އަލީ ހަމީދު އާއި އަބްދުﷲ ސައީދު
އަލީ ހަމީދު އާއި އަބްދުﷲ ސައީދު

ފަނޑިޔާރުންގެ ޤާނޫނަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ހުށަހަޅުއްވާފައިވާ އިސްލާހް ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވުމާއި އެކު އެބޭފުޅަކު ފަނޑިޔާރު ކަމުން ވަކިވާނެއެވެ.

އަބްދުލްރަހީމް ހުށަހެޅުއްވި އިސްލާގައި ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ފ) ގައި ބުނެފައި އޮންނަނީ ފަނޑިޔާރުންގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއް ނިހާޢީ ޙުކުމެއް ކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން އެފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ. މިމާއްދާގެ މިއަކުރުގެ ދަށުން ފަނޑިޔާރަކު މަގާމުން ވަކިވާ ވަކިވުމަކީ ތައުދީބީ ނުވަތަ ސުލޫކީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުމުން ކަމުގައި ނުވާތީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް އޮންނަ އިޖުރާޢަތެއް މި ހާލަތުގައި ނުހިނގާނެ ކަމަށް ވެސް އިސްލާހްގައި ވެއެވެ.

އަބްދުލްރަހީމް ހުށަހެޅުއްވި އިސްލާހްގައި ވަނީ ޖިނާޢީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެއްޖެނަމަ ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ލިބޭނީ 10 ދުވަސް ކަމަށާއި އަދި 30 ދުވަސް ތެރޭގައި ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް އެމައްސަލަ ބަލައި ނިންމަން ޖެހޭނެ ކަމަށެވެ.

ޖިނާޢީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ މުސާރަ ހިނގާ ގޮތައް އެފަނޑިޔާރަކު ޖޭއެސްސީ އިން ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށާއި އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ދައުވާ އެއް އުފުލައިފި ހާލަތެއްގައި ފަނޑިޔާރަކު މުސާރަ ނުހިނގާ ގޮތައް ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށް ވެސް އަބްދުލްރަހީމް ހުށަހެޅުއްވި އިސްހާލުގައި ވެއެވެ.

އަބްދުލްރަހީމް ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލްގެ ބަހުސް މާދަމާ މަޖިލީހުގައި ފަށަން ވަނީ ތާވަލް ކޮށްފައެވެ.

ފަނޑިޔާރުންގެ ޤާނޫނު އިސްލާހް ކުރުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕީޕީއެމް އިން ކުރަމުން ގެންދާއިރު ބޮޑެތި ޖިނާޢީ ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޯއްޗެއްތޭ މުޅި ނިޒާމް ބޮއްސުން ލާފައޭ ރަނގަޅު ކުރަން ކުރާނީ ކިހިނެއްހޭ އެހެންތޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ނޭގޭނެއޭ ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް އެހެންވެއޭ ތަމެން ތިޔާ ފެލެނީ މުޅި ނިޒާމް ބޮއްސުން ލާފައޭ ކުރާނެ ކަމެއް ނެތޭ. ބަރާބަރަށް ދަނީ ހުރިހާ ކަންކަން ވެސް. ދެން މިހަފްތާގައި ކުރަންވީ ކަމަކީ ހަަމަ އެންޓި ޑިފެކްޝަން އާއި ބެހޭ ބިލް ފާސް ކޮށް އެ ތަސްދީގު ކޮށް އަދި ސްޕްރީމް ކޯޓުގައި ތިބި އުއްތަމައޭ އާއި އައްޔަ މެން ވެސް ލާރޖް ކޮށް އެކޯޓުން ވަކި ކޮށް ރައީސް އޮފީސް ތެރޭގައި މަސައްކަތް ކުރާ ލީގަލް ޓީމެއް ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް އައްޔަން ކުރަންވީއޭ އަދި ޕީޖީ ކަމުގެ މަގާމް ގައި މިހާރު ހުރި މީހާވެސް ގެއަށް ފޮނުވާލާ އެތަނަށް ވެސް މަމެންނަށް އިތުބާރު ކުރެވޭ ސިޔާސީ މީހަކު ލާންވީއޭ. ޕީޖީ ނުދޭ ދޯ ދުވަހަކުވެސް ކޯޓަކަށް ވަކާލާތު ކުރަން. އެހެންވީއިރުން ރަނގަޅު ވާނެ އެމަގާމަށް ސިޔާސީ ބޭފުޅަކު ލުމުން ވެސް. ކޮށްބަލަ ދެން ވެސް މިކަން ކަން އެސްއޯއީ އޮތްވާ.

  2. ޙަފްޞާ / މާލެ

    ވަރަށް ރަގަޅު! ހުރިހާ މެމްބަރުން އެއްބާރުލުން ދެއްވައިގެން މި އިޞްލާޙް ފާސްކޮށް ޤާނޫނަކަށް ހައްދަވައިދެއްވުން އެދެން! އޭރުން ޢަދުލުއިންޞާފްގެ ދައިރާއާމެދު ރައްޔިތުންގެ ޢިތުބާރު ބޮޑުވެގެންދާނެ!

  3. ހެޔޮހިތުން

    ތިން މަރުހަލާފައި ޝަރިޢަތް ކުރުމުގެ ހައްޤު ފަނޑިޔާރަކަށް ވެސް ލިބެން ވާނެއެވެ.

  4. ތި ދެމީހުން ތީ ބޭރުކުރަންވެއްޖެތާ ކިތަންމެ ދުވަހެއްވެފަ ތިބި ބައެއް!

  5. އަވަހަށް ބޭރުކުރޭ ތިޔައީ ގައްދާރުން

  6. އިސްލާހު ކުރަންވީ ހަމަ އެކަނި ފަޑިޔަރުންގެ ޤަނޫނެްނޫން މަޖިސް މެމްބަރުންގެ ޤަނޫނުވެސް އިސްލާހުކުރަންވީ ދައުލަތުގެ ބަންގާޅުން ކަމުގައިވާ ސިވިލް ސަވަންޓުންނެކޭ އެއްގޮތަށް ސަލާމްނުބުނެ ޗުއްޓީ ނުނަގާ (މަޤުބޫލު ސަބަބެއް ނެތި ) ޖަލްސާތަކަށް ޙާޟިރު ނުވާނަމަ މުސާރަ ދެވިގެން ނުވާނެ