ސުޕްރީމް ކޯޓުން މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި އަދި ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއް ވެސް ނެތި، ގާނޫނުގެ ހުކުމް ދަމަހައްޓައި، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެގޮތުގައި އަދިވެސް ސުޕްރީމް ކޯޓު ދެމި އޮންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓު އުފެދުނުތާ 10 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ވަކި ފަރާތަކަށް ބުރަ ނުވެ ވަކި ފަރާތަކުން ދައްކާނެ ބިރަކަށް ޖެހިލުން ނުވެ ސުޕްރީމް ކޯޓުން ހަރުދަނާ ކަމާއެކު ކުރަމުން އައި މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް މާތްﷲގެ ވާގިފުޅާއެކު ކުރިއަށް ދާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ 2008 ގައި އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުމާ އެކު އަދުލު އިންސާފުގެ ނިޒާމަކީ މިނިވަން ބާރެއްގެ ގޮތުގައި ހަމަޖެހި، އެ ބާރުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ސުޕްރީމް ކޯޓު އުފެދުމަކީ ވަރަށް މުހިންމު ދުސްތޫރީ ބަދަލެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގައުމެއްގެ ދުސްތޫރީ ހަޔާތުގައި 10 އަހަރަކީ ކުރު މުއްދަތެއް ނަމަވެސް ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި ގާނޫނު އަސާސީގެ ސިފަތައް ހިމާޔަތްކޮށް ގާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި މުހިންމު ނިންމުންތަކެއް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

"ގާނޫނީ ދައުލަތެއްގެ އެންމެ މުހިންމު ޚާއްސިއްޔަތު ނުވަތަ ސިފަ ކަމުގައިވާ ގާނޫނު އަސާސީގެ ސުޕްރިމެސީގެ މަބްދައު ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި ނަގަަހައްޓައި، މަބްދައުލް ދުސްތޫރިއްޔާ އާއި މަބްދައުލް މަޝްރޫއިއްޔާ ނުވަތަ ޕްރިންސިލް އޮފް ލީގަލީޓީ ގެރެންޓީ ކުރުމަށްޓަކައި ތައުނުކޮށް، ހުށަހެޅުނު ތަފާތު މައްސަލަތަކަށް ރަގާބާ ގަޟާއިއްޔާ ނުވަތަ ޖުޑިޝަލް ރިވިއުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުން ވާނީ ގަޟާއީ ހައްލުތައް ހޯދައި ދީފައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދުލު އިންސާފުގެ ނިޒާމަކީ މާލީ އަދި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމުގައި ވެސް މުސްތަގިއްލު ކަމާއެކު ހަރުދަނާކަމާއެކު ހިނގާ ނިޒާމަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ހަމައެހެންމެ، އަދުލު އިންސާފުގެ ނިޒާމަކީ މާލީ އަދި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމުގައި ވެސް މުސްތަގިއްލު ކަމާއެކު ހަރުދަނާކަމާއެކު ހިނގާ ނިޒާމަކަށް ހެދުމަކީ ވަރަށް މުހިންމު އަދި ޟަރޫރައްތެރި ކަމެއް، ކޯޓުތަކުގެ އިދާރީ އޮނިގަނޑު ޒަމާނަށް ފެތެންޖެހޭ، ވީހާވެސް އަގު ހަރަދުކޮށް އެކަމަކު ކޯޓުގެ މަސައްކަތްތައް ގާބިލްކަމާއެކު އަވަސްކަމާއެކު ކުރިއަށް ދެވޭނެ ގޮތް ހޯދަން ޖެހޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ މަގާމުން ދުރުކުރި ފަހުން ފާއިޒް ސުޕްރީމް ކޯޓުގެ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

 1. އަހްމަދު މާހިރު

  ގުރައިދޫގަ ތިބި މޮޔައިން ވެސް ގަބޫލެއްނުކުރާނެ... ދެން ހަމަ ތިބެފަ ބުނީމަ އެކަމެއްވީ ދޯ؟ މައުމޫން ދައުރުގަ ހުރިހާ ބާރެއް އެއްކޮއްގެން އުޅުން އިރުވެސް މިޔަށްވުރެ ރަނގަޅު...

