ތ. ތިމަރަފުށި ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފި އެވެ.

މިއަދު މެންދުރު 14:25 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 89 އަހަރުގެ ފިރިހެނެކެވެ. މި މީހާ ސިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައި ވަނީ ތިމަރަފުށި ހެލްތު ސެންޓަރުން ބެއްލެވި ޑޮކްޓަރުން އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.

މިބަލިމީހާ މިހާރު ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.

މި ބަލި މީހާ ގެނައި ވަގުތު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އުސްފަސްގަނޑު ހެލިޕެޑް ސަރަހައްދަށް ވަޑައިގެން މި ބަލިމީހާ ޓްރާންސްފާ ކުރުމުގެ މަސައްކަތް ކުރިއަށްދިޔަގޮތް ގާތުން ވަނީ ބައްލަވާލައްވާފައެވެ.

އަދި މިނިސްޓަރު ވަނީ އެ ބަލިމީހާގެ ހާލު ބައްލަވައި އޭނާގެ އާއިލާއާ ވެސް ބައްދަލުކުރައްވާފައެވެ.