ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ރިވިއު ކުރުމާމެދު ގޮތެއް ނިންމުމަށް އިޖުރާއީ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ވިދާޅުވީ ނާޒިމްގެ މައްސަލައިގައި ހައި ކޯޓުން ނިންމި ގޮތް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން މުރާޖަޢާކޮށް ދިނުމަށް އެދި ނާޒިމްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލައިގައި މުރާޖަޢާކޮށްދިނުން އެދި ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށް، މި މައްސަލައިގައި އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ އަޑުއެހުން ބާއްވާނެ ދުވަހެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި 11 އަހަރުގެ ޖަލު ޙުކުމެއް އޭނާ އަށް އިއްވީ 2015 ވަނަ އަހަރު އެވެ. ނާޒިމް މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެ އިން ބޭރުގައެވެ.

ނާޒިމްގެ މައްސަލައިގެ އިޖްރާއީ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ނިންމިއިރު، އެ ކޯޓުން މިއަދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޖަލު ހުކުމް ރިވިއު ކުރަން ހުށަހެޅި މައްސަލަ ބަލައިގަތުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

  ތިޔަހުރިހާކަމެއް ބިނާވެފައިވަނީ، ފެބުރުއަރީ އެކެއްގައި ސުޕުރީމު ކޯޓުން ގެނަސްދެއްވާފައިވާ ފައިސިލާގެ މައްޗަށް ކަމަށް ބެލޭއިރު، ފެބުރުއަރީ އެކެއްގައި ސުޕުރީމު ކޯޓުން ގެނަސްދެއްވާފައިވާ ފައިސިލާގެ މައްޗަށް ބުރަވެ، ނުނިމިހުރި ކަންކަން މިހާރު އެހާ ބާރުސްޕީޑެއްގައި ނިމެމުންދަނީ، ރައްޔިތުންގެ މަޖިލީހާއި ޕޮރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުގެ އެއްބާރުލުން ލިބިގެން ކަމަށްވާއިރު، ކޯލިޝަންގެ ތެރޭގައި ސިޔާސީ ލީޑަރުން އެއްގަލަކަށް އެރުމުން ހިނގަމުންދާ މިކަންކަމަކީ، އެއްވެސް ރަނގަޅު ނިޔަތެއް އޮވެގެން އިންކާރު ކުރެވޭނެ ކަންކަމެއްނޫނެވެ.

 2. ސަލީމު

  ޙުދުކާފޫރު ކޮޅެއް އަވަހައް ދޫކޮށްލާ އަދީބުވެސް ދޫކޮށްލާ

 3. ބޮލި މުލައް

  ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ބަދަލެް ނާދެ އެކަމު ސްޕްރީމްކޯޓުން ބޮޑެތި ޙުކުމްތައް އިއްވާފަތިބި މީހުން ހަމަ އެކޯތުން ހުދު ކާފޫރަށް ހަދާތަން މިފެންނަނީ. ކޮބާ އޭސީސީ؟

 4. ނިންމުން

  ހެޔޮނިޔަތެއްގައި އިދިކޮޅުލީޑަރުން މަސައްކަތްކުރައްވާކަމާމެދު މިހާރުޝައްކު
  މިނިވަން ކުރައްވާފައިވަނީ އިދިކޮޅުލީޑަރުން ބޭނުންވެލައްވާ ފަރާތްތަކެއް މި ފަރާތް
  ތަކަށްބަލާއިރު މިނިވަންވެފައިވާ ބައެއްފަރާތްތަކަށްވުރެ ކާނަލް މުޙައްމަދުނާޒިމް
  މިނިވަންވުން މާމުހިއްމު ނަމަވެސް އެބޭފުޅާ އަދިވެސް ހުންނެވީ ބަންދުގައި ކޮބާތޯ
  އިންސާފު