ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ބުނާ މައްސަލަ ބޮޑުވެ، އެ މައްސަލަ މިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅައި، މައްސަލައިގެ ޝަރީއަތް ފެށިފައެވެ. މި މައްސަލައިގައިވެސް މައިގަނޑު ގޮތެއްގައި ދެކެވޭ އެއް ވާހަކައަކީ އިންތިޚާބުގައި ބޭނުންކުރެވޭ ވޯޓް ކަރުދާހާ މެދުގައި އުފައްދާފައިވާ ޝައްކުތަކެވެ.

ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓް ކަރުދާހާމެދު ކުރެވޭ ބަހުސް ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނުން މިވަނީ މީގެ ކުރިން ރައްޔިތުންނަށް ނޭނގޭ މުހިންމު ކަމެއް ހާމަކުރައްވާފައެވެ. މިކަން ހާމަކުރައްވާފައިވަނީ މި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައެވެ.

ރިޔާސީ އިންތިޚާބު ބާތިލު ކޮށްދިނުމަށްއެދި ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި، ވޯޓް ކަރުދާހާ ގުޅިގެން އުފައްދާފައިވާ ޝައްކުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވީ، ޔޫވީ ލައިޓް ބޭނުންކޮށްގެން ޗެކް ކުރެވޭނީ "އެންމެ ސެކިއުރިޓީ ފީޗާއެއް" ކަމަށެވެ. މިކަން އީސީން މީގެ ކުރިން ހާމަކުރައްވާފައެއް ނުވެއެވެ. ގިނަ ރައްޔިތުން ހީކޮށްގެން ތިބީ ހުރިހާ ސެކިއުރިޓީ ފީޗަރސްތައްވެސް ޔޫވީ ލައިޓުން އެނގޭނެ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓް ކަރުދާހުން ޔޫވީ ލައިޓް ބޭނުންކޮށްގެން އެނގޭނީ އެންމެ ސެކިއުރިޓީ ފީޗާއެއްކަން އީސީއިން ހާމަކުރެއްވިއިރު، ވޯޓް ކަރުދާހުގައި 3 ސެކިއުރިޓީ ފީޗާރސް ހިމަނާފައިވެއެވެ. އަދި ނޮވެލްޓީއަށް ނުދީ ޤާސިމް އިބްރާހީމްގެ މަސްލަހަތު ވަރަށް ބޮޑަށް އޮންނަ "އެމް7" އަށް ބޮޑު އަގުގައި ވޯޓް ކަރުދާސް ޗާޕް ކުރަން ދީފައިވަނީވެސް ގިނަ ސެކިއިރިޓީ ފީޗާރސްތައް ހިމެނުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، ޔޫވީ ލައިޓް ބޭނުންކޮށްގެން ކޮންމެ ވޯޓް ކަރުދާސްކޮޅެއް ޗެކް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މީގެ ކުރިންވެސް މިފަދަ ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

