ޝަރަފްވެރި މަގާމުތަކުގައި ތިބި މީހުންނަކީ އަޙްލާޤީ މިންގަނޑުތަކުގައި ވަރަށް ބާރަށް ހިފަހައްޓަން ޖެހޭ ބައެއް ކަމަށް ލިޔެފައި އޮތީ ހުރިހާ ކަމެއް ފުރިހަމަ ޑިމޮކްރަސީގައި އެކަންޏެވެ. ހުރިހާ ކަމެއް ފުރިހަމަ ޑިމޮކްރަސީގެ އެންމެ ސަޅި ކަމަކީ ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް އަމަލު ނުކުރި ނަމަވެސް އެއީ ކަޑަ ކަމަކަށް ނުވުމެވެ. ދިވެހިރާއްޖެ އިން ފެންނަނީ މިމަންޒަރެވެ.
ދައުލަތުގެ ވަރަށް މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަމިއްލަ އަށް ޖިންސީ އެދުން ފުއްދާ ވީޑިއޯތަކެއް މީސް މީޑިއާގައި ލީކް ވުމަކީ މިކަމުގެ މިސާލެކެވެ. ބައެއް މީހުންގެ ހަނދާނުގައި މިއަދު މިކަން ނެތް ނަމަވެސް މިއީ މީގެ އަށެއްކަ އަހަރު ކުރިން މިދިވެހިރާއްޖޭގައި ހިނގާފައި ހުރި ކަންތައްތަކެވެ.
އޭގެ ފަހުން ހިނގި ކިތަންމެ ކަމެއްގެ ވާހަކަ ލިޔެވި ދާނެއެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުރި ބޭފުޅަކު އަންހެން މުވައްޒަފަަކަށް ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވިއެވެ. ބައެއް މީހުންގެ ނަޒަރުގައި ސިވިސް ސާވިސް ކޮމިޝަންގެ ރައީސް އަންހެން މުވައްޒަފަކާއި މުހާތަބުކޮށް "ހާދަ ރީއްޗޭ" ބުނުން އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ރައްޔިތުން މަޖިލީހުން އޭނާ މަގާމުން ދުރުކުރީ އެމައްސަލައިގައެވެ. އެއީ އަންހެނުންނަށް ފުރައްސާރަ ކުރާ މީހުންނަށް ދެވުނު ވަރަށް ރަނގަޅު މެސެޖެއް ކަމަށް ފުރަތަމަ ހީކުރެވުނެވެ.
ކަންތައްވީ އެހެންނެއް ނޫނެވެ. ރައްޔިތުން މަޖިލީހުން ނިންމާފައި އޮތް ނިންމުމެއް ސުޕްރީމް ކޯޓުން ބަދަލުކޮށް، ރައްޔިތުން މަޖިލީހުގެ ޤާނޫނީ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ، އޭނާގެ މަގާމު އިއާދަ ކުރިއެވެ. ޤާނޫނީ ބޮޑު މުސީބާތަކަށް އެކަންވެ ހައްލު ކުރަން އުނދަގޫވެ، އެތައް ތަކުލީފެއް ސަރުކާރުން އެމައްސަލައިގައި އުފުލަން ޖެހުނެވެ. އެންމެ ފަހުން މައްސަލަ ހައްލުވީ އެބޭފުޅާ ބޭނުންފުޅު މަގާމެއް ބޭނުންފުޅު ގައުމަކުން ހަމަޖައްސައި ދިނުމުންނެވެ.
