ނައިބު ރައީސްކަމުގެ މަޤާމުގައި ޑރ. މުޙައްމަދު ޖަމީލު ހުންނެވިއިރުވެސް، އެމަނިކުފާނު ހުންނެވީ އިދިކޮޅު ފަރާތްތަކާއެކުކަން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އަދާލަތު ޕާޓީގެ ރައީސް، ޝައިޚް އިމްރާން އަބްދުﷲ އެވެ. މިރޭ ބޭއްވެވި އަދާލަތު ޕާޓީގެ ރިހާސަލް ބައްދަލުވުމެއްގައި އިމްރާން ވިދާޅުވީ، ކެބިނެޓު ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކައެއް، ޖަމީލް ހިއްސާކުރެއްވިކަމުގައެވެ.

ރިހާސަލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، އޭނާ ކުރެއްވި ދުޢާ އިޖާބަ ނުކުރައްވާނޭކަމަށް ރައީސް ޔާމީން، ކެބިނެޓު ބައްދަލުވުމެއްގައި ވިދާޅުވިކަމަށެވެ. އަދި، ރައީސް އެގޮތަށް ވިދާޅުވިކަމަށް އިމްރާނު ގާތުގައި ވިދާޅުވީ ޑރ. ޖަމީލުކަމަށް މިރޭ އޭނާ ހާމަކުރެއްވިއެވެ.

"އަޅުގަނޑަށް ހަނދާން އެބަހުރި ޖަލުގައި އެންމެ ފުރަތަމަ 27 ދުވަސް ކޮށްފައި ގެއަށް ގެނެވުނު ދުވަހު ޑރ. ޖަމީލް އަޅުގަނޑަށް ގުޅާލައްވާފައި ވިދާޅުވި އަޅުގަނޑު ޖަލަށްލާފައި ދެވަނައަށް ވީދުވަހު ކެބިނެޓާ ބައްދަލުކޮށްފަ ރައީސް ވިދާޅުވިއޭ މިހާރު އިމްރާނަށް އެނގޭނޭ އިމްރާނު ކުރާ ދުޢާ އިޖާބަ ނުކުރެވޭކަން. މިހާރު އިމުރާނަށް އެނގޭނޭ، އެދުވަހު، މެއި އެއްވަނަ ދުވަހު އަޅުގަނޑު ދުޢާ ކުރެއްވީތީ ދުޢާ އިޖާބަ ނުކުރެވޭނެކަން އިމްރާނަށް އެނގޭނޭ." - އަދާލަތު ޕާޓީގެ ރައީސް ވިދާޅުވިއެވެ.

ޝައިހް އިމްރާން އަބްދުﷲ

މީގެއިތުރުންވެސް، މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވެފައިވަނީ ރާއްޖެއަށް ކުރިމަތިވި ކަންކަމުން ސަލާމަތްވެފައިވަނީ ރައްޔިތުން ކުރި މަސައްކަތުގެ ސަބަބުން ނޫންކަމުގައެވެ. އަދި، އެކަމުގެ ސަބަބަކީ އަނިޔާ ލިބެމުންދިޔަ އެތައް ރައްޔިތުންނެއް، އިމްރާއާއި ޙައްޖުގެ އަޅުކަމުގައި އަދި ރޯދައާއި އެހެންވެސް ވަގުތުތަކުގެ ކުރަމުން ދިޔަ ދުޢާކަމުގައެވެ.

ރިހާސަލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބު އޮތް ދުވަހު، އާއްމުންގެ މެދުގައި ލޭ އިހޮރުވުން ހިނގާފަދަ ކަންކަން ކުރަންވެސް ރައީސް ޔާމީން ރާއްވަވާފައިވާކަމުގައެވެ. އަދި، އެއްވެސް ސުވާލެއް ނެތް މިންވަރަށް މިކަންކަން އެނގޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"23 ސެޕްޓެމްބަރުގައި އިންތިޚާބު އޮތް ދުވަހު ހަމަ ހަޤީޤަތުގައިވެސް، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ، ރައީސް ޔާމީން ރާއްވަވާފައި ހުރި ޕްލޭންތައް. ނިންމަވާފައި ހުރި ގޮތްތައް. އެނގޭތޯ މިއީ އަޅުގަނޑަކަށް ސުވާލެއް އޮތްކަމެއް ނޫން. އެންމެ ފަހު ގަޑީގައި އެހެން ގޮތެއް ނެތިއްޔާ، އެންމެ ފަހު ގަޑީގައި ކިއުތަކުގައި ތިބި މީހުންގެ ގައިން ލޭ އޮހޮރުވިގެން ދާފަދަ ކަންކަންވެސް ރޭވިގެން ގޮސްފައި ހުރި،" އިމްރާން ވިދާޅުވިއެވެ.

2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއާ ގުޅިގެން އިމްރާން ޖަލުގައި ބަންދު ކުރަން ޙުކުމް ކުރިއިރު، އޭނާ ދޫކޮށްލާފައިވަނީ އިއްޔެއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. މަރޭ

    ދެން އެކަހަލަ މީހުން ވަކިކުރީމަ ޔަމީނު ގޯސް މިވީ.

    • ޙައްގުބަސް

      މީނާ ދޮގުހަދަން މިނިކުތީ ދޯ!! 23 ސެޕްޓެމްބަރުގައި ޔާމީނު ލޭ އޮހުރުވަން ރާވާފައި އޮތޭކިޔާފަ!! މިކަހަލަ ދޮގު ވާހަކަތައް ދައްކާތީ މީނާ އާއި ސުވާލުކޮށް ޖަލަށްލާން ޖެހެނީ!! ކަލޭ ދޮގު ތިހަދަނީ ހެއްދެވި ފަރާތްމަތިން ހަނދާން ނެތިގެންތަ؟ ތިކަހަލަ ދޮގު ހަދާ މީހުންގެ ދުޢާ އިޖާބަ ކުރައްވާނެކަމެއް އަޅުގަނޑަކަށްވެސް ނޭގޭ!! ކަލޭ ޔާމީނޭ ކިޔައިގެން ސާބިތުނުހިފޭ ދޮގު ވާހަކަ ނުދައްކާ ހުރޭ!! ހަނދާންކުރާތި!!

  2. ބޮލި މުލައް

    އަމިއްލަ ދުލުންވެސް އަދި ބޭޒާރުވާނެ

  3. ާަަަަަެެެޮޮިުއަފީ

    ތީހުސްހިޔާނާތްތެރިންމަކަރާހީލަތުންހޯދާތަކެތި

    ﷲއިރާދަކުރެއްވިއްޔާހިތިގޮތަކައްނިމޭނެ

    ކެއްތެރިންނާއެކުﷲވޮޑިގެންވަނީ؟؟؟

  4. އެނގޭތަ

    ޤައުމުގެ ނައިބު ރައީސް އޭރުގެ އިދިކޮޅު ފަރާތްތަކާ ވާހަކަފުޅެއް ހިއްސާކޮށްލުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އިދިކޮޅުގައި ވެސް ތިބެނީ ޤައުމުގެ ދަރީންނެވެ. ނައިބު ރައީސަކީ އެންމެންގެ ހައްޤުގައި ޚިދުމަތްކުރައްވަން ހުންނަވާ ބޭފުޅެކެވެ. އެއީ ވަކި ޕާޓީއަކަށް ކޮށްދޭ ޚިދުމަތެއް ނޫނެވެ. ޤައުމުގެ ރައީސާއި ނައިބު ރައީސް ވަކި ކޮޅަކަށް ހުންނަންޏާ އެއީ މައްސަލައެކެވެ. ތިއީ ބްރޭކިންގ ނިއުސް އެއް ގޮތަށް ދައްކަން ޖެހޭ ކަހަލަ ބޮޑު ވާހަކައެއްނޫނެވެ. އެއަށްވުރެ ބޮޑަށް މި ނޫހުން ޤައުމުގެ ނައިބު ރައީސް ޤައުމުގެ ދަރީންނާއި ވާހަކައެއް ހިއްސާކުރުމަކީ މާ ބޮޑު ކަމަކަށް ހެދި ވާހަކަ ބްރޭކް ކުރަން މާ ރަނގަޅެވެ.

