އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ފޯކައިދޫ ރައްޔިތުންނަށް މަލާމާތްކޮށްފިއެވެ.
މާރިޔާ މިގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައަށް އިޝާރާތްކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން މި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށާއި ދިވެހި ސިފައިންނާއި ފުލުހުނާއި، މިނިވަން މުއައްސަސާތަކުންނާއި ބޭރު ދުނިޔެ އިން އިންތިހާބުގެ ނަތީޖާ ގަބޫލުކޮށްފައިވާ ކަމަށެވެ. މިކަން މިހެން އޮތްއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެންވީ "ފޯކައިދޫ ގޯލްކީޕަރަށް" ވާންތޯ މާރިޔާ ވަނީ ސުވާލު ކުރައްވާފައެވެ.
https://twitter.com/MariyaDidi/status/1051324883114684417
މާރިޔާ މިފަދަ ގޮތަކަށް މިސާލެއް ނަގާފައިވާއިރު މީގެކުރިން ފުޓްބޯޅަ މެޗުތަކުގައި ފޯކައިދޫ އަކީ ތަފާތު ބޮޑު ނަތީޖާތަކުން ބަލިވާ ޓީމެކެވެ. މީގެކުރިން ކިތަންމެ ދަށްކޮށް އޮތް ނަމަވެސް ފޯކައިދޫގެ ފުޓްބޯޅަ އަށް މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައެވެ. އެގޮތުން ފޯކައިދޫ އަކީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެސް މިހާރު ވާދަކުރަމުން އަންނަ ޓީމެއްކަން ފާހަގަކޮށްލެވެއެވެ.
މާރިޔާ މިގޮތަށް ޓްވީޓު ކުރުމުން ބައެއް ފަރާތްތަކުން އަންނަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ ރާއްޖެތެރޭ މީހުންނާއި މެދު އޮންނަ ގޮތް ވަރަށް ރަނގަޅަށް އެނގިގެންދިޔަ ޓްވީޓެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މާލޭ ޓީމްތަކުގެ ކީޕަރުންގެ ޙާލާމެދު ، އަދި ދިވެހި ޤައުމީޓީމުގެ ކީޕަރުގެ މާޒީގެ ޙާލަތާމެދު މާރިޔާއަށ މިސާލު ޖަހަން ނުކެރުމަކީ މާލެ މިނަން މާލި އަށް ބަދަލުވެދާނެކަމށް މާރިޔާއަށް ހީވުމެވެ އިބޫގެ ތަރުޖަމާނަކަށް ތިޔަހާ ދަށްފަންތީގެ މީހަކު ހުރުމަކީ އިބޫގެ ސަރުކާރަށް ބޮޑެތިގެއްލުންތަކެއް ވާނެކަމެއް
ކޮބާ ތަރުޖަމާންގެ ކޮލިޓީ ކޮލިޓީ ކޮންޓްރޯލް ނުކުރެވޭ އަދި ތިމާ އަމިއަލައަށް ތިމާ މިންކުރަން ނޭނގޭ މީހުންނަކީ ހިންގުމުގެ ދާއިރާގެ ތަޢުލީމް ހުރިމީހަކަށް ނުވާނެ
މާރިޔާގެ ގޯލަށް ވަތްލަނޑު ގުނާލަބަލަ
