ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ މަހުގެ އަށް ވަނަ ދުވަހަށް ތާވަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށް އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމުގެ ނޯޓިސް މެމްބަރުންނަށް ފޮނުވާފާއެވެ.

މަސީހު އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ވައްދާފައިވަނީ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވެސް ތާއީދާއެކު ޖުމްލަ 51 މެންބަރުން ސޮޔާއެކުއެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހް ވަކިކުރަން ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ވެސް ސޮއި ކުރައްވާފައި ވާއިރު މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދާފައި އޮތް ޕީޕީއެމް ރޫޅިގެން ދިޔައީ މަސީހް މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އިދިކޮޅު މެންބަރުން މަޖިލީހަށް ހުށަހެޅި މައްސަލައެއްގެ ސަބަބުންނެވެ.

އެގޮތުން މަސީހްގެ މަގާމު ދިފާޢު ކުރުމަށްޓަކައި ޕީޕީއެމް އިން ވަނީ މަޖިލީހުގެ 12 މެންބަރަކު ވެސް އެޕާޓީ އިން ވަކިކޮށްފައެވެ.

މަޖިލީހުގެ ރައީސްކަމަށް މަސީހު ހޮވިވަޑައިގަތީ 28 މެއި 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގެނު ވޯޓުގައި 43 ވޯޓުގެ އަޣުލަބިއްޔަތެއް ލިބިވަޑައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރައްޔިތުން

  ރިޝްވަތު ލާރިން އެތިކޮޅެއް އަހަރުމެންނަށްވެސް ދިނުމަށް ޕީ.ޕީ.އެމް މެންބަރުންގެތެރެއިން ސޮއިކުރިމެންބަރުންނަށް ގޮވާލަން. މިދާވަރުން ދާނަމަ ސަދޫމްވެސް ނުވާނެ ބޭހަކަށްވެސް

 2. ޢަބްދުﷲ

  މިވަގުތު މަޖިލިސް އޮތީ، ޗުއްޓީގައެވެ. މަޖިލިސް ހުޅުވުމުން، އިސްތިއުފާގެ ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ފޮނުވުމުން އޮންނާނީ، މަޤާމުން ވަކިވެފައެވެ.

 3. ބަނާނަ މޭން

  އޭނަ އިސްތިއުފާނުދޭނެ ގަދަމުންޖެހޭނީ ބޭރުކުރަން

 4. މަދަދު

  ދިވެހިރައްޔިތުންނަށް ހެޔޮއެދޭ ނަމަ، ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީލުގެ މެންބަރަކަށް ކުރިނަތިލާ މީހެއްގެ ކިބައިގައި ތައުލީމީ ފެންވަރު ހުރުން ޝަރުތުކުރުން. މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ބިކަވެ ނިކަމެތިވެގެން މިދަނީ މަޖުލީހުގައި ތައުލީމެއް ނެތް މީހުން ތިބުން.

 5. ބޮޑު ދެލޯ

  މަސީހުގެ މައްސަލަ އަންނަމަހުގެ އަށްވަނަ ދުވަހައް! އެއީ އޭނަ މަޖިލީހުގެ ރައީސުގެ ގޮނޑިން ބޭލުން!! ރައީސް ޔާމީނުގެ ކަންތައް އަންނަ މަހު ބާރަވަނަ ދުވަހަށް! އެއީ މުހައްމަދު އަމީނަށްވެސް ހެދި ގޮތަށް އެ މަނިކުފާނައްވެސް ހަދާލުން!!! އާދެ! ތެޅިތެޅީނުން މަރާލުން! މިހާރައް ފެންނަމުންދާ މަންޒަރުތަކުން ދައްކަނީ އެ މަންޒަރު!? އެހެން ނޫނިއްޔާ މިހާރު ނަގައިކިޔަން ތި ތިބީ ވެރިކަމާއިހެދި ލޮލުފިޔަ ނުޖެހިގެންއުޅޭ މާލޭގެ "ބޮޑުން"ނެއްނޫން! ބަލަން ތިބެމާހިނގަ! ދޯ! ރިޔާޒޫ؟