    • ނައިބު

      އެކަަމަކު އިނދިކޮޅާއި ގުޅިގެން ބަޣާވާތް ކުރާ ވާހަކަ ދެއްކުން ކަޑައޭ ބްރޯ. ރަގަޅުކުރާ ވާހަކައެއް ނޫނޭ ދެެއްކީކީ

  5. ވަހީދު

    ﷲއަށް ހަމްދުހުރި. މާކަގިނަ ދުވަހެއް ނުވެ ކަންކަން ފާޅުވެ ރައްޔިތުންނަށް ސާފުވާކަމައްޓަކައި. ސަރުކާރުގެ ސިއްރުތައް އިނދިކޮޅު މީހުންނަށް ކިޔައިދޭ މީހަކު ނާއިބު ރައީސަކަށް ބެހެއްޓޭނެތޯ؟

  6. ޜާއްޖެ އިސްލާމް

    ދެން ކޮބާތޮ ބަޢާވާތް ކުރުމަކީ. ކިތައްމެ ދުޢާއެއް ކުރިޔަސް އެވަނީ ދައުރު ނިމުމާ ގާތަޑް އައިސްފަ. ވެރިކަން ކުރި އެހެން ރައީސުންނާ ޚިލާފަށް ޔާމީން މަސައްކަތް ކުރީ ކާމިޔާބު ކަމާއެކު ދައުރު ނިންމަމަށް އެކަން އެވަނީ ކާމިޔާބުކޮއްފަ
    މި ގައުމުގަ ތިބި އަމިއްލަ އެދުން ނޫން އެހެން އެއްޗެއް ނުފެންނަ މީހުން ޖަލައްލާފަ ނަމަވެސް

    • އަލީ

      ކަލޭ ހީކުރި ޔާމީނުއަށް ދެވަނަ ދައުރެއްވެސް ލިބޭނެކަމަށް އެކަމް ހަމަ ފެނައް ދިޔައީ

    • ބޯނބެ

      އައްޔާ ކަލޭ ތިދައްކަނީ މީހަކު ހީކުރި އެއްޗެއްގެ ވާހަކަ ދޯ؟ އަހަރުމެން މި ދައްކަނީ ދުއާގެ ވާހަކަ. މާ މޮޅުވެފަ ތި ދައްކަނީ ނުވެސް ގުޅޭ ދެކަމެއްގެ ވާހަކަ.

    • ވިސްނާ

      "ދުޢާ" އިޖާބަ ކުރެއްވުން ވަނީ ހަމަ އެކަނި ﷲއަށް. އަދި ތިމާކުރާ ދުއާ ކޮންމެ ފަހަރަކު އިޖާބަ ނުވުމަކީވެސް އެކަމުގަ ހިކުމަތްތަކެއް ވާނެ ކަމެއް ކަމަށްވެސް ގަބޫލު ކުރަން ޖެހޭ. ދުއާ އަކީ މުސްލިމުންގެ ހަތިޔާރު. ދުއާ ކޮށްގެން ދުއާ ކުރާ މީހާއަށް ލިބޭނެ އެއްވެސް ގެއްލުމެއްނެތް. އެކަމަކު އެކަކު އަނެކަކަށް ބަދު ދުޢާ ނުކުރުމަށް ނަސޭހަތްތެރިވަން.

  7. ވާރޭ

    މިިހާރު ފަރި އިމްރާނެހނޫން ސޭހު އިމްރާނު

  8. ޢަލިތަކުރު

    އިމްރާންގެ އެންމެ ބޮޑު މައްސަލަ އަކީ ސާބިތު ނުހިފޭ ވަރަށް ނުރައްކާތެރި ވާހަކަ ދެއްކުން. އޭގެ ސަބަބުން ވަރަށްބޮޑު ފިތުނަ ވެރިކަމެއް އުފެދިގެންދޭ