"އެއްވެސް އިރެއްގައި ކުރި ކަމެއް ނޫން ކޮންމެ ވޯޓް ކަރުދާސްކޮޅެއް ޔޫވީ ލައިޓަށް ދިއްކޮށްގެން ޞައްޚަކަން ކަށަވަރު ކުރުމަކީ، އެއީ އަމަލީގޮތުން ކުރެވޭނެ ކަމެއްވެސް ނޫން" ޝަމީމް ސްޕްރީމް ކޯޓުގެ އަޑުއެހުމުގައި މިއަދު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ޝަމީމް ވިދާޅުވީ، ޔޫވީ ލައިޓުން ވޯޓް ކަރުދާހުގެ ޞައްޚަކަން ކަށަވަރު ނުކުރާކަމުގެ ޝަކުވާ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް ޞައްޚަ ނޫން ވޯޓް ކަރުދާހެއް ބޭނުންކުރިކަމުގެ ޝަކުވާ ހުށަހެޅިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވެފައިވަނީ، މިފަހަރުގެ އިންތިޚާބުގައި ވޯޓް ގުނާނީ ކޮންމެ ކަރުދާސްކޮޅެއްގެ ޞައްޚަކަން ކަށަވަރު ކުރުމަށްފަހުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މީޑިއާގައި ވިދާޅުވުމަށްފަހު، ރިޔާސީ އިންތިޚާބުގެ ވޯޓުލާ ހުރިހާ މަރުކަޒަކަށް ޔޫވީ ލައިޓް ފޮނުވި ނަމަވެސް، ގިނަ މަރުކަޒުތަކުގައި އެކަން ކޮށްފައި ނުވާކަމަށްބުނެ ރައީސް ޔާމީން ފާހަގަކޮށްފައިވާ ނުކުތާއާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލުން ވިދާޅުވެފައިވަނީ، މިގޮތަށް އަމަލުކޮށްފައިވަނީ ނުބައި ނިޔަތެއް އޮވެގެން ކަމަށް ބަލާނެ ފުރުޞަތު އެބައޮތް ކަމަށާއި، ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވަނީ ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ. އެގޮތުން އިންތިޚާބަށް ތައްޔާރުވާން ކުރި މަސައްކަތްތަކުން ފެށިގެން ހުރިހާ ކަމެއްވެސް ރާވާފައިވަނީ އިންތިޚާބު އޮޅުވާލެވޭގޮތަށް ކަމަށް ރައީސް ޔާމީންގެ ވަކީލުން މިއަދުވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ބޭނުންކޮށްފައިވާ ވޯޓް ކަރުދާސް ޕްރިންޓް ކުރުމާއި ގުޅުންހުރި މައްސަލަތަކާއި، ވޯޓްލާ މަރުކަޒަށް ވެއްދުން މަނާތަކެތި ވެއްދި މައްސަލަތަކުގެ އިތުރުން ވޯޓް ކަރުދާހުގެ ސެކިއުރިޓީގެ ކަންކަމާ ގުޅުންހުރި މައްސަލަތަކެވެ. އަދި މީގެ އިތުރުން ދެލި ގަލަންތަކެއް އަދި ލިޔެވޭ އަނގޮޓިތަކެއް ބޭނުންކުރި މައްސަލަވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ހެނދުނު 10:00 ގައި ސްޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވާއިރު، އިޖުރާއީ ގޮތުން ރައީސް ޔާމީން ހުށަހެޅުއްވި ކަންތައްތަކާމެދު މާދަމާގެ އަޑުއެހުމުގައި ގޮތެއް ނިންމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ޒާހިދު

  އެކަން ކުރަން ރައީސް ޔާމީން އަމިއްލަ ފުޅަށް ކުދިން ހޮއްވަވާފައި އޮފިޝަލުންެ ގޮތުގައި ފޮނުވީ. ދެން އެކުދިންގެ ގާތު ބޮޑު މީހާ ކުރާށޭބުނެފަ އޮތް ކަމެއް ނުކުރީމާ ކޮބާ އަހަރެމެންގެ މައްސަލަ؟

  • ތިމަރަ ރިޔާޒް

   ކަލޯ ނޭގޭވާހަކަ ނުދައްކާ، މަވެސް ނޭގޭތީ އެއްޗެކޭ ނުކިޔާމިހުރީ، އެކަމަކު އެގޭ އެއްކަމެއްގެ ވާހަކަ ބުނެލާނަން، އެއީ މި އިންތިޙާބު އިންސާފުވެރި ނޫންކަމަށް ޙަސަން ލާޠީފުއޭ ކިޔާގޮލަޔަކު ބުނިއަޑު މަގޭ ކަންފަތުން އަޑުއެހިން، އެހެންވީމަ ދޮގުހަދަނީ ކޮންބައެއްކަން އެބަޖެހޭދޯ ބަލަން، ދެންކަލޭ މި ކޮމެންޓް ކިޔާފަ ނުހިފެއްޓިނގެން ގަޔަށް ގުއިރޭނީނުން، ކެތްތެރިކަމެއް ހުންނަންޖެހޭނެ، މިހެންބުނާ އިރުވެސް މަށަށް އެބައެގޭ ރީދޫހުމަކީ ނުރައްކާތެރި ބައްޔެއްކަން

