ރާއްޖޭގައި ހައްދުފަހަނައަޅައި ގޮސްފައި އޮތް މީހުންގެ އަބުރާއި ބެހުމުގެ މައްސަލަތައް ހުއްޓުވައި، އަބުރާއި ބެހުމުގެ އަދަބު ބޮޑުކޮށް ރައީސް ޔާމީންގެ ސަރުކާރުން އަމަލު ކުރަން ފެށި ޤާނޫނު އުވާލުމަށް އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ދެންމެ ރައްޔިތުން މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޤާނޫނު އުވާލަން މަޖިލީހަށް ހުށަހެޅީ އެޤާނޫނަކީ ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ އަސާސީ ބައެއް ޙައްޤުތައް ނިގުޅައިގަނެފައިވާ ނުވަތަ އަސާސީ ބައެއް ޙައްޤުތަކަށް އުނިކަން ލިބިފައިވާ ޤާނޫނަކަށް ވާތީ ކަމަށެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ޤާނޫނުގައި ޤާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކާއި ދުސްތޫރީ އުސޫލުތަކާއި ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާއި ޚިލާފު އުސޫލުތައް އެބަހުރި ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަބުުރު ރައްކާތެރިކުރުމާއި ހިޔާޅު ފާޅުކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ގާނޫނީ ގޮތުން ފުށުއަރައި ކަންތައްތަކާއި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާތީއާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ އަސާސީތަކާއި ދިވެހި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދޭ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ބަޔާންކޮށް ބައިނަލް އަގްވާމީ ގާނޫނީ ހަމަތަކާއި އުސޫލުތަކާއި ތައާރަޒްވާތީއާ އަބުރު ރައްކާތެރިކުރުމާއި ހިޔާލް ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ގާނޫނު އަސާސީގެ 20، 26، 27، 28، 37، 43، 56 އަދި 61 އެއްވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގުތަކާއި މިނިވަންކަމަށް އުނިކަން ލިބޭގޮތަށް ކަންކަން ބަޔާންކޮށްފައިވާތީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު ބާތިލް ކުރުމަށް، އުވާލުމަށް މި ހުށަޅަނީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އަބުރުގެ ގާނޫނު އުވުމާއިއެކު އާންމު ގާނޫނުތަކުގެ ދަށުން އަބުރާބެހުމުގެ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޤަވައިދު އަލުން ހިމަނައި އެގަވައިދުގެ ބެލެނިވެރިކަން ގާނޫނެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށެވެ. އެގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު އަސްދީގްކޮށް ގެޒެޓް ކުރެވުމުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އަބުރާބެހުމުގެ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޤަވައިދަކީ އަބުރާއި ބެހުމުން މަދަނީ ބަދަލު ނަގައި ދިނުމަށް ކުރިން އަމަލު ކުރި ޤަވައިދެކެވެ. އެޤަވައިދުގެ ދަށުން އަބުރުގެ މައްސަލަތަކުގައި ނަގައި ދެނީ 100 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދުގެ ބަދަލެކެވެ. އެހެންކަމުން އެއީ އަބުރާއި ބެހުމުގެ މައްސަލަތަކަށް އެއްވެސް ހައްލެއް ގެނެވުނު ޤަވައިދެއް ނޫނެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ބަނާނަ މޭން

  އަބުރުގެ ގާނޫނޭކިޔައިގެން ޔާމީނު ހޯދިފައިސާ އަނބުރާ ހޯދުމައްވެސް ހުށަހަޅަންޖެހޭ

 2. އަކ

  ހުވާ ނުކުރެވެނީސް ތިޔަ ފެށީ ގޯސްކޮށް. ޔާމީން ސަރުކާރުގައި ވެސް ކޮށްފައި އިން ރަނގަޅުކަމެށް އުވާލަން ތިޔަ އުޅެނީ. އިސްލާމްދީނުގައިވެސް އަބުރު ރައްކާތެރިކުރުން އޮވޭ. ކަލޭމެންނަށް ތިޔަހިރީ ރަނގަޅަށް އިސްލާމްދީން ހިމާޔަށް ކުރެވިފަ. ތިޔަ ވެރިކަންވެސް ހިޔެއްނުވެ މާގިނަދުވަހު އޮންނާނެ ހެނެއް. ފެށުން ގޯސްވީމަ ނިމުންވެސް ހަޑިވާނެ ދޯ.

