ސުޕްރީމް ކޯޓުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތައް މަޑުކޮށްލައިގެން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ހިމެނޭ ސިއްހު ހެކިން ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މިއަދުގެ އަޑުއެހުން ފަށަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ "މިމައްސަލައިގައި ސިއްރުން ހެކިބަސް ނަގަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވާތީ ސިއްރު ހެކިބަސް ބަލައިނުގަންނަން ނިންމައިފިން." ކަމަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުން ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅަން ނިންމި ފަރާތްތަކަކީ އިންތިޚާބު އޮޅުވާލުމަށްޓަކައި ބޭނުންކުރިކަމަށް ބުނާ އަނގޮޓިތައް، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ބެލުމުގެ ދަށުން، ރާއްޖެ އެތެރެކުރި ކަމާއި، އެ އަނގޮޓީތައް ބޭނުންކުރުމަށް އެކި ތަންތަނަށް ފޮނުވިކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިންނެވެ.

އެ އަނގޮޓިތަކުގެ ފޮޓޯއާއި، އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އެ އަނގޮޓި އަޅައިގެން ހަރަކާތްތެރިވާ މަންޒަރު ދައްކުވައިވައިދޭ ސާފު ފޮޓޯތަކެއްވެސް އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވީ އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވެ، ޝަރީޢަތުގައި މަޖިލީހުގައި އިއުލާން ކުރެއްވުމަށް ފަހު އެވެ.މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ފަރާތްތަކުން މައްސަލައިގައި ފަހު ބަސް ބުނުމެވެ.

ސިއްރު ހެކިން ބަލައިނުގަތުމަށް ނިންމެވުމަށްފަހު، ފަހު ބަސް އިއްވުމަށް ދެއްވި ފުރުޞަތުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްބާސް ޝަރީފް ވިދާޅުވީ، މައްސަލައިގައި މައިގަނޑުގޮތެއްގައި ދައްކަންހުރި ވާހަކަތައް މީގެ ކުރިން ބާއްވާފައިވާ ދިގު އަޑުއެހުންތަކުގައި ދައްކާ ނިންމަވާފައިވާ ކަމަށެވެ.

އިތުރަށް އައްބާސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކޮމިޝަނުން ކުރިއަށް ގެންދަވާފައިވަނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ދިވެހިންގެ ވެރިޔަކު އައްޔަން ކުރުމަށް ދީފައިވާ ހައްޤަށް އުނިކަން އަންނަގޮތަށް އިންސާފުން އެއްކިބާވެގެން ކަމަށެވެ.

ފަހު ބަސް ބުނުމަށް ދެއްވި ފުރުޞަތުގައި އިލެކްޝަންސްކޮމިޝަނުގެ ވަކީލް، ހުސައިން ޝަމީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަކީ "ޓްރިއަލް ކޯޓެއް" ނޫން ކަމަށާއި، މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އުފައްދާފައިވަނީ "އިޙްތިމާލް" ތަކެއް ކަމަށެވެ. ޝަމީމް ވިދާޅުވީ އިޙްތިމާލްތަކަކީ ޔަޤީން ނުވާކަންކަން ކަމަށާއި، އެފަދަ އިޙްތިމާލެއް އޮތްނަމަ އެކަން ރައީސް ޔާމީން ސާބިތުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ފަހުބަސް އިއްވަވަމުން އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ހިސާން ހުސައިން ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ އިންތިޚާބީ މައްސަލަތައް ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަކާ ނުލާ ކަމަށެވެ. އަދި މައްސަލައިގައި ބުނާ މައިގަނޑު ކަންކަން ސާބިތު ކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެއް، ގަރީނާއެއް ހުށަހަޅާފައި ނުވާކަމަށާއި، މި މައްސަލަ އެހެންކަމުން މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މި މައްސަލައިގައި ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، ފަހުބަސް އިއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ތަހްޤީޤު ކޮށްދިނުމަށް އެދިފައިވާ ކަންކަމާމެދު ގޮތެއް ނިމިގެންދާނީ މި މައްސަލައިގައި އިއްވާ ހުކުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސިއްރު ހެކި ދޭން ބުނި މީހުން ހައްޔަރުކުރަން ޖެހޭ

