ދޫނިދޫ ޖަލުގެ ހާލަތު ބަލަން ޒިޔާރަތްކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފާހަގަކުރެވުނު ކަންތައްތައް ވަރަށް އަވަހަށް ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާ ކުރާނެ ކަމަށް، އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެޗްއާރުސީއެމުން ބުނީ ދޫނިދޫ ޖަލަށް ކުރި މި ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ ތަހުގީގަށް ބަންދު ކުރެވޭ މީހުން ބަންދުގައި ބައިތިއްބާ އިރު އެ މީހުންނާ ދޭތެރޭ އަނިޔާވެރި ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯ ބެލުން ކަމަށެވެ.

"މި ޒިޔާރަތުގެ ބޭނުމަކީ ތަހުގީގަށް ބަންދު ކުރާ މީހުންނާއި ގައިދީންގެ ގޮތުގައި ބައިތިއްބާފައި ތިބޭ މީހުންނަށް ލިބިދޭންޖެހޭ އިންސާނީ ހައްގެއް ގެއްލޭފަދަ ކަމެއް ހިނގާފައި ވޭތޯ ބެލުން " ބުންޏެވެ.

އެ ކޮމިޝަނުން ބުނީ މި ޒިޔާރަތުގައި ބަންދުގައި ބައިތިއްބާފައިވާ މީހުންގެ އާންމު ހާލަތާއި، މުވައްޒަފުންގެ ހާލަތު ދެނެގަނެފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުން އާންމުކޮށް އަމަލު ކުރަމުންދާ އުސޫލުގެ މަތިން މި ޒިޔާރަތުގައި ފާހަގަ ކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލައި ރިޕޯޓެއް ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށާއި، ފުލުހުންގެ މުއައްސަސާގެ އިތުރުން ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ހިއްސާ ކުރާނެ ކަމަށެވެ. އަދި އެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުންޏެވެ.

" ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހު ކުރަން ހުށަހަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން ފުލުހުންގެ މުއައްސާސާއާ ބައްދަލުކޮށް، ރިޕޯޓްގެ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހެދުމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައި" އެކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން މިދިޔަ އާދީއްތަ ދުވަހު ވަނީ ދޫނިދޫ ޖަލަށް ޒިޔާރަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަފްލާ

    އަދި ކިރިޔާ މަގާމުގަ ބަހައްޓާތޯ

  2. ފޭސް

    ފާހަނގަވީ ކަންތައް: 1. ދޫނިދޫ އޮތީ ވަކި ރަށެއް ގޮތުގައިކަން.

  3. ާަެރަމއު

    މިފަދަ ބޮޑު ޖަރީމާ ހިންގާއިރު ކަލޭ ފިލާފަ