ރާއްޖޭގައި މީހާރު އިއުލާނު ކޮއްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮއްފައިވާ ކުރީ ރައީސް މައުމޫނާއި ސުވާލު ނުކޮށް ބެހެއްޓީ ނަފްސާނީ ގޮތުން އަނިޔާ ދިނުމަށް ކަމަށް ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

މައުމޫނުގެ އަނބިކަނބަލުންގެ ގެކޮޅު އެންދެރިމާގޭ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ފައިސަލް ވިދާޅުވީ ރައީސް މައުމޫނު ހައްޔަރުކުރިތާ 33 ދުވަސް ވީއިރު ސުވާލެއް ނުކޮށް ބެހެއްޓީ ނަފްސާނީ ގޮތުން ގެއްލުންދޭ ކަމަށެވެ.

"ހައްޔަރުކުރިތާ 33 ދުވަސް ފަހުން ފުލުހުން ސުވާލު މި ކުރީ ހިތްވަރާއި އަޒުމަށް ބަދަލެއް އަތުވެދާނެ ކަމަށް ފުލުހުންނަށް ހީވާތީ ކަމަށް ރައީސް މައުމޫން ގަބޫލުފުޅު ކުރައްވާ" ފައިސަލް ވިދާޅުވި އެވެ.

ރައީސް މައުމޫނަށް ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އެކަމަށް ޖަވާބުދާރީ ވުމަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށް ވިދާޅުވެ ފައިސަލް ވިދާޅުވީ ވަކީލުންގެ ބައްދަލުވުމަށް ދުވާލަކު 30 މިނެޓްގެ ފުރުސަތެއް ލިބޭއިރު އެއީ ބޮޑު ތުހުމަތަކާ އެކަށިގެންވާވަރުގެ ވަގުތު ނޫން ކަމަށެވެ.

"ފުލުހުން މައުމޫނާ އިއްޔެ ސުވާލުކުރީ 15 މިނެޓް ވަންދެން. ފުލުހުން ކުރާ ހުރިހާ ތުހުމަތަކަށް ރައީސް މައުމޫން ވަނީ އިންކާރު ކުރައްވާފައިވާފައި" ފައިސަލް ވިދާޅުވިއެވެ.

ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރިތާ 33 ދުވަސް ފަހުން މައުމޫނާ ފުރަތަމަ ފަހަރަށް ސުވާލުކުރީ އިއްޔެ އެވެ ނަމަވެސް ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ މައުމޫން ވަނީ ތަހުގީގަށް އެއްބާރުލުން ނުދެއްވައިފަ އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރުވެސް ތިއްބެވީ ހައްޔަރުކޮށްފައެވެ. އަދި މަޖިލީހުގެ ތިން މެމްބަރަކު ވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުތަމުގައި ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެހެނިހެން ސިޔާސީ އިސް ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެެވެ.

ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ްާގާސިމޫ

  ފެށުނީންސުރެ އަނިޔާވެރި މީހަކަށް ދެވޭނެ އަނިޔާއެއް އޮވޭތަ

 2. ކެެރެޓް

  ނަފްސާނީ އެއްވެސް މައްސަލައެއް ނުޖެހޭނެ އެއީ މައުމޫނަކީ އެއަށްވުރެން ޖައްބާރު މީހެއް ހަރުކަށި އަނިޔާވެރިޔެއް

 3. މާސް

  މައުމޫނަށް ކައުންސިލިންދޭން އެބަޖެހޭ އެމަނިކުފާނު ހީފުޅުކުރައްވަނީ އަދިވެސް އެއީ ޓީންއޭޖުގެ ބޭފުޅެއްކަމަށް ތަންކޮޅެއް ބޮޑު ރަހަބިއްލޫރިގަނޑެއް އެބޭފުޅާ ހުންނެވި ގޮޅީގައި ބެހެއްޓުން ވަރަށް މުހިންމު

 4. ރަފާފް

  މައުމޫނު އެހުރީ ނަފްސާނީ ބަލިމަޑުކަމެއްގަކަން ކަލޭމެންނަށް ނޭގެނީހެއްޔެވެ؟ އަށްޑިހާގެ އަހަރުތައް ގުނަމުންދާއިރު ނަފްސާނީގޮތުން ދުޅަހެވެއް ނުވާނެއެވެ. ތިމާގެ އެންމެ ބޮޑަތި ޢަދާވާތްތެރިންނަކީ ތިމާގެ މިތުރުންކަމުގައި ދެކި ، ތިމާގެ އެންމެގާތް ލޭގެ މީހުންނަކީ ތިމާގެ އެންމެ ބޮޑަތި ޢަދާވާތްތެރިންކަމުގައި ދެކޭނީ ނަފްސާނީގޮތުން ގެއްލުން ލިބިފަ ހުރީމައެވެ.

