ކ.ހުދުރަންފުށި ރިސޯޓުގެ ތިން ވޯޓަރ ވިލާއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ރިސޯޓުގައި އަލިފާންގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 2:00 ހާއިރު ކަމަށެވެ.
އަދި މިރޭ 4:30 ހާއިރު ވޯޓާ ވިލާތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވި ތިން ވޯޓާ ވިލާއަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށާއި، ނަމަވެސް އެއްވެސް މީހާކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގައި ތިން ވޯޓާ ވިލާގެ އިތުރުން، އިތުރު ކޮޓަރިއަކަށްވެސް ގެއްލުންތަކެއްވެފައިވާ ކަމަށެވެ.
އަދި މި ހާދިސާ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގު ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
ވޯޓާ ވިލާ ހަދާ އިރު ފަސޭހައިން ފެންޖެހޭ ގޮތަށް ފެންޖެހޭ ނިޒާމަކާއެކު ވޯޓާ ވިލާ އެޅުން ވަރަށް މުހިމު ވާނެ. އަދި އަލިފާނުގެ ނުރައްކަލެއް ދިމާވެއްޖެ ނަމަ ވަގުތުން ކަން ކުރާނެ އިރުޝާދު ކޮންމެ ވޯޓާ ވިލާއެއްގައި ބޭރުން ފެންނަހެން ލިޔެފައި ބެހެއްޓުން ރަނގަޅު.
ތިއީ ހައްތާވެސް ހަރާންދަރިންތަ.
ވޯޓުލީ ތަންތަނުގެސް ރޯވަނީ. ކޯފާ ކަލޭނޭ.