  • ބޭބެ

   ސްޕްރޯމް ކޯޓް އޮތީ ވެއްޔާ މޮޑެވި ނިކަމެތި ކަމެއްގެތެރޭ!! އެއީ އެތާތިބި ބައެއްގެ ނަޒާޙަތްތެރިކަން ގެއްލިފައިވާކަމަށް ގިނަބަޔަކު ގަބޫލުކުރާތީ!! އެކި ދުވަސްވަރު ނުވަތަ އެކި ފޯވަހިތަކުގައި ނިންމާ ނިންމުތަކުންވެސް އެކަން އެނގޭތީ!! ސްޕްރީމް ކޯޓަކީ ވަރަށް ހަރުދަނާ ތަނަކަށް ވާންޖެހޭ!! އަދި އެއްވެސް ބަޔަކު ބުނާހާގޮތަކަށް ކަންކަން ކުރަން އޮންނަ ތަނެއްވެސް ނޫން!! ސްޕްރީމް ކޯޓުން ހުރިހާ އިރެއްގައިވެސް ޢަމަލުކުރަންޖެހޭނީ ހެދިފައިވާ ގަވާޢިދުތަކާ ގާނޫނުތަކާ އިސްލާމީ ޝަރީޢަތުގައި އޮންނަގޮތަށް!! ނިންމާ ނިންމުމުގައި އެއްވެސް ތަފާތުކުރުމެއް އޮވެގެންނުވާނެ!! މިކަން މިގޮތަށް ނުކުރެވޭތީ މައްސަލައަކީ!! އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކާއި ކަންކަން ފުރިހަމަޔަށް ހަމަޖައްސާ އޮންނަނީވެސް އެހެން މީހުންގެ ޖީބުތަކަށް މިމީހުން ވެއްޓިޔަ ނުދިނުމުގެ ބޭނުމުގައި!! ކޮރަޕްޝަންގެ ކަޅުފައިސާ އާއި ދުރުކުރުމުގެ ބޭނުމުގައި!! ސްޕްރީމް ކޯޓުގެ ފަނޑިޔާރުގޭގެ ނިންމުތައް ޙައްގުގެ މަގުގައި ނުދާނަމަ ގައުމަށް އޭގެ ގެއްލުން ވަރަށްބޮޑުވާނެ!!

 2. ވާނުވާ

  1 ފެބްރުއަރީ ގެ އަމުރުގައި މިހާރު މަޤާމުގައި ތިއްބެވި 3 ފަނޑިޔާރަކު ސޮއިކުރެއްވި ސަބަބު ސާފުވާންޖެހޭ. ނުފޫޒުގަޖެހިގެން ކުރިކަމެއްނަމަ އިސްތިޢުފާ ދޭންޖެހޭ.

 3. މަބްދައު

  ގާނޫނު ނަގާދަމަހައްޓާނީ ރުފިޔާ ދޭކޮޅަކަށް... ކޮންވާހަކައެއް ގިނަކުރާކަށް މިކުޑަދުވަސް ކޮޅުތެރޭގަ އެކަން ފެނިއްޖެ..

 4. މާސްޓަރ

  ހަހަ. ތިޔައީ ބޮޑުޖޯކެއް. ހުރިހާ ދިވެހިންނަށް ކުރި މަލާމާތުގެ ބަސްތަކެއް.

 5. 3 އ

  އަޅެ ކީކޭ ބުނާނީ ދޯ! މަ ހަމަ ހައިރާންވެއްޖެ. އަނގަ އޮތިއްޔަކާ ކާޅެއްނުކާނެ.

 6. ކުޅޭ ކުޅޭ

  ތިކަން ވަރަށް ރަގަޅަން ހާމަކޮއްދެމުން މިދުވަސް ކޮޅު ދަނީ… ސުކުރިންޔާ

 7. ކުސުމް

  ގަޔަށް ދެކަމު ހާޖަތަށް ދާނަމޭ ބުނިނަމަ ވ ގަބޫލުކުރެވުނީސް

 8. އަފީފާ

  ތިޔަދައްކާވާހަކައަކީއަހަރުމެންނައްގަބޫލުކުރެވޭނެވާހަކައެއްނޫން އެހެއްނަމައެތިބަބޮޑެތިކުއްވެރިން
  ދުލެއްނުކުރީސް ދިވެހިރާއްޖޭގަމިހާރަކުއިންސާފެއްނެއް

  މިއަދުތިބެވިދާނެތިގޮތުގަ މިނޫންދުވަހެއްއޮތްކަންހަދާކުރާތި އެދުވަހަކީޤިޔާމަށްދުވަސްއެދުވަހުއެކަކައްވެސްނުފިލޭނެ