 3. ބޭބެ

  ތިކަހަލަ ހުރިހާ ރަގަނޅު ކަންތައްތައް އުވާލަންވީއެވެ!! ތިބިލުގެ ޙަގީގީ ބޭނުމަކީވެސް ކޮރަޕްޝަނަށް މަޖްލިސް މެމްބަރުން ހުށަހެޅިފައިވާ ހުށަހެޅުން ނިމުމަކަށް ގެނަސް އެކަން ހުއްޓުވުން!! އެއީ ރައްޔިތުން މެމްބަރު ހޮވި ވިސްނުމާއި (ޕާޓީލައިން) ދިމާ އިދިކޮޅަާށް މަސައްކަތްކޮށް ކަޅުފައިސާ ނުވަތަ ރިޝްވަތުގެ ފައިސާއަށް ޕާޓީ ބަދަލުކުރާތީ އެކަން ހުއްޓުވަން ފާސްކުރި ގާނޫނެއް އެންޓިޑިފެކްޝަން ގާނޫނަކީ!! އެވެސް އުވަލާ!! ދެން އޮތީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ބުނެ އެއްވެސް ކުށެއް ނެތް އެތައް ރައްޔިތުންގެ ޙައްގަށް މީޑިޔާ ތަކުންނާ ނޫސްތަކުންނާ ޢާންމު އެކިއެކި ފަރުދުން ފާޅުގައި އަރައިގަނެ އެއްވެސް އަސާސެއްނެތް ދޮގުވާހަކަތައް ފަތުރާތީ އެކަން ކޮންމެވެސް މެކޭނިޒަމްއެއްގެ ތެރެއިން ޖަވާބުދާރީކުރެވި އެފަދަ ދޮގު ވާހަކަތައް ދައްކާ މީހުންގެ އަބުރު ކަތިލިޔަ ނުދިނުމުގެ ބޭނުމުގައި ހެދި ގާނޫނެއް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ!! މިވެސް އުވަލާ!! ދެން މިހެން އުވާލާ ހަދާފައިވާ ފާލަމާއި ތަންތަން ތަޅާލާނަމަ މާލެ ހުޅުމާލެ އާއި ދެމެދު އަޅާފައިވާ ބްރިޖްވެސް ތަޅާލާ އެތަނުންނަގާ!! އެކަން ކޮށްފަ އޮތީވެސް މުޅި ރައްޔިތުންގެ ފައިދާއަށް!! އެއީ މާލެއާއި ހުޅުމާލެ ހުޅުލެއާއި ދެމެދު ދަތުރުފަތުރުކުރާ މީހުންނަށް ކަނޑުމަގުން ކުރާ ދަތުރުތައް ފަސޭހަކޮށްދީ އަވަސްކުރުމުގެ ބޭނުމުގައި!! މިހެން މުޅި ރައްޔިތުންގެ ފައިދާ އާއި ލާބަޔަށް ހަދާފައިވާ ގާނޫނުތަކާއި ތަރައްގީތަށް އުވާލާ އެތަންތަނުގައި ހުޅުޖަހަނީ މަދު ބަޔަކު ބޭނުންވާ ކަންތައްތައް ނުކުރެވޭތީ!! މިއީ އިންސާފެއްތޯ؟ ކޮންކަހަލަ އިންސާފެއް؟

 4. ޗ

  ތިކަމަށް މަވެސް ވަރަށް ތާއީދުކުރަން.. އޭރުން ދޯ މަށަށް ކަލޭމެނާ ދިމާލަށް ބޭނުން އެއްޗެއް ކިޔޭނީ

 5. އަބްދުއްލާ

  މިގާނޫނަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ގާނޫނެއް . މިއީ އޮންނަންޖެހޭ ގާނޫނެއް .ގާނޫނުއަސާސީގެ 18 ވަނަމާއްދާއާ 17 ވަނަމާއްދާގަ ބުނާ ހަމަހަމަކަމާ ހައްގުތައް ހިމާޔަތް ކުރުމަދަވްލަތުގެ މައްޗަށް ކޮށްފައިވާ ވާޖިބު ދަވްލަތުންނެގެހެއްޓުމަށްޓަހާ ހެދިފަ އޮންނަންޖެހޭ ގާނޫނެއް. މީހާގެ ހިތަށް ފެންނަ ކޮންމެ އެއްޗެއް ދުލުން27 ން ލިބިދޭ މިންވަރަށް ފާޅުކުރެވޭ އިރު 33 ގަ ބުނާ އަބުރު ގާނޫނެއްނެތި ހައްލުކު ކުރެވޭނެބާ ؟އަދި 67 ގަ ބުނާ ހައްގުތައް ދެމެހެއްޓުމަށާ ތިމާގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ވެސް ގާނޫނނެއް ބޭނޫންވޭ ނޫންބާ ؟

 6. ކުރުކުރު

  ވަރަށްވެސް މޮޔަކަމެއް ތިކުރެވެނީ

 7. ސަހަރޯ

  ކަލޭމެންގެ ދީނެއް ނެތްކަން ހާމަވެއްޖެ.

 8. Anonymous

  ޕްރީޕެއިޑް ޝިއުނާއާއި ޝާހިދުބޭއާއި ދެމީހުން ގަތްގަނޑެއްގެ ވާހަކަވެސް ދެން މިމީހުން ކުރިމަތްޗަށްއަރާވެސް އަހަރުމެން ކީމަ ނިމުނީނުން، ސަޅިގަރާރެއް

 9. އައްޑޫސިޓީ

  ހަމަހުވާ މަށައްގެންނަނީ ގާނޫނުއަސާސީ ވެސް އުވާލަން. އޭރުންތާ ބޭނުންބަޔަކު ބޭނުންއިރަކުހައްޔަރުކޮށްފަ ދޫކުރަންބޭނުންވާ ބަޔަކު ދޫކުރަން ފަސޭހަވާނީ. ތިއޮތީގާނޫުގެ ވެރިކަމުގެ ފެށުން. އަދި މިއުޅެނީހުވާނުކުރެވިގެން. ޒާތީގޮތުން ކުރާކޮންމެ ކަމެއްގެނަތީޖާ އަކީއެންމެފަހު ވަގުތު އެބަޔަކު އެމަޅީގަޖެހިގެންދާނެ ކަމެއްކަން ޔަގީން.

 10. އިބްރޭ

  ތިޔަހިރީ ރަނގަޅަށް އިސްލާމްދީން ހިމާޔަށް ކުރެވިފަ.

 11. ތުޙްފާ

  ޔާ އަﷲ! މި ނުބައި ޝައިޠާނުންގެކިބައި މިޤަވްމު ސަލާމަތްކޮށްދެއްވާންދޭވެ! އާމީން

 12. ބޮއިކަޓް ޢަލީ

  މިހާރު މިތިބަ މެންބަރުންނަށް ވޯޓު ނުނެއްވާ!!!!