ބިޑަކާއި ނުލައި ދީފައިހުރި ފަޅުތަކާއި ރަށްތައް ދައުލަތަށް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޑަކާއި ނުލައި ދީފައި ހުރި ރަށްތަކާއި އަދި ކޮރޮޕްޝަނާއި ހިޔާނާތުގެ ތެރެއިން ދީފައިހުރި ރަށްތަކާއި ފަޅުތައް ދައުލަތަށް ނެގުމަކީ އަންނަން އޮތް ޖީލުތަކަށް ކޮންމެހެން އަދާކުރަން ޖެހޭ ދަރަންޏެއް ކަމަށެވެ.
Bidakaa nulaa dheefai huri rahthakaai adhi corruption aai khiyaanaathuge therein dheefaivaa rahthakaai falhuthah dhaulathah negumakee annan oi jeeluthakattakai konmehen adhaakuran jehey dharanyeh. https://t.co/Kp5BP02yoL
— Ali Hussain (@AleeVoice) October 6, 2018
އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޔާމީން އާއި މިސަރުކާރުގެ އިސްވެރިންގެ މައްޗަށް ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއްގައި ތުހުމަތު ކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ ފަހުގެ ތާރީޚެއްގައި ފެންމަތިވި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ އެވެ. އެތަނުގެ އޮޑިޓް ރިޕޯޓް ބުނާގޮތުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ ވަނީ އަމިއްލަ ފަރާތްތަކުގެ އެކައުންޓަތަކަށް ޖަމާކޮށްފަ އެވެ.
އަދި ދާދި ފަހުން ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް 22 މިލިއަން ރުފިޔާ ރިޔާސީ އިންތިހާބުގެ ތެރޭގައި ޖަމާކުރި މައްސަލައެއް އެމްއެމްއޭއިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެ މައްސަލަ އަނބުރާ ނަގާފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވި ނަމަވެސް އެމްއެމްއޭއިން އެކަން ވަނީ ދޮގުކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން މިސަރުކާރަތް ކޮރަޕްޝަން އާއި ހިޔާނާތުގެ ބޮޑެތި ތުހުމަތު ތަކެއް ކުރަމުން ދާއިރު ރައީސް ޔާމިންގެ ސަރުކާރުން ކޮށްފައިހުރި ވައްކަމާ ކޮރަޕްޝަންގެ މައްސަލަތަށް އިދުކޮޅު އިއްތިހާދުގެ ވެރިކަމުގެ ފުރަތަމަ ދެއަހަރު ތެރޭ ބަލާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ނަޝީދުގެ ދުވަސްވަރު ތިގޮތަށްދީފަހުރި ރަށްތައްވެސް ދޮންއަލީ ނަންގަވައްޗެ.
ވަރަށް ރަގަޅު ވާހަކައެއް، އެފަދަ ރަށްތައް ދައުލަތަށް ނަގާ ޓުއަރިޒަމް އިންޑަސްޓްރީ ސާފުކުރަން ޖެހޭ.
އެމްޑީޕީ ވެރިކަމުގަ ރަންޑިންނަށް ވެސް (ޕްރީ
ޕެއިޑް ޝިއުނާ) ހަތަރު ފޅުރަށް ދިން...ދެން
ވިސްނާ ބޮޑެތި މީހުންތައް ކާލާނެވަރު
ކޮން ހާޖާނެއް ހަދަން. ބިޑަށް ނުލާ ރަށްތަ ދިނުމަކީ އެތަން ހޯދި މީހުންގެ ކުށެއް ނުން. އިންސާފޭ ކިޔާފައި ވެރިކަން ހޯދާފާ އިންސާފަކީ ކޯއްޗެކަން ނޭގޭ މީހުން. އެމީހުން ރައްތަ ދީފައިހުރީ ހިލޭކަމަށް ވާނަ އެތަނުގެ އަގު ހޯދާވާހަކަ ނުން ދައްކަން ޖެހެނީ.
ތިޔައީ ވަރަށް ބޮޑު ތެދެއް. އެކަމަކު ތިކަމުން ހާސިލް ކުރަން ބޭނުންވާ މަޤްސަދު ޙާސިލް ވާނެބާއޭ ހިތައްއަރާ. ސަބަބަކީ، ރައްތަކުގެ ޢަދަދަށް ބަލައިފިނަމަ އެގޮތަށް ގިނަރައްތައް ދޫކުރެވިފައި ހުރީ އެމްޑީޕީގެ ވެރިކަމުގައި ފެރީގެ ނިޒާމް ގާއިމް ކުރުމުގެ ނަމުގައާއި، އެކި އެކި ޕްރޮޖެކްޓްތައް ހިންގައި ދިމުނުމުގެ ނަމުގައި. އޭގެފަހުން އައި ސަރުކާރުތަކުންވެސް ރައްތައް ދޫކުރިނަމަވެސް އޭރުދޫކުރި ޢަދަދާއި ގާތައްވެސް ދޫކުރެވިފައި ނެތް. އެރައްތައް ބަހާފައިހުރީ އލަށް އިންތިޚާބުވި ސަރުކާރުގެ އިސްވެރިންނަށް. އެހެންވީމާ ތިކަން ކުރިއަށްދާނެ ބާއޭ ހިތައް އަރަނީ.
އެއްޗެއް ނުލިބެގެބް ކަރަޕްޝަނޭ ކިޔަނީ! އަޅެ ބިޑަށްނުލައި ތި ތަނުން ރަށެއް ޢަލީ ހުސޭނަށް ދީބަލަ ވާގޮތެއް ބަލަން. ހުސްބުޅި މައްޗަށް ގޮދާ ޖެހިގަންނަހެން ބަލައިގަންނާނެ!
މައުމޫނުދައުރުގަޔާ އަންނިގެ ދައުރުގައި ދީފަހުރި ރަށްތައްވެސް ހިމެނެންޏާ އޯކޭ!
މިގައުމުގައި ރައްތައް ހަދާނަމޭކިޔާ ނަގާ އެތައްއަހަރެއްވަންދެން ނަހަދާ ބަހައްޓާ މީހުންގެ ރައްތައް ނަގާނެތޯ؟