ރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބު އޮޅުވާލުމަށް އަނގޮޓިތަކެއް ގެނައީ ޕީޕީއެމުން ކަމަށާއި، އެ އަނގޮޓިތައް ޕީޕީއެމްގެ އިސް އެކްޓިވިސްޓުންގެ އަތުގައި މިހާރުވެސް އެބަހުރިކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސިނާން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިންތިޚާބުގެ މައްސަލަ އާއި ގުޅިގެން، ކޯލިޝަނާއި ދެކޮޅަށް ދޮގު ހެކި ދިނުމަށް ޕީޕީއެމްގެ އެކްޓިވިސްޓުންނަށް މަޖުބޫރު ކުރަމުންދާ ކަމަށެވެ. އަދި ދޮގު ހެކި ނުދޭ މީހުން ވަޒީފާއިން ވަކި ކުރާނެކަމުގެ އިންޒާރު ދެމުންދާ ކަމަށްވެސް ސިނާނު ވިދާޅުވިއެވެ.

ސިނާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ސިނާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ޕީޕީއެމުން ވޯޓު އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕީއެމްގެ އިސް އެކްޓިވިސްޓުންގެ އަތުގައި މިހާރުވެސް އެބަހުރި. ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯލިޝަނާއި ދެކޮޅަށް ދޮގު ހެކި ދިނުމަށް މި އެކްޓިވިސްޓުންނަށް ދަނީ މަޖުބޫރު ކުރަމުން. އަދި ދޮގު ހެކި ނުދޭ މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ދަނީ އިންޒާރު ދެމުން،" ސިނާން ވިދާޅުވިއެވެ.

ސިނާނު މިގޮތަށް ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިޚާބަށް ފަހު ފެންމަތިވި މައްސަލަތަކާއި ގުޅިގެން ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ސިޔާސީ އެކި ފަރާތްތަކަށް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ބައެއް ފަރާތްތަކުން މި ތުހުމަތު، އިންތިޚާބުގެ ހުރިހަ ކަންކަމެއް ހަމަޖެއްސި އިލެކްޝަންސް ކޮމިޝަނަށްވެސް ކުރަމުންދާއިރު، އެ ކޮމިޝަނާއި ގުޅުންހުރި ކަމަށް ބުނާ އޯޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.

މިކަމާއި ގުޅިގެން އެކި އަޑުތައް ފެތުރެމުންދާއިރު، ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރީ ދެލި ފުހެވޭ ގަލަންތަކެއް ކަމަށާއި އެ ގަލަންތަކުން ލާފައިވާ ފާހަގަތައް ފުހެވިފަވާ ކަމަށްވެސް ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އަނގޮޓި ބޭނުންކޮށްފައިވަނީ އެފަދަ ވޯޓު ކަރުދާސްތަކުގައި އަލުން ފާހަގަ ޖެހުމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބެއް ބާއްވައި ދިނުމަށް އަމުރު ކޮށްދިނުމަށެވެ. އެމައްސަލައިގެ ޝަރީޢަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށާނެއެވެ.

ޕީޕީއެމް އިން ބުނިގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި، ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ސިނާން ގެ އެކްސް

  ސިނާން އަތުގަވެސް އޭގެ އަނގޮޓި އެއް އޮތް އޭނަވެސް އެބޭނުން ކުރޭ ގަދަޔައް

 2. ހޮނޑާފުށީބޮޑުހުސޭނު

  ތީ ތިޔަޔާމިނަށް 96000 ވޯޓުލިބުނު ގޮތަކީ ، އަގޮޓި ނެތްނަމަ ތިވަރުވެސް ނުވީސް

  • Anonymous

   ހަމަ ޔަގީންތަ

 3. ؟

  ތީ ޔާމީނު ގެނައި އެއްޗެހި ތަކެއް ޔާމީނު އަމިއްލަ އަކައް ތި ހާލާކުވީ

  ޑޮގު ހެދިޔަސް ބޮޑު ވަރު???