މިދިޔަ މަހު އޮތް ރިޔާސީ އިންތިޚާބަށް ފަހު ހުދުކާފުރަށް، ނުވަތަ ތެދު އަލިފަށް ވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނެވެ. ހާއްސަކޮށް އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފުއާ ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބެވެ. އެހެންކަމުން މިއަދު އެއިން ބޭފުޅެއްގެ އެއްވެސް ކުށެއް އޮތް ކަމަކަށް އަޑުގަދަ މީހުން ގަބޫލެއް ނުކުރެއެވެ. އަޑުގަދަ މީހުންނަކީ މިޒަމާނުގައި ވެސް ރުއް ގިނަ މީހުންނެވެ. އެހެންކަމުން އެމީހުން ކުރާ ގޯސްކަންތަކުގެ ވާހަކަ ދައްކަން މީހުން ޖެހިލުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަބީބް، ސަތޭކައެއްހައި ނޫސްވެރިން ތިބި ވައިބާ ގްރޫޕެއްގައި އަންހެން ނޫސްވެރިއެއްގެ ނަން ފާހަގަކޮށް "ކޮލަމްބޯ އަށް އަންނަ ނަމަ އަންގާލައްޗޭ" އޭ ވިދާޅުވުމަކީ ބައެއް މީހުންނަށް މައްސަލައަކަށް ނުވިއެވެ.
ނަމަވެސް ހަބީބް އާއި ސުވާލު ކުރި ނޫސްވެރިޔަކީ މިސާލަކަށް މަޝްހޫރު ފިރިހެން ނޫސްވެރިޔަކަށް ވިނަމަ ހަބީބަށް އެހެން ބުނަން ނުކެރުނީހެވެ. ނުވަތަ ނުބުނީހެވެ. މިކަމުން ވެސް މިދޭހަވަނީ ހަބީބް ނޫސްވެރިޔާ އަށް ފުރައްސާރަ ކުރީ އޭނާ އަންހެނަކަށް ވުމުންނެވެ. އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ.
ދެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައި އޭނާ ރާއްޖެ އިން ފުރި ވާހަކަ ކޮންމެވެސް މަންޖެއަކަށް އަންގާލަން އެދިފައި ވެއެވެ. އެއްވެސް އަންހެނެއްގެ ނަން އެޓްވީޓްގައި ފާހަގަކޮށްފައެއް ނެތެވެ. ނަމަވެސް އެއީ އަންހެނުންނާއި ދިމާކޮށްލުމުގެ ނިޔަތުގައި ކޮށްފައި އޮތް ޓްވީޓެއްކަން ވަރަށް ސާފެވެ.
އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށާއި އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލަށް ރިޢާޔަތްކޮށް، ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރާ ތަފާތުކުރުންތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށާއި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުކުރުމަށް ބާރު އަޅާ ވިސްނުމާއި ފިކުރާއި އުސޫލުތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް މަގުފަހިކުރުމަށް ރާއްޖޭގައި ވަނީ "ޖެންޑާ އީކްއާލިޓީ ޤާނޫނެއް" ވެސް ފާސްކޮށްފައެވެ.
މީހަކު ނިސްބަތްވާ ޖިންސަކަށް ބަލައި އެއްވެސް މީހަކާމެދު، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ތަފާތުކުރުމަކީ މި ޤާނޫނުގެ ދަށުން މަނާކަމެކެވެ. ވަކި ޖިންސަކަށް ނިސްބަތްވާތީ މީހަކާއި މެދު ތަފާތު ކުރުން ގެންގުޅެފިނަމަ ލިބޭ ގެއްލުމަކާ ގުޅިގެން، އެފަދަ ގެއްލުމެއް ލިބޭ މީހާއަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، ބަދަލު ދޭން ޖެހޭނެ ކަމަށް ވެސް ޤާނޫނުގައި ބުނެފައިވެއެވެ. ބަދަލުގެ މިންވަރު ކަނޑައަޅާނީ ޓްރައިބިއުނަލުން ނުވަތަ ކޯޓުންނެވެ.