ކޮމިއުނިިކޭޝަން އެންޑް ޕްބަިލްރިލޭޝަން މި މާއްދާ މާރިޔާ ނުދަނޭ
ފޯކައިދޫގެ ގޯލްކީޕަރަކަށް ކީއްކުރަން. ބޯޅަހޮވަންވެސް ކަމުނުދޭ
އާން. ތިޔަ މާރިޔާތީ މާލެ މީހާ. މާރިޔާއަކީ ނޮމެންބަރ 3 ގައި ކުޅުދުއްފުއްޓަށް ގޮސް އެރަށުގައި ބޭއްވި ޖަލްސާގައި ކުޅުދުއްފުށީގެ ދަރިއެއް ކަމަށްވާ ގައުމީ ބަތޮލު ޝަހީދު ހުސައިން އާދަމްއަށް މަލާމާތްކޮށްފައި އެރަށުން ފޭބި އަންހެނެއް. ލަދު ކުޑަ އަންހެނެއްތި މާރިޔާއަކީ
ހަނދާނަށް އަންނަނީ 1978 ވަނައަހަރުގެ ޖީސީއިންތިހާނުން އެންމެ ރަނގަޅު ނަތީޖާއެއްލިބޭ ކުއްޖަކަށް ސަރުކާރުން ހާއްސަ ސުކޮލަޝިޕެއްދޭން ބުނެފަ އޮއްވާ އިމްތިހާނު ނިމި، ނަތީޖާ ނާންނަނީސް އެޑިޔުކޭޝަން މިނިސްޓްރީގެ އޭރުގެ ވަކީލުކަމުގަ ހުރި ކޮންމެވެސް ދީދީއެއްގެ ދަރި ދީދިއަކަށް އެސްކޮލަޝިޕް ދިންދުވަސް. ކޮބާ ތަފާތެއް. ބޭފުޅިވާނީ ބޭފުޅިއަށް. އެދީދި މިހާރުހުރީ ރާއްޖެޔަށް ހިދުމަތްނުކޮށް އިނގިރޭސިވިލާތުގައި އެތަނުގެ ރައްޔިތަކަށްވެގެނޯ ބުނާއަޑުވެސް އެހިން.
މި އެމްޑީޕީ މީހުން ނަކީއަބަދުވެސް އެކަނި ކާން ވެގެން އުޅޭބައެއް މަށަށް ރަނގަޅީ އިމްތިހާބު ބާތިލު ކުރިއްޔާ މިހާރު މަސައްކަތް ކުރިމީހުން ގަޔަށް ގާއުކާފަ ފިލާތިބިމީހުން ނެރެގެން ބަލާބަލަ އުޅޭ ވައްތަރު
ރަންނަ މާރިޔާ އަދި އެހެންވެސް އެއްޗެހިދެކެ ބިރުނުގަންނާށެވެ! ބިރު ގަންނަންވީ ﷲ ސުބުޙާނަހޫ ވަތަޢާލާދެކެއެވެ.
އިސްލާމްދީނަށް ފުރައްސާރަކުރާ މީހަކު ނުވަތަ ބައިގަނޑެއް ދެން ފުރައްސާރަ ކުރަން ޖެހިލުންވާނެ ވަކި އެހެން އެއްޗެއް ނޯންނާނެއެވެ.
ފޯކައިދޫ ކުދިން އެއްވެސް ވަރަކަށް އަޅާލާނެ ކަމެއްނެތެވެ.
ދަނގެތި މީހުން ހަނދު ރުނބަށްލި ވާހަކަވެސް ދައްކާ ދެއްތޯ. އެކަމާ މިހާރު ދަނގެތި މީހުން ރުޅިއެއްވެސް ނާދޭ.
އެއީ މިސާލުބަހެއްގެ ގޮތުގައި މާރިޔާ ބޭނުންފުޅު ކުރެއްވި ބަހެކެވެ. އެކަމަކު، އެއްވެސް ބޭފުޅަކަށް، އަދި އެއްވެސް ރަށަކަށް ބޭ ޢިއްޒަތް ކުރުވުމުގެ ނިޔަތެއް އޮވެގެން ބުނިބަހެއް ކަމަށް ނުބެލޭނެއެވެ.
މާރިޔާ ގޯލުގެބޭރުން ދާގަޑަށް ޖެހި ބޯޅަވެސް ވީ ގޯލަކަށް! ލަދު
ފޯކައިދޫ ކޮޅައް 16
ގައުމީޓީމުގެ ކޮޅައް އީރާނުން 17
ދެންލަދުވެތިވާންވީ ކޮންބަޔެްތޯ
ތިޔަޕާޓީގަނޑްމަލާމަތްކުރަނުންދުވޭ