    • އިންތިޚާބުގައި ގާނޫނާ ޚިލާފު ބޮޑެތި ކަންތައްތަކެއް ހިންގާފައިވާކަން ސްޕްރީމް ކޯޓުގެ ތިން އަޑުއެހުން އަހަން ކަންފަތް ދިއްކުރި މީހެއްގެ ޙައިސިއްޔަތުން މިހާރު ގަބޫލުކުރެވޭ!! ސްޕްރީމް ކޯޓުން ދެން ގޮތެއް ނިންމާނެތާ!! ހަމަގައިމުވެސް 2013 ވަނަ އަހަރު އިންތިޚާބު ބާޠިލް ކުރިއިރު ދައްކާފައިވާ ކަންތައްތަކަށް ބަލާއިރު މިއިންތިޚާބުގެ ކަންތައްތައް ބޮޑުތަނުން ގޯސްކޮށް ކޮށްފައިވާކަން ފާހަގަ ކުރެވުނު އަޑުއިވުނު އަޑުއިވުންތަކުންނާ ޖަވާބުދާރީވިގޮތުން!!!

  2. ނުޖެހޭއޭ ބަލާކަށް ވެސް ........!!! ދެން ލަލަ

  3. މިހާރު ސިއްރުހެކި ގަބޫލު ނުކުރިޔަސް ތިކަންތައް އިންސާފުވެރިކަމާއެކީ ހުރިހާ ކަމެއް ހާމަ ކުރައްވާނޭ ދުވަހެއް އެބައޮތްކަން ހަނދާން ކުރާތި

  4. ދުނިޔޭގެ އެދުންތަކަށް ހެއްލި ދޮގު ހެކިބަސް ދޭން ނިންމި 3 ޚާެއިނުން ހައްޔަރުކުރޭ1 ގއ.ކޮލަމާފުށްޓައް ނިސްބަތްވާ ޝުއާއު އަކީ ބޮޑު މީގެ ކުރިންވެސް ތިފަދަ ކަންތައްތަކުގައި ރިޝްވަތު ހިފާ މީހެއް.

    • ދިވެހި ދަރިއެއް

      ހައްޔަރު ކުރަން ވީ ނަޝީދާއި އޭނާއާއި އެކު މިޤައުމު ފިތުނައިގެ ތެރެއަށް ވައްޓާލި މީހުން، އަދި އިސްލާމް ދީން ނޫން އެހެން ދީންތަކަށް އުޅެމުންދާ ދިވެހިންނާއި އެހެން ދީންތަކަށް މިޤައުމުގައި ފުރުސަތު ދިނުމަށް ވާގިވެރިވާ މުނާފިޤުން. އަދި ކެރަފާ ހާއިނުން.

      • ގަމާރުމޯލްޑިވިއަންއަ

        ޔަގީން ތަ؟ މަށަށް ހީވަނީ ހަމަ ފޮނު ހރން ތި އަރުވަނީ

      • ތިޔަ ވިދާޅުވީ ރަސޫލްކަމަށް ދައުވާކޮށް ކުފުރުވެފަ ހުރި މީހަކުގެ ފަހަތުގަ ތިއްބެވީ ދީންވެރިންނޭ ދޯ. އެއީ ކޮން ދީނެއްބާ؟

  5. ދެން ބުނަންވީނު ފަހުބަސް..އަހަރުމެން މިތިބީ ކެތްމަދުވެފަ އޭ..ކެންސަލް ނުކުރާތި ނަމަނަމަ

  6. ސްޕްރީމް ކޯޓުން ސިއްރު ހެކި ބަސް ނުނަގަން ނިންމި ނިންމުމަށް މަމެން އިހްތިރާމް ކުރަމޭ މަމެން އުއްމީދު ކުރަމޭ މިފަހަރު އިންތިޚާބުގައި ނަތީޖާ ވަރަށް ބޮޑު ތަނުން އިލެކްޝަންސް ކަމިޝަނުން އޮޅުވާލާފައިވާތީ އާއި އަދި އިލެކްޝަންސް ކަމިޝަން މެމްބަރުން ވޯޓް ކަރުދާސް ބަހައްޓާފައިވާ ރޫމް އަށް ވަދެފައިވާތީއާއި އަދި އެމްސެވެން އަށް ވޯޓް ކަރުދާސް ޕްރިންޓް ކުރަން ދިނީ އިންތިހާ އަށް ބޮޑު އަގުގައި ކަމަށްވާތީވެ މިކަންކަމަށް ބަލާ މިއިންތިޚާބު ޕޮލިހުން މެދުވެރިކޮށް..

