ބޭއިންސާފުން ނުވަތަ ޤާނޫނީ އިމުން ބޭރުން ހުކުމް ކޮށް ޖަލަށް ލެވިފައިވާ އެންމެހާ ފަރާތްތަަށް މިނިވަންވާން ޖެހޭ ކަމަށާއި އެފަރާތްތަށް އިންސާފު ލިބެން ޖެހޭ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ހުށަހެޅިފައިވާ ޤަރާރަށް ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވީ ރައީސް ނަޝީދާއި މެދު ބޭއިންސާފުން ހުކުމެއް އިއްވާފައިވާ ނަމަ އެމަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް ހަމަ އެކަނި އިންސާފު ލިބެން ޖެހޭނީ ރައީސް ނަޝީދަށް އެކަނި ނޫން ކަމަށާއި ބޭއިންސާފުން އަނިޔާ ލިބިފައިވާ އެންމެހާ ފަރާތްތަކަށް އިންސާފު ލިބެން ޖެހޭ ކަމަށް އައިބީ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ގިނަ ބައެއްގެ މައްޗަށް ބޭއިންސާފުން މިގޮތަށް ހުކުމް ކުރެވިފައިވާތީވެ. އެ ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ. އެހެންކަމުން އަޅުގަނޑު ހުށަހަޅަން މިހުރިހާ ކަންކަމަށް ރިއާޔަތްކޮށް މުރާޖާ ކުރުމަށް ފަހު ރާއްޖޭގެ ފަނޑިޔާރުގެއިން އެގޮތަށް ތިބި ހުރިހާ ފަރާތްތަކާއި މެދު ބައްލަވާ އެ ފަރާތްތަކުގެ މައްސަލަތަށް ދިރާސާ ކުރެއްވުމަށްފަހު މި ގަރާރުގެ ތެރެއިން އެފަރާތްތަށް މިނިވަން ކުރުމަށް ނުވަތަ ލިބޭ އަނިޔާތަށް ހުށްޓުވުމަށް މިގަރާރު ބާރު އެޅުން" އައިބީ ވިދާޅުވިއެވެ.

އަދި ހާއްސަ ގޮތެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އާއި އަދާލަތު ޕާޓީގެ ލީޑަރ ޝައިހް އިމްރާމް އަބްދުﷲއަށް އިންސާފު ލިބެން ޖެހޭ ކަމަށް ވެސް އައިބީ ވިދާޅުވިއެވެ.

ބޭއިންސާފުން ހުކުމްކޮށްފައިވާ ހުރިހާ ފަރާތްތަށް މިނިވަން ކުރަން ތާއީދު ކުރާކަމަށް އައިބީ ވިދާޅުވެފައިވާއިރު ސިޔާސީ ލީޑަރުން ހިމެނޭހެން އެތަށް ބަޔަކަށް ބޭއިންސާފުން ހުކުމްކޮށްފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަނީ ބުނަމުންނެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ބޭއިންސާފުން އަނިޔާ ލިބިފައިވާ އެންމެހާ ފަރާތްތަށް މިނިވަންވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނުގެ ކެމްޕޭންގައި ރައްޔިތުންނަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޢަބްދުﷲ

  ޢިއްޒަތްތެރި މެންބަރަށްވެސް ޤަބޫލުކުރެވިއްޖެތާ ބޭއިންސާފުން ހުކުމް ކޮށްފައިވާ ބަޔަކު އެބަތިބިކަމަށް،

  ޢިއްޒަތްތެރި މެންބަރުވެސް ތިޔަވިދާޅުވަނީތާ ބޭއިންސާފުން ހުކުމް ކޮށްފައިވާ ހުރިހާ ފަރާތްތަކަށް އިންސާފު ލިބެން ޖެހޭނެކަމަށް،

 2. ނުރަބޯ

  މި ދައްކާވާހަކަޔަކުން ހަމަ ޙައިރާންވެ އަންތަރީސްވާވަރުވޭ. އެހެންތާ ބުނެވޭނީ ކެރަފާ ނަޝީދުގެ މައްޗަށް ކުރެވުނު ޙުކުމަކީ މިހާރު އިންސާފުން ބޭރުންކުރެވުނު ޙުކުމެއްތޯ ނުވަތަނޫންތޯ ސުވާލު އެބައުފައްދައެވެ. ބަލަގަ ކެރަފާނަޝީދު ކުރިކުށަކީ އެކުށް ކުރާނަމޭ ހަރުއަޑުން ގޮވާފަ ކުރި ކުށެކެވެ. އެއީ ޢަސްކަރީބާރު ބޭނުންކޮށްގެން ކުށެއްނެތް ދިވެހި ރައްޔިތަކު ހައްޔަރުކޮށް ރަހީނުކުރުމެވެ. މިކަމަކީ ދުވާލުގެ އަލިކަންހާ ސާފުކޮށް އެނގެން އޮތްކަމެކެވެ. އަދި އެކުށަކީ އާދައިގެ ކުށެއްނޫންކަމާ އެކުށައް ލިބެންޖެހޭނީ ކުޑަ އަދަބެއް ނޫންކަމަށް ގޮވީވެސް ޚުދު ނަޝީދެވެ. ކުށުގެ އަދަބު ތަންފީޒުކުރަން ޖަލައްލުމުން މަކަރާ ޙީލަތްހަދައިގެން ބަޗައިގެންގޮސް މިއޮއް ހުރިހާދުވަހު ރާއްޖޭން ބޭރުގައިހުރެފައި ހަމައެފަދަ މަކަރާ ޙީލަތުން ގައުމުގެ ވެރިކަމަށް އަތްގަދަކުރެވޭގޮތްވުމުން މިހާރު އޭނާއަކީ އެއްވެސް ކުށެއްބުށެއް ނެތް ސާފުހުދު ފޮތިކޮޅަކަށްވެގެން ދިޔައިމާ ދެން ތިޔައީ ބޮޑުވަރުދެއްތޯ.....؟؟؟