  9. ޑިމޮކްރަޓިސްޓް

    އިމްރާނޫ ކަލޭވެސް މުސްތަފާ އެކޭ ތަފާތެއްނެތި މޮޔަގޮވަންފެށީތަ މިހާރު؟ ދުނިޔެވަރުގެ ބޮޑުއަނގަޔަކުން ކޮންމެ ދުވަހަކުވެސް މޮޅު ގަޅި ވާހަކައެއް އިވޭނެކަމަށް މިބަލަނީ.. ބަލަ ޔާމީނު ކޮންމެގޮތަކުންވެސް ލޭއޮހޮރުވަން ޕްލޭންކުރިނަމަ ކީއްވެތަ އެކަންނުކުރީ؟ ޔާމީނެއްނޫންތަ ނުހޮވުނީވެސް؟ މިވަރުގެ ގަމާރެއް މަނުދެކެން..

  10. ޢޭނަ

    ތީގެން ވެސް އިނގެނީ ތިމީހުންގެ ހުރި މުޑުދާރު ކަން. ޝެއިހް އިމްރާން ވިދާޅުވެ ދެއްވަބައްލަވާ ޖާސޫސޫ ކރާ މީހާއަށް ދީނުގަ އޮތް އަދަބު

  11. ކެރޭ އަބްދުﷲ

    އިމުރާނު ބޯގޯސް ވާހަކަ ނުދައްކާ. ޔާމީނު އަތުގަ ހުރިހާބާރެ ވެސް އޮތް. އިންތިހާބު އޮތްދުވަހު ލޭހޮރުވަން އުޅުނު ނަމަ ލޭހޮހުރުވު ނީސް. އިމުރާނު ތިހިރީ ބޯގޮވާފަ.

  12. ސަލާމް

    އިންތިހާބު ވިޔަސް ހަވާލު ނުކުރާނަމޭ ބުނީވެސް އެމްޑީޕީ ފިކުރުގައި ޖަމީލު ހުރި ދުވަހެއްގައި...

  13. ހުސޭނުބޭ

    ޝައިޚް އިމްރާން ޖަލުގައި އޮންނައިރުވެސް ޔާމީނު ސިއްރުސިއްރުން ކުރާ ޕްލޭންތައް އެބަ އިނގޭ! ކިހައި ބޮޑު އަޖައިބެއް! އިންތިޚާބުގައި ލޭއޮހޮރުވުމަށް މަސައްކަތްކުރިކަމަށް ޚަބަރު ލިބުނީ ފަހެ ޝައިޚް އިމްރާނަކީ ކަހީނެއްތަ؟ ނޫނީ ޖިންނި އައިސް މެންދޭވާ މީހެއްތަ؟

  14. އިސްމާއިލް

    ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލަށްލާން ބުނީވެސް އެމްޑީޕީ ފިކުރުގައި ހުރި ދުވަހެއްގައި.

    އެމްޑީޕީ މޮޔަ ޕާޓީއެކޭ ހިތަށް އެރުވުމަކީ ކުށްހީއެއް

  15. ވަޖީހު

    ޖަމީލު އެމްޑީޕީއަށް ވިއްކަން ކުޑަކޮށް އުނދަގޫ! ސޮރީ...

  16. އާމިރު

    ޖަމީލު ނުލާ އެއޮތީ ކާމިޔާބުކޮށްފައި. ދެން ލަލަލާ

  17. ފަހުދު

    އިމްރާން ބޭނުންކޮށްގެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުއްތަމަ ފަނޑިޔާރުގެ މަގާމް ލިބިދާނެހެން ޖަމީލުއަށް ހީވެދާނެ...

    ޢެއީ ކުށްހީއެއް!

  18. ދެފަހަރު ދެގޮތް

    އިމްރާންގެ ހަގީގަތް ވެސް ދެނެވޮޑިގެންވަނީ މާތް ﷲ. މިހާރު އިމްރާނު އެއްޗެއް ބުނީމަ އެބަޖެހޭ އޭގެ ތެދު ދޮގު ބަލަން ވެސް.