ރާއްޖޭގައި އަންހެނަކަށް ވީތީ އޮފީސް މާހައުލުންނާއި މަގުމަތިން ކުރިމަތިވާ ފުރައްސާރަ ވަރަށް ގިނައެވެ. އެކުގައި މަސައްކަތް ކުރާ ވެރިން، އަންހެނަކަށް ވާތީ ރައްދުކުރާ ބަސްތަކެއް ހުރެއެވެ. އެކަންކަމާއި ކުރިމަތިލުން ނޫން އިތުރު ގޮތެއް ނޯވެއެވެ. ވެރިމީހާ އެއްޗެއް ބުނާ ކޮންމެ ފަހަރަކު ވަޒީފާ ދޫކޮށްލާފައި ނިކުމެ ދެން ދާނެ ވަޒީފާއެއް ނޯވެއެވެ. ވެރިމީހާގެ މައްސަލަ ކަމާބެހޭ ފަރާތައް ހުށަހެޅުމުން މުވައްޒަފަށް ކާމިޔާބު ލިބުން އެއީ ވުން އެކަށީގެންވާ ކަމެއް ނޫނެވެ.
މައްސަލަތައް ހައްލު ކުރުމަށް ކުރަން ޖެހޭ ކަމަކީ މައްސަލައެއް ކުރިމަތި ވުމުގެ ކުރިން ފިޔަވަޅު އެޅުމެވެ. އަންހެނުންނަށް ވީތީ ކުރިމަތިވާ ފުރައްސާރަ އަށް ފުރަތަމަ އަޅަން އޮތް ފިޔަވަޅަކީ ތަންތަނުގެ ވެރިންނަކީ ދުރޫސުލް އަޙްލާޤުން ޒިނާތަތްތެރިވެފައިވާ ބަޔަކަށް ހެދުމެވެ. ޝަރީފާއި ހަބީބްގެ މިހިރަ ސިފަތައް ނެތް މީހުންނަށް ތަންތަނުގެ ވެރިން ހެދުމެވެ. ޖަޒްބާތުގައި ޖެހިގެން ކޮންމެ ފަދަ ވާހަކައެއް ވެސް ނުދައްކާނެ ވެރިންނަން ތަންތަނުގެ ވެރިން ހެދުމެވެ.
މިވާހަކަ އާއި އެއްބަސްވާ މީހުން މަދުވެދާނެއެވެ. އެއީ މައްސަލަތަކާއި މެދު ވިސްނުމުގެ ކުރިން ކޮންމެ މީހެއްގެ ސިކުނޑިއަށް ސިޔާސީ ފިކުރު ވަންނާތީއެވެ. ޝަރީފާއި ހަބީބް ތިބި ސިޔާސީ ފަޅި މިއަދު ބަދަލުވެފައި އޮތްނަމަ ޓްވިޓާ އާއި ފޭސްބުކް ސްޓޭޓަސްތައް ވަރަށް ގިނަ ވީހެވެ. ނަމަވެސް ހާލަތާއި ވަގުތު ބަދަލު ވެއްޖެއެވެ.
މައްސަލައަކީ ހަމައެކަނި ޤާނޫނުތަކާއި ޤަވައިދުތައް ހެދިފައި ހުރި ގޮތެއް ނޫނެވެ. މައްސަލައަކީ މީހުންގެ ވިސްނުމާއި ފިކުރަށް އައިސްފައި މިއޮތް ބަދަލެވެ.
ޢަންހެނަކު ފުަރައްސާރަ ކުރީމަ ފުރައްސާރަ އަކަށް ނުވޭތަ ވަގުތު ބުރާންތިތަކާ؟ ކޮންމެ ކަމެއްގަވެސް އެއްކޮޅު ކަލޭމެން ތިބަލަނީ!
