އިސްލާހީ މަސައްކަތުގައި ދެގޮތެއް ނުވެ ދެމި ހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރ އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް، ސުޕްރީމް ކޯޓުން ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅުމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ސިނާން ވިދާޅުވީ މިއަދު ފެނިގެން ގޮސްފައިވަނީ ހުރިހާ ފަރާތްތައް ގުޅިގެން އިސްލާހަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި ދެގޮތެއް ނުވެ ސާބިތުކަމާއެކު އަބަދުވެސް ދެމިހުންނަވާނެ ކަމަށް ސިނާން ވިދާޅުވިއެވެ.

''އަޅުގަނޑަކީ ވަރަށް ނިކަމެތި ގޮތަކަށް ގެއިން ނެރެ އެއްލައިލި މީހެއް. 13 މަސްދުވަސް މިދިޔައީ ވަރަށް އެހެން ކަހަލަ ގޮތަކަށް. އަޅުގަނޑަކަށް ނޭނގޭ މިއަދު މިހުރެވުނީ ކޮންތާކު، ކޮން ހިސާބެއްގައިކަން ވެސް.'' ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ސިނާން މަޖިލީހުގައި ތަމްސީލު ކުރައްވަމުން ދިޔަ މައްޗަންގޮޅީ ދެކުނު ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ އެންޓި ޑިފެކްޝަން ގާނޫނަށް ރިއާޔަތްކޮށެވެ. ނަމަވެސް އެނިންމުން ބާތިލުކުރުމަށް ސިނާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިއަދު އެކޯޓުން ކުރި ހުކުމުގައި ވަނީ ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް އީސީން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަންގެ ގާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ގޮނޑިގެއްލޭ ހާލަތަށް ނުފެތެނީސް ކަމަށެވެ.

ސިނާން އާއި އެކު ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މުހައްމަދުގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑިވެސް ނުގެއްލޭ ކަމަށް މިއަދު ސްޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖޭ ބުރޯ

  ކަލޭ މެޑަމް އަރިސް މީހަކަށް ވެގެން ހުރިހައި ތަނެއްގެ ކޮންޓްރޯލް ނަގައިގެން އަދީބު ހިނގި މަގުން ހިނގައިގެން މާލިއްޔަތުން މިލިއަނުން ޕަކަޅާކޮށްލި ލާރި ގަނޑު ކޮބާ؟؟؟؟ އިޞްލާހޭ ކިޔާއިރު....

 2. މަރީ

  ލާރި ކެއުމުގައި ދެގޮތެއްނުވެ ދެމިހުންނާނެ ކަލޭ އެކަން އެނގޭ އަހަރުންނަށް.

 3. އަން

  އެއެއްޗެއް ހޯދިގޮތަކަށް އެއެއްޗެއް ހުސްވާނެ ކަން މިސޮރު ނުދަންނަނީބާ

 4. ބުރި ގާޑިޔާ

  އިޞްލާޙީ މަސައްކަތަކީ ޖީބަށް ބޮޑުކުރުން، އަމިއްލަ އެދުމުގައި ކޮންމެވެސް ކަންތައްގަނޑެއް ހިންގުން، ރައްޔިތުން ނިކަމެތި ކުރުން، ކަލޯ މިނޫން ދުވަހެއްވެސް އަންނާނެ، އަދި ޖަވާބުދާރީ ވާންޖެހޭއިރު އެދުވަހަކުން ދޮގެއްނެހެދޭނެ ތިމާމީހާގެ އަމިއްލަ ގުނަވަން އެކުރި ކަމަކާއި ބެހޭގޮތުން ހެކިދޭނެ، ބިރުވެތި ވާންވީ އަދި ދަހިވެތި ވާންވީވެސް އެދުވަހަށް