  19. ފާތުން

    ލޭ އޮހޮރުވުމުގެ މަޝްވަރާ ކުރީ ކަލޭދޯ އަނެއްކާ މޮޅު ވާހަކަ ތަކެއް ދެއްކީ ލަދުން ބޯ ހަލާކު މިވެސްޝޭހެކޯ .

  20. ބާނިޔޫސޭ

    ތިޔަ ބޮނޑިބަތޭ އަކީ ބާޣީ އެއް، ޚާއިނެއް، މުޖްރިމެއް. ތިޔަ ސައިތާނު އެކަކަށްވެސް ތެދުވެރިއެއް ނުވާނެ. ކޮންމެ މީހަކު ކައިރީގަ ހުރެގެންވެސް ކުރާނީ ޖާސޫސް. ވާނީ ޚިޔާނާތް. ކޯޅޭޝަން ބައިބަިއިވާން ފަށާނީވެސް މިބަހުލޫލު އުފައްދާ ފިތުނައިންކަން ޔަގީން. ބިރުވެރި އަޑެއް ކަރުބުޑުން ނެރެގެން އާޔަތާ ޙަދީޘް ކިޔެއްކަމަކު އީމާންތެރި ކަމުގެ ކުނޑިފުކެއްވެސް ހުރި ޖައްބާރެއްނޫން. ސޭކު ޢިމްރާން ކަހަލަ ކޮހަކު މަމޮޅުވާން ވެގެން ދެއްކޭ ވާހަކައިން މިކަހަލަ ކަމެއް ފަޅާއެރިއަސް މިލުއްޗާ އުފައްދާ ފިތުނަތައް އަނގުރު އަލިފާނަށްވުރެ ނުރައްކާވާނެ.

  21. Anonymous

    ސޭކު އިމްރާނަ މިގޮތަށް ބަސްއުކުމުގެ މަގުޞަދަކީ އޭނައަށް ހީވާކަހަލަ މިހާރު ޖަލުން ނެގުނުގޮތުން ކޯލިޝަންގެ ލީޑަރުން ތިމަންނައަށް ވަރަށް ސިމްޕަތީވެގެން އުޅޭހެން އަދި ތިމަންނަ ޔާމީނަށް އެއްޗެހިކީވަރަކަށް އެމީހުންގެ ސަޕޯޓުލިބި މިނިސްޓަރކަމުގެ މަގާމެއްވެސް ދޭނެކަމަށް!! ޢަދި ސޭކް އިލްޔާސް ދިރިއުޅޭގޮތަށް އަނގައިގެބާރުން އަމްދަނީ ހޯދޭނެ މަގުފަހިވާނެވެސް ކަމަށް، ގާސިމުސޭޓުގެ ފަރާތުން ފައިސާތަކާއި ކަންނެލި އޮޑި ލިބިގެން،

  22. މަސްވެިރިޔާ

    އޭ އިމްރާނޫ މިކަހަލަ ޑިމޮކްރެސީގެ ފަލްސަފާއަކީ ﷲ ސ.ބ.ވ.ތ ގެ ހަޒުރަތުގައި
    ބާތިލު އަދި ހުޅަގުގެ ގެނައި އިސްލާމްދީނާއި ކަނޑައެޅި މުތުލަގަށް ތައާރަޒްވާ ކަމަކަށްވާއިރު
    ޕާޓީތަކެއް ހަދައިގެން އެޕާޓީތަކަށް ރައްޔިތުންގެ ފައިސާނަގާ ބޭނުންކުރާ ނިޒާމެއްގެ ވެރިޔަކަށް ޝެއިޚް ތިހުންނެވީ ހަމަ ދީން ނޭގެނީހެއްޔެވެ.

  23. ޢަލީ

    އަނެއްކާ ދޮގުވާހަކަ ދައްކަންފެށީދޯ! މީނަ ކޮންތާކުންތަ ދީނީ ޢިލްމުކިޔެވީ؟

  24. ފާތުމާ ހަނިމާދޫ

    ބައެއް ޝައިޚުންނަކީ ފޭސްބުކުން ދިމާވާ އަންހެން ކުދިންނާއި ބައްދަލުކުރުމަށް ފްލައިޓުން ޓިކެޓް ނަގައިގެންވެސް ދަތުރުކުރާ މީހުން. މިބުނާކަހަލަ ޝައިޚަކު ފޭސްބުކުން ދިމާވި ހަނިމާދޫ އަންހެންކުއްޖަކާއި ބައްދަލުކުރުމަށް ހަނިމާދޫ އަށްގޮސް އެކުއްޖާގެ ގެއަށް ދިޔަކަމަށްވެސް އެކުއްޖާ ބުނޭ.

