މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަނަށް ތާއިދު ކުރާ ބައެއް އެކްޓިވިސްޓުން ކުރަމުން އެބަގެންދެއެވެ.

ގާސިމް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ބާތިލްކޮށް ހައިކޯޓުން މިއަދު ވަނީ ގާސިމް މިނިވަންކޮށްފައެވެ. ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ރައީސް ޔާމީނަށް ނާކާމިޔާބު ވުމުން ގާސިމް އިއްޔެ ވަނީ ޝަރުޢީ ދާއިރާ އަށް ތައުރީފް ކުރައްވާފައެވެ.

ގާސިމް އިއްޔެ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދިނީ އަދުލް އިންސާފު މަރުނުވެ އޮތްކަން ކަމަށެވެ. ގާސިމްގެ އެވާހަކަތަކަށް ރައްދުދީ އެމްޑީޕީގެ ސަޕޯޓަރެއް ކަމަށްވާ ޖެނިފާ ލަތީފް ކުރި ޓްވީޓެއްގައި ބުނީ އަމިއްލަ މީހާ ކޯޓުތަކަށް އަތް ބާނާފައި މިހާރު އޯކޭ އޭ ބުނަމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމަށެވެ. "ދެން ވެސް އަތް ބޭނޭނީ ކޯޓުތައް ކޮރަޕްޓްކޮށް ހުރީމަތާ ދޯ. ގާސިމް ވާހަކަ ނުދައްކާ ހުރޭ." ޖެނިފާގެ ޓްވީޓްގައި ބުންޏެވެ.

އެމްޑީޕީގެ އިތުރު އެކްޓިވިސްޓަކު ކުރި ޓްވީޓެއްގައި ބުނީ ގާސިމް އަކީ ކޮރަޕްޓް މީހެއް ކަމަށެވެ. "ކޯޓުން ގާސިމް ކޮޅަށް މައްސަލަ ނިންމަނީ ފައިސާ ދީގެން. އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރެއް." އޭނާގެ ޓްވީޓްގައި ވެއެވެ.

ރާއްޖެއިން ބޮޑުކޮށް ފެންނަމުން މިދަނީ އިންސާފުގެ މަގަށް މުޅި ގައުމު ބާރަށް އެނބުރިގެން އަންނަ މަންޒަރު ކަމަށް ގާސިމް ވިދާޅުވުމުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

ދިނާޔާ ވިދާޅުވީ "(ގާސިމަށް) އިހްތިރާމާއި މާފާއިއެކު ދަންނަވަން ޖެހެނީ އަދި އެމަންޒަރު ނުފެންނަ ކަމަށް. އަންބޮޑިއަށް އިންސާފު ޖަހައިގެން ވައިޖެހޭ އަތަކަށް ނެގޯޝިއޭޓް ކުރަމުން އެތިއެތިކޮޅުން އިންސާފު ދިނުމަކީ އިންސާފުގެ މަގަށް ގައުމު ބަދަލުވުމެއް ނޫން." ކަމަށެވެ. ދިނާނާ ވިދާޅުވީ ރާއްޖޭގައި އިންސާފް ގާއިމް ކުރެވޭނީ ކޯޓުތައް އިސްލާހު ކުރެވިގެންނެވެ.

މިއަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އާދަޔާއި ހިލާފު އަމުރެއް ނެރެ، ކުށްވެރިންތަކެއް މިނިވަން ކުރީ ވެސް ގާސިމްގެ ބައިވެރިވުން އޮވެގެން ކަމަށް ގާސިމް ވަނީ އަމިއްލަފުޅަށް އިއުތިރާފްވެފައެވެ. ގާސިމް "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "އަޅުގަނޑުމެން އަމުރެއް ނެރުމުން" އެއަމުރު ކަމަކު ނުދިޔަ ކަމަށެވެ. ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ފަނޑިޔާރުން ފައިސާގައި ހިފާފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ވެގެން ގާސިމްގެ ދޮށީ ދަރިކަލުން ހައްޔަރު ވެސް ކުރިއެވެ.

