ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު މާބޮޑަށް ގޯސްވެ، ގޭ ބަންދަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާކަަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މޫސާ ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބުގެ ސީޓީ ސްކޭނުން ދައްކާގޮތުގައި، އެތެރެ ހަށީގައި އިތުރު ސިސްޓް ހެދި ހިލަތަކެއް އުފެދި ސިއްހީ ހާލު މާބޮޑަށް ގޯސްވެފައިވާ ކަމަށެވެ.

އަދި އަދީބުގެ ގޭ ބަންދަށް ބަދަލުކޮށް ފަރުވާ ދިނުމަށް ޑޮކްޓަރުން މިއަދު ލަފާ ދެއްވާފައިވާ ކަމަށާއި އެހެންކަމުން އަދީބު ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ސިރާޖު ވަނީ ގޮވާލާފައެވެ.

އަދީބު ހައްޔަރު ކުރެވުނީ ރައީސް ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ދިން ހަމަލާ އާއި ގުޅިގެން ކަމަށް ވީނަމަވެސް އޭނާގެ މައްޗަށް އޭރުވެސް ތުހުމަތު ކުރެވެމުން ދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދީބު ހައްޔަރުކޮށް ތަޙްޤީޤު ކުރުމުން އެނގިފައިވާ ގޮތުގައި އަދީބު އިސްވެހުރެ އެމްއެމްޕީއާރްސީ އިން ވަނީ ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަަގަށް ނަގާފައެވެ.

އޭގެތެރެއިން ބައެއް މައްސަލަތަކުގައި އަދީބުގެ މައްޗަށް މިހާރު ޙުކުމް އިއްވާފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ތިރީހަކަށް މައްސަލައިގެ ޝަރީޢަތް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Abdul Latheef

    ތީބޮޑުވަގެއް. ކީއްކުރަން އަހަރުމެންގެ ނަބިއްޔާ އަށް ނިސްބަތް ކޮށް މުޚާޠަބު ކުރާގޮތަށް މިކަލޭގެ އަށް މިޚާޠަބު ކުރަންވީ؟ ކޮރަޕްޓް ޑޮކްޓަރުން ދޭ ފޭކް ރިޕޯރޓް ތަކަށް ރިޢާޔަތްކޮށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަވަހާރަކޮށްލަން ރޭވި މީހަކު ދޫކޮށްލުމަކީ އެކަންތަކަށް މިރާއްޖެ ވަނީ ހުޅުވާލެވިފައިކަމެވެ. އަތު ޖެހުނު ތަނަކުން ރައީސުން މެރުމަކީ ހަމަ އާދައިގެ ކަމެއްކަން ޔަގީންވީއެވެ. ގޭބަންދަށް ދޫކޮށްލީމަ އަނެއް 100 ރޮކެޓް ރާވާނެކަން ޔަގީން. ދެންފެންނާނީ މައްޔިތެއްހެން ކަފުންކޮށްފަ އަސީޔޫ ގަ އޮށްވައެވެ. ދުވަސްކޮޅަކުން ބޭރަށް ކަނޑާލީމަ އެވީނު. ވަގަށްނެގިހާ ޑޮލަރުތައް ބޮނޑިކޮށްލައިގެން ދިރިއުޅެވިދާނެ އެންނު.. . . . . ދިވެހިންނަށް ހަމަ އައްސަރިބަހާ ސާބަސް.

  2. ބޮޑުހިލަ

    އަހަރެންބުނަން އޮތީ ތިހިލަތަ ގޮނޑުދޮއް ހިމާޔަތްކުރަންދީފަ އަދީބު ﷲއަށް ބިރުވެތިވުމަށް ތިޔަ ވަކީލާ އަދީބުގެ އާއިލާވެސް ބިރުވެތާނުވަނީތަ އަސްލު ސިސްޓުތަކާ ހިލަޔާ ވެއްޔާ އަދީބުގެ ބަނޑުގަ އުފެދިއްޖެނަމަ ކޮންތާކަށްދާނީ ކިތައްމެ މޮޅުޑޮކްޓަރަށްވެސް ނުނެގޭނެ ތަނެއްގަ ތިސިސްޓު އުފެދިދާނެ ﷲނުޖައްސަވާ ބަލިބައްޠަށްއެދެނިކޮށް.