މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން ވެސް ގުޅިވަޑައިގަންނަވަން ނިންމައިފިއެވެ.

ސިނާންގެ ސިޔާސީ ހަޔާތް ފެއްޓެވީ ޕީޕީއެމުންނެވެ. ޕީޕީއެމްގެ ޓިކެޓުގައި އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައިގެން އެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ.

ސިނާންއަކީ ވެސް ޕީޕީއެމް ދޫކުރައްވައިގެން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން މެންބަރެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުން ދުރުކުރަން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި އޭރު އޭނާ ހައްޔަރު ވެސް ކުރިއެވެ. އޭނާ ދޫކޮށްލީ ރިޔާސީ އިންތިޚާބުގެ ފަހުންނެވެ.

މި ސަރުކާރު ގެނައުމުގައި އިސްކޮށް މަސައްކަތް ކުރެއްވުމަށް ފަހު، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އެކަމަކު އެ އިންތިޚާބުގައި ސިނާން ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

އެއަށް ފަހު މިދިޔަ ތިން އަހަރެއްހާ ދުވަހު ސިޔާސީ މަސައްކަތުގައި އެއްވެސް ވަރަކަށް ނުފެނި، މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން އެދޭ ހުވަފެންތައް ހަގީގަތަކަށް ހެދެން އޮތް ޕާޓީއަކީ އެމްއެންޕީ ކަމުގައި މިހާރު ގަބޫލު ކުރެވޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ދިވެހިން އެދޭ، ދިވެހިންގެ ހުވަފެންތައް ހަގީގަތަކަށް ހެދޭނެ ހިތްވަރާއި ފަންވަރު ހުރި ހަމައެކަނި ޕާޓީއަކީ އެމްއެންޕީ. އެމްއެންޕީއާއެކު ކުރިއަށް ދާން އަޅުގަނޑު ނިންމައިފިން، މި މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި،" ސިނާން ލިޔުއްވާފައިވެއެވެ.

އެމްއެންޕީއަކީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވާ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީގައި މި ޕާޓީގެ އެއް މުއައްސިސް ކަމުގައިވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވާދަކުރައްވައެވެ.

އުޝާމްއާއި ނާޒިމްގެ އިތުރުން މި ޕާޓީއަށް ގުޅިވަޑައިގެންނެވި މަޖިލިސް މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

މީގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްއާއި، އިންޑިއާގެ ކުރީގެ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) އާއި، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަދި ހެޕީ މާކެޓް ކުންފުނީގެ ވެރިޔާ އަލީ އިހުސާން ވެސް ވަނީ މި ޕާޓީއަށް ގުޅިވަޑައިގެންފައެވެ.

މި ޕާޓީ ރަޖިސްޓްރީ ކުރުމަށް މެންބަރުންގެ ސޮއި ހަމަ ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަ ގެންދެއެވެ. އެމްއެންޕީގެ އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި އަންނަ މަހުގެ މެދު ތެރެއިން ޕާޓީ އުފައްދަން ފޯމުތައް ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދސަަސ

    ކަލޭ ތިޔަޕާޓީއާއި ގުޅޭނެކަން އަހަރުމެނަށް އެގެއެވެ. ސަބަބަކީ ލަޑަޔާވާނީ ލަޑަޔާއެވެ. ބޭނުންމަކީ އެމްއެމްޕީއާރުސީގެ ލާރިގަޑު ބައްކޮށްލަމުން ދިޔަގޮތަށް ނާޒިމުގެ ރިޔާސަތުގައި ދައުލަތުގެ ހަޒާނާއަށް ވަންނަންޖެހޭ ފައިސާ މިނިވަންކަމާއެކު ކާލަންވެގެން ހުރިހާވަގުން އެއްއޮޑިއަކަށް އަރައިގެން ވައްކަންކުރަން ފޫގަޅާމަންޒަރެވެ.. ޔާމީނުގެ ވެރިކަމުގައި އަދީބަކީ ނާޒިމުގެ ޕަޕަޓެކެވެ. މިމީހުން ކުރާވައްކަން އޮޅުވާލުމަށްޓަކައި އަދީބަކީ ނާޒިމުގެ ދުޝްމަނެއްގެ ގޮތުގައި ދެއްކުމަށްޓަކައި ނާޒިމުގެއިން ފެނުނު ފިސްތޯލައަކީވެސް މިޕްލޭނުގެ ދަށުން ރާވައިގެން ހިންގި ޑްރާމާއެކެވެ. ..މާތްﷲ ބަރަކާތް ލައްވާނެކަމަށް ކަލޭބުނަނީ ރައްޔިތުން މަގުފުރެއްދުމުގެ ބޭނުމުގައެވެ. ތިޔަބައިގަޑަކީ ވަގުންކަން ދިވެހިންނަށް ވަރަށް ރަގަޅަށް އެގިއްޖެއެވެ.