 2. ސަންކޮ

  ތިޔަބުނާ އަގުޓި ތައްގެނާ މީހާ ކީއްވެބާ ނަތީއްޖާ އިއުލާނު ކުރި ދުވަހު އެވާހަކަ ނުބުނީ؟

 3. ބިލާލު

  ކޮނުނު ކޮނުނުހެން ފަސް ގިނަވޭ. ޔޫވީ ލައިޓް ގެނައީ ކީއްކުރަން؟ ކަރުދާހުގައި ފީޗާސް ތަށް ލަނީ ކީއްކުރަން؟ ކަށަވަރު ކުރަން ދޯ. އެހެން ވިއްޔާ ބޮޑު ހަރަދު ކޮށް އިންތިޒާމް ހަމަޖައްސާފައި އެކަން ދޯދިޔާކޮށް ދުއްވާލުމަކީ ޒިންމާއިން ރެކި ނުގަނެވޭނެ ކަމެއް ކަން ޔަގީން..

 4. Miadhu

  ކޮބާ ޝަރީފް ހީވެއްޖެތަ މާމޮޅު ވަކީލެއްކަމަށް ހަދައިގެން ފޮނުވި ސަމީމުގެ ފަރާތުން ރީތި ލަޑެއް ލިބިއްޖެއެއްނު ވވ ސިއްރުން ފޭހުނު އިލޮށި އައިސް އަމިއްލަ ލޮލަށް ތިހެރުނީ ދެން އަވަށް ފިލާ

 5. ހުސޭނުބޭ

  ޕަކާސް.......... ވަަރަށް މޮޅު ވަކީލަކު ސްޕްރީމް ކޯޓަށް ފޮނުވާ ބައިކޮޅަށް ލަނޑުގޯނެޏެއް ޖަހައިފި.
  ވޯޓު ކަރުދާހުގައި ސެކިއުރިޓީ 3 ފީޗަރސް ހުރިއިރު ޔޫވީ ލައިޓް ބޭނުންކޮށްގެން ދެނެގަނެވެނީ އެންމެ ފީޗަރސް އެއް! އެއީ ވޯޓް ކަރުދާސް ޞައްޙަކަން މީހުންނަށް ދެއްކުމަށް ބޭނުންކުރި ފީޗަރސް. އަނެއް ދެ ފީޗަރސް އަކީ މަކަރުހެދުމުގެ ގޮތުން ބޭނުންކުރި ފީޗާރސްތަކެއް!.......... އަވަހަށް ތި ވޯޓު ކަރުދާސްތައް ދިރާސާކޮށް ތަޙްޤީޤުކުރޭ!

 6. ޓިމްބަރ

  ސްޕްރީމް ކޯޓުގެ ވޯޓް ކަރުދާސް ބަހައްޓާފައިވާ ރޫމް އަކީ އެއީ ފައިސާލާފައި ހުންނަ ތިޖޫރީ އެއް ފަދަ ތަނެކޭ އެފަދަ ތަނަކަށް ގިނަ އަދަދެއްގެ އިލެކްޝަންސް ކަމިޝަންގެ މުވައްޒަފުން ވަދެގެން ނުވާނެއޭ ގިނަވެގެން 3 މީހުންނަށް ވަދެވެން ޖެހޭނީ 3 މީހުންނަށް 2 ލައްކަ ގަނޑު ވޯޓ ކަރުދާސް 10 ދުވަސް ތެރޭގައި ރީއްޗަށް އެވޯޓް ކަރުދާސް ތައް އަޅަން ޖެހޭ ސިޓީ އުރަ ތަކަށް އަރާ ބަންދުކުރެވޭނެއޭ އެކަން ކުރަން ޖެހޭނީ ފުލުހުންގެ ބެލުމުގެ ދަށުން 197 މީހުން އެތަނަށް ވަންނަމަ އެއިންތިޚާބު ގައި ވަގު ވޯޓް ލާފައި ހުންނާނެ ކަމާއި މެދު ޝައްކު ނުކުރަން މަމެން އިންތިޚާބު ބާތިލް ޓިމްބަރ ޓިމްބަރ ޓިމްބަރ...

