މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަކީ ފާހަގަކޮށްލެވޭ، ތާރީހީ ހުކުމެއް ކަމަށާއި، އިންސާފު ލިބިއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ، ސްޕްރީމް ކޯޓުން މިއަދު މެންދުރު ފަހު އިއްވި ހުކުމާއި ގުޅިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެމަނިކުފާނުގެ އިންތިހާބީ ބައިވެރިޔާ ފައިސަލް ނަސީމުއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

"އެ ދެ ބޭފުޅުންނަށް އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ސުޕްރީމް ކޯޓުން އެ ވަނީ ސައްހަކޮށްދީފައި". މައުމޫންގެ ޓްވީޓުގައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ހުކުމް އިއްވާފައި ވަނީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށެވެ. އެ ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކޮއްކީ

  ތިމިޤްރާތީ ކާފައަކަށް ބޯކިބާފޮއްޗެއް ނުދޭނޫދޯ މާމަާ ކާފަ ވަރަށް ބަސްނާހާ ދޯ މާމާ

 2. ރާޅު ބޯއީ

  އިންސާފޭ ކިޔަމުން ދުވާ މި ބޭބޭ އަދި އެހެން އަނގަޔަކުން އިންސާފު ނުލިބިގެން ދުވާ މަންޒަރު މާލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ ދައްކަވާނެއެވެ.

 3. ކުމާރު

  އިންސާފުގެ ވާހަކަ ދައްކަން ލަދުނުގަންނަ ހަޔާތްކުޑަ މީހެއް މީނާ ނޫނީ މިދުނިޔޭގަވެސް ނުހުންނާނެ. މީނާގެ ވެރިކަމުގަ ބައިސްކަލު ބައްތި ނުދިއްލާހުރި ކިތައް މީހުން ޖަލު ގޮޅިއައް ވެއްދީ.ޗިލީ ސޯސް ޖަހައިގެން ކިތަން މީހުންގެ ތުނބުޅި ބޭލީ. ހަވަޔައް ޖައްވައް ފަޒާޔައް ބަޑިޖަހައިގެން މީހުން.މެރީ.

 4. Anonymous

  30 އަހަރު ވަންދެން ކެވުނުވަރު މަދުކަމުން އަދިވެސް ހިތް ނުފުރިގެން އުޅޭ މީހެއް.

 5. ކަބީލާ

  މަނިކުފާނު ޖަލުގައި ހުންނެވި ހުރުންވެސް މަނިކުފާނު މިއަދު އެބަޔަކަށްޓަކައި ތިޔަ ފިދާވާ އެމް. ޑީ. ޕީ މާނަކުރީ އެއީ ކޮންމެވެސް ބަޔަކަށް ލިބުބު " ނަސްރެއް" ގެ ގޮތުގައި.

 6. ޤާސިމް

  އިންސާފު ލިބުނީތޯ ނޫނީ ގަތީތޯ؟

 7. ޞެނެ

  ބޭފުޅާ އަޅެ ލަދެއްނުގަނޭތޯ އިންސާފޭ ކިޔަން؟؟

 8. ވަޓްސްއަޕް

  މިހިރަ ނުބައި ނުލަފާ ޖާހިލު ކަލޭގެއަށް ދުވަހަކުވެސް މާފެއް ނުކުރާނަން މި ގައުމަށް ކުރިމަތިވާ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނެ މީހަކީ ތި ނުބައި ޖާހިލު މީހާ. ކޮބާ ކަލޭގެ ވެރިކަމުގަ ޖަލުގަ މެރި މީހުންގެ ހައްގުތައް އިންސާފު ކޮބާ ކޯޓުތަކަށް ރިޝްވަތު ދީގެން ކަލޭ ހިންގި ޖަރީމާތަކުގެ އިންސާފް.

 9. ފަތްމިނި

  ނަސްރީނާ ބުނީ ތިމަންނަގެ ފިރިކަރުން ގައުމުދެކެ ވަރަށް ލޯބިވެޔޭ، ގައުމަށް ދެރަވާ ކަހަލަ އެއްވެސް ކަމެއް ނުކުރާނެޔޭ، އެކަމަކު ގައުމު ބަންޑުންޖެހުނަސް އެއްގޮތް ނެތިއްޔާ އަނެއްގޮތް ހޯދައިގެންވެސް ތިމާގެ ކުދިންނަށް ވެރިކަން ލިބޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން އެބަދޭ، ތިގޮތަށް މައުމޫނު ވެރިކަމުން ވެއްޓުނު އިރު އެމްޑީޕީ މީހުންވެސްބުނި އިންސާފު ލިބިއްޖެޔޭ، އިބްރަތެއް ހާސިލުވެއްޖެ ކަމަށް އުއްމީދުކުރަން، ދުނިޔޭގެ ގައުމު ތަކަށް ނަޒަރު ހިންގާލާއިރު ވެރިކަން ކޮއްފަ ތިބޭ ރައީސުން ފެންނަނީ ވަރަށް ޢިއްޒަތާ ޝަރަފުވެރިގޮތުގަ ތިބޭތަން، ހިތާމަޔާއެކު ބުނެލަން އޮތީ މިރާއްޖޭގެ ވެރިކަންކޮށްފަ ތިބި ރައީސުންގެ މުޞީބާތުން ގައުމު ސަލާމަތްނުވެވިގެން އުޅޭތަން ފެނިގެން މިދަނީ.