    • ތަމެން 34 ހާސް އިތުރަށް ހޯދަންޖެހޭނީ މަތިންނާ ތިރިންނާ އަޑިން ކޮނެގެން. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ދަސްކޮށްބަލަ މުޅިން ޔަހުޔާ އުޅެހެން ނޫޅި.

      • 34 ހާހަށްވުރެ މާގިނައިން ކަލޭމެން ވައްކަން ކޮށްގެން ތިއުޅެނީ. މަކަރު ނުހަދާ މޮޅުވިނަމަ ތިހާ ބައިގަނޑު ގިނައިއްޔާ

  7. ސިއްރު ހެކި ބަސް ނުނެގުން އެއީ މަމެން ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެކެވެ. މަމެން އުއްމީދު ކުރަން 96 ހާހުގެ ދެގުނަ ލާފައިވާ ވޯޓްސް ތައް އޮޅުވާލައިގެން އޮޅުވާލި ވޯޓް ރައީސް ހޮވަން އުޅޭތީވެ އެކަން ރަނގަޅަށް ސްޕްރީމް ކޯޓުން ބައްލަވާ ދެއްވާ މިފަހަރު ރިޔާސީ އިންތިޚާބުގައި ވޯޓް ގައި މަކަރާއި ހީލަތް ހަދާފައިވޭތޯ ބެލުމަށް ޓަކައި ފުލުހުން މެދުވެރިކޮށް އިންވެސްޓިގޭޓް ކުރަން ފުރުސަތު ދެއްވާނެ ކަމަށް އެކަން މިގޮތަށް ވެއްޖެނަމަ ރާއްޖޭގައި ދެން ބޭއްވޭނީ ދުނިޔޭގެ ވެސް އެންމެ ފާހަގަ ކޮށްލެވޭ ދެފުށް ފެންނަ އިންތިޚާބު ކަމަށް ހައްދަވާނެ ކަމަށް އެއިރުން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު އެއީ ރޯލް މޮޑެލް ކަމަށް ބައްލަވައިގެން ދެން ދުނިޔޭގެ ހުރިހާ ގައުމު ތަކުގައި ވެސް ރިޔާސީ އިންތިޚާބު ބާއްވާނީ އެގޮތަށް ކަން މަމެންނަށް ޔަގީނޭ ވޯޓް ލާމީހާއަށް ދޭން ޖެހޭނެއޭ އޭނާ ވޯޓް ލިމީހާގެ އިނގޭގޮތަށް ރަސީދެއް އަދި އޭނާ ވޯޓް ލީ މީހާގެ ވޯޓް ކަރުދާހުގައި ވޯޓްލާމީހާގެ އައިޑީނަމްބަރާއި ސޮޔާއި ފިންގަރޕްރިންޓް އިންނަންވާނެއޭ އެއިރުންނޭ އިންތިޚާބަކީ އެއީ ސައްހަ އިންތިޚާބެއް ކަން ޔަގީން ކުރެވޭނީ..

    • ޖަލުގެ ކުޑަގޮޅީގަ ތިބެގެން ދުނިޔޭގެނެތް ފެންވަރުގެ އިންތިހާބެއް ބާއްވަބަލަ.. ތިއޮތީ އަތަށް ގޮވާފަ..