 7. ޥަހީދު

  ސުޕުރީމް މެން ބޭނުންހާގޮތަށް ކަންތައްނިންމައިގެން ތިބޭކަށް އަހަރުމެން ފުރުަސަތެއްނުދޭނަން ކަލޭމެނަށް އެގޭނެ އިންޑިޔާ ޔާ އެމެރިކާ އޮތީތައްޔާތައް މިހާރު ސައުދީވެސް....

 8. މުހައްމަދު

  ގަމާރޭ ދޯ.. ދިވެހި ފައިސާގައި ހުންނަ ސެކިއުރިޓީ ފީޗާސްތަކުންވެސް ބައެއް ފެންނަނީނީ ޔޫވީ ލައިޓުން. ދެން އެހެން ގޮތްގޮތުން ދެނެގަންނަ ސެކިއުރިޓީ ފީޗާސްވެސް ހުންނާނެ. ހަމަ ލޮލުން ބަލާލެވޭ ފީޗާސްވެސް ހުންނާނެ.

  • ޒވނއ

   ތާއީދު

  • އަން

   ދެންހުރި ފިޔުޗާސްތައް ކަށަވަރު ކުރާނީ ކިހިނެތްކަން ބުނެނުދެވުނީ ކީއްވެ؟

 9. އިބްރާހިމް

  ހުޅުމާލޭގަ ބެހެއްޓިފަހުރި ފޮއްޓަކަށް ފޭކް 3 ކަރުދާސް ލާފަ އޮތް މީ ޔަޤީން ކަމެއް!

 10. ނީބުމަ

  ގާނޫންތަކާ ގަވާއިދުތަކާ ޚިލާފް ކަންކަން އެއްވެސްފަރާތަކުންކޮށފަވާނަމަ އިންތިހާބް ސައްހަވާނެކަމުގަ ނުދެކެން. ވަކިޕާޓީއެއް ވަކިމުއައްސަސާއެއް އިސްތިސްނާ ނުކޮށް މިދެންނެވީ.
  ކޮންމެފަރާތަކުންވިޔަސް ގާނޫންތަކާއިގަވާއިދު ތަކާޚިލާފް އެއްވެސްކަމެއް އިންތިހާބާއި ގުޅުވާގެހިންގާފަ ވާނަމަ އެއީކުށެއް. ކުށްކޮށްފާވަނީ ކޮންމެފަރާތަކުން ކަމައްވީނަމަވެސް ކުށްސާބިތުކޮށް އެކުށެއްކުރިފާރާތަކާމެދު ގާނޫންތަކާގަވާއިދު ތަންދޭ އެންމެހަރުކަށިއަދަބެއްދޭންޖެހޭނެ. އަދި ކުށްކުރީ ކޮންމެފަރާޔަކުންކަމުގައިވީނަމަވެސް އިންތިހާބު ސައްހައިންތިހާބަކަށްވާނޭ ކަމއް ގަބޫލެއްނުކުރަން. އެހެންވެއްޖެނަމަ އިންތިހާބް ޖެހޭނީ އަލުންބާއްވަންކަމުގަދެކެން
  އިންތިހާބުގައި ވާދަކުރި ދެޕާޓީންވެސް އިންތިހާބާ ބެހޮގެ ތުން ބުނެފައިވާނީ އިންތިހާބްަަް ސައްހަނޫންކަމަށާއި އިންސާފްވެރިނޫންކަމގަ. ވީމާޖެހޭނީ އަލުން ބާއަވަންކިގަ ދެކެން