  2. ސޯބޭ

    ކަލޯ ތިޔައުޅެން ބޮޑިބޯން ހޫނު ބޮޑިއެއް ލިބޭނެ އަނގަޔަށް ލީމާ އަގަފިހޭނެ އަތަށް ލީމާ އަތްފިހޭނެ ނިކަން ހުރޭ ބަލަންތިބޭ.

  3. ނަފްރަތް

    ކަލޭ އެމްއެންޕީއާއި ގުޅުމުގެ ހަމައެކަނި ބޭނުމަކީ ބާއީ ނާޒިމާއި ބާއި ރިޔާޒްއާއި ބާއީ ފަޔާޒާއި ގުޅިގެން ގައުމު ލޫޓްވާށެވެ. ޕާޓީއެއް ހަރުދަނާކުރުމަށްޓަކައި ކަލޭމެން ޕާޓީއަކަށް ވެއްދުމުގެ ބޭނުމެއް އޮތްކަމަކަށް ދިވެއްސެއް ގަބޫލެއް ނުކުރާނެއެވެ. އަގައިން އެއްޗެކޭ ބުނަން ނޭގޭ ބަޔަކު ޕާޓީއަކަށް ސޮއިކުރުމަކުން އެޕާޓީއަށް ލިބޭނެ ކުރިއެރުމެއް އަޅުގަޑުމެންނަކަށް ނޭގެއެވެ. އެގޭހާވެސް ކަމަކީ އަދީބާއި ބާއީ ނާޒިމާއި ގުޅިގެން ޔާމީނުގެ ޒައާމަތުގައި ކުރިވައްކަން އޭގެ ހަގިޔަރުގައި ނާޒިމުޒައާމަތަށް ގެނެވިއްޖެނަމަ ކުރުމުގެ ބޭނުންނޫން އެހެން ބޭނުމެއް ނޯންނާނެއެވެ. ކަލޭމެން ތިޔަހާވާ ހަޑި މިހާރު ދިވެހިންނަށް ނޭގޭކަމަށް ހީކުރުމަކީ ކުށްހީއެކެވެ.

  4. ހަސަނާ

    ސިނާނޫން ބިނާނުއަޔަސް ކުރާނެ އެއްކްމެއްވެސްނެތް ތިޔަސިނާނަކީ ބާގީއެއް!

  5. ހަސްބުނަﷲ ވަނިއުމަލް ވަކީލު

    ބޮޑެތި ވަގުންވެސް ގުޅެނީ މީނާ އުފަންކުރަން އުޅޭ ޕާޓީއާއެވެ. ދެން އެންމެ ގިނައިން މިޕާޓީއަށް ސޮއިކުރަނީ ލަވަކިއުންތެރިންނާއި ރައިވަރު ކިޔާމީހުންނާއި ބަނދި ކިޔާ މީހުންނާއި ފަރިއްސަ ކިޔާ މީހުންނެވެ. ދެން ސޮއިކުރަނީ ކުރީގެ ލީޑަރުންގެ ދަރިދަރި ކަނަބަލުންނެވެ. ދެން ސޮއިކުރަން އުޅޭ ކަމަށްވަނީ ސިފައިންގެ ތެރޭން ރިޓަރޔަރ ވެފައިވާ މަހުޖަނުންގެ ދަނބި ދަރިންނޭވެސް ބުނާތީ އަޑުއިވެއެވެ. ހަސްބުނަﷲ ވަނިއުމަލް ވަކީލު