މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބް ސުޕްރީމް ކޯޓުން ބާތިލް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މައްޗަންގޮޅި އުުތުރު ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ތަރުޖަމާން މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިއާ ވިދާޅުވީ އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން އިއްޔެ ސްޕްރީމް ކޯޓަށް އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ ވައްދައިގެން އުޅެނީ އިންތިހާބު ބާތިލް ކުރުމުގެ މައްސަލައެއް ކަމަށެވެ.

" ދުސްތޫރީ މައްސަލައެކޭ ކިޔާފައި ހަގީގަތުގައި ސްޕްރީމް ކޯޓަށް ހުށައަޅުވައިގެން މި އުޅުއްވަނީ އިންތިހާބު ބާތިލް ކުރުމުގެ މައްސަލައެއް. ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް ޔާމީން 26 ސެޕްޓެމްބަރުގައި ނިކުމެ ވަޑައިގެން ވިދާޅުވެފައިވަނީ ތިންމަނާ ބަލި ގަބޫލު ކުރައްވާފީމޭ. އެހެން ނަމަވެސް ރައީސް ޔާމީން ފަހުން ވިދާޅުވެފައި އެބަވޭ ތިމަންނާ އަކީ ފަސޭހައިން ބަލި ގަބޫލު ކުރައްވާނެ މީހެއް ނޫނޭ ވެސް" މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްފުޅުން އިންތިހާބު ބާތިލް ކުރަން ކޯޓަށް މައްސަލަ ލިޔަސް ރާއްޖޭގެ އެއްވެސް ކޯޓަކުން ދިވެހި ރައްޔިތުންގެ ނިންމުމަށް އުނިކަން ލިބޭނެ އެއްވެސް ނިންމުމެއް ނިންމާނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައްޔިތުންގެ ނިންމުމަށް އުނިކަން ލިބޭނެ ގޮތަށް ރާއްޖޭގެ އެއްވެސް ކޯޓަކުން އެއްވެސް ނިންމުމެއް ނިންމަވާނެ ކަމަށް. ގާނޫން އަސާސީ ބުނާ ގޮތުން ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން އަދި އެ ބާރުތަށް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައި" މާރިއާ ވިދާޅުވިއެވެ.

މާރިއާ އިތުރަށް ވިދާޅުވީ ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިއާ އިތުރަށް ވިދާޅުވީ ހައުސިން މިނިސްޓްރީން ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކޮންޓްރެކްޓް އުސޫލުން އެކަންކަން ކުރަން ބަޔަކު ހަމަޖައްސަން އުޅޭ ވާހަކަ އަޑުއިވެމުންދާ ކަމަށާއި އެކަންކަން ހިނގަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށެވެ.

"މިއީ ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފެދޭގޮތަށް ކުރަމުންދާ ކަމެއް. ދެން އަންނަ ވެރިކަމެއްގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ގޯއްޗާއި ފްލެޓް ލިބޭނެ ގޮތް ހަމަޖައްސާނެ" މާރިއާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިއްޔެއެވެ. އަދި ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ވަނީ މި މައްސަލައި ބަލައިގެންފައެވެ. އަދި މި ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އެ ކޯޓުގައި ވަނީ ބާއްވާފައެވެ.

މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެންބަރުން މިހާރު ތިއްބެވީ ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޑާޑާޑާޑާ

  ކޯޓުން އިންތިހާބު ބާތިލް ކުރާނެ ކަމަކަށް އިބޫ ގަބޫލެއް ނުކުރައްވާނެ ކަން މަމެންނަށް އިނގެއޭ އެއީ އޭނާ އަށް ވިއްޔާ ލިބުނު މޮޅެއް ލިބުނީ އެހެން ކަމުން އޭނާ ބޭނުމެއް ނުވާނެ އެއް ނޫންތޭ ހަގީގަތް ހާމަވާން މަމެން ޕިންކީން އެގޮތަށް އަދި ދުލެއް ނުދޭނަމޭ މީ ރައީސް މައުމޫނުގެ ވެރިކަމެއް ނޫނޭ ތަމެންނަށް 2008 ގައި ދޫކުރި ގޮތަށް ދޫކުރަން މަމެން އެގޮތަށް އެކަން ނުކުރާނަމޭ ޑޯންޓް ޔޫ ނޯ ދިސް ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ސަމްބަޑީ ހެލްޕް މީ އޮން ދިސް...

 2. ޑާޑާޑާޑާ

  މަމެން ޕިންކީންގެ ބިގް 96 ހާސް މީހުންގެ ހައްގު ތަކަށް ވަނީ އެމެން ޚިޔާނާތް ތެރިވެފައޭ އެމެން ވަނީ މަމެން ނަށް ދޮގު ހަދާއޮޅުވާލާ މަކަރާއި ހީލަތް ހަދާފައޭ މިފަހަރު އިންތިޚާބު ބާތިލް ކޮށްގެން ނަމަވެސް އިންސާފު އެބަޖެހޭ 96 ހާސް މީހުންނަށް ހޯދާ ދޭން މިކަމަކީ މީ ދިވެހި ގައުމުގެ މިނިވަން ކަން ދަމަހައްޓަން ތިބި ދިވެހި ދަރިންނަށް ޓަކައި ވެސް ކުރަން މީއޭ އިންސާފަކީ އިނގޭތޭ ތަމެންނަށް އިނގޭދޯ ގުޑް ގުޑް ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ގުޑް ގާރލް ދޯ...