  • Anonymous

   ހަހަހަ. ތީ ސީދާ ލާދީނީ ބައިގަނޑު ގެނައި އެއްޗެއް. އެ އޮޅިގެން މީހަކު ނޫޅޭ

 4. ލީވާޅުއޮތި

  ޕޕއމ އެކްޓިވިސްތުންއަތުގަ އަނގޮއްޓި އާއިގަލަން ހުރެވޯޓްއޮޅުވާލަން މަސައްކަތްކުރީ ޕޕއމ ، އެކަމަކުއެމްޑީޕީ އިންތިހާބު ކާމިޔާބުކުރީ؟؟؟؟؟؟ ދެންސިނާނުއޭރުހުރީ ކޮންތާކު؟؟؟ އިންތިހާބު ގައިވޯޓްލީ ސިނާނުކޮންތާކު ހުރިވޯޓްފޮއްޓަކަށް؟ ސާބިތުހެކިދައްކަދޭންޖެހޭވަރު ވާހަކަ ދައްކާނަމަ މިކަންކަން ތަހުގީގު ކުރަންޖެހޭނެ. ސުވާލަކީ . ޕޕއމ އެކްޓިވިސްޓުން އިންތިހާބުއޮޅުވާލަދިނީ އެމްޑީޕީއަށްތަ؟ ނޫނީ ޕޕއމ އަށްތަ؟ ސިމްޕްލީ ގަވާއިދާޚިލާފުކަންކަން ކުރިބަޔަކު އެކަމެއްކޮށް އިންތިހާބް ވިންކުރިނަމަ ތިޔައިންގިލި ޕޕއމ އަށްދިއްކުރެވިދާނެ. އަދިގަބޫލްވެސްކުރެވޭނެ. ތިޔަދުއްވެނީދެބޯގެރި. ތީތިކަޑަ.

  • ޙަސަނބެ

   ދޮންކަލޯ ވޯޓުފޮށިތައްކައިރީތިބީކޮންބައެއްތޯ؟
   ޢަދިވޯޓުގުނާ ވޯޓުގެ ނަތީޖާ އިޔުލާންކުރީ ކޮންބަޔެއްތޯ؟

 5. ނެތޭނެތޭ

  ފާހަގަ ޖެހޭ އަގޮނޓި ތަކެއް ބޭނުން ކުރުމުގެ ނިޔަތުގައޭ އީސީން ފާހަގަ ޖަހަން އިންނަ ގޮޅިން ބޭރުގައި ފާހަގަ ޖެހިނަމަވެސް އެފަދަ ވޯޓް އެއް އެއީ ސައްހަ ވޯޓް ކަމަށް ނިންމީ ފާހަގަ ޖަހަން ނުޖެހޭނެއޭ ފާހަގަ ޖަހަން އިންނަ ގޮޅީގެ ބޭރުގައި ޗެކްމާރކް ހަމަ ޖަހަން ޖެހޭނީ ވެސް ދެން ދެލި ފޭދޭ ގަލަން ކަން ބަހައްޓާފައިވަނީ އެއީ ވެސް މަމެންނަށް ވެސް ފާހަގަ ކުރެވޭ ކަމެކޭ ވޯޓްލާ މަރުކަޒަށް ވަދެވޭ ބޭނުން މީހަކަށް މީ ކަންކަން ހުރި ގޮތަކީ ފުލުހުން ނުވެސް ނެތް ފެންނަން..

 6. ދިސްވޭއޭ

  ރާއްޖޭގައި އޮވޭ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނެއް އެއީ ގާނޫނު ނަމްބަރު 2/2000 އެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ކުށް ވަނީ އިލެކްޝަންސް ކަމިޝަން އިން ކޮށްފައި ކަމަށް މަމެން ގަބޫލުކުރަމޭ ބިޑް ކުރިއިރު ބިޑް ޑޮކިއުމެންޓްގައި ނުހިމެނޭ ކަމެއް ބިޑް ހުށައެޅިފަހުން ބަދަލެއް ނުކުރެވޭނެއޭ އަދި މިހާތަނަށް އައިއިރު ރާއްޖޭގެ ހުރިހާ އިންތިޚާބެއްގައި ވޯޓް ކަރުދާސް ޕްރިންޓް ކުރީ ޔުޓިލިޓީން ދެން ކީއްވެތޭ ޔުޓިލިޓީ އަށް އިތުރަށް ޕޮއިންޓް ލިބި ކެޓީ އެއީ ހަމަ ސީދާ ކޮރަޕްޝަން ގާނޫނު ނަމްބްރު 2/2000 ގެ 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގައިވާ ކުށްތައް އިލެކްޝަންސް ކަމިޝަން އިން ކޮށްފައިވޭތޯ ބެލުމަކީ އެއީ އޭސީސީގެ މައްޗަށް ވާޖިބު ކަމެކޭ އެކަމަކު އޭސީސީން މިކަން ނުބަލާ ތިބެނީ ނިދާފައި ނޫންތޭ ޕީޕީއެމް އިން މިމައްސަލަ އޭސީސީ އަށް ހުށަނާޅަނީ އެއީ ކީއްވެތޭ އެއީ މަމެންގެ ހިތުގައި އުފެދޭ ސުވާލަކީ.