ދެން ތިބުނަނީ އެމަންޖެ ވީމާ ފުރައްސާރަކުރަންވީއޯތަ؟؟؟؟11111
އެދުވަސްފާއިތުވީއެވެ. ކުރިފުރައްސާރައާއި ފޭހުނުހުރިހާ އިލޮށި އަމިއްލަގަޔައްހެރިއްޖެ ކުރަންބޭނުންވި ހުރިހާކަމެއް ކުރި އެހެނަސް އެއްކަމެއްފިޔަވާ.... ވަގައް ހާސްދުވަސް ރައްޔިތުންނައް އެއްދުވަސް އެއީ 23ސެޕް ....::
ތިހާވަރުގަދަ ބޮޑު ވައްކަމެއްކުރެވޭނީ އެހާވަރަށް ގަޓުހުރެގެންކަމާމެދުށައްކެއް ނުކުރާނެ އެވިދާޅުވާ ވަރަށްޑޮލަރުލިބުނީމާ އާއްމުމީހުންނަށް ވުރެންބޮޑަށް ސަރުކާރުގެ މިނިވަން މުއައްސަސާތަކުގެ ވެރިންގަޓު ހުންނާނެ ޖަޒުބާތުގައި އަންހެނަކު ނުވތަ ފިހެނަކު ޕާޓީއެއް އިސްތިސްނާނުވާނެ
މިހާރުވެސް ތިކަންކަމާ ގުޅުންހުރި ގާނޫނުތަށް އުވާލަން ފޫގަޅާފަ އެތިބީ، އެމީހަކު ހިތަށްއެރި ގޮތަކަށް އުޅެންވީ، މިއީ އެމީހުން މިކިޔާ "މިނިވަންކަން"، ބޭރުފުށުން ވަރަށް ރަނގަޅު ކަމަށް ހެދިގެން އެތެރެފުށް ވަރަށް ނުބައި ޖައްބާރު ބައެއްގެ އަތްމަށްޗަށް ވެރިކަން މިއޮތީ ލިބިފަ، ހިތާމަޔަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގިނަ ރައްޔިތުން ތާޢީދުކުރީ މިވެރިންގެ ސިޔާސަތަށް، އެއީ ގައުމަށް ކޮންމެގޮތެއްވިޔަސް ހެޔޮކަމަށް، ހަސަދަވެރިކަމާއި ޒާތީ ތަޢައްޞުބު އިސްކޮށް ތިމާގެ އަމިއްލަ އެޖެންޑާއެއް ޙާސިލްކުރުމުގެ ނިޔަތުގައި.
ޑިސްލައިކް ހުރިނަމަ އެގުނީހީ ތިބުނި ބަހުގެ މާނަ.
ތެދެކެވެ. ވިސްނާ ފިކުރު ކުރާމީހުން މަދުވުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. މިކަމުގެ ޒިންމާ އަޅުގަނޑު މެނާއި އަޅުނޑުމެންގެ ކާބަފައިން އަދި ޤައުމަށް ޚިދުމަތްކުރި އިސްރަށްވެހިން އުފުލަންޖެހެއެވެ. މިއަދު ޖެހިފަ މިވަނީ އެ ބޭފުޅުންގެ ފުރިހަމަ ޒިންމާ އުފުލާފައި ނުވުމުގެ ހިތިރަހަ ކަރުތެރޭގައި ލައްވައިގެން ތިބޭށެވެ. ނަޒާހަތްތެރި ދަރިންތަކެއް ބިނާ ކޮށް ދެއްވިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެވެ.
