔާ ހަވާލުކުރަން!

  19. މުޙައްމަދު ޢަލީ

    މަށަށް ފެންނަނީ އަރިއަތޮޅު ދެބައި ކުރިހެން ދިވެހިރާއްޖެ ދެބައިކޮށް އެއްބައިގެ ވެރިކަން ގާ ސިމަށް އަނެއް ބައިގެ ވެރިކަން މޮޔަ ކުއްޖާއަށް ދީފަ. އެކަކަށް "މޭސްތިރި"(ވަޑާންގެ) އަނެކަކަށް މާމިގިލި ހަވާލުކޮށް އެ ތަންތާނގަ ނިޝާން ޖެހި ކާރެއް ދީފަ ބައިތިއްބަން. މަމެން މާލެއާި ރާއްޖޭގެ އެހެން ރައްތައް ބަލަހައްޓަފާނަން.

  20. އަލީ ވަހީދުގެ ކޮރަޕްޝަން މައްސަލަ އޮތީ ހަމަ ރޮލާ!! ވަރަށް ތާޒާކޮށް އޮތީ!! މިކޮޅަށް އައީ މައްސަލަ ތަހްގީގު ފަށާނެ!! އެހެންވީމާ ބޮނދާ އޮވެގެން ޒާތްޒާތުގެ ވާހަކަ ދައްކަނީ!! މީނާއަށްވެސް އެނގޭ މީނާ މިކޮޅު މައްޗަށް އަރައިފިއްޔާ ގުދުކޮށްލާނެކަން އެހެންވީމަ ފިލާ އެހުންނަނީ ބޮޑެތި ކޮރަޕްޝަންތައް ހިންގާފަގޮސް!!

  21. މަރުހަބާ ރައީސް ޖިހާދު

  22. އިބްރާހިމް

    ކަރާމެންގެ ލަދުހަޔާއްކޮބާ؟

  23. މަންމަ ކުދިންނަށް ޤުރުއާން ކިޔަވައިދީގެން މާލޭން ގެދޮރުގަނެވޭއިރު އިގިރޭސިވިލާތުގަ ހުރެގެން ދިވެހިރާއްޖޭގެ ވެރިކަން ނުކުރެވެންވީ ސަބަބެއްނެތް ،، މިހާރު ތިތިބީވެރިކަމުގަކަމަށް ހީކޮށްލުން ރަގަޅު... ތިދެންކާކުތަ މިގައުގަ...

  24. ީުުެަެްސަމިިި

    ތޮއްޑޫ ކުނި ޓައްޕު، ކަލޭތަ ރައީސުޔާމީނު ރައީސުކަމުގަ ބަހައްޓާފައިހުރީ ކަލޭބުނުމުން އިސްތިއުފާދޭންޖެހެނީ ނޫނީ މަގާމަށް ހަދަންވީގޮށް ކިޔާދޭންޖެހެނީ، ކަލޭ މަޝްހޫރުވާންވެގެން ނަން ނޫސްތަކުގަ ޖަހުވަން ވަރަށް ބޭނުންކަންވެސް އިގޭ، މަޖުލިސް މެމްބަރުކަމަށް ރައްޔިތުން ކަލޭ ނުހޮވާ ކަޓުވާލިގޮތް ހަނދާން ބަހައްޓާފަ އަނގަ ހުޅުވަން ލަދު ނުގަނޭތަ؟؟ ކަލޭ ރިޝްވަތުކާލިގޮތަށް ޔާމީނު ވެރިކަމުން ވައްޓާލަން ރިޝްވަތަށް ހޭދަކުރިހާ ފައިސާތައް ވަޔަށްގޮސް ކާމިޔާބު ނުވުމުން އިދިކޮޅު ގުގުރޫޕު ތިތިބީ ބުރާންތިވެ ބޯގުޑާފަ، އަނގައިން މޮޔަވެސް ގޮވޭނެ

  25. އަލީވަހީދު އަށްތޯ އެނގެނީ ވެރިކަން ހަވާލު ކުރަން ވީ މީހެއް ރަތްއަތުން ހޮވާފަ ހުރީ ތަރައްގީ ގެ މާހިރު ޔާމީން އަލީވަހީދު ބެޏުންވާމީހުން ވެެރިކަމަށްލާނީ ގެއި ބަދިގޭ ވެރިކަން ކުރަން ނޫނީ ކަރާހައްދާ ދަނޑަށް،

  26. މިއީ ކޮން ޢަލީ ވަޙީދެއްބާ، މަޝްހޫރުވާން އުޅޭ މީހަކުހެން ހީވޭ، ބަންގާޅީއެއްތަ؟ ކަލޭ ބުނާގޮތަށް ކަންކުރާނީ، ރައީސުލް ޖުމްހޫރިއްޔާ ވެސް އެހުންނެވީ ކަލޭ ކަރުން ހަން ނުފެލޭތީ

  27. ބޫން ބޫން

    ކަލޭ ހީކުރީދޯ ރައީސް ޔާމީނަކީ ކުންނާރު ގަހަށްއަރާ ނުފޭބިގެން އޮންނެވި ބޭފުޅެއްކަމަށް

  28. ކަރާކުޑޭއަށް ، ހުޅުމާލެއްިން ފުލެޓެއް ، މާލެއިން ގެޔެއް ، މެލޭޝިިޔާއިން ގޯއްޗެއް ގަތީ އިސްތަށިލުއްސައިގެން ދީގެންތޯ ބުނެދެން އެބަޖެހޭ!

  29. އިނގިރޭސި ރާނީ ކަމަށް ކުރިމަތި ލާންވީނުން މަ ދީފާނަން މަގޭ ހައުސް ކޯޓް އޭރުން އަންހެނަކާ ވައްތަރު ވާނެ

  30. މީކާކުތޯ އަހަރުމެންނަން ގޮތް ކިޔަން މަތިން ބާއިން ޖެހިގެން ތިމާވަރު މީހެއްނެތިގެން ބޭރު ކަރައަށް އެރުވިގެން ހުރެބާ