ވަޅިތަކެއް ހިފައިގެން މާލޭގައި މާރާމާރީ ހިންގަން އުޅުނު ގްރޫޕެއް މާލެ އިން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"މި ފަސް މީހުން ހައްޔަރު ކޮށްފައި ވަނީ ފިހާރަ އަކުން ވަޅިތަކެއް ގަނެގެން ސައިކަލްތަކެއްގައި ގޮސް ކާނިވަލް ކައިރީ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބާ އެމީހުންނަށް ފުލުހުން ފެނުމާއި އެކު ފިލަން މަސައްކަތް ކުރަނިކޮށް ވަޅިތަކާއި އެކު" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މާލޭގައި ފަހަކަށް އައިސް ވަނީ މާރާމާރީގެ ނުރައްކާ ބޮޑުވެފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ވަނީ މީހެއްގެ ގަޔަށް ވަޅި ޖަހާ ވަރަށް ބޮޑަށް އޭނާ ޒަހަމް ކޮށްލާފައެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން މިއަދު ވެސް މީހަކަށް ތޫނޫ އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވެއެވެ.

ވަޅި ހިފައިގެން މާރާމާރީ ހިންގަން އުޅުނު ގްރޫޕަކީ ފަހަކަށް އައިސް ހިންގި މާރާމާރީތަކާއި ގުޅުން ހުރި މާރާމާރީއެއް ހިންގަން އުޅުނު ބައެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

އަދި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވެއެވެ. އޭނާގެ ހާލު ވެސް ސީރިއަސް އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޕީޖޭ

  ފުލުހުންނަށް ސާބަސް?

 2. ބޮޑު ދެލޯ

  ތި ގުރޫޕު އަވަހަށް ދޫކޮއްލާ، އެހެންނޫނިއްޔާ ތި ގުރޫޕަށް ދަވްލަތުން ކުރާނީ އަނިޔާ!

 3. ސ

  ހަމަދޫކޮއްލާއިރައް އަނެއްކާވަޅިޖަހާނެ އަދިކުރިޔައްއޮއްތާ ދެތިންމީހުން މަރަން ޕޮލިހުން ތިމީހުން ދޫކުރާނެ

 4. ރާއްޖެމީހާ

  ހިފާގޮތަށް މަރަންވީ ތިޔަ އލތން.

 5. އިބްރާޙީމް

  ތިޔަމީހުން ދޫކޮށްލާއިރަށް، އެވަޅި ވިއްކި ފިހާރައީގެ ސޭޓް މަރާލާނެކަން ނޭގި