މީސްމީޑިޔާގައި ފުލުހުންގެ ގިނަ އިސް އޮފިސަރުންތަކެއް ހައްޔަރުކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަށް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މިކަން ދޮގުކޮށްފައިވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ފުލުހުންގެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީސްމީޑިޔާގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް ހައްޔަރުކޮށްފައިވާކަމަށް ދެކެވެމުންދާ ވާހަކައަކީ ދޮގު ވާހަކައެއްކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މީސްމީޑިޔާތަކުގައި ދައުރު ކުރަމުންދާ މެސެޖެއްގައިވަނީ ގިނަ އަދަދެއްގެ ސިފައިންގެ ބޭކަލުންނާއި އިސް ޕުލުސް އޮފިސަރުން ހައްޔަރުކޮށްފައިވާކަމަށެވެ. އިދިކޮޅު ފަރާތްތަކުންދަނީ ނައިބް ރައީސްކަން ކުރައްވަމުންގެންދަވާ ޖިހާދު އިދިކޮޅު ފަރާތްތަކާ ގުޅިއްޖެކަމަށްބުނެ ދަނީ އަޑުފަތުރަމުންނެވެ،

ކުއްލި ނުރައްކަލުގެ ހާލަތު ނެރެ، މުޒާހަރާ ކުރުން މަނާ ކުރެވިފައިވާ މިދަނޑިވަޅުގައި، ޤާނޫނީ ގޮތުން ދިވެހި ރާއްޖޭގައި އުފެދިފައި އޮތް ސަރުކާރު ވައްޓާލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަށް ރޫޅާލުމަށް ފުލުހުންދަނީ ކެޑިނޭޅި ހަރަކާތްތެރި ވަމުންނެވެ. އަދި ޤާނޫން އަސާސީ ދެމެހެއްޓުމުގައި ފުލުހުންގެ ދެމިތިއްބަވާނެކަން ދަނީ ސާބިތުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮއްބެ

    ތިޔައީވެސް ހަމަ ރީނދޫ ބާޣީންގެ ޕްރޮޕެގެންޑާ.....!!!

  2. ސަންތި

    މީހުން ރުޅިއަރުވައިގެން މީހުންނެރެ ހަމަނުޖެހުންހިންގުންފިޔަވައި އެހެންކަމެއް ކުރާކަށް އެމްޑީޕީއަކަށް ނޭނގޭނެއެވެ.