 3. ހަމީދު

  އެންމެ ފަހުން ބޭއިންސާފުން ހުކުމްކުރަން ސަޕޯޓްކުރި ފަރާތްތަކުންވެސް މިހާރު ގަބޫލުރަން ފެށީދޯ ބޭއިންސާފުން ހުކުމްކޮއްފައިވާ ކަން ، އެހެން ވެއްޖެއްޔާ ބޭއިންސާފުން ހުކުމްތަށް ކުރިސަބަބު ހޯދާ އެސަބަބު އެބެޖެހޭ ނައްތާލަން

 4. ޙަމެ

  މިވާގޮތުން އިންސާފައް ހުކުން ކުރިމީހެއްނެތް. ޙުރިހާ ކުއްވެރިންވެސް ދޫކޮއްލާ

 5. އައިބީގެ ހަނގު އަނބި

  އޭ މިހިރަ ގަމަރާ. ކަލޯ މީގެކުރިން ދެއްކި ހުރިހާ ވާޙަކަޔަކަށް ދެންހދާނީ ކިހިނެތް. ކޮބާ އަންނި ރާއްޖެ އަރައިފިނަމަ ކުޑަގޮޅިނޫން އެހެން ތަނެއް ނޯންނާނެކަމުގައި ދިން ޔަގީންކަން، ހަމަ ރަތްލާޖެހި ވަގެއް އެއްޗެއްބުނީމާ އޭރު އަޑުންއަޑުނަގާފަ ހަލޭއްލެވިން ދޯ. މިހާރި ތިކިޔަ އެއްވެސް ވާހަކަޔެއް ޤަބޫލެއް ނުކުރާނަން. ކަލޯ ދަންނަންތަ ރުޑި ކިޔަނީ ކޯންޗަކަށްކަން. އެޔަށްވުރެވެސް ތިޔަވާޙަކއިގެ އަގުދަށް

 6. ޢަދި

  އައިބީމެން ލަދު ގަނޭތަ ތި ވާހަަ ދައްކަން ކޯޓުތަކަށް އަތްބާނާގެން ތިކަން ކުރީ ކޮންބައެއް. ތީ ފަހަތުގައި ހުރި އެކަކު

 7. އަފީފާ

  އަޅުގނޑުދިވެހިރައްޔިތެއްގެހައިސިއްޔަތުންމިގޮވާލަނީޖަލުގަތިބިހުރިހާނިކަމެތިރައް ޔަތުންމިނިވަންކުރަ
  ންޖޭހޭނެޔޭ؟؟ތިކެނެރީގޭމުހައްމުދުނަޝީދުމިނިވަންކު
  ރަތްޏާ؟؟؟އެއްވެސްކުއްވެރިޔަކުޖަލުގަތިބެގެންނުވާ
  ނެއޭ ތިކެރަފާނަޝީދުކުށެއް ނިކުރާކިމައްވަތްޏާ
  މިހާރުޖަލުގައެތިބީކ ކުއްވެރިންކަމަކައް އަޅުގަނޑުގަބޫލއްނުކުރަން މީވަރައްވާހަކަ؟؟؟???

 8. ޢައިސީ

  ޟމިފެންވަރުގެ އިއްޒަތްތެރިން މުއުޅެނީ ދެންވިސްނާ މިމީހުނައް ވޯޓްދޭ ފަރާތް ތަކުގެ ހާލު...މޓްކަލާކޯ ކިތަންމެ ލާރިދިނަސް މިކަހަލަ މީހުންނައް ވޯޓްދޭންވާނެތަ..ތިއައްތުރެން މާގާބިލް މީހުން ތިޔަ އައއޑުގައި ތިބޭނެކަން ކަށަވަރު

 9. މިއަދު

  ތިއީ ރަޢިއްޔަތު މީހާގެ ބޮލަށް ޖަހާ ޗިޕެއް ހެޔޮ ނިޔަތެއްގައި ދައްކާ ވަހަކަ އެއްނަމަ މިއަދަކުނޫން ތިހެން ބުނާންވީއަކީ ތިއުޅެނީ ހަމަ އެކަނި މިގައުމުގެ ފަސާދައިގެ ރައިސް މިނިވަން ނުކުރެވިގެން ކީއްވެތޯ ތިޕެޓިޝަންގައި ތިގޮތަށް ނުލިއުއްވީ ހަމައެކަނި ރައިސްނަޝީދު މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހަދައިގެން ތި ހުށައެޅީ ކާނަލް ނާޒިމުގެ މައްސަލައަކީ ޚޮދު އެމަނިކުފަނު ކުރިކަމެއްނޫންކަމަށާއި އެއީ އޭނަ އަށް އެގުމެއްވާނެ ކަމެއްނޫން ކަމަށްވެސް އެކަން ކުރި މީހުން ވަނީ ބުނެފައި އެކަމު ނަޝީދުގެ މައްސަލައަކީ މިއަދު މިގައުމުގެ ފަޑިޔާރުންނަށް އޮތް ނުރައްކަލެއް ތިބެބުފުޅުން ތިމަސައްކަތް ކުރަނީ އަދިވެސް ފަޑިޔާރުން އިތުރަށް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުމަށްޓަކައި ނަޝީދު މިނިވަން ކުރުމަށް