ފާއިތުވި މަހެއްހާ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތައް ކޯޓުތަކުން ޙުކުމްތައް ކުރަމުން ގެންދާތީ އިދިކޮޅު ލީޑަރުންގެ ތައުރީފް ކޯޓުތަކަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ސަލީމު

  ސޭޓުލައިގެން ވާނީ ފަނި ހެޔޮނުވާނެ ކޯލިޝަނުންމީނަބޭރުކުރޭ އަދިކުރިޔައްއޮތްތާގަ މީނަގެނުބައިކަންދައްކާނެ

  • ބޭބެ

   ވަރަށް ހިތާމަވެރި!! އަދުލުއިންސާފޭ މިކިޔާއެއްޗެއް މިގައުމަކު ނެތް!! ފައިސާ ތިބި މަހުޖަނުންނާ ނުފޫޒުގަދަ ސިޔާސީ މީހުން ބޭނުންހާއެއްޗެއް މިގައުމަށް ހަދަމުންދާތަން ވަރަށް ސާފުކޮށް މިފެންނަނީ!! އެންމެ ދެރަވާކަމަކީ ފަނޑިޔާރުގެއިން ޢަދުލުވެރިކަން ގެއްލިފައިވާތީ!! “ނިކަމެތި ރައްޔިތުން” މިލަފުޒުގެ ބޭނުން ސިޔާސީ މީހުން ހިފަނީ އެއިރެއްގައި އެމީހަކު ބޭނުންވާ ދިމާލަކަށް ރައްޔިތުންގެ ވިސްނުން އަނބުރާލުމުގެ ބޭނުމުގައި!! ރައްޔިތުންނަށް ގައުމަށް ހެވެއް އެދިގެންނޫން!! މިއީ ވަރަށް ވިޔާނުދާކަމެއް!! މިއެންމެން ގަންހިންގަން ރައްޔިތުން ނިކުންނާނީ ކޮންއިރަކުތޯ؟

 2. ޜާއްޖެ އިސްލާމް

  މިޔަދު އަތްޖަހަން ތިބޭ ކޯޓްތަށް އިންސާފްވެރިޔޭ ކިޔާފަ. 35 އަހަރު ކޯޓްތަކުގެ ފައުނޑަރ އަދި މިހާރު ވިލާކޯޓްގެ ފައުންޑަރ ބޭނުން ހުރިހާކަމެއް ކުރާނެ ވިލާކޯޓްތަށް މެދުވެރިކޮށް

 3. އަލީ

  ނުފޫޒުފޯރުވާކަން ގާސިމް އަމިއްލަ އަށް އެއްބަސްވެފަވެސްވޭ. 1 ފެބުރުއަރީ ގަ ތިމަން މެންނެރުނު ހުކުންވެސް ބަލައިނުގަތޭ. އެގޮތުންވެސް އެނުފޫޒްފޯރުވާކަންސާބިތުވޭ. ނަމަވެސް އިންސާފުދެކެ ލޯބިނުކުރާބަޔަކު މިގަައުމަގަ ވަރައްގިނަ އަދަދަކައް އުޅޭކަމީ ދެބަސްވެވެން ނެއްހަގީގަތެއްކަންވެސް ވަރަށްސާފު. ﷲ މިދިވެހިގަުމު މިނުބައި ޖަރީމާވެރިންގެ ކިބައިން ސަލާމައްކުރައްވާންދޭވެ، އާމީން.

 4. ާއައިޝާ

  ކޯޓްތައްވަނީ ގާސިމް އަތްދަށުގަ..ރުފިޔާ ދީގެން ގަނެފަ ފަޑިޔާރުންތައް

 5. 3 އ

  އަޅުގަނޑަށް މިއަދު ކުރެވޭ އިޙްސާސް އަކީ މި ލޮބުވެތި ވަތަނުގެ ހައްޤުގައި ސަހީދުވެ ދިޔަ ލޮބުވެތި ދަރީން އެ ދަރިންނަށް ﷲ ޞުބުހާނަހޫ ވަތައާލާ ދެއްވި އެންމެ މަތވެރި ނިޢުމަތް މި ޤައުމުގެ ހައްޤުގައި ދޫކޮށްލީ މިނިވަން މުސްތަޤިއްލު ވަތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށް ވީ ހިނދު އެ މިނިވަންކަން ކުޑަ ލާރި ފޮއްޗަކަށް ގެއްލުވާލާތަން ބަލަން އެއްވެސް ކަމެއްނުކުރެވޭ ހާލުގަ ހުރި ނިކަމެތި މީހެއްކަމުގެ އިޙްސާސެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ލާރި ނެއްސޭޓް ހުދުމަރަށްވެ ނިމިއްޖެ އެވެ. މިކަންކަމާ ވިސްނާ ފިކުރު ކުރާނޭ މީހަކު ނެތެވެ. މިލިބެނީ އުފަލެއް ކަމަށް ދެކި އަތްޖަހާ މީހުން ވަނީ ގިނައެވެ. އެހެނަސް ފިކުރު ކޮށްލަ ބަލާށެވެ. މިނޫން ވެރިކަމެއް ދެކެން ބޭނުމޭ ބުނެލި މީހާ ޖަލަށް ލެވުނު ދުވަސް އެއީ މާޒީ އެވެ. ޤާޒީ އަކު ވަގަށް ނެގީ ވެސް މާޒީގައެވެ. މިއަދު އެއީ އެމީހުން ކުރި ކުށެއްނޫން ކަމަށް މިދަނީ ނިމެމުންނެވެ. އިންސާނާ އަކީ ހާދަވާ އަމިއްލަ އެދުން ބޮޑު މީހެކެވެ.

