މިއަދު ހެނދުނު އިންޑިއަށް ވަޑައިގަތުމުން އިންޑިއާގެ އެއާޕޯޓެއްގައި ހިފަހައްޓާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ޝަމީމް އެޤައުމުން ޑީޕޯޓުކުރުމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ތައްޔާރުވާން ފަށާފައިވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ޝެއިޚް ޝަމީމް އިންޑިއާއިން ޑީޕޯޓުކުރާ ސަބަބެއް އެޤައުމުގެ ކަމާއި ބެހޭ އިދާރާއަކުން ބުނެފައިނުވާއިރު، ހިފެހެއްޓި ސަބަބެއް ޝަމީމްގެ ގާތުގައިވެސް ނުބުނާ ކަމަށް އާއިލާއިން މަޢޫލޫމާތު ދިން ފަރާތަކުން ވަނީ ބުނެފައެވެ.

ޝެއިޚް ޝަމީމް ހިފަހައްޓާފައި ވަނީ އިންޑިއާގެ ޓްރެވެންޑްރަމް އެއާޕޯޓުގެ އިމިގްރޭޝަނުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އެންމެ އަވަހަށް ރާއްޖެއަށް ފުރާ ފްލައިޓަކުން ޝަމީމް ރާއްޖެއަށް ފޮނުވާލުމަށް އެފަރާތުން ކުރިން ނިންމާފައި އޮތް ނަމަވެސް، ޝަމީމް ޑީޕޯޓުކޮށް ފުރުވާލުމަށް މިހާރު ހަމަޖައްސާފައި ވަނީ މާދަމާގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ޓްރެވެންޑްރަމް އެއާޕޯޓުގައި ޝަމީމް ހިފެހެއްޓުމާއި ގުޅިގެން، އާއިލާގެ ފަރާތުން ވަނީ އެކަން އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އަދި ރާއްޖޭގެ ރަސްމީ ފަރާތަކުން މިކަމާއި ގުޅިގެން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާގޮތުގައި ޝެއިޚް ޝަމީމް އިންޑިއާއަށް ވަޑައިގަތީ އާއިލާގެ ބޭފުޅަކާއި އެކު ބޭސްފަރުވާއަށެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އެދުރު

  އެއްވެސް ކަމެއް ވެގެނެއްނޫން ހިފެހެއްޓީވެސް ،ދެން ކަމެއްނެތީމަ ޖެހޭނީ ދޫކޮށްލަންތާ ، ހަމަ ޖެއްސުމަށް ކޮށްލާން ވެގެން ، އަންނިގެ ވެރިކަމުގައި ރާއްޖޭގެ ވަރަށް ގިނަ ޢިލްމުވެރިން ވަނީ އިންޑިއާގެ ބްލެކް ލިސްޓަށް އަރުވާފަ ، ޝެއިޚް އިލްޔާސް ވެސް

 2. އޭއާރު

  ގެރިބޮލެއް ޖަހައިގެން ދިޔަނަމަ ޑީޕޯރޓެއް ނުކުރީސް.

 3. ޖައްސަބަލަ

  ޝޭޙް ޝަމީމް އިންޑިއާ އިން ޑިޕޯރޓް ކުރުމުން ރާއްޖޭގެ ފޮރިނޭ ޖެހޭނެއޭ މިކަން ބަލަން ރަނގަޅަށް އަދި ސަމަން ކުރޭ މާލޭގައި ހުރި އިންޑިއަން އެމްބަސޭ ފޮރިންގް މިނިސްޓްރީ އަށް ތިޔާ ފޮރިންގް މިނިސްޓްރީގައި ހުރި ފޮރިންގް ސެކްރެޓަރީ ނަގާ ބޭރުކުރޭ އެކަލޭގެ ކަނޑާ ފޮނުވާލާ ގެއަށް އެއީ އިދިކޮޅު އެމްޑީޕީ އާއި އެކު އަޑިން ޑީލް ހަދައިގެން އުޅޭ އެއްޗެކޭ އިންޑިއާ އަށް ނުކުޅެވޭނެއޭ ދިވެހިންނާއި މިފަހަރު އިންތިޚާބުގައި އެންމެން ބޮޑަށް އޮޅުވާލާ މަކަރު ހަދާ އަދި އެމެންގެ ފަހެތި 18 މިލިއަން ޑޮަލަރު ދީގެން ގަނެ ވޯޓް އޮޅުވާލީ ވެސް އިންޑިއާ ނޫންތޭ އެކަން މަމެން ހަނދާން ނައްތާލައިގެން ނުވާނެއޭ ނުވާނެއޭ ޖައްސާތި މިފަހަރު ލާރޖް ކޮށް އިންޑިއާ އަށް ޖައްސާ ޖައްސާ ޖައްސާ...

 4. ހަސަނާ

  ތީ ޓެރަރިސްޓުން މިގަމުން އުފައްދާ މައި ޓެރަރިސްޓް ރާއްޖެއިންވެސް ބޭރުކުރަންވީ އައިއެސް އައިސްގެ މަންދޫބެއްތީ

  • ނަން ނެތް

   ހަސަނާ ތީ ހަމަ ތެދެއް

  • އެހެންތަ

   ހޫމް. މީ ދެން މާ އިނގޭ މީހެކޯ. އަހަރެންނަށް ސުވާލު އުފެދެނީ ކަލޭއަށް އެއީ އައި އެސް ލީޑަރެއްކަން އެނގުނު ގޮތް. ބޮޑަށް ބެލެވެނީ ކަލޭ ތިއީ އައި އެސް އާއި ގުޅުން އޮންނަ މީހެއްކަމަށް. މި ކޮމެންޓު ކުރިމީހާގެމައްކުރިމީހާގެ މައްސަަލަ ބެލުމަށް އެދެން

 5. ޢައިޝަތު

  ޑިވެހި ރައްޔިތަކަށް މިގޮތަށް ހެދުމުން ވަރަށް ރުޅިއައިސްފި. މަގޭލޭކެކޭ އެބަ.