 3. މޑޕ

  ރިޝްވަތްޖަހާފަ އަދިވެސްވަެްކަމެއްވޭތޯ انشاء الله ނުވާނެ

 4. ކުމާރު

  ވޯޓުން ވައްކަން ކުރުމުން ދިވެހި ރައްޔިތުންނައް އުނިކަން ލިބިއްއްޖެ

 5. އަޝްރަފް

  އަންނި ވެސް ބުނި 7 ފެބްރުއަރީގަ އިސްތިއުފާ ދިން ސަބަބު ވަރަށް ސާފުކޮށް އެރޭ ނަޝީދު ކައިރީ އޮވެފަ މާރީ ވިސްނައިދީގެން ޖެހިގެން އައި 8 ވަނަ ދުވަހު ބުނީ ބޮލުގަ ބަޑިޖައްސާފަ ބަޣާވާތް ކުރިއްޔޭ އެއްޗެކޭ ކިޔެްން އެބައޮތްތޯ ކިތައްމެ ފުޅާ އަނގައެއް އޮތަސް

 6. ާއަލީ

  ކޯޓްތަކަށްނުފޫޒު ފޯރުވަން މަސައްކަތްފެށީދޯ.
  ޜަގަޅައް އިވޭކަންފަތަކަށް ނީވޭނެ ޜައީސް ޔާމީން ބަލިގަބޫލުކުރެއްވިކަމަށް ވިދާޅުވިއަޑެއް

 7. އިބްްރާހިމް

  އިންތިޚާބް ބާޠިލް ކުތަންޖެހޭ ޤާނޫން އަސާސީގެ 109 ވަނަ މާއްދާގެ ޅ ވަނީ ކ އިން ބާޠިލް ވެފަ ކ ގަ ބުނަނީ މި މާއދާގެ ޅ ގައި އެހެން އޮތްކަމުގައިވީމަމަވެސް އެމީހަކީ އިސްލާމްދީނުގައި ހައްދުޤާއިމްވެފައިވާ ކުށެއް ނިވަތަ މަކަރާއި ޙީލަތް ޓެކުން ޚިޔާނާތުގެ ކުށެެއް ޝަރީޢަތަށް ޘާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. މިހެންނެވެ. އިބޫ ވަނީ ދައުލަތުން އޭނާއާއިއެކު ހަދަިފަިވާ އެއްބަސް ވިމަކަށް ޚިޔާނާތްތެރިވެފައެވެ.

 8. Miadhu

  މި މާރިޔާގެ ކިބައިން ދިވެހި ރަޢިއްޔަތުކަން ނިގުޅައިގަނެ މީނާ ރާއްޖެއިން ބޭރުކޮޢްލަން ޖެހޭ ދިވެހި ކޮންމެ ރަޢިއްޔަތަކީ މުސްލިމަކު ކަމުގައި ވުމުގެ އިތުރުން ރާއްޖޭގެ ޤާނޫނު އަސާސީ ޤަބޫލުކުރާ މީހަކު ކަމުގައިވާންެެހޭއިރު ބިސްމިނުގެ ބަރަކާތުން ފަށާފައިވާ މިރާއްޖޭގެ ޤާނޫނު އަސާސީ ފައިދަށުލައިގެން މިއަންހެނާ ހުރިދުވަސް މަމެން ދުށީމު މިފަދަ މީހަކަށް ޤާނޫނީގޮތުން ދެއްކޭނެ ރަގަޅު ވާހަކައެއް އޮންނާކަމަށް ގަބޫލުއް ނުކުރެވެ އިބޫގެ ތަރުޖަމާނުކަމުންވެސް މީނާ ބާކީ ކޮށް ރާއްޖެއިންވެސް ބޭރުށްލާ

 9. ޢަބްދުﷲ

  ޣައިރު ދުސްތޫރީ ހަމަތަކެއްގެ މައްޗަށް އީސީގެ ފަރާތުން އެއްވެސްކަމެއް ނިންމާފައި އޮވެއްޖެނަމަ، އެއީ ދުސްތޫރީ ހަމަތަކުގެމަތީން ބަލައިގަނެވޭނެ ކަމެއްނޫނެވެ. ތިޔަމައްސަލާގައި އުފެދޭ ދުސްތޫރީ ސުވާލުތަކަކީ، އެއްވެސް އަސާސެއް ނެތް ސުވާލުތަކެއް ކަމަށް ނުބުނެވޭނެއެވެ. އެހެންކަމަށްވާނަމަ، ތިޔަމައްސަލާގައި އިންޞާފު ހޯދައި ދެވޭނީ މަތީމަރްޙަލާގައެވެ.