 6. ބުޅިތުނބި

  އެކްޓިވިސްޓުން ކުރަނީ ތުހުމަތެއްނު. އަހަރެންނަށް ހަމަ ޔަގީން.

 7. Anonymous

  މިއީ އިންސާފެއްނޫން މިއީ ޖަރީމާ ހިންގަން ބަޔަކަށް ދެވޭ ފުރުސަތެއް ަފަޓާސް ބަރިއެއްހެން ކުއްވެރިންގެ މައްޗަށް ކޮއްފަވާ ޝަރީޢަތާއި ހުކުމްތައް ބަދަލު ކުރުމުގަ ކޮރަޕްޝަން ނުހިމެނެނޔާ އެއަށް ކިޔާނީ ކީކޭތޯ؟މީ މިގައުމަށް ހެޔޮނޭދޭ ބަޔަކު ެަޑީގަތިބެގެން ގައުމު ހަލާކު ކޮހލުމުގެ ވިސްނުމުގަ ކުރާކަމެއް މީގެ ތެރޭގަ ފަނޑިޔާރެއް އިޔާރެއް އިސްތިސްނާ ނުވެ ބައިވެރިވެއްޖެ ހާލަތެއްގަ ވ ސަލާމް

 8. ކޯޓުތައް

  ދިޔާނާގެ ވާހަކަ ވަރަށް ރަނގަޅު. އިންސާފަކީ ވެރިއަކށް ހުންނަމީހާ އަށް ކޮށްދޭކަމެއްކަމުގެ ވިސްނުން ކޯޓުތަކުގެ ހިތުން ފިލަިގެން އަދިވެސް ނުދޭ. އަދިވެސް ފައިސާއަށް ވުރެން ނަޒާހަތްތެރިކަމުގެ އަގު ބޮޑުކަން އިހސާސްވާވަރަށް ސިކުނޑި ތަރައްގީނުވޭ. ކުރާ މަސައްކަތުގެ އަގުގެ މިންގަޑަކީ އެދުންވެރިކަމުގެ އެންމެ ކޮޅުކަމަށް ގަބޫލުކޮށްގެން އިންސާފު ވިއްކަން އުޅޭ ފެންވަރުގެ މީހުން ކޯޓުތަކުގާ ގިނަ. މަގާމު ދިފާއު ކުރެވެނީ އެހެންމީހުންގެ ހައްގު ނިގުޅައިގެން ކަމުގާ ވާނަމަ މީހުން ދިރިތިއްބާ ވަޅުލަން ހުކުމް ކުރާށޭ ބުންޏަސް ފަހަތް ނުޖެހޭވަރުގެ ރަހުމު ނުހުންނަ ބަޔަކު ގެ ވާހަކަ މިދައްކަނީ

 9. ީިހާމިދު

  ޢިދިކޮޅު ފަރާތް ތަކާ ދެކޮޅަށް މަސަލައެއްގެ
  ޙުކުމް އަތުވެއްޖެ ނަމަ ކޮއޯޓުތައް ގޯސް މުޅިން ގޯސް. ޢެފަރާތް ތަކާއެަްކޮޅަށް މަސަލަ ނިމިއްޖެނަމަ ކޯޓުތައް މުޅިން ފައްކާ ބަރާބަރު އެއްވެސް މަސަލައެޢް ނެތް. ޚީިކުރާނީ މިއީ ހާލަތު

 10. ނުރަބޯ

  ކެކެކެކެ ޖެނީ އަށާ ދިޔާނާ އަށް ބުނެލަން އޮތީ ގާސިމު ކޯޓުތަކަށް ނުފޫޒު ފޯރުވުމުން ހުރިހާ މޮޅެއް ލިބުނީ ހަމަ ޖެނީމެންނަށް ނޫންތޯއޭ؟

 11. ޖޮއްބެ

  މިހާރު ތިޔައުޅެނީ ގާސިމު ފޭހުނު އިލޮށިގަނޑު އޭނާގެ ލޮލަށް ހެރެން. ދެން އިސާހިތަކު ގާސިމު ބާޣީ އަކަށް ވެސް ވެދާނެ.