  މާތްﷲއިރާދަކުރެއްވިއްޔާ މަގޭހަގުވެސްމަށައްލިބޭނެ

  އެދުވަހުންއިންސާފުލިބޭނެ

 9. އަފީފާ

  ތިޔަދައްކާވާހަކައަކީއަހަރުމެންނައްގަބޫލުކުރެވޭނެވާހަކައެއްނޫން އެހެއްނަމައެތިބަބޮޑެތިކުއްވެރިން
  ދުލެއްނުކުރީސް ދިވެހިރާއްޖޭގަމިހާރަކުއިންސާފެއްނެއް

  މިއަދުތިބެވިދާނެތިގޮތުގަ މިނޫންދުވަހެއްއޮތްކަންހަދާކުރާތި އެދުވަހަކީޤިޔާމަށްދުވަސްއެދުވަހުއެކަކައްވެސްނުފިލޭނެ

  މާތްﷲއިރާދަކުރެއްވިއްޔާ މަގޭހަގުވެސްމަށައްލިބޭނެ

  އެދުވަހުންއިންސާފުލިބޭނެ އެއީގިޔާމަތްދުވަސް

 10. އެނބޫ

  އެކަމަކު އަހަރުމެނެއް އިތުބާރެއް ނުކުރަން މިހާރު މިޤައުމުގެ ޝަރުޢީނިޒާމުވަނީ އަމިލަޔަކަށް އޮރިޔާންވެފަ ފޭލުވެފަ ކުރިން ޞައްޙަ ޙުކުމެކޭ ކިޔާފަ އަޑުއުފުލާފަ މިހާރު ޞައްހައެއްވެސްނުވި ހަމަ ހަކުރުދެންޏާ ބޮޑުބޭބެ ސާބަސް މިހާރު އުފަލާ މަޖަލުގަ އުޅެވިދާނެ އެކަމަކުން ފަހުން ކަލޯމެނަށްއޮތީ ނރކ ގެ ވަތުބަތާނަ ތައްޔާރުކޮށްފަ

 11. މީޙުން

  ތީ ރޯ ބުހުތާން ދޮގު. މިރޭ އިއްވާހުކުން ފަޖުރުލުމުގެ ކުރިން އިއްވިހުކުން ބާތިލް ކުރަމުން ތިދަނީ. ރިސްވަތު އަދި ބިރަށް

 12. ޢަލީހަމީދު

  ޓ ތިކަން ދިވެހިންނަށް ވަރަށްރަނގަޅަށް އެނގިއްޖެ. ޥަރަށް ސަލާމް

 13. މީޙުން

  ތިކަމެއް ނުވޭ ތީ ދޮގު ތި ތިބީ ރިސްވަތުގެ އަވާގައި ޖެހިފިތިބާރުވެފާ .ހެއޮލުމާ ގެއްލުމުގެ ތެރޭގައި .

 14. ޜަށުމީހާ

  މިހާރުވެސް ތި ތިބީ އެްއްފަރާތކަށް ޖެހިފަ

 15. ޙަސަން

  ވަކިފަތާތަކަށްނުޖެހި، ވެރިކަންކުރާ ބަޔަކު ރުހޭހާގޮތަކަށް، ބުނާހާގޮތަކަށް ޙުކުމްތައްނެރެ، ﷲ ގަންދީ ކުރި ހުވަޔަށް ބިރުވެތިވުމެއްނެތި، ވަކިފަރާތަކަށް ނުޖެހި ޤާނޫނު ދަމަހައްޓަނީތޯ ؟

 16. ޙަސަން

  ވެރިކަންކުރާ ބަޔަކު ރުހޭހާގޮތަކަށް، ބުނާހާގޮތަކަށް ޙުކުމްތައްނެރެ، ﷲ ގަންދީ ކުރި ހުވަޔަށް ބިރުވެތިވުމެއްނެތި، "ވަކިފަރާތަކަށް ނުޖެހި ޤާނޫނު ދަމަހައްޓާނަން."

 17. ޙަސަން

  ފައިސާ ގިނައިންދޭ ބަޔަކަށް ކާމިޔާބުވާގޮތަށް، ދީނަކަށް، ޤައުމަށް، ޤާނޫނަކަށް ބެލުމެއްނެތި "ވަކިފަރާތަކަށް ޖެހުމެއްނެތި قانون ދަމަހައްޓާނަން."

 18. Anonymous

  އުއްތަމާ ކަލޭ ވަކި ފަރާތަކަށް ނުޖެހި، ޤާނޫނު ދަމަހައްޓާނަމޭ ބުންޏަސް ކާކަށް އެވާހަކަ ގަބޫލުކުރެވޭނީ؟ ދުވާލު އިރުފެންނަފަދައިން ކަލޭމެން ޝަރީއަތް ނިންމަމުންދާ ޚުދުމުޚުތާރުކަން ހުރިހާ ރައްޔިތުންނަށް ފެންނަމުން މިދަނީ، 3ހަފުތާވަންދެން ގާޒީއަކު ރަހީނުކުރި ރައީސަށްކުރި ހުކުމް ތަންފީޒުކުރަންޖެހޭއިރު ތަންފީޒުކުރުން ފަސްޖައްސާފަ މިހާރު ސުޕުރިންކޯޓުންއުޅެނީ އެކަލޭގެ ޙުކުމް ބާޠިލުކުރަން، މުޅިޝަރުޢީނިޒާމުވަނީ ގާސިމުއާއި ރ.މައުމޫނުގެ އަތްދަށުގައި، ކަލޭމެން ތިތިބީ ވިކިފައި ކަލޭމެންގެ ބޮލަށް ފައިސާގަނޑު އޮއްސާލާފައި

 19. ާސާބަސް

  މަނިކުފާނުގެ އެތެރެހަށީގަ ވަނީ ޞިއްދީޤު ލިޔެވިފާ އެހެންވީމާ އަތަކަށް ކީއްކުރަން ފަރަތަކަށްވެސްޖެހިނުލައްވާނެ

 20. Anonymous

  ޢުއްތަމާމެން ވަކިފަރާތަކަށްނުޖެހި އިންސާފަށް ޙުކުމްކުރާނަމަ ޙުކުމް ކޮށްފައިވަނީ ރަގަޅަށްކަމަށް ތިޔަކޯޓުން އިސްތިއުނާފުކޮށްފައިވާ 8މެމްބަރުންގެ ގޮނޑިގެ މައްސަލަ ދެވަނަފަހަރަށް ގެންދިޔައިމަ މައްސަލަވައްދާ މައްސަލައިގެވެރިން ބޭނުންވާ ގޮތަށް އަނބުރާލާފަ ހުކުމް ނިންމާދިނީ، ވީމާ އުއްތަމާމެން ދެއަނގައިން ވާހަކަ ދައްކާތަން ފެންނަނީ، މިއީތަ އިންސާފަކީ، ރައްޔިތުންގެ ކުރިމަތީގާ ކަލޭމެންގެ އިތުބާރު ގެއްލި އަގުވެއްޓިއްޖެ.

 21. Miadhu

  އެކަމު އެކަން ގަބޫލު ކުރަނީ ކާކު ޚުދު ތިބޭފުޅުންވެސް ގަބޫލުނުކުރެ އެހެންވެތަ ކުރެވޭޚުކުމްތައް ކަށަވަރުވެސް ނުވަނީ އެއިރަކު ޖެހޭ ވަޔަކަށް ބަދަލުވަމުންދާތަން މިފެންނަނީ މިއީ ރަޢިއްޔަތުން ބުނާވާހަކަ

 22. Anonymous

  ވަކި ފަރާތަކަށް ނުޖެހި، ޤާނޫނު ދަމަހައްޓަނީއޭ ކަލޭމެން ބުނާއިރު، ޙުރިހާ ޝަރުޢީކޯޓުތަކުން ޙުކުމްކޮށް ނިންމަމުންދަނީ ބުރުމާގާސިމު ނޫންތަ؟؟ ޙުކުމްތައް ނިންމުމުގެކުރިން ގާސިމު އެބަ އިއުލާންކުރޭ އެހުކުމް ނިމޭނެގޮތް މީޑިއާއަށް، އިންތިޚާބުގެ ވޯޓުމައްސަލަ ވެއްދިދުވަހު އެކަލޭގެ އަރިއަތޮޅު ރަސްތަކުގައި މީޑިއާގަ ވާހަކަދައްކަމުންބުނީ ސަޕޯޓަރުން ހާސްނުވާށޭ ތިމަންނަމެންކޮޅަށޭ މައްސަލަ ނިމޭނީ، ހަމަ އެބުނިގޮތަށް ނޫންތަ ނިމުނީ، މިހާރު އޭނަ އިއުލާންކޮށްފައިވަނީ އަންނީ ނަޝީދުއަށް ކޮށްފައިވާ ޙުކުމް ސުޕުރިންކޯޓުން ބާޠިލުކުރާނެކަން ޔަގީނޭ، މާދަމާ އެގޮތަށް ހުކުމް ނެރޭތަން ފެންނާނެ، ރައްޔިތުން މިތިބީ ބަލަން، ސުޕުރިން ކޯޓުގައި އުފެދުނު އެއްމެ ޚުދުމުޚުތާރު ބެންޗު ތިޔައީ، ޖަހައްނަމައިގެ ދޮރުވަނީ ހުޅުވިފައި

 23. Anonymous

  ވަކިފަރާތަކަށް ޖެހެނީކީނޫނެވެ. ވަކިފަރާތަކަށް ބުރަވެ އެފަރާތަށް ވެއްޓެނީއެވެ. ގިނަފައިސާ ހުށައަޅާފަރާތް އެއީ ވެއްޓޭފަރާތެވެ. މިހާރު ފަތިފައްޗަށް ނެރެމުންގެންދާ ޙުކުމްތަކުން އެކަން ވަރަށް ސާފުކޮށް އެގެއެވެ. ރަގަޅުވާނީ މައިތިރިވެގެން ހުރިއްޔާއެވެ.

 24. ޟުން

  10 އަހަރުތެރޭ ކިތައް އުއްތަމަ ފަނޑިޔާރުން ފެނިއްޖެ ؟

 25. މިންހާ

  އުއްތަމަ ފަނޑިޔާރު ތިހެއްދެވީ ކަޑައެޅިގެން އިތުރުފުޅެއް. ފައިސާ ދިން ފަރާތަކަށް ޖެހިފަ ތިބޭނީ އަބަދުވެސް

 26. ޒާ

  ތިޔަފަދަ ވާހަކަ ދައްކާތީ އަހަރެމެން ލަދުގަންނަން. މޫސުމީ ހުކުމްތައް ފެންނަނީ.

 27. ބޮލި މުލައް

  އެކަން އެނގިއްޖެ މިދިޔަ މަހެއްހާ ދުވަސްތެރޭ. މީގެ ކުރިން ތިމާމެން ކުރި ޙުކުމްތައް ވެރިކަމަށް ގެންނަން ބޭނުންވި ބަދަލުތައް ގެނެވުމާއެކު ބާޠިލުކުރަމުން ތި ދަނީ.

 28. ސިޒާ

  ވަރަށް މިނިވަން ބައެއްކަން ރައްޔިތުންނަށް ކަށަވަރުވޭ

 29. ފްރީޑަމް މޫވްމެންޓް

  ލަދުހަޔާތް ކޮބާ ތަ މި ފަނޑިޔާރުން ގެ؟ އާއްމު ރައްޔިތު މީހާއަށް ރާއްޖޭގައި އިންސާފު ލިބޭނެ މަގެއްނެތް.. އިންސާފު މި ލިބެނީ ފައިސާވެރި މަހުަޖނުނަށް ، ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތްތަކަށް، އަދި އެއިރަކު އޮންނަ ސަރުކާރަކަށް ، ޕާރޓީ އެއްގެ އިސްފަރާތްތ ތަކާ ގުޅުން އޮންނަ ކޮރަޕަޓް މީހުނަށް .. ދެއިރު ދެދަޅައަށް ހުކުމް ބަދަލު ކުރާ ވަކި މީހަކަށްވީމަ ގާނޫނު ތަންފީޒް ކުރުން ލަސްކުރަން ޖެހޭ އުއްތަމަ ފަނޑިޔާރަކު " ވަކި ފަރާތަކަށް ނުޖެހި، ޤާނޫނު ދަމަހައްޓާނަން " ކަމސް ބުނިކަމަކު ގަބޫލެއް ނުކުރާނަން...

 30. ކަރާ

  އުއްތަމަފަނޑިޔާރު ދިހަ އަހަރެއްނޫންވީކީއެއް. ވީވަރެއް ނޭނގެންޏާ އަނގައިން ނުބުނެ ހުރޭ. އަބަދުވެސް ޝަރުޢީ ނިޒާމު ހިންގަނީ ޤާނޫނުތަކުގެ ތެރެއިން އަދި އިސްލާމީ އުސޫލުން. އެކިއިރު އެކިގޮތަށް ޤާނޫނު ހުންނާނީ. ތިހެންބުނިއރު މިހާރު މާބޮޑަށްވެސް ގޯސްކަމަށް ފެންނަނީ. ވާގޮތްއެނގޭނީވެސް ތިބޭފުޅުންނަށް. ތިބޭފުޅުންވިއްޔަ ދުވާލަކު ގޮތަކަށް މާނަކޮށް ތިންއިރު ކާ ބޭހެއްހެން ސަރިއަތްތައް ގޮތްގޮތަށް އަނބުރަނީ.

 31. ކީކޭބުނާނީ

  "ވަކިފަރާތަކަށް ނުޖެހި ޤާނޫނު ދަމަހައްޓާނަން" މިއީ މިދުނިޔެމަތީގައި ވާނެކަމެއް ހެނެއް ހިއެއްނުވޭ! ޤާނޫނު ދަމަހައްޓާނެ މީހުން ދީނޭ، ޤައުމޭ، ރައްޔިތުންނޭ ކިޔާފައި އަމިއްލަ އެދުމައިގެންނެއް ނޫޅޭނެ

 32. Anonymous

  ސްޕުރީމް ކޯޓު އުވާލާ.... އިސްލާމީ ޝަރިއަތާއި އެއްގޮތަށް ހުކުމް ކުރާ ކޯޓްތަކެއް ދިވެހީން ބޭނުންވަނީ

 33. ނުރަބޯ

  ފަޓާސްބަރިއެއް ރޯކޮށްލީމާ އެކަތިފުލު އަނެކަތި ގޮވަމުންދާހެން އިދިކޮޅު މީހުން ބުނާހާގޮތަކަށް، އެދޭހާ ގޮތަކަށް މައްސަލަތަކުގެ ޙުކުމް ނެރެ، އިދިކޮޅުމީހުން ނުއެދޭގޮތަކަށް ކުރިން ޙުކުމްކޮށް ނިންމާ ތައްގަނޑު ޖަހާފައި ހުރި މައްސަލަތައް ވެސް އަލުންބަލުން އެމީހުން ބޭނުންވާ ގޮތަށް ޙުކުމް ކޮށްދީފަ އަދި ލަދެއް ބިރެއްނެތި ތިޔަކިޔަނީ ވަކި ފަރާތަކަށް ނުޖެހި ގާނޫނު ދަމަހައްޓަނިއްޔޭ؟ ތިޔައީ ގާނޫނު އަސާސީއަށް ކުރާ މަލާމާތެއް ނޫންބާ؟ މިދުނިޔޭގައި ތިޔަހެން އުޅެވިދާނެ އެހެންނަމަވެސް އަދި ކުރިޔަށް ދުވަހެއް އޮތްކަން ހަނދާން ކުރާތި. އެދުވަހުން ކާސިމާ، މައުމޫނާ، އަންނިޔާ، މިމީސްމީހުނެއް ނާންނާނެ ސަލާމަތް ކޮށްދެވޭތޯއެއް.

 34. މުޙައްމަދު

  ކޮންމެ މީހަކުވެސް ބުނަނީތިހެން އެކަމަކު ތިހެންނުވެވޭތީ މައްސަލައަކީ ދައްކާ ވާހަކައާއި ޢަމަލާއި ދުވަހަކުވެސް ދިމާނުވޭ، ތިވެދާނެ ބަދަލުވަމުންދާ މަރުހަލާއެއްގައި މަޤާމުގެ ދިފާއުގައި ބުނެލި ބުނެލުމަކަށްވެސް އެހެން ވެއްޖެއްޔާ ވަރަށްދެރަ، ތިމީހުން އަމިއްލަ އަށް ކުރި ޙުކުމް ބާޠިލް ކުރަމުން ތިދަނީވެސް، އޭރުނުވެވުނު އިޙްލާޞްތެރިކަމެއް ކުރިޔަށް އޮއްތާގައި އިތުރަށް ވޭވޭނެކަމަށް ޤަބޫލުކުރަން ދަތި

 35. Anonymous

  ސްޕުރީމް ކޯޓު އުވާލާ.... އަޅުގަނޑުމެންނަކީ މުސްލިމުން 100 ޕަސެންޓް އެހެންވީމާ އިސްލާމީ ޝަރިއަތާއި އެއްގޮތަށް ހުކުމް ކުރާ ކޯޓްތަކެއް ދިވެހީން ބޭނުންވަނީ

 36. ހުސޭނުބޭ

  ޤާނޫނު ތި ދަމަހައްޓަނީ ފަޓާސްބަރިއެއްހެން

 37. އަނާރު

  އެއްމައްސަލައެއްގައި އެއްކޯޓަކުން ދެފަހަރު ދެގޮތަކަށް ހުކޮމް ނެރުންއެއީ ކޮންކަހަލަ ހަމައަކާއި އުސޫލެއްތޯ

 38. ޜާއްޖެ އިސްލާމް

  ވަކިފަރާތަކަށް ޖެހިގެން ނޫން ގޮތަކަށް ހުކުމް ނުކުރެވޭ ވާހަކަ ތިބުނަނީ.
  ޕިއްޒާ ފޮށީގަޔާ އެކިއެކި ވަސީލަތްތަކުގެ ތެރެއިން ފަިސާ ލިބެމުންދާ ފައިސާ އެއީ ގިޔާމަތްދުވަހު އަމިއްލަ ނަފްސް އަލިފާނުގައި އެއްދުމަށް ދަރަށް އެއްކުރެވޭ އެއްޗަކަށް ނޫނީ ނުވާނެ.

  ރިޝްވަތުގެ ފައިސާ އަނބިދަރިންނަށް ކާންދެމުން ދާއިރު ކިތަށްމ މީހުންގެ ބަދު ދުއާ ތިމީހުންނަށް އޮންނާނެކަނަ ހަމަ ނޭގެނީބާ

 39. ސަނދުވާ

  3 ޤާޟީން 2 ޤާޟީ ނަރަކަޔަށް ވައްދަވާނެކަން، ޞައްޙަ ޙަދީޘުން ސާބިތުވޭ.

 40. ވަލީދު

  ޖަލުތަކުގައި ތިބި ހުރިހާ ކުށްވެރިން ދޫކޮއްލާ ވަކިބަޔަކު ދޫކުރުމުގެ ބަދަލުގައި

 41. ޗިއްލޫ

  ކަލޭމެން ތިޔަދައްކާ ވާހަކަ ގަބޫލުކުރާނެ ބަންގާޅަކަސް މިގައުމުގަ ނުހުންނާނެ! ރިޝްވަތުގެ ފައިސާއިން ފެންވަރައިގެން އުޅެނީ ކަލޭމެންނާއި، ކަލޭމެންގެ މައުސޫމް ދަރިންވެސް!!!

 42. ޙައްޤު

  މިހާރުވެސް ދިރާސާއެއް ހަދައިފިކަމަށް ވަންޏާ ދިވެހިރާއްޖޭގެ ރައްޔިތުން އެންމެ އިތުބާރު ނުކުރާ ތަނަކަށް ތިޔަ ސުޕްރީމް ކޯޓް ނުވަތަ ޝަރުޢީ ކޯޓްތައް ވާނެ ކަމާއި މެދު ޝައްކެތް ނެތް. ތިޔަ ފަނޑިޔާރުންނަކީ ކުރިން ވެސް އަދި ވަކިން މިހާރު، ރައްޔިތުން ކުރިމަތީ އަގެއް ހުރި ބައެއް ނޫން. ތިޔަ ފަނޑިޔާރުންނަށް ރައްޔިތުން ކުރާ އިހްތިރާމަކީ ޤާނޫނު އަސާސީގައި ތިޔައީ މާތް ބައެއް ކަމަށް ބަޔާން ކޮށްފަ އޮންނާތީ، އެ ޤާނޫނު އަސާސީއަށް އިހްތިރާމް ކުރުމުގެ ގޮތުން ކުރާ އިހްތިރާމެއް. ތިމާމެންނަކީ މިނިވަން، ނުފޫޒެއް ނެތް ބައެއް ކަމަށް ކިތަންމެ އަޑުހަރުކޮށް ގޮވިނަމަވެސް މި ދިވެހި ފަސްގަޑަކު ތިކަން ޤަބޫލު ކުރާނެ ބަޔަކު ނެތް. އެންމެން ވެސް ޤަބޫލުކުރަނީ ތިޔައީ ބޮޑު އަގު ހުށަހެޅި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ނެރޭ، ފައިސާގެ އަވައިގައި ޖެހިފައިވާ، އެތައް ބައެއްގެ ހައްޤުތައް ނިގުޅައިގަންނަ ބައެއް ކަމުގަ.

 43. އަހަންމަދޭ

  އާދެ އާދެ ހަމަ އެއްގޮތަކަށްވެސް ވަކި ފަރާތަކަށް ނުޖެހޭނެ ތިބޭފުޅުން. ތިބޭފުޅުންނަށް ސާބަހާއި އައްސަރި ބަހުގެ ގުލްހާރު ތަކުން ވެދުން ކުރަން ހަމަ ކިތަންމެހާވެސް ރަނގަޅު.

 44. ތޯތާ

  ޑޮކުޓަރަށް ރިޝްވަތުދީދީއަކީ މިފަހަކަށްއައިސް އެންމެގިނަ ރިޝްވަތު ނެގިފަޑިޔާރަށް ވަނެ ކަމާމެދު ޝައްކެއްނެތް އަބަދުތިމަގާމު ފުރާލަފުރާ ލާހުރެވޭނެތޯ

 45. ބާނިޔޫސޭ

  މާނައަކީ މިހާރު މިތިބަގޮތަށް ރީނދޫ ބައިގަނޑަށް ވަފާތެރިވެތިބެ އެންމެބޮޑު ސިޓީ އުރައެއްދިން ބައެއްގެ މަސްލަހަތަށް ވިސްނަމުން ސާބިތުކަމާއެކު ހެއްދެވިފަރާތަށް ބިރުވެތި ވުމެއްނެތި ޙުކުމްތައް ނެރެމުންދާނަމޭ. އަރަބި ބަހާއި އިނގިރޭސި ބަހުން ނަންތަކެއް ކިޔާ ހަމަތަކެއް ދެއްކިއަސް ތިޔަކުޅޭކުޅި އެބައެނގޭ ފަހުގެ ހުކުމްތަކުން.

 46. މުހައްމަދު ނަސީރު

  ރާއްޖޭގަ ލޭއޮހޮރުމެއް ހިނގާފާނެކަމުގެ ބިރު އެބަހީީވޭ

 47. ޢަފްލާ

  ސަދޫމު ކޯޓް ސްޕްރީމް ކޯޓްގެ ނަން ސަދޫމް ކޯޓަށް ބަދަލު ކޮއްފި

 48. ވޮއީސް އޮފް ހުވަދޫ

  ޅަކުތަރު ދީދީ އެވެ! މިދޫނި ރާއްޖޭގައި މި އޮތީ އަންދާ ގާނޫނެވެ، އަދުލު އިންސާފަކީ ވަކި ބައެއްގެ މިލްކެކެވެ. ނިކަމެތި ރައްޔިތު މީހާ ތެޅެން ޖެހެނީ ބަކައެވެ. ސިޔާސީ މުފައްކިރުން އިންސާފުން ބަރީޢަ ވަނީއެވެ. އަމިއްލަ އަތުން ސުޕުރީމް ކޯޓުން ބޮޑެތި ހުކުމް ކުރައްވާއި ފައި ، ސިޔާސީ މޮކޮހުން އާރޯ ފޮތިފޭއްޔަކަށް ހަދާލީމާ ގޯހެވެ. އިސްލާމީ ދައުލަތެއްގައި ހިގަންޖެހޭނީ އިސްލާމީ ހުކޫމާތެވެ. ހުރިހާ އިންސާނުން ނަކީވެސް އިސްލާމުދީނުގައި ހަމަހަމަ ބައެކެވެ. މީގައި ސިޔާސީ ބޭފުޅުން ސިޔާސަ ކުދިން ތަފާތު ކުރުމެއް ނެތެވެ. މިތިބަ ސިޔާސީ ރަނޑާލިތަށް ދޫކުރިހެން ޖަލުތަކުގައި ދެންތިބި ކުދިން ވެސް ދޫކޮށް ލަބަލާށެވެ. ކަލޯ ތިއީ ފިރިހެނެކޭ ބުނާނަމެވެ. ތިޔައީ ތާނުން ކަޑާލި ބާ ފޮއްޗެވެ. ތިޔަ ހިންގަނީ އަންދާ ގާނޫނެވެ. ތިޔާގެން ނިމާނިމުންތަކުން ރައްޔިތުން ހަނާ ވަނީ އެވެ. މަގޭ ދީދީ ކަލޯއެވެ. ﷲ ހަށް ބިރުވެތި ވާށެވެ.

 49. މުހައްމަދު

  ޙެއްހެއްހޭ???

 50. އާޒިމްބެ

  އެ ބުނާ ފެބްރުއަރީ 1 ގެ އަމުރަކީ ބަޣާވާތެކޭ. ބުނެވޭ އިރު، އެ އަމުރުގައި ސޮއިކުރި 3 ފަނޑިޔާރަކު ޣާޒީންގެ ގޮތުގައި ބަލައިގަނެވެންވީ ސަބަބު ހަމަ އަހުރެނަކަށް އެއްގޮތަކަށްވެސް ނުވިސްނުނު!

 51. ތަހުތު

  ކަލޭމެން 5 ކުދީންބޭނުންގޮތަކަށްނިއްމާއޯކޭ

 52. ކޮންޗެދީދީ

  ވަކިފަރާތަކައް ޖެހިގެންގާނޫނު ދެމެހެއްޓީ އިގޭ ފާޑުފާޑުގެ ވާހަކަނުދަކާ......ދީދީދީދީދީދީދީދީދީ

 53. Anonymous

  ތި ސުޕްރީމް ކޯ މި

 54. ޢީސީ

  ތިކޯޓުތަކުގަތިބެނި މުޅިން މުނާފިގުން އަހަރމެން އިތުބާރު ނުކުރަންތި ސުޕްރީމްކޯޓަކަށް

 55. އަފްލާ

  ސަދޫމު ކޯޓް