ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޖުމްހޫރީ ޕާޓީގެ ބާނީ އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ދިނުމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ހިމެނޭ ޕާލިމެންޓްރީ ގުރޫޕުން މިރޭ ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މ.ކުނޫޒުގައި މިއަދު ބޭއްވި ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައެވެ.
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދޭން ފާސްކުރިއިރު، މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ ވައްދާފައެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ 51 މެމްބަރުންގެ ސޮޔާއެކުއެވެ. މަސީހު މަގާމުން ދުރުކުރަން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވައެވެ.
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދިނުމަށް ނިންމާފައިވާއިރު، މަސީހު މަގާމުން ދުރުކޮށްފިނަމަ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.
މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ، މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ
ހަހަ ވވ އުފާވެއްޖެ ގަާސިމް އަށް ތިމަޤާމު ދީފިނަމަ ދެން ވާނެގޮތް ފެންނާނެ ވ އަވަހަށް
މަޖިލީހުން ނިންމަވަންޖެހޭ ކަމެއް ނިންމޭނީ ހަމަ މަޖިލީހުންނެވެ.
މިހާއަވަހައް ﷲ ގެރަހުމަތުން ތިކަން ނުވުމައް ދުއާކުރަން
ބަގާވާތުގެ ބައްފައި ތީ.
ބަރާބަރު، ދުވަސް ކޮޅަކުން ގާސިމު، މައުމޫނާއި ގުޅިގެން މަޖުލިސް ތެރިއިން އިބޫގެ ވެރިކަން ނިންމާލަން އުޅޭނެ، އިބޫ ތެޅޭނީ ގާސިމު މަޖުލިސް ރައީސްކަމުން ދުރު ކުރުވަން.
ރުއްސައިގެން ގެންގުޅޭނީ މަޖިލިސް އިންތިޚާބު ނިމެންދެން! އެހާހިސާބުން ކުޅިވަރުފެށޭނެ!
ގާސިމް އަށް ވެސް ރައީސް ކަމެއް ދެއްވީމަ ހިނިފުޅު ވަޑުވާފަ ދެފައި ހަލުވާލަ ހަލުވާލާ ރީތިކޮއް އިންނަވާނެ ، ރައީސް ޔާމީން އަށް މީހުންގެންގުޅެން ހަމައިގިވަޑައިނުގަތީ އިންގޭތޯ، ރުއްސައިގެން ބުއްފުޅި ޖައްސަން ޖެހޭކުދިންވެސް ތިބޭނެ.
ބަލަގަ: ގާސިމާ މޮޔަފުޅުވީތަ، މެމްބަރުކަމުގެ ޓާމް ހަމަވަނީ ދެން ކީއްކުރަންތަ ދެދުވަހަށް ތިކަމާއި ފައިވިއްދަނީ
ވިޔަފާރިވެރިން ސިޔާސީ ކަންކަމުގައި އުޅުން މިއީ ހުއްޓުވަންޖެހޭ ކަމެއް، ރަނގަޅަށް ބަސްއަހައިގެން ގޭގަ ތިބީމަ ނިމުނީނުން، މި ޤާސިމްގެ އުނދަގޫވެސް ވަރަށް ބޮޑު ވެއްޖެ. ރައްޔިތުން ވަނީ މިއަދު ސިޔާސީ ކަންކަމާ މިމީހުން މިކުޅޭ ގޭމްސް އަށް ނިކަން ލޯހުޅުވިފައި، ދެން ހުރިހާ ރައްޔިތުންވެގެން ޤައުމުގެ ސިޔާސީ ކަންކަން ރަނގަޅަށް އެމީހުން ބޭނުންވާ ގޮތަށް ޝޭޕް ކުރުވަންވީ، އެމީހުން އެކައުޓަބަލް ކުރުވަން ގޮތެއް ރާވަންވީ، މިކަންކަމާ ހަވާލުވެފައިވާ އިދާރާތައް މިވަނީ އެކަންކަން ކުރުމަށް ނުކުޅެދިފައި. ،މިހެން ބަލަން ތިބެވޭކަށް ނެތް މިއަދު.
ރައްޔިތުންގެ ޓެކްސް ލާރިކޮޅު އަދިވެސްނުދީ، ރައްޔިތުންގެ ބޮލަށް އެރޭތޯދޯ މިއުޅެނީ، ދައުލަތަށް ދައްކަންޖެހޭ ދަރަނި ކޮބާ ގާސިމޫ؟ މިހުރިހާ ކަމެއްވާއިރު މީ ބައެއްގެ ޕަޕެޓެއްނޫނޭ ކިޔާ ފާސިގު ގާޒީން ކޮބާ؟