 11. ކޮސް

  މިސަރުކާރު މޮޔަވީތަށް ނޫނީ ޖަޅުގެ ކުޑަގޮޅި ފެންނަނީތޯ

 12. ޔަގީނޭ

  ރިޔާސީ އިންތިޚާބުގައި ވޯޓް ކަރުދާސް ތައް ސެކިއުރިޓީ ފީޗަރ ހިމެނުމަށް ފަހު ބޮޑު އަގުގައި އެޗާޕް ކުރަނީ އެވޯޓް ގުނާއިރު ޔޫވީ ލައިޓް ބޭނުން ކޮށްގެން 5 މީހުންނަށް ދައްކައިގެން ތިބެ އެވޯޓް ކަރުދާސް އެއީ ސައްހަ އެއްޗެއް ކަމުގައި ހަދަން އެވެ. އެއީ 2 ލައްކަ ގަނޑު ވޯޓް އިން 10 ގަނޑު ވޯޓް ޗެކްކުރަން އެކަނި ކުރާ ޚަރަދެއް ނޫން ޓެކްސް ޕޭޔަރ މަނީން. ހުރިހާ ވޯޓް ކަރުދާސް ތައް ޔޫވީ ލައިޓް ބޭނުން ކޮށްގެން ޗެކް ކުރުމުން އިންތިޚާބުގެ ސައްހަ ކަން ކަށަވަރުވާނީ..

 13. އާދަނު

  ކިހާ ކަޅުފައިސާއެއް ތޯ މިސަރުކާރުން ތިސޮރައް ދެއްވީ

 14. Anonymous

  ހުރިހާވެސް ގޯހަކީ ޕޕމ ގެ ކެމްޕޭން ދޯދިޔާވުން. ވޯޓު ނުލިބޭ ތަންތަނަސް ފޯކަސްކޮށް ކުދި ރަށްތައް ދޫކޮށްލުން. މޑމ ކައިރިއަށް ޕޕމ ކުލަޖްހިގެން މޑޕ ކުދިންތައްގޮސް ގޮތް ދައްކާލުމުން އެމީހުން ކައިރިކުރިކަން. އަންހެނެއްގެ މޭސްތިރިކަން ކަމަކު ނުދެދޭ

 15. Anonymous

  ހައުސިން މިނިސްޓްރީ އިން ގެދޮރުގެ ކަންކަން ކުރާ ދޯދިޔާ ތާކުންތާކުނުޖެހޭ ގޮތާ އެކަކަށް 3 ފްލެޓް ދިނުމާއި މުސްކުޅިވެފަ އަމިއްލަ ގެދޮރު ހުރި ދަރިން ތިބިމީހުނަށް ދަރިންނަށް ޕޮއިންޓް ދިނުންފަދަ ފަރުވާކުޑަ އަމަލުތަކުން ެައްޔިތުން މިހާރުތިބީ ވ ބޮޑަށް މާޔޫސްވެފަ

 16. ސޯޕް ލައިޓް ބްރަދަރ

  ކޮނުނުކޮނުހެން ފަސްގިނަވާނެކަން ހަނދާންކުރާތި!

 17. ދިރާސާ

  އާ ތީވަރަށް ވަރަށް ރަގަޅު ވާހަކައެއް.
  ދެން ކީކުރަން ޗެކްނުކުރެވޭ އެއްޗެއް އަގު ބޮޑުކޮށް ޗާޕްކުރީ

 18. ައސ

  ހަމަގައިމުވެސް އަހަރެމެން ތިބި ވޯޓްފޮށީގެ ހުރިހާކަރުދާސްވެސް ޔޫވީލައިޓުން ބެލި.

 19. ވަގުކަލޭގެ

  ތިވެސް ޔާމީނު ވޯޓް އޮޅުވާލަން ކޮއްފަހުރި ކަންތައްތައް..އަތަށްގޮވީމަ އަވަހަށް ރޮއިގަނެފަ ސ.ކޯޓަށް އެދިޔައީ..

 20. ތާހިރު

  ޝަމީމުވެސް ހާދަ މޮޔައޭދޯ؟ ބަލަ ސައްހަ ނޫން ވޯޓު ކަރުދާސް ބޭނުންކުރިކަން ކާކަށްތަ އެނގޭނީ. އެންމެންވެސް ފާހަގަ ޖަހާފައި ވައްޓާލަނީ ފޮށްޓަކަށް ނޫންތަ؟ އެހެންވީމާ، ޔަގީންކުރެވޭނީ ޔޫވީ ލައިޓަށް ލީމައެއްނު. ޔޫވީ ލައިޓަށް ލާނެކަމަށް އިއުލާންކުރީ އީސީ އިން. ޕީޕީއެމްއަކުން ނޫން. ދެން ޔޫވީ ލައިޓަށް ނުލެވެންޏާ ކޮންމެހެން އިއުލާން ނުކުރިނަމަ މާތާހިރު ވީހެއްނު.