ޝަރީފޫ! ކޮބާހޭ ވޯޓާސް ލިސްޓްގަ ނަން ނެތި ޕެރެޑައިސް އައިލެންޑް ރިޒޯޓް ވޯޓް ފޮއްޓަށް ވޯޓުލުމުގެ ހުއްދަ ދިން މީހުން. ދެން ތި ބުނަނީހޭ ހަމަ ވޯޓުން މަކަރެއް ނަހަދަމޭ! ޖަވާބުދޭން ޖެހޭ ދުވަހުޖަވާބު ދޭން ކެރޭނެހޭ؟
ރައްޔިތުންއޮތީ ޖަވާބުދީފަ ވަރައްސާފު
މަރިޔަމް ޝާނީ އަންހެނަކަށް ވީމަތައް ތިހެން ތި ކިޔަނީ..ފުރަތަމަ ޝަރީފު ކުރީކީ ތިބުނާ މީހުން ކުރި ކހަލަ ކަމެއްތައް؟ މުޒާހަރާ ތަކުގަ ޝަރީފުއަށް ފުރައްސާރަ ކުރިޔަސް އޯކޭ ވާނޭ ތައް ތިބުނީ؟؟؟
ޔާމީނު ލައިކްފާހަގަ ނުއަތައް ދެއްކުން އެންމެ ސަޅީ . އެވެސް މަހްލޫފުއާ ދިމާލަށް
އަސްލުގަ ތަހުޒީބީ މުޖުތަމައުގައިމިއީ އެމީހުން އިސްތިއުފާދޭންޖެހޭ ވަރުގެ ދަށުދަރަޖައިފެ ކަންތައްތައް. މީގެ 8 އަހަރުގެ ވީޑިއޯތައް އަދިވެސް ހުރެދާނެ އެމީހުންގެ ވާހަކަ މީޑިއާއި ން ދައްކާލަންވީ ސައިޒްކޮށްލަން.
އެއީ ހަމަ ޖިންސީ ފުރައްސާރަ ކުރުން..އަދަބުލިބެންޖެހޭނެ
އެއްވެސް މުޖުތަމައެއްގައި ތިބުނާ ދުރޫސުލް އަޚްލާޤް ހަރުލައްވަން ބޭނުންނަމަ ފުރަތަމަ އެކަން ކުރަންޖެހޭނީ އެޤައުމެއްގެ ވަލިއްޔުލް އަމްރު ކަމުގައި ވެގެން ނޫނީ ތިބުނާ އަޚްލާޤް މީހުންގެ ތެރޭގައި އަށަގެންނެވުމަކީ ވާނެކަމެއް ނޫން ! ރައްޔިތުން އެންމެ ފުރަތަމަ ބަލާނީ އެމީހުންގެ ބޮޑެތި މީހުންކަން ކުރާގޮތް ! ޖެއްސުންކުރުން ، ޚިޔާނާތްތެރިވުން ، މީހުންމެރުން ، މަކަރާއި ހީލަތްހެދުން ، ދޮގުހެދުން ، މިހެންގޮސް ނުބައި ނުލަފާ ހުރިހާ ކަމެއް އެތަނެއްގެ ވެރިން ކުރަން ފެށީމަ ދެންތިބި މީހުންގެ ގޯސްވާނީ ހަމައެކަިނ ބަސްމަގެއް ނޫނެވެ. މުޅި މުޖްތަމަޢު ހިގަން ފަށާނީ އެމީހުނަށް ދައްކަމުން ދާ ނުބައި މަގުންނެވެ.
ނުބައި ނުލަފާ ވެރިން ފާވަނީ ނުބައި ނުލަފާ މީސްތަކުންގެ މައްޗަށް. ރާއްޖޭގެ މުއައްސަސާތަކުގެ ވެރިންނަށް އެތިބީ މި ރާއްޖެއަށް "އިމްޕޯޓު" ކުރި ބައެއް ނޫން. ހަމަ މި މުޖުތަމަޢުން ތަރުބިއްޔަތު ލިބި އެހިސާބަށް އައި މީހުން. ދިވެހި މުޖުތަމަޢުގެ ފަހުގެ ޖީލުތައް ވެފައިވަނީ ދީނާއި ދުރު، ކޮންމެ ކަމެއް ވަރިހަމަ، އަމިއްލަ އެދުމުން ފޯވެފައިވާ ބައެއް ހިމެނޭ މުޖުތަމަޢުއަކަށް. އެއްވެސް މަސްއޫލުވެރިކަމެއް، ވަރަށް މަދުން ނޫނީ، ހަރުދަނާ އިޚުލާޞްތެރި ބަޔަކާ ޙަވާލު ނުކުރޭ. ކިތަންމެ ހަޑިމުޑުދާރު ވިޔާނުދާ މީހެއް ނަމަވެސް ވަރިހަމަ، ތިމާއަށް ކަމެއް ފަހިވާނަމަ އޭނާއަށް ކަންކަން ޙަވާލުކުރަން. ސަރުކާރުގަވެސް އިދިކޮޅު ކޯލިޝަނުގައިވެސް މިކަން އޮތީ ހަމަ މިހެން. އެކަން އެހެންވީ ދިވެހި މުޖުތަމަޢުގެ ގިނަ ފަރުދުންނަކީ ﷲއަށް ބިރުވެތިވެ، އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކަންކަމަށް ޢަމުރުކޮށް ނުބައިކަންކަން ނަހީކުރާ ބަޔަކަށް ނުވުމުން. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ.