  • ގަމާރުމޯލްޑިވިއަން

   ސީރިޔަސް ކޮށް

 6. ކުރޭކުރޭ

  އެޗްޑީސީ މުވައްޒަފުންނަކީ އެއީ ސަރުކާރުގެ ކުންފުނި އެޗްޑީސީގެ ނޯކަރުން އެމެންނަށް ނޫން އިނގޭނީ އެޗްޑީސީން ކަންކަން ކުރަން ޖެހޭނެ ގޮތް އެމެންނާއި ނޫން ރައްޔިތުން ހަވާލު ކުރީ ރާއްޖޭގެ ވެރިކަން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލިއިރު ވޯޓް ލި މީހުންގެ %96 ވޯޓް ދިނީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރަށް ކަން މިހެން ހުރުމުން ތަމެން އެޗްޑީސީ މުވައްޒަފުން ފެއްސެން އުޅޭ މިތަނުން ހަމަ މިހާރު ފެއްސޭ ފެއްސޭ ފެއްސޭ ދީ ދެން ހުޅުމާލެ 2 އިން 25 ހާސް ބިން 1000 އަކަފޫޓްގެ އެކަމަށް އެދި ހައުސިންގް އަށް ފޯރމް ލާފައިވާ އެންމެންނަށް ދޫކޮށްލާ އެކަން އެގޮތަށް ކުރަން ސަރުކާރުން ރައީސްގެ ގަރާރެއް ނެރެންވީއޭ އެއިރުން ދެން އެ ގަރާރު ބާތިލް ނުކުރެވޭނެއޭ އެކަކަށް ވެސް ރާއްޖޭގައި އެއިރުން އެފަދަ ގަރާރެއް ބަލައިގަންނާނެއޭ މުޅި ރާއްޖޭގެ ރައްޔިތުން މިގޮތަށް ލާރޖް ކޮށް އެބަޖެހޭ ސަރުކާރުން މިކަން ޖައްސަން ރައީސް އޮފީސް މިކަން ކުރަންވީ ހަމަ މިހާރު ކުރޭ ކުރޭ ކުރޭ ކުރޭ ކުރޭ ކުރޭ ކުރޭ..

 7. ރައްބާނީ ހައްޤާނީ

  ތި ތަނަށް ނުދޭ ބަލަ! ތީ މިހާރު ދިވެހިން ދާ ވަރަށް ވުރެ ދަށް ޤައުމެ ކެވެ.އޮޅިގެން އިންޑީއާގެ މަތިން ވެސް މަށެެއް ނުދާނަ މެވެ.

 8. ސޯދިގު

  ބުއްދާ މޯދީ ގެރި އިންޑިއާގެ އަނިޔާވެރިކަން ދިވެހި މުސްލިމުންނަށް ފެންނަންފެށީ. އިންތިހާބު ބާތިލްކޮށް ގެރި އިންޑިއާއާ އޭތީ ގެ އެޖެންޓް ރީދޫ ބައިގަޑުގެ ކިބައިން ސސލާމަތްވުމަށް ހަގުރާމަ ކުރަންޖެހޭ

 9. ކަޅޭ

  ދީނީ އިލްމުވެރިން ހިފާއްޓާ ޑީޕޯޓްކުރަނީ.... ވަކި ބަޔަކަށް ދައުވަތުދެނީ... ކިހިނެއްތޯ މިވަނީ

  • Anonymous

   މަގްސަދަކީ ދިވެހިން ވެސް އިންޑިއާ ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑަށް ވައްޓާލުން. ފައިސާގެ އަގު 85 އަށް ވަނީވެއްޓިފަ. އެއަލައިން ހިނގަނީ ދަރަނީގެ. މުޅިގައުމު ވަނީ ދަރަނީގެ. އެހެންވެ މިތަނަށް ފެންބޮވައިގަންފަ އެ ތިބީ!!! ދިވެހިންނޭ ހޭއަރާ!!!!!! މިގައުމު ޖަހައިގަނެގެން އިގްތިސާދީ ވަޅުގަނޑުން އޭރުން މިބައިގަނޑުގެ މަޤްސަދަކީ!! ކޮބައިތަ ކޮބައިތަ ދިވެހި ބޮޑުތަކުރުފާނުން.!! ހޭއަރައިބަލަ!!!

 10. ޢަބްދުﷲ

  ޑިމެކޮރެސީގެ ބައްޕައެއް ކަމަށް ދަޢުވާ ކުރަމުންގެންދާ އިންޑިޔާގެ އިޖުތިމާޢީ ޢަދާލަތު، ޤައުމީޙާލަތު އެހާ ދަށު ދަރަޖައަކަށް ވެއްޓިފައިވާއިރު، ކަނޑިއެޅިގެން ވަކިކަމަކަށް އެޑްރެސްނުކޮށް، މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބައެއްމީހުންނަށް ދޭތެރެ ދޭތެރެއިން ޖެއްސުންކުރަމުން ގެންދާއިރު، ޑީޕޯޓްކުރުމުގައި ޢަމަލުކުރެވޭ ބައިނަލްއަޤްވާމީ ހަމަތަކާއި އުޞޫލުތަކާއި ޚިލާފުވަމުން ގެންދާއިރު، މިކަންކަމުގެ ދާއިމީ ޙައްލު ހޯދުމަށް އުޅޭނީ، މިސަރުކާރުންތޯ، ތިސަރުކާރުންތޯ އަހައި، ބަލައި އޮޅުންފިލުވައި ލެވޭނެއެވެ.