ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މާދަމާ ހެނދުނު ރާއްޖެ ވަޑައިގަންނަވާއިރު އެކަމަނާ އަށް މަރުޙަބާ ދެންނެވުން އޮންނާނެ ކަމަށް އެކަމަނާގެ ސަޕޯޓަރުން ވިދާޅުވެއްޖެއެވެ.
މެޑަމް ފާތުން އާއި ހަގު ދަރިކަލުން ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު މާދަމާ މާލެ ވަޑައިގަންނަވާއިރު މަރުޙަބާ ދެންނެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެއްނަމްބަރު ފާލަން ކައިރީގައެވެ.
މެޑަމް ފާތުންގެ އަރިހުގައި މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެޑަމް ފާތުން އަށް މަރުޙަބާ ދެންނެވުމަށް އެކަމަނާގެ ސަޕޯޓަރުން މާދަމާ ހެނދުނު 07:30 އަށް އެއްނަމްބަރު ފާލަން ކައިރިއަށް ވަޑައިގަަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މެޑަމް ފާތުން ރާއްޖެ ވަޑައިމިގަންނަވަނީ އެކަމަނާ ރާއްޖެ ދޫކުރައްވާ ފިއްލެވީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި މެޑަމް ފާތުން ވަޑައިގެންނެވީ އުމްރާއަށް ވެވަޑައިގަތުމަށެވެ.
މެޑަމް ފާތުން ރާއްޖެ ވަޑައިގަންނަވާއިރު ރައީސް ޔާމީން މިހާރު އުޅުއްވަނީ ފިއްލަވަން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނިކަމެތިންގެ މަހާ ރެހެންދި. ތަނަކުން މީހަކު ރަނގަޅު ކަމެއް ކުރާތަން ފެނިއްޖެނަމަ މިޤައުމުގައި ތިބި ލާދީނީ ބޮޑޭމެންނަށް ފެންނާނެ.ޔާﷲ މިނުބައި ބައިގަނޑުގެ ކިބައިން މިޤައުމު ސަލާމަތް ކުރުމުގެ ބާރާއި ހިތްވަރު ރައީސް ޔާމީން އަށް ދެއްވާށި! އަދި އެމަނިކުފާނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާށި! އާމީން ޔާރައްބުލް ޢާލަމީން.
މަރުހަބަމެޑަމުފަތުމަތު
ކަލޭމެން ދޭ އަވަހަށް ކިޔުހަދަން.. ވެރިކަން ބަދަލުވީމަ "ވަގުތު" މީހުންނަށް ލިބޭނެ މާޔޫސްކަން ބަލާލަން އެންމެ ދާހިތްވަނީ.. ޚަބަރެއްވެސް ލިޔާނެ ގޮތެއް ނޭންގޭނެ.. ދެން މިހާރު ހަދާގޮތަށް ބޭރުގެ ކޮންމެސް ގަޅި ޚަބަރެއް ލިޔެލިޔެ ތިބޭނީދޯ?
ނިކަމެތިމަހާރެހެންދިއެއްނޫން ކިޔަން ޖެހޭނީ
ނިކަމެތިންގެ ބަނޑުކަލް ހަވާލިދާރު އެންޑު ކޮންނަބޯޓް