 5. ނުރަބޯ

  މައުމޫނުގެ ސަބަބުން ދިވެހިރައްޔިތުންނަށް ލިބުނު އަނިޔާ ކުޑަތަ؟ ގައުމުގެ ޣައްދާރު ކެރަފާނަޝީދުގެ ފަހަތަށް ގޮސް އެ ޚާއިނުކަލޭގެއާ ބޯނެތްބުރުމާ އާއިގުޅިގެން ފަނޑިޔާރުންނަށް ރިޝްވަތުޖަހައިގެން ސަރުކާރު ވައްޓާލަންވެގެން އެ ހިންގި ނުބައި ވެގެންވީ ޖަރީމާއަކީ ގައުމުދެކެ ލޯބިވާ ކޮންމެ ދިވެހިރައްޔިތަކަށް ލިބުނު ނަފްސާނީ އަނިޔާއެކެވެ.

 6. ވާހިދު

  މައުމޫންޢަބްދުލްޤައްޔޫމްވެސް ހައްޔަރުކުރައްވަންޖެހޭހާލަތެއް އަތުވެއްޖެނަމަ ހައްޔަރުކުރަން ޖެހިލައްވާނެ ހައްޔަރު ކުރެއްވީ 30 އަހަރު ގައުމުގެވެރިކަން ކުރައްވާ
  ލިބިލެއްވި ލާބަޔާ،ފަޚުރާއެކު ގޭގައިމަޑުން ހުންނަވަނިކޮށްނޫން މިސަރުކާރު ގޯސްކުރައްވާ
  މައުމޫން ވާހަކަފުޅުދައްކަވާތީ ލަދުގަނެން ދިގު 30 އަހަރުގެ ސަރުކާރުހިނގި ދުވަސް
  ތަކުގައި ބައެއްބޭފުޅުން ޖަލަށްލާ ތުބުޅިބޭލުމަށްފަހު ސޯސްހާކާ،މައިބަދަބިދިފައިވެސްވޭ މިއީ އަނިޔާދިނުމަކަށްނުވަނީތޯ

 7. އާބިދާ

  ތިއީ މައުމޫނުގެ ޒައާމަތުގައި އޭނަ ކަންކުރިގޮތް، މަށަކީ އޭގެ ތަޖުރިބާ ލިބިފަހުރި މީހެއް އެއްވެސް ކުށަކާނުލާ 1983 ވަނަ އަހަރު މެދެއްހާ ހިސާބު 02 މަހާއި ދުވަސް ކޮޅެއް ވަންދެން ބަނޑޭރިގޭ މަތީގައި (ކުރީ ފުލުސް އޮފީސް) ހުރި ކޮޅުފިލާ ގޮނޑިއެއްގައި ބައިދާފަ ހުރި، އަލިހޮއްކޮ ރެސްޓޯރަންޓުން ދޭކާއެއްޗެއް އަގަޔަކަށް ނުލެވޭ، ފާޚާނާ ކުރަންވެއްޖެއްޔާ އެއޮތީ ކަމެއް، ޑިއުޓީއަށް ހުންނަ ސިފައިގެމީހާ އަށް ބައިގަޑިއަށް ހާއިރު އާދޭސް ނުކޮށް އެންމެ ފަހަރަކު ފާޚާނާއަށް ދެވިފަނެތް، އަނިޔާއޭ ކިޔައިގެން އަނގަ ނުހުޅުވާށޭ އޭނަކައިރީ ބުނަން ކުއްވެރިންގެ ދިފާއީވަކީލަށް އިލްތިމާސް ކުރަން

 8. މާރިޔާ

  ތީމިހާރު މިގައުމައް ބޭނުން މީހެއްނޫން ވަކީލުންނައް ވަރައްސަލާމް