 7. ސިނާން

  އަޅުގަނޑު އެމީހުނާ އަނގޮޓިތައް ހަވާލުކުރީވެސް.

 8. ބާލައާދަނު

  ވޯޓު އޮޅުވާލަން ގެނައި އަނގޮޓިތަށް ބޭނުން ކުރަންވީ ގޮތުގެ އިރުޝާދު ރައީސް ދެއްވާފަ ނެތީމަ މިހެން މިވީ. ޕީޕީއެމް އކްޓިވިސްޓުން ވޯޓުލާ މަރުކަޒުތަކިގަ އިސްކޮށް ތިބެމެ ކަންފުޅެއްނުވީ މިހެންވެގެން. އެހެންނޫނަސް ތިޔަފަދަ ކަމެއް ހިންގަފާނެކަމުގެ ވިސްނުން ބަހައްޓައިގެން އަމިއްލަ ގަލަން ހިފައިގެން ވޯޓުލާން ދިޔައީވެސް. އަޅުގަނޑުކުރި ދިރާސާތަކުން ފެންނަނީ ރައީސް ޔާމީނަށް ތާއީދު ނެތްކަމަށް.

 9. ދަންޑަހެލު

  ތީގާރޫނު ގާސިމް ޖަރުމަނުގަ ހުރެގެން ހެއްދި އަނގޮއްޓިތަކެއް އޭނައެއިއްޗިހި މިކޮޅައް ފޮނުވީ. ވޯޓާދިމާކޮއް. ތިއަނގޮއްޓިތައް އެބަގެންގުޅޭ ތިބާރަ މެންބަރުން. މިމީހުން މިއަނގޮއްޓި ތައްބެހީ. ސިނާނައް އެންމެރަގަޅައް އިގޭނީ އެކަން. މިހާރު ކަލޭ ކޯޗެކޭތިކިޔަނީ.

 10. ާސަރެެ

  ބަލަ ޔާމީން އޭ ކިޔައިގެން ބަހެއް ބުނެފިއްޔާ އެމީހަކު ގޯސް ވާނެ ، އަދި އެ ވާނީ ލާދީނީ މީ ހަކަށް ... ސަހަރޯ

 11. ޟަރީ

  ޕޮއިންޓް އަކީ، އިންތިޙާބް އޮތީ އޮޅުވާލާފައޭ. ވީމާ ސައްޙަ އެއްނުވާނެޔޭ. ވޯޓު ޖެހޭނީ އަލުން ލާށޭ.

 12. މީނާ

  އެ އަނގޮޓިތައް ހުރިއިރު އެއްބުރުން ކީއްވެ ޔާމީނު ނުހޮވުނީ. ބުއްދިގަބޫލު ނުކުރާ ވާހަކައެއް.

 13. އިންސާނާ

  ވޯޓު އޮޅުވާލާފަ ވާނަމަ އެކަން ކުރީ އެމް ޑީޕީ މީހުން ކަން ހަމަ ޔަގީން އެހެންވީމަތާ 7 އަހަރުވަންދެން ރެޔާދުވާލު ވެރިކަން ނުލިބިގެން މަގުމަތީގަ ރައްޔިތުންނައް މުސީބާއްޖަސްސަމުން ދުވިމީހުން އެތިބެނީތާ މަޑުމަޑުން މިމިހުން މަކަރު ނަހަދާނަމަ ތިބެނެތަ މަޑުން

 14. Anonymous

  ސިނާންއޯ އެކިޔާ އަނގޮއްޓިތަކެއް އެތެރެކުރީ.

 15. ސަދެ

  އަނގޯޓި ނެތްނަމަޔާމީނައްލިބޭނީ 35000