އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ފަރާތްޕުޅުން އުފައްދަވާފައިވާ ޓްރާންސިޝަން ކޮމެޓީގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުން އޮތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައެވެ. އެ ބައްދަލުވުމުގައި ޓްރާންސިޝަން ކޮމެޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީއާއި، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ އިބްރާހީމް އިސްމާޢީލެވެ.

އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންފައި ވަނީ، ޑރ. ޝަހީމްގެ އިތުރުން، އެ ޔުނިވާސިޓީގެ މެނޭޖްމެންޓްގެ އިސްވެރިންނެެވެ.

ޝަހީމް ވަނީ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ދެއްވަންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިސްލާމިކް ޔުނިވާސިޓީއިން ބުނީ، އެ ބައްދަލުވުމުގެ ތެރެއިން އެ ޔުނިވާސިޓީއާ ބެހޭ މައުލޫމާތުތަކާއި ތަސައްވުރާ ގުޅޭ ގޮތުން ވަފުދަށް ޕްރެޒެންޓޭޝަނެއް ދީފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    ތީ އުވާލާނެ ތަންތަން ކޮންމެހެން މާގިނަ މަޢުލޫމާތެއް ބޭނުންނުވެދާނެ.

  2. ސަލީމް

    ސުބްޙާނަﷲ އިބްރާހީމް އިސްމާޢީލޭ؟؟؟؟؟؟؟ ތައުލީމީ ހަޔާތުގެ ބަރުބާދު. ޚާއްސަކޮށް އިސްލާމީ ތައުލީމްގެ

  3. ޢަބްދުﷲ

    އުސްތާޛު ޝަހީމަށް ކަންކުރާނެގޮތް ނޫޅޭނެއެވެ.

  4. އިބްރާހިމް

    ޓްރާންސިޝަން ކޮމިޓީގައި ތިއްބެވީ ސެކިއުލަރ ދެބޭފުޅުންގެ ގޮތުގައި ފާހަގަކުރެވިފައިބާ ދެބޭފުޅުން.