  8. ހުރިހާކޯޓް ތަކެއްވަނީ މައުމޫނާ ގާސިމާ ކިނބޫ އާއި އެމްޑީޕީ ހިސޯރު ކޮހފަ އެމީހުން ކޮޅަާް މައްސަލަ ނިމޭނީ

  9. ސިއްރުހެކިންބަލައިނުގަތްންމަވެސް އިންތިހާބް ބާތިލް ނުކުރިނަމަވެސް ސްޕްރީމްކޯޓގެ ނިންމުމައް އިހްތިރާމް ކުރަން. ހެކިބަލައިނުގަތުން އެއީ އިންތިހާބް ބާތިލް ނުކުރާނެކަމުގެފާލެއް ކަމުގަބެލެވޭ. ޙެޕީ.؟؟؟

  10. ތީމަންކަންމާއަ

    ސިއްރުހެކިންބަލައިނުގަތްންމަވެސް އިންތިހާބް ބާތިލް ނުކުރިނަމަވެސް ސްޕްރީމްކޯޓގެ ނިންމުމައް އިހްތިރާމް ކުރަން. ހެކިބަލައިނުގަތުން އެއީ އިންތިހާބް ބާތިލް ނުކުރާނެކަމުގެފާލެއް ކަމުގަބެލެވޭ. ޙެޕީ.؟؟؟

  11. އޭރު ސިއްރުހެކި ޤަބޫލުކޮށް ބަލައިގަންނާތީ، އޭރުގެ އުއްތަމަފަނޑިޔާރު ގޮޅީގައި އެއޮންނެވީ ސިއްރު ހެކިބަހެއްގެ މައްޗަށް ނޫންތޯއެވެ؟

  12. ޢަހަރުމެނަށް ހެޔޮ ތިކަހަލަ ކޯޓެއް ނެތަސް....

  13. ސިއްރު ހެކިބަސް ނުނެގި ނަމަވެސް އަޅުގަނޑުގެ ދުޢާ އަކީ އެހާ ފާޅުކަން ބޮޑު ގޮތެއްގައި މަކަރު ހެދި މިއިންތިހާބު ބާތިލް ކޮށްދެއްވިމަށް

  14. ބޮކި ބޮކި ބޮކި

    ތާއީދެއްނެތޯ ރައީސް ޔާމީނަކަށް ހެހެ !
    ތާއީދެއްނެތޯ ރައީސް ޔާމީނަކަށް ހެހެ !
    ތާއީދެއްނެތޯ ރައީސް ޔާމީނަކަށް ހެހެ !

    • ވޯޓު ވަގެކޯ އިންތިހާބް ވީ ހަހަ!
      ވޯޓު ވަގެކޯ އިންތިހާބް ވީ ހަހަ!
      ވޯޓު ވަގެކޯ އިންތިހާބް ވީ ހަހަ!

      އެވަރުން ވެސް ހީވެޔޯ މާތާއީދު އޮތް މީހެކޯ އެއީ އަހަހަހަހަ!!!

  15. ޔާމީން ހުށަހަޅާފަހުރި ހުރިހާކަމަކޭ އޭނަ އިންތިހާބު ކާމިޔާބުކުރުމަށްޓަކާ ރާވާފައިވާ ރޭވުންތަށް... އިރާދަފުޅުން އެހުރިހާކަމެއްގެ ފެއިލްވީ.. ދެން ހަދާނެގޮތެއްނެތިގެން އޮޅުވާލީއޭކިޔައިގެން އެއުޅެނީ އިދިކޮޅުކެޑިޑޭޓްހައްޔަރުކޮށް ޖަލަށް ލާނެ މަގެއްހޯދާ ކުރިޔަށް އޮތް 5 އަހަރު ޔާމީން ވެރިކަމުގަހުރުމަށް ކުރާކަންކަން... އިރާދަކުރެއްވީޔާ ތި ރޭވުންވެސް ފެއިލްވާނެ.

  16. ވަރިހަމަ ބަލައިނުގަތަސް އަދި އާއިލާބެހޭ ކޯޓްވެސް އަބައޮތް

  17. ސިއްރުވޯޓް ލާކަށް ނުޖެހޭނެ ރައްޔިތުންނައް އެގެން ޖެހެހޭނެ ވާނުވާ މިބުނީ ކިހިނެއް ކިހިނެއް ކަން ވޯޓް އޮޅުވާލައިފައިވަނީ. އެމްޑީޕީ އަކަސް ޕީޕީއެެމް އަކަސް ރައްޔިތުންގެ ހައްގެއް އެއީ.