 12. ޢަލީވަހީދު

  ގާސިމުއޭ އޭރުވެސް މަބުނީމެއްނޫންތަ ކޯލިސަން ހަދާނެކަމެއް ނެތޭ. ގާސިން ޕާޓީގަ ކިޔަވައިގެން ތިބި މީހުން މާގިނައޭ މެމްބަރުންވެސް އެބަތިބިއޭ އެމްޑީޕީ އާ ކާރި ނުވައްޗޭ. އެއީ ގުންޑާއިންނޭ މައުމޫނުއާ އެކުކޯލިސަން ހެދީމް ޖުމްހޫރީ ޕާޓީ ރައީސްކަމައް ހޮވޭނެއޭ. ހުވާނުކުރަނީސް އެއުޅެނީ ސަރުކާރު ދަމާގަންނަން. އެހެންވީމާ ބުއްދިވެރި ގޮތަކީ މިހާރުވެސް ކޯލިސަން ދޫކޮއްލަންވީ. މަގާމުތައް ބަހާއިރު ގާސިން އައް އޮންނާނީ އެއްވެސް ތާކުންތާކު ނުޖެހޭ މަގާންތައް ދީފަ

 13. ފަޤީރު ކަލޯ!

  އެމްޑީޕީގެ މީހަކު ނޫނީ ތިހިނެއް ނުބުނާނެ! ކޯޓު ތަކަށް އަތްބާނަށް އުޅެގެން ކޯޓުތަކަށް އަތްނުބޭނި އަމިއްލަ ގަޔަށް ހެނޑު ބައެއް އެމީހުން ނޫނިއްޔަކާ ނޯންނާނެ! އެމީހުންނަށް އެތިބީ ހަސަނަށް ވީހެންވެފަ! ހަސަނަށް ހީވާނެ މީހަކު ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ގެންދާނެހެން! އެހެންވެފައި އެމްޑީޕީ މީހުން އެތިބީ! ޔާމީމނާ ޑީލްހަދައިގެން 8 މީހަކު ޖަލަށް ލާންކުރި މަސައްކަތް އަދީބުގެ ސަބަބުން ނާކާމިޔާބު ވެފައި އެތިބީ! އިބޫ ވެރިކަމަށް އެރީމާ އަނެއްކާވެސް ގިތެލެއްހެން ތެޅިގަންނާނެ! ބަލަން ތިބޭ!

 14. ހުސެން

  ކޯޓުން ގާސިމް ކަންކުރަނީ ލާރިދީގެން، ޖާބިރަކީވެސް އޭގެމީހެއް. މޑޕ އިން ކޯޓުން ވެސް ދެންހުރި މުއައްސަސާތަކުންވެސް ކަންތައް ކުރުވަނީ ބިރުދައްކާ މީހުން ބްލެކްމޭލް ކޮއްގެން. ޔާމިން ކޯޓައްހުސައެޅި މައްސަލައިގަ އެންމެ ކުޑަމިނުން ކަންހިންގައިދިޔަގޮތް ބަލަންވެސް ކޯޓައް ނިންމަން ނުކެރުނީ މޑޕ އަޑީގަ އޮވެގެން އީޔޫ އާއި އެމެރިކާގެ ދަތިކުރުމުގެ ބިރައް. ކޯލިސަނުން މިފަހަރު އިންތިހާބު ކާމިޔާބުކުރުމުގެ އެންމެ ބޮޑު ސިއްރަކީ ވިޔަފާރި ވެރިން އީޔޫގެ އެހީގަ ބްލެކްމޭލް ކުރުވުން.
  އަދި މީގެ ހިތި ހަމަ ދިވެހިން ކަލޭމެނައް ދައްކާނެ

  • އެޑަމް

   ކޯޓް ތަކުން ވަކި ފަރާތެއްގެ ނުފޫޒަށް ބިރުވެތި ޙުކުމް ކުރާނަމަ އެއީ އެންމެ ފުރަތަމަ އެމީހުންގެ މައްސަލައެކެވެ. އެންމެ ރަނގަޅު ގޮތަކީ އިންސާފުވެރިކަމާއިއެކު ވަކި އަތަކަށް ނުޖެހި ޙުކުމް ކުރަން ނުކެރޭނަމަ އިސްތިޢުފާދީ ގޭގަ މަޑުކޮށްލުމެވެ...