ޝަރީފު އެއީ ތަޢުލީމީ ދާއިރާގަ ގިނަ ދުވަސްތަކެއް ހޭދަކޮށް އަދި މި މަޤާމަށް އައިސް ހުރި މީހެއް. ތިމާގެ ހުރި ބަދުއަޚުލަޤީ ބޭއަދަބީކަމުން އެފަދައިން ބުނީ...އެއީ އެއްވެސް ޙާލަތެއްގައި ވަކިމީހަކު އޭނާގެ ބޮލުގައި ބަޑި ޖައްސައިގެން ބުނެވުނު އެއްޗެއް ނޫން. ޙައްޤުވާނީ ޙައްޤަށް ބާޠިލު ވާނީ ބާޠިލަށް ކޮންމެ މީހަކު ކުރި ނަމަވެސް.
މަންޖެ މިކާކުތަ
ގާނޫނަކީ މިހާރު ކުޑަކުދިން ކިޔަވާށާ ކުޅޭށާ ގެންގުޅޭ “ކްލޭ” ގަނޑެއް ފަދަ އެއްޗެކެވެ. އެމީހަކު ބޭނުން ސިފައެއްޖައްސާލެވޭނެއެވެ. ވަކިން ޚާއްޞަކޮށް އޭގައިލިޔެފައިވާ ތަކެތީގެ މާނަކުރުމުގައިވެސް އެބަޔަކަށް މޮޅުވާ ގޮތައް “އޭގައި އެބުނަނީ މިހެންނޭ” ބުނެ އެގޮތަކަށް ނިންމާލައެވެ. ބައެއް ފަހަރު އެފޮތް ބިންމައްޗަށް ވައްޓާލާފަ ކޮޅުފައިން އަރާތަންވެސް ފެނެއެވެ.
ޢެއީ އިޝާރާތެއް ނޫންބާ ......
ފޮޓޯއިން ފެންނަނީ ހަބީބު ވަރަށް ލޯބިން ޝަރީފްއަށް ބަލާ މަންޒަރު. ޝަރީފް އިނީ މީހުންތެރޭ އެގޮތަށް ބަލާތީ ހިންހަމަ ނުޖެހިފަ. މި މީހުން މީ އަނެއް ވައްތަރު ބަޔެއްބާ!
ފުރަތަމަ ފުރައްސާރަ ކުރީ ކާކު؟
ތިބުނާ ކަބަލުން ހިތުހުރި އެއްޗެއްގޮވަންހަމަ އޯކޭ ތޯ
މިބޭބޭފުޅުން އެއްގަލަކަށް އަރައި އެކައްޗެއް ކިޔާފައިވަނީ، އިންތިޚާބުން ފެށިގެންނެވެ. އޭގެކުރިން މުޅި ކޮމިޝަންގައި އޮތީ ފިތުނަ ފަސާދައެވެ. ޙަބީބަށް ތާއިދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމެވެ.