މުސްލިމުންގެ ވަރުގަދަ އަޤީދާގައި ސާބިތުވެ ތިބިހާ ހިނދަކު ލާދީނީ މިޝަނަރީތަކަށް މިރާއްޖޭގައި ފުރުސަތު ނެތް ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި އިސްލާމީ އަޤީދާ ވަރުގަދަ ކުރާނަން ކަމަށް އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓްތަކެއްގައެވެ.

އިލްޔާސް ވިދާޅުވި ކްރިސްޓިއަން މިޝަނަރީތަކުން ދިވެހި ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން ފަސޭހަ ވާނެ ކަމަށް ބުނެ ކިތަންމެ ވަރަކަށް ޚަބަރު ފެތުރި ނަމަވެސް ދިވެހި މުސްލިމް މުވާތިނުންގެ އިސްލާމީ އަޤީދާ ގުޑުވައެއް ނުލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް ކުރާނަން އިންޝާﷲ. ޙައްޤާއި ބާތިލާއި ދެމެދު އަބަދުވެސް އަރައިރުން އޮންނާނެ. މުސްލިމުން މުސްލިމުންގެ ވަރުގަދަ އަޤީދާގެ މަތީ ސާބިތުވެ ތިބިހާ ހިނދަކު ލާދީނީ މިޝަނަރީތަކަށް މި ދިވެހި ފަސްގަނޑުން ޖާގައެއް ނުލިބޭނެ އިންޝާﷲ" އިލްޔާސްގެ ޓްވީޓެއްގައި ވެއެވެ.

އިބޫގެ ސަރުކާރުގައި އިސްލާމީ އަޤީދާ ވަރުގަދަ ކުރާނަން ކަމަށް ވިދާޅުވިއިރު ކްރިސްޓިއަން ދީން ފަތުރާ މިޝަނަރީތަކުން ގެންދަނީ އިބޫ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުން ވަރަށް ބޮޑަށް އުފާ ފާޅުކުރަމުންނެވެ. މިޝަނަރީތަކުން ނެރެމުން އަންނަ ބަޔާންތަކުގައި ދެން ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން ފަސޭހަ ވެގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

މިއަދު ވެސް ދުނިޔޭގައި ކްރިސްޓިއަން ދީން ފެތުރުމުގެ މަސައްކަތް ކުރާ އެންމެ ބޮޑު އެއް ޖަމާޢަތުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ޗާޗް އަޅާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. އަހްމަދުބޭ

  އަނހާ ސޭހްއެބަހުންނެވިންދެއްތޯ އެކަމުދަރުބާރުގޭގަނާޗަރަންގީ ކުޅުއްވިއިރު ހަދީސެއްނުނެރުއްވީމަ ހީކުރީސޭހް ނިދިކުރެއްވީކަމަށް މިހާރުއެބަހުންނެވިން އެހެންނޫންތޯ

  • ކަލޯ

   ޢެހެންވީމާ ޔާމީނަށް ސަޕޯޓް ކޮށް ޔާމީންގެ ކައިރީގއި އުޅުނު ހުރިހާ ޝައިޚުން ތިބޭނީ ޔާމީން ކުރިހުރިހާ ކަމަކަށް ދަލީލުދައްކާފައެއްނު...

 2. މިޝަނަރީ

  މީނަގެ ކޮބް ދީނެއް އޮވެގެން މިތެޅެނީ.ލާދީނީ އިލްޔާސް .

 3. މޫސަ

  ޢިލިޔާސޫ ކަލޭތީ ކާކު ކަލޭގެ ބަހެއް ނުވިކޭނެ. ހެދުނު މޮޔަ ހިތށް އަރުވާލާފައި ބޯވަތަށް ޖަހައިގެން ނިދާލާ

 4. ައިބޫގެ ސޯލިޙް

  ޝޭހޫ ބަސްނުވިކޭ އޮޑީގެ ދިރުނބާ ކޮޅަށް ނާރާށެ

  ޢެނޫނީ ފަހުން ލަދު ގަންނަން ޖެހި ދާނެ..... ހަމަ ބުނެލީ.....

 5. މޑޕ

  އަހަރެމެން އިންތިހާބުކުރީ އިބޫ ފައިސަލް، ކީއްވެ އެދެމީހުންނަށް ތިހެން ނުބުނެވެނީ، އިހުލާސްތެރި ކަމާމެދު ޝައްކު އެބަހީވޭ މިހާރު.