 10. ކަޅުހުއްތު

  ދުލުގަ ގޮށް ނުޖެހެންޏާ ތެޅުވިދާނެ.
  ލަދުހަޔާތް ކުޑަކަން.

 11. މަޑަވެލީ އަހުމަދު

  ގދ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ އާއިލާއެއްގެ ނުވަމީހުން ރަށުގެމަސްލަހަތުނަގާލިކަމަބުނެ ނުވަމަސް ދުވަހު ޖަލުގައި ބޭތިބުމށްފަހު މުއްދަތެއް ނެތްގޮތަށް އުތުރުގެއަތޮޅުތަކުގެ ރަށް ތަކަށް އަރުވާލިއިރު އެމީހުންގެ ޚައްގުލިބުނުތޯ މިވެސް އަނިޔާ ވެރިކަމުގެ މިސާލެއްނޫންތޯ އެމީހުންނަށް އިންސާފުލިބުނުތޯ މިވެސް މައުމޫނުގެ ވެރިކަމުގައި ދީފައިވާއަނިޔާ؟

 12. Anonymous

  ހަމައެކަނި ކަލެއަށް ރަނގަޅު ގޮތަށް ކަމެއް ނިމުނީމަތަ އިންސާފަށް ވަނީ ، ކޮބާ ދެންތިބި ހުރިހާ ރައްޔިތުންގެ ޙައްޤު؟ ވެރިކަމާހެދި ދަންޖެހުނަސް ތީ ބޮޑުވަރު މި ޤައުމުގެ ޝަރުޢި ދާއިރާވެސް ބަނޑުދަށުލައިގެން 30 އަހަރު ވެރިކަން ކޮށްފައި އަދިވެސް ނުފުދިގެން ތިއުޅެނީ ، އިންސާފު ލިބިއްޖޭ ބުނާއިރު ކަލޭ ނުޙައްޤުން ޖަލަށްލީ އެންމެން އެތިބީ ޖަލުގަ އެއީ 30 އަހަރުގެ ވެރިކަމުގަޔާ ،ކަލޭ މި ވެރިކަމުގެ ތެރޭގަ ހުރެ ކަލޭގެ ލަފާގެ މަތިން ޖަލަށްލީ މީހުން. އަދި އެއީ ހުސް ސިޔާސީ މީހުން މި ކުޑަކުޑަ ދިވެހިރާއްޖޭގަ މިހާރު ސިޔާސީ ނުވާ އެކަވެސް ނުހުންނާނެ. އެއީވެސް ކަލޭ މި ޤައުމަށް ޖެއްސި ބަލާވެރިކަމެއް، އަދި އަނގަހުޅުވައޭ އެބަ ލަދެއްވެސް ނުގަނޭ.

 13. ރޮންދާ ރިޔާޒް

  ގުއިރޯނުގަ ޖެހިގެންތިއުޅެނީ އަހަރުމެން ބަލާނަން ކަލެއަށް ތިކަމުން ކުރާފައިދާ

 14. ޢަހަންމާ

  މިނާ މީ މުސްކުޅި ހާލުގަވެސް ގައުމު އިންދަޖައްސާލެވޭތޯ މިބަލަނީ. މީނާގެ ދަރިންނަށް ވެރިކަން ނުލިބިޖެޔާ ދެންވީ ގައުމު ފުނޑާލަން. މާދަމާ އެމްޑީޕީ ވެސް ކަމަކުނުދާނެ. ލާދީނީ ކިޔާފަ އެމީހުންނާއެކު. މަށާ މަގޭ އާއިލާ އެންމެން މަޙްޝަރުގަވެސް މައުމޫނަށް ދައުވާކުރާނަން. މީނާ މީ ކިތައްމީހުން ނުހައްޤުން ޖަލުތަކުގައި ބައިތިއްބާ އެތަށް އަނިޔާއެއް މީހުނަށް ދިން މީހެއްބާ. ލަދުހަޔާތް ނެތްކަން.