 21. ޖޮއްބެ

  ސުބްޙާނަﷲ. މިހިރީ ދެން ދުވާލުގެ އަލިކަމުގައި ވަށްކަން ކުރުން ނޫންތޯ.

 22. އަލި

  ޔޫވީ ލައިޓް ހުރިހާ މަރުކަޒުތަކަކަށް ނުފޮނުވާ އެއީ ކީއްވެ؟

 23. ރީނދޫ ގުންޑާ

  "އެއްވެސް އިރެއްގައި ކުރި ކަމެއް ނޫން ކޮންމެ ވޯޓް ކަރުދާސްކޮޅެއް ޔޫވީ ލައިޓަށް ދިއްކޮށްގެން ޞައްޚަކަން ކަށަވަރު ކުރުމަކީ، އެއީ އަމަލީގޮތުން ކުރެވޭނެ ކަމެއްވެސް ނޫން" މިހުރިހާ ކަމަކަށްވެސް ދުރާލާ ވިސްނާފަ އެބަހުއްޓެއްނު ވަގުން ވައްކަން ރޭވިއިރު. ނޫނޭ ވާ މޮޅު ވަގުންތަކެއް.

 24. ރައްޔިތުން

  ޝަރީފު އެމަގާމުގައި ހުރެގެން ކެމްޕެއިން ކުރަމުން އަދި ފޯކަލް ޕޮއިންޓުންނާއި އޮފިޝަލުންގެ ތެެރެއިން ގިނަމީހުންނަށް ނެގީ ސީދާ ކެމްޕެއިން ހިންގާ މީހުން އެކަން އެގޮތަށް ނުކުރުމަށް ބުނީމާވެސް އަޅާނުލީ މިއަދު މިއޮތީ މީތި މިހެންވެފަ

 25. ނަސީމް މުހައްމަދު

  ކޮން އަގޮޓިއެއްގެ ވާހަކަ.އަގޮޓި ކިތެއްރަށުން ފެނިގެންމިއުޅެނީ؟އަގޮޓީގެ ވާހަކަ ދެއްކީވެސް އެންމެ ރަށަކުން.ގއ.ކޮލަމާފުށިން.އެއީވެސް ޕީޕީއެމްގެއެކްޓިވިސްޓް ޝުއާއުﷲ ސައީދު ބުނެގެން ވޯޓްލި މަރުކަޒުގަ އިން ޕީޕީއެމް ކުއްޖަކު ކުރިކަމެއްކަމަށް އަޑު ފެތުރުނު.ވޯޓްލީ މަރުކަޒުގަ ތިބީ މުޅިންވެސް ޕީޕީއެމް ކުދިން.ކިޔު ނަމްބަރ ދޫކުރުމުން ފެށިގެންގޮސް ވޯޓް ކަރުދާސް ފޮއްޓަށް އެޅުމާ ހަމަޔަށްވެސް.ދެން ކޮން އަނގޮޓިޔެކޭ މުންޖެކޭ ކިޔާކަށް.

 26. ވިލުފުށި

  ގިނަގިނައިން ކޮނުނުވަރަކައް ތިކަހަލަކިތައްމެކަމެއް ފެއްނާނެކަމުގެ ހެކި ތިފެއްނަނީ

 27. އާދަމް

  ޔޫވީލައިޓްއިން ހުރިހާ ކަރުދާސްވެސް ޗެކްކުރެވެންވާނެ ސުވާލުއުފެދިއްޖެނަމަ!! ދާއިމީނަތީޖާ އިއުލާންކުރަންއޮންނަނީ ހަތްދުވަސްލިބިފަ، ކޮންމެހެން ތެޅިގަނެގެން ކޮށްނިންމާލާކަށްނުޖެހޭ؟؟؟