 15. ޙަފްޞާ / މާލެ

  1 ފެބްރުއަރީގެ އަމުރު ، ވޯޓު އޮޅުވައލިމައްސަލައިގެ ޙުކުމް ، ޤާސިމު މިނިވަންވުމުގެ އަމުރު ، މަޖްލިސްމެްބަރުންގެ ކަތިފިޔަވަޅު މިއީ މުޅިންވެސް ފައިސާއަށް ގެންފައިވާ ކަންތައްތަކެވެ. މާތްﷲ މިކަންތައްތަކުން ބަރަކާތް ކަނޑުއްވައި އާޚިރުގެނިމުން ހިތިކުރައްވާ ދިރިތިބިކަތުންނަށް ޢިބްރަތްލިބިނިވި ކަންތައްތަކެއްކަމުގައި މިަކަންކަން ލައްވާށިއެވެ. އާމީން

 16. މަހާ

  ގާސިމް އަކީ މި ރާއްޖޭގެ ހަލާކު! ރާއްޖެ މިހާ ހިސާބަށް ދުއްވާލުމުގެ އަސްލަކީ ގާސިމް، ކޯޓުތަށް ރައްޔަތުންގެ މަޖްލީސް މި ތަންތަނަށް ކޮރަޕްސަންގެ ގޮތުގައި ފައިސާ އަޅައި މުޅި ރާއްޖެ މިވަނީ ކޮރަޕްސަންގެ ހާއްޔަކަށް ހާދާފަ! މީނަވީ އުމުރައް ޖަލަށް ލާފައި ބަހައްޓަން އޭރުން ކިރިޔާވެސް އަލިމަގެއް އޮތީ

 17. ނައީ

  ގާސިމް އިބްރާހިމް އިންސާފުގެ ވާހަކަދައްކަން ލަދުގަންނަން ޖެހޭނެ! އޭނަގެ އުފަން ރަށުގެ ރައްޔަތުންގެ ބިންތަށް ނުހައްގުން ނަގައި މުޅި މާމިގިިލި ވަނީ ކައި ހުސްކޮއްފައި އެހެންވީމަ ނުވާނެ ގާސިމް ރާއްޖޭގެ ވެރިކަމަށް ގެންނާކަށް، އަތުވެއްޖެ ނަމަ މުޅި ރާއްޖެ ފެންފޮދަކާއި ނުލާ ދިރުވާލާނެ!

 18. ޢަހަންމާ

  ގާސިމާއި މައުމޫން އަކީ މިގައުމުގެ ހަލާކު. މީ އަމިއްލަ އެދުމަށް މުޅިގައުމު ގުރުބާންކޮށް ލާދީނީ ބަޔަކަށް މިގައުމުގެ ވެރިކަން ދިނުމުގަ އެންމެ ބޮޑު ރޯލެއް ކުޅުނު ދެ ޚާއިނުން. ވަރަށް ހިތި ގޮތަކަށް މިދެމީހުން ނިމިގެން ދާނެ.

 19. އަހުމަދު

  ސޭޓު އަދިވެސް ހަމަ އެގޮތުގަތަ؟ މި 5 އަހަރު ނިމެންދެން މަޑުމަޑުން ހުންނާނެ ކަމަށް ބެލެވެނީ. އެންމެން ގާސިމް ކަމުނުދާ ވާހަކަ ދައްކަނީ ކީއްވެތަ؟ ގާސިމް އަކީ އެހާ އަމިްލަ އެދުން ބޮޑު މީހެއްނޫން.

 20. އަލީ

  މިހާރު މިފެންނަ އިންސާފަކީ ނަން މައްސޫރު މީހުންނަން އެކަނި އޮތްއިންސާފެއް ނިކަމެތިން ނަކައް އެ އިންސާފެއް ނެއް ވ.ސަލާވް

 21. ގޯ

  މިނާއަކަށް މަޑެއްކޮން ނުހުރެވޭނެ އަބަދު ރިޒޯޓެއް ވޯޑްބެންކުން ލާރި މިނޫންއެއްޗެއް ނެތް ނުލިބެއްޖެނަމަ ސަރުކާރު ވައްޓާލަންވީ

 22. ރާޅު

  ފަޤީރުން ހަނާވިއަސް ހެޔޮ މިބައި މީހުންގެ އެދުން ފުދުނީމަ ނުިމުނީ