  25. Anonymous

    ޝެއިޚު އިމްރާނު، ތިޔައީ ދީނީ ޢިލްމުވެރިޔެކޯ، ބޭފުޅާ ވިދާޅުވެދެއްވާބަލަ، ގައުމުގާ/ މުޖުތަމަޢުގާ ނުވަތަ އާއިލާއެއްގެ ތެރޭގާ އަދި ދެރަޙުމަތްތެރިންގެ ދެމެދުގާވިޔަސް ފިތުނަފަސާދަ އުފެދޭ ޒާތުގެ ވާހަކަ ދެއްކުމަކީ ކޮންކަލަ ކަމެއްތޯ؟؟ އަދި ބުނުއްވަ ދެއްވަފާނަންތޯ މަނިކުފާނު ކިޔަވާ ވިދާޅުވެ ޢާލަމީފާސް ޙާސިލުކޮށްގެން ތިންހުންނެވީ ދީނީ ޢިލްމުގެ ކޮން މާއްދާއަކުންކަން؟؟؟؟؟؟

  26. Miadhu

    އިމްރާނުގެ ވާހަކައިން ފުރަތަމަ ބުނާހެން ހީވަނީ ރައިސްޔާމީނަކީ ﷲވޮޑިގެންވާކާން ޤަބޫލު ނުކުރާމީހެކޭ
    ދެން އިމްރާނު ބުނާކަހަލަ ތިމަންނަ ކޮންމެގޮތަކަށް ދުޢާކުރިޔަސްﷲ ޤަބޫލު ކުރައްވާނެޔޭ
    ޢެހެންމީހުންގެ ދުޢާ އިޖާބައެއް ނުކުރައްވާނެޔެ. ﷲގެ ރަޙުތުން އިދިކޮޅުމީހުން ބޭނުންވިގޮތަކަށް ވެރިކަން ބަދަލެއްނުވި ރާއއޖޭގެ ޤާނުތަކާ އެއްގޮތަށް ﷲ ގެ ރަޙުމަތުން މިކަން ނިމިގެން މިދަނީ މިފަހަރު މިކަމަށް ﷲ މިންވަރު ކުރައްވާފައި މިވަނީ ޤައުމަށް އެއްމެ މަސްލަހަތު ރަގަޅުގޮތް

  27. އަސްލު ސައިޒް

    ރާއްޖޭގެ ސިޔާސީ މަސްރަހުގައި މައިގަނޑު ތަނބުތަކަކީ އެމްޑީޕީއާއި އަދާލަތާއި ޖުމްހޫރީ ޕާޓީ. ލީޑަރުންނަށްވާނީ އެޕާޓީތަކުގެ ލީޑަރުން. ޖަމީލުއަކީ މާގިނަ ސަޕޯޓަރުންތިބޭ މީހެއް ނޫން. އެންމެ ރަގަޅުވާނީ ޖޭޕީގައި ރީތިކޮށް އުޅުމުން. މަގާމުގެ ދަހިވެތިކަމުގައި ކުރެވޭ މަސައްކަތް ރައްޔިތުން ބަލައެއް ނުގަންނާނެ!

  28. ޕޮލިޓިކްސް

    މަގާމުގައި ހުރެގެން ދެކޮޅަށް ކެނޑެން ކުރި މަސައްކަތްދޯ!

  29. ޖޖޖ

    މިއީ ހާދަ މަކަރުވެރި ބައެކެދޯ. ދީނީ އިލްމުވެރިން ވެސް ދޯ މިގައުމެއްވާނެއް

  30. ލާމު

    މިއީ ހާދަ ފިތުނަވެރި ނޫހެކޭދޯ. ޖަމީލުއެކޭ އެއްގޮތަށް އިމްރާނަކީވެސް މިސަރުކާރުގެ ބައިވެރިއެއް އެއިރު.

  31. މިރުގާމު

    ލޭއޮހޮރުވަން އެއްވެސްވަރެއްގެ ކަމެއް ކުރިތަނެއް ނުފެނޭ ،، ބަލިވީމަވެސް ނަތީޖާގަބޫލުކުރި ،، ކަންހިގާދިއަގޮތް ގަބޫލުނުރީ ،، ކަންހިގާދިއައީ ރަގަޅަށްނޫންކަން އެގޭނެކުޑަކުދީންނަށްވެސް 472 ވޯޓްފޮށީގެ ނަތީޖާ އިއުލާނުކުރީ 2ގަޑިއިރުތެރޭގަ ،، ރާއްޖެޓީވީ އިއުލާނުކުރަމުން ގެންދިއައީ ނޯޓްވެސް ނުކުރެވޭވަރަށް ބައެއް ފޮށި ގުނަންނުފަށަނީސް އިއުލާނުކޮށްއެބަހުރި......

  32. ކޮލްޕިޓީ

    މީނަ ދައްކާވާހަކަ ވޮއްއަލިވާ ހިސާބުގަ އަޑުއަހަން ހެޔޮނުވާނެ

  33. ދަވޭ

    ޕީޕީއެމްގެ ވެރިކަން ފެއިލް ވުމުގެ އަސްލަކީ މިނިސްޓަރުންނާއި ކުންފުނި ތަކުގެ ބޮޑުންނާއި ޕީޕީއެމްގެ ޕީޖީ ގްރޫޕް އެވެ. މައިގަނޑު މައްސަލަ އަކީ އެއީ ޕީޕީއެމްގެ ޕީޖީ ގްރޫޕް އެވެ. ތިޔާ ދަ ނަހަލާލު ޕެޓިޝަންގައި ސޮއި ކުރި އެމްޕީން ތަކުގެ ތެރޭން 5 އެމްޕީން ހައުސިންގް މިނިސްޓަރު މުއިއްޒު އާއި ބައްދަލު ކޮށްފައި ބުނީ ސަރުކާރުގެ ސިވަރޭޖް އެން ވޯޓަރ ޕްރޮޖެކްޓްސް ތަކުގެ ތެރެއިން ބޮޑު ޕްރޮޖެކްޓެއް ލަންކާ ކުންފުންނަކަށް ދޭން އެއިރުން އެމެންނަށް ކަޓް ޖެއްސޭނީ ނިހާން ޖެހޭނީ ނަގާ ހޫރާލަން ރާއްޖޭން ބޭރަށް ނިހާނު އަދުރޭ ދެން މިރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބެގެން ނުވާނެއޭ އެ ދެޅާ ޖެހޭނީ ކަނޑާލަން ރާއްޖޭން ބޭރަށް..

  34. ޙުސައިން މުލި

    މިތިބި ބައެއްދޯ ހިހޫތަނުން ކާން ތެޅި ފޮޅެނީ

  35. އަހަންމަދު

    މިކަހަލަ ޝޭޚުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިއީ ފިތުނަިގެ އަށްޕައިންނަކީ މިމީހުން މިގޮތުގާ ހޯދާ ކަނޮނެލިދޯނިންނާ ހޯދާ ފައިސާގަ އެއްވެސް ބަރަކާތެއްނެތެވެ. އެވާހުށީ އެމީހުން ނަށް ހުރި ހަލާކެއްކަމުގައެވެ

  36. ފަހަރިދައިތަ

    ލޭ އޮހޮރުވަން ރޭވިކަން ކަލެެއަށް އެނގެނީ؟ ލޭ ނުއޮހޮރުވީ ކީއްވެ ކަމެއް ނޭނގޭ އޮތަ!

  37. ދދދދދ

    އަފްރާޝީމްގެ މަރުގެ ހަގީގަތޭ ކިޔާފަ ގަނޑުތަކެއްވެސް ކަލޭ ހޫރާލި. ކޮބާ އެއިން އެނގުނު ހަގީގަތަކީ؟ ކަލޭ ވަށައިގެން ތިބި މީހުންވެސް ކަލޭ ދައްކާ ވާހަކަ ގަބޫލެއް ނުކުރާނެ. ދެން ކިހިނެއް އަހަރުންނަށް ގަބޫލު ކުރެވޭނީ؟

  38. ނުރަބޯ

    އެހެންވީމާ ބޮނޑިބަތޭ އަށްވުރެ ބޮޑު ބާޣީއެއްކޮބާ.....؟ ދައުލަތުން މުސާރަ ނަގަމުން ދައުލަތާ ސީދާ އިދިކޮޅު މީހުންނާއެކު......؟ ފައްކާ ޗާރުސޯބީސް އެއްނު......؟

  39. 3 ނޮވެމްބަރ

    3 ނޮވެމްބަރ ގެނައުމަކީ އަނިޔާއެއް ނޫންތޯ.

  40. ި ު ޖ

    ލާދީނީއޭ ކިއީމަ އެމްޑީޕީން އެކަން މާފުކޮށްފިތަ؟ އިމްރާން އެހެން ބުނެގެން އެގޮތް ގަބޫލުކޮށްގެން ތިއްބާ އަނެއްކާ ފަހުން ލާދީނީ މީހުންނާ އެކު އުޅެންފެށީމަ އެމީހުން ލާދީނީ ނުވާކަމަށް ކިހިނެތްތަ ނިންމަނީ؟ ދެން އަނެއްކާ އޮޅުވާލީތީ އޮޅުވާލެވުނު މީހުން އިމްރާނަށް މާފުކޮށްފިތަ؟ ދެން މިފަހަރު ލާދީނީ މީހަކާ އެކު ހުންނާތީ ކިތައް މީހުން މާފުނުކުރާނެތަ؟

  41. ދިސްވޭ

    މަމެން ހުވާ ކޮށްފައި މިބުނީ މަމެން މީ ރައީސް އަކަށް ހުރެފައި ނައިބް ރައީސް އިދިކޮޅާއި އަޑިން ގުޅުނު ނަމަވެސް މަމެން އެފަދަ ނައިބް ރައީސް އަކާއި ގުޅިގެން މަސައްކަތް ކޮށް އެންމެ ފަހުން އެފަދަ ނައިބް ރައީސް އެއް ގެ ހިތުން ވިން ވާނަމޭ އެޔަގީން ކަން މަމެން ދެމޭ ރައީސް ޔާމީން އަށް ރައީސް ޔާމީން ވެސް ސެލްފިޝް ވެފައި ކޮލިޓީ އެއް ނެތީމާ އެހެން އެވަނީ މިހާރު ވެސް އޮންލައިން މީޑިއާ ގައި މަމެންނާއި ދެބަސްވާ އަންހެން ސިޔާސީ އެކްޓިވިސްޓުން ވެސް މަމެން ވާނީ ގާތް ރަހްމަތްތެރިންނަށް ބަދަލު ކޮށްފައި އަދި އެތަނުން ބަޔެއް އަންހެން ކުދިން ގޭގައި މީރު އެއްޗެއް ކެއްކި ނަމަވެސް މަމެންނަށް ގުޅާފައި އެބަބުނޭ ކޯރޑި އެ މެންގެ ގެއަށް އަންނަން ޑިނަރ އަށް. ނޭގުނީ ހަމަ ރައީސް ޔާމީން އަށް މީހުންނާއި ގުޅިގެން ހަމަ ނޭގުނީ ކޮލިޓީ އެއް ނެތީ ކަމަށް މަމެން ބަލަނީ. ސޮރީ ފޯރ އިޓް ލެޓް މީ ސްޕީކް ނައު...

  42. އައްޒަ

    އަންނަ ސަރުކާރެއްގަ ގިނަވާނީ ހިޔާނާތްތެރިން. ކޮރަޕްޓް ވެފައޭ އެއްއަގައިން އަނެއް އަގައިން ގޮވިމީހުން ބަލާތި