 6. ބޯފޮޅި ހުސައިނާ

  ފަސް އަހަރު ތެރޭ ރާއްޖޭގައި ޗާޗެއް އަޅާނެ ކަމަށް ކްރިސްޓިއަން ދީން ފަތުރާ ޖަމާޢަތަކުން ބުނީ އެހެންވެދޯ، ފުރަތަމަ ތިމާމީހާ އަމިއްލަ އަޤީދާ ވަރުގަދަ ކުރަން ޖެހޭ

 7. އަސާސީ ތައުލީމް

  އަދުލު އިންސާފް ، އަދި އަބުރު ކަތިލުން / މިހާރު ގައުމުތަށް ފަނާކުރަން ބޭނުންކުރާ ދެ ޓޫލް. މިޔަކީ ވަރަށް ފުޅާކޮށް ވާހަކަ ދެއްކޭނެ ދެ ބަސް. އެއްބަޔަކު ހައްގު ދެނެ ދެނެ ތިބެ އެކަން ވަންހަނާ ކުރާނެ އަނެއްބަޔަކު މީހުންގެ އަބުރު ކަތިލާނެ އެއްވެސް ކުށެއް ނުކުރާނީސް އެކަމަކު ގަބޫލު ކުރެވޭ ވަރުގެ ދޮގު ހެކިވެސް ދައްކާނެ // އަދި އިލްޔާސްމެންނަކަށް ތިޔަކަން ވާނެ ކަމަށް ނުފެނޭ

 8. ރައްޔިތުން

  ދައުލަތުގެ ޝަރުޢީ ނިޒާމުން ޖާގަލިބިގެން ނޫން ގޮތަކަށް ނޮވެމްބަރ 1ގައި ނަޝީ ރާއްޖެ ވަޑައިގަނަންވާނަމަވެސް އެފުރުސަތާއި ގުޅުވައިގެން ސަރުކާރު އަދި އޮންނާނީ އެކަމަށް ބަހެއް ނުބުނެ. އެކަމަކު އިބޫ ރިސިވްކުރަން ގޮސް ހުންނައިރު އެންމެން އެއްކޮށްޖަލަށް ގެންދަން ޔާމީން ރާވާނެ. މިކަމަށް ފުންކޮށް ވިސްނަންވާނެ.

 9. މޫސާ ހަލިލް

  މީނަ މީ އަގައި އުޅޭ މީހެން މަސައްކަތެއް ނުކޮށް ލާރިހޯދައިގެން އުޅޭ ސޭހް

 10. މަ

  ބަލަ މި ބިމުގަ ފައްޅި އަޅައިގެން އިސްލާމް ދީން ހިމާޔަތް ކުރެވޭނެ ގޮތެއް އިލްޔާސް ދައްކަބަލަ. އިބޫއާ އެފަރާތްތަކާ ޑީލް ހެދީމަ އެކަމާ މެދު ގޮތެއްނިންމަން ތީ ކާކު؟ އެކަމާމެދު ގޮތެއް ނިންމާނީ ދިވެހިން. ތިހެން އިރަކު ކޮޅަކަށް ކެނޑޭ އިލްމުވެރިންނެއްނޫން.

 11. އަލި

  ޢިބޫ އެއްޗެކޭ ބުނެލަބަލަ!

 12. ޞަލާޙް

  އެހެންތަ؟ ފުރަތަމަ ދިމާކުރާނީ ކަލެޔާ! ދެކެން ހުންނާތި!

 13. އަން

  އަގީދާ ވަރުގަދަކަން އެގޭނީ ނާސި ކުަލަބެއްގެ ދޮރުމަތިން ދާއިރުވެސް އެތަނުގައި ހިގަނީ ކޮން ކަމެއްތޯވެސް ބަލާނުލާ މިސްކިތައް ނަމާދައް ދިޔުމުންނެވެ. އެހެންވީމަ ސޭކުން ބޭނުންވާނީ ދިވެހިންގެ އަގީދާ ވަރުގަދަކުރުމަށްޓަކައި ކުލަބް އަޅަންތޯ؟

 14. ޢަލީ

  މިއަދަކު ނޫން ތިޔަބުނާ މިޝަނަރީއަކުން އެެން ބުނެފަ ވަނީ. 2017 ގަ

 15. ޢަ7ހުމަދު1329

  ބޮޑުސޭޓް ވަކިވާވަގުތުންފެށިގެން ތިޔަ ސޭހުވެސް ވަކިވާނެ ދެންކީކޭތިކިޔަނީ

 16. އިޔާ

  އެއްގޮތަކަށްވެސް ލާދީނީ މިޝަނަރީންގެ ކަމެއްނެތް. ސްކޫލްކުދިން ކުޑައިރުއްސުރެ ކޮންސެޓްތަކުގައި ނަށުވަނީ ޙަރާމްމިއުޒިކު އަދި ލަވަތަކަށް. ހުރިހާ ގެއެއްގެ ސިޓިންރޫމް އަދި ފޯނުތަކުގަވެސް މިއެއްޗެތި.

 17. މަރޭ

  ކޮމްނެ ހެނެއް ވިޔަސް މިގައުމު އެމެރިކާއާ އިންޑިޔާގެ ކޮށް ޓޮރޯލަށް ދާން ގިނަ ދީނީ އިލްމު ވެރިން ތަކެއް ތާއިދު ކޮށް ފި މިއަދު އެކަން މިއޮތީ ވެފަ. ދެން އެމިހުން ކުރާކަމަކަށް މާޮޑު ބަރެއް ނޯނަނާނެ.ދުނިޔެގެ އޮއވަރު ދަސްކުރަން ޖެހޭ.،

 18. މުބާރަކް

  ރަސޫލާ ދުއާ ދަންނަވާފަދަ ވެރިއެއްގެ ވެރިކަމުގައި ފައްޅި އަޅާ ވާހަކަ ފަރަންޖީ ޖަމާއަތްތަކުން ބުނަމުން އައީ މިހާރަކު ނޫން ކަން އިލްޔާސަށް ހަންދާން ކޮށްދެން އަދި އިލްޔާސް ތިބުނި ބުނުމަށް އަލިފާން ރުޅި އަންނަ މީހުން ކޯލިޝަންގައި ވާކަން ވެސް ހަނދާން ކޮށްދެން. މުންކަރާތްތަކުގެ އަހުލު ވެރިންނާ ގާތް މީހުންގެ ތެރޭގައި ހުރެ ތިޔަ ބުނާ ބުނުމަކުން ވާނެ ހެވެއް ނޯންނާނެ ކަން ހަނދާން ކޮށްދެން. މިގައުމު ގޯސް މިސްރާބަކަށް ގޮސްފި ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ދުނިޔެ އާއި އާހިރަތުގައި އިލްޔާސް ނަގަން ޖެހޭނެކަން ހަނދާން ކޮށްދެން. ކިހާ ދުވަހަކުން ތޯ ދިވެހިންގެ އަގީދާ ވަރުގަދަ ކުރުމަށް ތިޔަ މަޑު ކުރަނީ؟ އަހަރެން ދެކޭ ގޮތުގައި ވަކި މޫސުމަކު ނުވަތަ ތާރީހު ކަނޑައެޅިގެން ކުރަން އޮންނަ ކަމެއް ނޫންކަން ވެސް އިލްޔާސް އަށް ހަނދާން ކޮށްދެން.

 19. ފުއާދު

  އިލިޔާސަް ކަލެއެއްކަމެއްވެސް ނުވާނެ

 20. އަލީ

  ތިވިދާޅުވަނީ މައްސަލައިގެ އެއްފަޅީގެ ވާހަކަ. އަނެއް ފަޅިއަކީ އެހެންދީންތަކުގެ މީހުން މިރާޢްޖޭގައި ކުރާ މަސައްކަތްތަކާއި އެމީހުންގެ ރޭވުންތައް ހޯދައި ބަލައި އެކަންކަން މިފަސްގަޑުން ހުއްޓުވުން، ބޭރުކުރަން. މައްސަލައިގެ އެއްފަޅިއަށް އެކަނި ވިސްނައިގެން ވާކަށް ނެތް.

 21. ޢަބުދޯ

  އިލްޔާސްއަކީ ގިނަނޫޓުހޯދަން މޮޅު ގޮލަޔެއް އިނގޭ! ތިހެން ތިބެންވާނީ ދީން ދަންނަ ޖާހިލުން!

 22. ނައުބެ

  ޢެއްޗެއްމަތިން ހަނދާން ވީތަ......؟

 23. ޢަބްދުﷲ

  އިބޫ ނުދެއްވާ އެއްވެސް ޤާނޫނީ ބާރުވެރިކަމެއް ގަދަބަޖުބޫރުން ކޯލިޝަނަށް ނުލިބޭގޮތަށް ރޭވިފައިވާއިރު، ކޯލިޝަންގެ ނުފޫޒާނުލައި އިބޫއަށް ވެރިކަމުގައި ދެމިހުރެވޭނެތޯ ސުވާލުއުފެދޭއިރު، އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ސިޔާސީ މިތުރުންގެ ގޮތުގައި ތިބެގެން ކަމަށް ބެލޭއިރު، ދައުލަތުގެ ބާރުތައް ކުދިކުދިކޮށް ފޮތިފޮތި ކޮށްލުމަކީ، ޤާނޫނު ޤަބޫލުކުރާ ކަންކަމަށް ނުވާއިރު، ކަމެއް ދިމާވާއިރަށް އަތްއިސްކޮށް، އަނގަ ގަދަކޮށް، ދޫނުބައިކޮށް، ހެދުމުގެ ބަދަލުގައި ކަމެއް ދިމާވާއިރަށް އަތްއިސްނުކޮށް، އަނގަ ގަދަނުކޮށް، ދޫނުބައިނުކޮށް، ކެއްތެރިވެ، ހިތްތިރިކޮށް، ރަނގަޅު ވިސްނުންފުޅެއްގައި މަޝްވަރާގެ އުޞޫލުން ކަންކަން ނުކުރައްވައިފިނަމަ، ވަޢުޟާއި ނަޞޭޙަތް ފޯރުކޮށްދޭން ތިބޭނީ ޢިލްމުވެރިންނެވެ.

 24. ޒާ

  މިސްޓަރު ރީލޯޑް ކަންނެލިއޮޑިއަށް ވެދުން ސަލާމް. އިސްލާމީ އަގީދާ ވަރުގަދަ ވާ އަޑުފައްގަނޑު މިދަނީ ގަދަވަމުން. ޔާމީނުގެ ވެރިކަމުގައި ރާއްޖެއަށް ވައި ނޭޅެވިފައި ތިބި ފާދިރީންތައް ނިދިން ހޭލައިފި. ރާއްޖޭގައި 20 އާއި 25 ދެމެދުގެ ކުރިސްޓިއަނުން ތިބިކަން އެމީހުން ބުނެފި. އެމީހުންގެ ހައްގު ލިބޭނެ ކަމާއި ޖަޒީރާ މިސްކިތް (ޗާޗް) އަޅާނެ ކަމަށް އެދަނީ ބުނަމުން. ދެން ކަންނެލި އޮޑި މަހަށްދޭ.

 25. ޙާމިދު އިދުރީސް

  ށައިޚޫ! އެއީ ޑރ. ށަހީދު ގަބޫލުކުރައްވާ އިސަލާމް ދީން ދެއްތޯ ވަރަުގަދަކުރާނީ؟ ސާބަހޭ ތިޔައީ އަހަރެމެނ ބުނަ ގޮތަށް ފަތުވާ ދޭނެ ޝޭޚެއް. ކަންނެލި އޮޑި ދެއްތޯ؟ ވަރަށް ސަލާން

 26. ސާބަސް

  ސާބަހޭ އިލްޔާސް. އަހަރެމެން ބޭނުން ވަނީ ތިޔަފަދަ ބަސް ބުނާނެ ދީނީ އިލްމުވެރިން. ތިމަންނަމެން ދީން ދިފާއު ކުރާނަމޭ ބުނަން ވާނީ. ވެރި މީހާ ދީނަށް ކޮންމެ ގޮތެއް ހަދާއިރު ތިމަންމެން ތިބޭނީ ބަލަށޭ ބުނާ މީހުން ދެން ހައްތާވެސް ފެންނަނީ.

  • މަ

   ކަލެއަށްވެސް ބޮޑު ލާރިގަނޑެ ދިނީމަ ޖެހިހާބެރަކަށް ނަށާނެ.

 27. މުހައްމަދު

  ލާރިއަށް ވިކިފައިހުރި ޖާހިލަކަށް ދީން ދިފާއުކުރެވޭނީ ކިހިނެއް؟ ކޮންގޮތަކަށް!

 28. ހުސޭނު

  އަގީދާ ވަރުގަދަ އެއްނުކުރެވޭނެ ރަސޫލާއައް ސޮލަވާތް ކިޔަން ދެކޮޅުހެދިކަމައް އެންމެން ކުރިމަތީގަ ހުވާކޮއްބުނެފަ އަނެއްދުވަހު ހަމަ އެމީހާ ވަރުގެމީހަކު ނެތޭ ބުނެ އެމީހުންނައް ވީގިވެރި ވީމަ. ސޭހްމެން ތިދުވަނީ އެންގިތިބެ ހަމައެކަނި ދުނިޔަވީ އަރާމާ އުފަލައްޓަކާ ދެން ރައްޔިތުންގެ އަގީދާ ވަރުގަދަ ކުރާށޭބުނެ ބޭރުން ސީޒަނައް ހާފިޒުން ގެނެސްގެން ވައުޅު ވިދާޅުވިޔަކަސް އަގީދާ ވަރުގަދަނުވާނެ. ދަރިންނައް އަބަދަުވެސް ފެންނަން ވާނީ އަބަދު އެއްގޮތެއް ދެދުވަހު ދެގޮތެއްނޫން އެހެން ނޫނީ އެމީހުންގެ ސިކުންޑި އެކިގޮތް ގޮތައްވިސްނަން ފުރުސަތު ދެވޭނެ.

 29. ހާމަ

  ދީން ހިމާޔަތް ކުރުމަށް ބޭރުގެ ދީންތައް ފަތުރާ މިޝަނަރީސް ތަކުން އަންނަން އުޅޭ ކަމުގެ އުފާވެރިޚަބަރު އިލްޔާސް އާއި އިޔާޟް އާއި އަދާލަތަށްވަނީ ދީފަނޫންތޯ. ދެން އެބައިމީހުން ފައްޅި އާއި ޗާޗް އެޅުމުން އެތަނުގެ ތެރޭގައި ހާމުދުރުންނާއި ފާދިރީން ހެދިގެން ތިޔަ ބޭފުޅުން ދީން ހިމާޔަތްކުރައްވަން ތިއްބަވަންވީނޫންތޯ. އެއީނޫންތޯ ތިޔަ ގެންނެވި ހިމާޔަތްކުރައްވަން އުޅުއްވާ ދީނަކީ.

 30. އެންޓިފިތުނަ

  އިބޫގެ ވެރިކަމަށް އައުމާއިއެކު އިސްލާމްދީން މިބިންމަތިން ފުހެލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ފުރުޞަތުލިބި އެކަން ފާޅުގައި ކުރާނެ ކަމަށްބުނެ އަދި އެކަން މިބިމަށް ގެންނަން އުޅޭ އެމް.ޑީ.ޕީ މީހުން އެކަމަށް ދެކޮޅުހެދުމެއްނެތި އެކަމަށް ފާޅުގައި ރުހުންދީ މިބިންމަތީގައި ދީނީ ބައިބައިވުން އުފެދުމުގައި މިއަދު ދީނީ ތާކިހާ އަޅައިގެން ތިއްބެވި އިލްޔާސް އާއި ޑރ.އިޔާސް އާއި އަދާލަތުން މިކަމުގައި ފުރިހަމަ ޖަވާބުދާރީވާންޖެހޭ ދުވަހެއްއޮތްކަން ހަނދާންކުރާތީ. މިއަދު ފައިސާއަށް ދީނާއި ގައުމު ވިއްކައިލިޔަސް އެދުވަހުން ތިޔަ ބައިގަނޑަށް ސަލާމަތްވެވޭކަށްނެތް. ގައުމެއް ފިތުނައަށް ވައްޓައިލުމުގެ ފުރިހަމަ ޒިންމާ ތިޔަ މީހުން އުފުލަން ޖެހޭނެ.

 31. ބުއްޅަބޭ

  އަލްއިސްލާމިކު ވަލްހަދީސް މިނިސްޓަރ އިލްޔާސް މަގާމާއި ހަވުވީދޯ!؟